ހަމަލާ ދިން ކަމަށް ބެލެވޭ މީހުންގެ ވީޑިއޯތައް ކުރިން ވަނީ އާންމުވެފައި. ފުލުހުންގެ އޮޕަރޭޝަންތަކެއް މިހާރުވެސް މާލޭގެ އެކި ހިސާބުތަކުގައި ކުރިއަށް އެބަ ދޭ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހަކު މޫނު ނިވާކޮށްގެން ގެންދަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
08 މެއި 2021 - 12:50
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހީހުގެ ރައީސް މުހައްމަދު ނަޝީދަށް ޓެރަރިސްޓް ހަމަލާދިން މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ފުލުހުން ކުރި ޓުވީޓެއްގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދިން މި ހަމަލައިގެ ތުހުމަތަށް ހައްޔަރުކުރި މީހުންގެ މައުލޫމާތު މިއަދު މެންދުރު ބާއްވާ މީޑިއާ ބްރީފިންއެއްގައި ހާމަކުރާނެ ކަމަށެވެ.
އިއްޔެގެ ބްރީފިންގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައި ވަނީ، ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވާފައި ވަޑައިގަންނަވަނިކޮށް ދިން ހަމަލައާ ގުޅިގެން ހަތަރު މީހަކު ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލްގައި ބޮޑު ދެ ސާޖަރީއެއް ކުރުމަށް ފަހު، މިހާރު ހާލު ރަނގަޅު ވަމުން އަންނަ ނަޝީދަށް ހަމަލަދިން މައްސަލައިގައި ހިމެނޭ މީހެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ރޭ ފޮޓޯއެއް ވެސް ދައުރުކުރި އެވެ.
ކުރީގެ ރައީސް ނަޝީދަށް އަމާޒުކުރައްވައި ދިން ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނެއްގައި ފުލުހުން ގެއެއް ފާސްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
"މިހާރު"އާ އެ ފޮޓޯތައް ހިއްސާ ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވީ އެމީހާ ހުރީ އަތަމާ ޕެލަސްގެ ތެރޭގައި ކަމަށާއި އެތަނުގައި ހުރެގެން އޭނާ ރިމޯޓް ކޮންޓްރޯލެއް ބޭނުންކޮށްގެން ބޮން ގޮއްވައިލިކަމަށް، ލިބުނު ސީސީޓީވީ ފުޓޭޖުން ބެލެވޭ ކަމަށެވެ.
އެމްއެންޑީއެފުން ރޭ ބޭއްވި މީޑިއާ ބްރީފިންގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ، ނަޝީދަށް ޓެރަރިސްޓް ހަމަލާ ދިނުމަށް ބޭނުންކުރީ ވަރަށް މަތީ ދަރަޖައިގެ، ވަރަށް ބާރުގަދަ އައިއީޑީއެއް ކަމަށެވެ. އެގޮތުން 2007 ގައި ސަލްޓަން ޕާކްގައި ޓޫރިސްޓުންތަކަކަށް އަމާޒުކޮށް ގޮއްވައިލި އީއައިޑީ އަށް ވުރެ ނަޝީދަށް އަމާޒުކޮށް ތައްޔާރުކުރި ޑިވައިސްގެ ބާރު ގަދަ ކަމަށް ޝަމާލް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަބީލޫ
08 May 2021
ޑރ އަފްރާޝިމް، ރިލްވާން، ޔާމީން އަދި ރޭޕް ކުރެވުނު އަދި ރަހުމް ކުޑަކޮށް މަރާލެވުނީ މާބޮޑަށްވެސް އެވެސް ޝާހީ ކަމެއް ނެތް ނިކަމެތި ރައްޔިތުން. އެހެންވީމަ ރޯޔަލް ނަޝީދުއަށް އަދި ރޯޔަލް ޔާމީނަށް ރޯޔަލް އަދީބުއަށް އިންސާފު ލިބޭނެ!
އަރުތަ
09 May 2021
ކަބީލޫ، ތިހެން އުޅެން ހަދައިގެން މީހާގެ ބަލިގަނޑު ވާނީ ބޮޑު، ތިހުންނަނީ ވަކިކަމަކާ ނޫނީ ވަކިބަޔަކާ އަވަލާފަ، ތިހެން ނޫޅެބަލަ، މީ ދޭނަސޭހަތެކޭ. "ޙަސަދަ" އެއީ ވަރަށްބޮޑު ބައްޔެއް އަމިއްލައަށް މީހާ ހަލާކުގެ ތެރެއަށް ވެއްޓިގެންދާނެ.
ގުދުގުދާ
08 May 2021
ކޮބާހޭ އަލީ ވަހީދު، ވެންޓިލޭޓަރ،،، އަފްރާޝީމް، އިޝާރު، ރިލްވާން،،، އަދިވެސް ، އަދިވެސް،،،، މާރިޔާ މާރިޔާ
އަލިބެ
08 May 2021
ކިއްވެބާ ނަޝިދަށް ހަމަލާ އަމަޒްވި
އަހުމަދުއަލޯ
08 May 2021
އަމާާޒުކުރީމަ.
ކީކޭބުނާނީ
08 May 2021
އެއްވެސް މީހަކައް އެއްވެސް ކަމަކާ ގުޅިގެން މިފަދަ ހަމަލާއެއް އަމާޒުވާކައް ނުޖެހޭ.
ތަޖްރިބާއެއް
08 May 2021
ރައީސް ނަޝީދަށް ހަމަލާދިން މީހާ ހައްޔަރު ކުރުން އެއީ ރަނގަޅު ކަމެއް އެކަމަކު މިހަމަލާ ސަރުކާރަށް ނޭގުން އެއީ ޑިފެންސް މިނިސްޓަރު ވެސް ފެއިލްވީ އަދި ހޯމް މިނިސްޓަރާއި އަދި ޕޮލިސް ކަމިޝަނަރު ވެސް ފެއިލްވީއޭ ދެން މީގައި އޮތް ހަމައެކަނި ޗޮއިސް އަކީ ރައީސް އިބޫގެ ކެބިނެޓް އެއްކޮށް ރައީސާއި ނައިބް ރައީސް ހިމެނޭނެ އުސޫލުން އިސްތިއުފާ ދިނުމޭ ތަމެން ތިމާވެށި މިނިސްޓަރު ކަމުން ވެސް އިސްތިއުފާދޭންވީއޭ ތަމެންގެ ކޮން ތަޖްރިބާ އެއްތޭ ހުރީ ނެތްދޯ އެއްވެސް
އަރުތަ
09 May 2021
އެހެންތަ، ތި ކޮންޒާތެއްގެ ފަޑުއްކަ ވިސްނުމެއް، ރައީސް މީހާއާ ނައިބް ރައީސްއާ ކެބިނެޓް އެއްކޮށް އިސްތިއުފާ ދިނީމަ އެކަމާ ހަވާލުވަނީ ކާކުބާ! ކަލޭތަ؟ ފިނިފެންމާ ދޯނީގަ ދިން ޓެރަރިސްޓްހަމަލާ ސަރުކާރަށް ނޭގުނީމަ ކީއްވެބާ އެންމެން އިސްތިއުފާ ނުދިނީ! ދައްކާ ބޯގަޅި ވާހަކަ އުތަ.
ސްކިޕަރ
08 May 2021
ދިވެހި ފުލުހުންނަށް ނުވާނަމަ، ބޭރުގެ އެހީ ހޯދައިގެން ނަމަވެސް މިކަމުގެ އެންމެ އަޑިއަށް ފީނާ، މިހަމަލާ ރާވާ އެކްސްއެކިއުޓް ކުރި ބަޔަކު ޝަރީޢަތަށް ގެންގޮސް އެހެން މީހުންނަށް އިބުރަތަކަށްވާ ވަރުގެ ހަރުކަށި އަދަބެއް ދޭންޖެހޭނެ. މީގައި އަޖައިބު ކަންތަކެއް އެބަވޭ. ގޮވިތަނާއި 30 އަކަށް ފޫޓު ދުރުގަ އަތަމާގައި ހުރެ ރިމޯޓަކުން ތީތި ގޮއްވާލާފައި އެ ރިމޯޓު ކްރައިމްސީނުގައި ބާއްވާފައި ފިލަން ދުވުމަކީ އާދަޔާ ހިލާފުކަމެއް. މިސްލީޑު ކުރަން ކުރިކަމަކަށް ވެދާނެ.
ކަނބިލި
08 May 2021
ކަމެއް ދިމާވުމުން މިއެނގެނީ މުއައްސަސާތަކުގެ ބަލިކަށިކަން. ކޮންމެ ބަޔަކަު އައިސްވެސް ސަރުކާރާ ހަވާލުވެފައި މަގާމުތަކަށް ލަނީ ނާގާބިލު މީހުން. ދެން އެ މުއައްސަސާތަކަށް ވަންނަނީ ސިޔާސީ ނުފޫޒު. ތިބި ފަންނީ މީހުން ބޭރުކޮށް ބަދަލުގައި ލަނީ ހޯބޯލަވަން މަގުމަތީގައި އުޅޭ ޕާޓީ އެކްޓިވިސްޓެއް. މި ހިސާބުން މުއައްސަސާ ބަލިކަށިވެ އިތުބާރު ގެއްލި ދަނީ. އެހެންވެ ކަމެއް ދިމާވުމުން މުއައްސަސާތަކުގެ ފަހަތުން ނުދުވެ ސިޔާސީ ލީޑަރުން ތަސައްރަފު ފުދެންވީ.
އުމަރުބެ
09 May 2021
ކޮބާ ތިބުނާ ފަންނީ މީހުންނަކީ. ކޮންމެ ސަރުކާރެއް އޮތަސް ތިބޭނީ ހަމަ ތިބުނާ ނާގާބިލް މީހުން. މިފެންނަނީ ދިވެހިންގެ ހާލަތު. އޭއްޗަކުން ނުކުންނާނީ އޭއްޗެއްގަ ހުރި ދިޔައެއް. ހުސް ރޯނުއެދުރުން. ދިވެހިންގެެ ނާގާބިލްކަން މިފެންނަނީ. ކޮންމެ މީހަކަށްވެސް ހީވަނީ ތިމާމީ ހުރިހާކަމެއް އެގޭ އެންމެ މޮޅުމީހައޭ.
ސަނީފް
08 May 2021
ރާއްޖޭގަ މިހާރު ފެތުރޭ ނަފްސާނީ ބައްޔަކީ ފަގީރުންނަށް ކުޑަ އުޖޫރައެއް ދީގެން މިސްކިތް އަޅާފަ ތިމާއަށް ސުވަރުގެ ލިބެނީ ކަމަށް ހީކުރުން
ގެދާނޯމޮސް
08 May 2021
މިމައްސަލާގައި ބޮންޑޭ އަށް މާކުރިން ކަންހިނގި ގޮތް އެނގި ފަވާތީވެ އެކަން ބެލުމަށް އޭނާ ޕޮލިހަށް ހާޒިރު ކުރަންޖެހެއެވެ. އަދި އޭނާގެ އަތެއްމީގައި ވޭތޯވެސް ބަލަންޖެހިފައި ވެއެވެ.
ބޮޑުއަލީ
08 May 2021
އުންސުރު ހަމަ ވާނެ ތޯ؟
ހައްލަކީ
08 May 2021
ހައްލަކީ އުމަރެވެ