އެ މީހުން ބުނީ ނަޝީދަށް ދިން ހަމަލާއާ ގުޅުމެއް ނޯންނާނެ ކަމަށާއި ދައްކާނެ އިތުރު ވާހަކައެއް ނެތް ކަމަށް
ޓެރަރިސްޓް ހަމަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ (ކ-ވ) ތަހްމީން އަހްމަދު، އަދުހަމް އަހްމަދު ރަޝީދު އަދި މުޖާޒް އަހްމަދު: އެ މީހުން އެކަމަށް އިންކާރު ކުރޭ
09 މެއި 2021 - 19:26
ރައްޔިތުންގެ މަޖިލީހުުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލައި، ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ތިން މީހުން އެކަމަށް ކޯޓުގައި މިއަދު އެ ތުހުމަތަށް އިންކާރުކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ނަޝީދު ދިރިއުޅުއްވާ ގ. ކެނެރީގެ ކައިރީގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގައި އެއްޗެއް ގޮއްވާލުމުން ނަޝީދާއި އެ މަނިކުފާނުގެ ބޮޑީގާޑުންނާއި އާންމުންގެ ބަޔަކަށް ވަނީ އަނިޔާވެފަ އެވެ. އެ އަނިޔާތަކަށް ނަޝީދު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުންނެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ބޮން ގޮއްވާލުމުގައި ހަރަކާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާ ބައިވެރިވި ކަމަށް ތުހުމަތުވާ މއ. ފޭރުގޭ، މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދެވެ. ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތް ކަމަށް ބުނާ މީހާ އެވެ. އެ މީހުންގެ 15 ދުވަހަށް ބަންދުގައި ބައިތިއްބަން ކްރިމިނަލް ކޯޓުން ވަނީ ނިންމައިފަ އެވެ.
އެ މީހުން ބަންދު ކުރަން މިއަދު ކޯޓުން ނެރުނު އަމުރުތަކުގައިވާ ގޮތުން ބަންދު މަޖިލީހުގައި ވާހަކަ ދައްކަން އަދުހަމަށް ފުރުސަތު ދިނުމުން އެކަމުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެ ކަމަށާއިި އަދި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް އޭނާ ބުނެފައިވެ އެވެ. އަދި މުޖާޒް ވެސް އެގޮތަށް އެ މަޖިލީހުގައި ބުނެފައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން ތަހުމީން ބުނެފައިވަނީ އޭނާގެ ނަމުގައި އެ ސައިކަލު ރަޖިސްޓްރީކޮށްފައި ނުވާނެ ކަމަށެވެ. އެކަމަކު ފުލުހުން ހުށަހެޅި ލިޔުންތަކަށް ބަލާއިރު، އެ ސައިކަލުގެ ރަޖިިސްޓްރީ ކޮށްފައިވަނީ އޭނާގެ ނަމުގައި ކަން އެނގޭ ކަމަށް އެ އަމުރުގައިވެ އެވެ.
އެ ތިން މީހުންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ ތުހުމަތެވެ. ގާޒީ އާދަމް މުހައްމަދު ނެރުއްވި އެ އަމުރުގައިވާ ގޮތުން ފުލުހުން ހުށަހެޅި ހެކިތަކަށް ބަލާއިރު އެ ތިން މީހުންގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި އެބަހުއްޓެވެ. އަދި ތިން މީހުންގެ ވެސް ކުށުގެ ރެކޯޑް އެބަހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެރޭނުކެރޭ
10 May 2021
ދީނީ ކަމެއްގަ ކުރިކަމެއް ނަމަ މީހަކު މަރާލައިގެން ސުވަރުގެ ލިބޭނެ ކަމަށް ހީކުރި ގޮތަށް ތެދު ބުނެގެންވެސް ސުވަރުގެ ދެވޭތޯ އުޅޭނަމަ. ކަންކޮށްފަ އެކަމާ ދޮގުހަދާފަ ކިހިނެތްތަ ސުވަރުގެ ވަންނަނީ. ކުރީމޭ ބުނަން ނުކެރޭ ހާލުގަ އެފަދަ ބޮޑެތި ކަންތައް ކުރަނީ. މަރާލަން ނިންމާނީ އެމީހުންގެ އަމިއްލަ ކޯޓުން. ދެން އެ ނިޔާ އިއްވާ ހުކުމް ތަންފީޒު ކޮށްފަ އެކަމުން ރެކެންވެސް އަދި އެބަ އުޅޭ. ދީނީވާން އުޅެ ދީނީއެއްވެސް ނުވެވުނެއްނު.
ވާނުވާ
10 May 2021
ސަރުކާރުން ވަކިބަޔަކު ކުށް ކުރީމަ ނަން އިއްވްފަ އަނެއްބަޔަކު ކުރީމަ ނަން ސިއްރު ކުރުން މީކޮންކަލަ އިންސާފެއްތޯ..... ހުރިހާ ކަމެއްގަވެސް މިފެންނަނީ ސިޔާސީމީހުން ކުރީމަ ސަލާމަތްވާތަން...... އުނަގަނޑަށް ބޭސްކުރުމުގެނަމުގަ... ޗިޓުނުލިބޭކަމަށްބުނެއަދިވެސްއަދިވެސް......ދެންކޮބާތޯ ރައްޔިތުންގެ ރައްކާތެރިކަން
ބަޑީ
10 May 2021
ހަމަހަމަކަމާ އިންސާފު ވަރަށް މުހިއްމު އެކަމު މިފަދަ "ޓެރަރިސްޓް" އަމަލު ހިންގާމީހުނާ އެހެނިހެން ކުށްތައްކުރާ މީހުނާވެސް ވަރަށް ތަފާތު ދެއްތޯ؟ މިފަދަ މީހުން ތަނެއް ގޮއްވާލާއިރު އެތައް އިނަސަންޓް ބަޔަކުވެސް މަރުވެ ނޫނީ ނުކުޅެދޭ މީހުނަށް ބަދަލުވެގެން އެބަދޭ. މިކޭސްގަވެސް އެހިސާބުން ދިޔަ އެފަދަ ބަޔަކަށް ގެއްލުން ލިބުނު ކަމަށްވޭ. ވަރަށްވެސް ދެރަ.
ފްރީޑަމް ފްރޮމްފިއަރ
10 May 2021
އަންނި އެއީ ވަރަށް ހިތްހެޔޮ، ހިއުމޭނިޓޭރިއަން ބޭފުޅެއް. އަވަސް ޝިފާ އަކަށް އެދެން. އަޅުގަނޑަށް ޔަގީން މި ކުދިން ރީހެބިލިޓޭޓް ކޮށް އަލުން މުޖްތަމައަށް ނެރުމަށް އެބޭފުޅާ މަސައްކަތް ކުރައްވާ ނެ ކަން.
އެމްސް
10 May 2021
ފުރަތަމަ ތަޙްޤީގް، ތިއަކީ ތި 3 މީިހުނަށް އެކަނި ކުރެވޭނެ ކަމެއް ނޫން! އަދުހަމު ފަހަތުން އައި 3 މީހުންތެރޭވެސް ތީގެ ބަޔަކު ތިބެދާނެ! ސައިކަލު ޕާރކް ކުރީ ކާކުކަންވެސް ދަނެގަތުން މުހިއްމު! ދެން އަދަބު، ބޭނުމަކީ ދެން މިފަދަ ކަމެއް ކުރަން އުޅޭ ބަޔަކަށް ޢިބުރަތަކަށް ވުން!
އޯ ބުރޯ
10 May 2021
ރާއްޖޭގައި ފުންނާބު އުސް ލޯޔަރުން: މައުމޫން ހަމީދު، ސާއިރު، ހަސީބު އަދިވެސް އުޅޭނެތާ...
މޯޑް
10 May 2021
3 މީހަކު އެކަނި ތިވަރު ބޮނޑް ޖަރީމާއެއް ނުހިންގޭނެ. ޔަގީން ތީގެ މުގޫ ވަރުގަދަވާނެ. މުގޫ ދަމާ ގަނެވިގެން މިރާއްޖެއަށް ހަމަޖެހުން އޮތީ.
މުގޫ
10 May 2021
މުގުލުގަ ތިބޭނީ ސިޔާސީ ބަޔަކު. އަފުރާޝީމުގެ މަރުގަވެސް މުގުލުގަ ތިބީ ސިޔާސީން.
އާރީ
10 May 2021
ވަގުން ވައްކަށް ކޮށްފަ ވެސް ވައްކަށް ކުރިވާހަކަ ބުނާނެތަ?
1234
10 May 2021
ވައްކަންކޮށް މާރާމާރީ ހިންގާ ނަމާދަށް މިސްކިތަށް ނާރާ މީހުން ނަށް މުސްލިމުންނޭ ކިޔާތަ؟
ޙަބީބު
10 May 2021
ތިތާކު ނެތް ނަޝީދާ އަދާވާތް ތެރި އެކަކުވެސް ޔާމިނުއައް ހުކުމްކުރަން އަދީބުގެ ހެކިބަސް ނެގިފަދައިން ތިތާ ތިތިބީހުސް ނަޝީދުގެ ގާތް އެކުވެރިން ނަޝީދު ކުޅުނުކަސޯޓީ ކަމަކުނުދޭ އަތައްގޮވީތިޔަ މިފަހަރު ރައްޔިތުންގެ ސިންޕަތިވެސް ނުލިބުން އަބަދަކު ނުލަފާކަން ދައްކައެއްވެސްނުލެވޭނެ ދަނގަޑު ކެނޑޭނީ ދަނގަޑުންކަން ރައްޔިތުން ދަސްކޮއް ވޯޓުންވެސް ތަޅާބަލިކުރަނީ
އެމްސް
10 May 2021
ހާދަ އަވަހަށް ސްކްރިޕްޓެއް ލިޔަން ތިފެށީ! ޝައްކު ކުރެވޭ 4 މީހަކު އުޅޭ ކަމަށް ފުލުހުންވެސް ބުނި!
ބީކޭކޭ
10 May 2021
ތިކަން ތަހުގީގު ކުރަން އިންޑިޔާ މީހުނާ ހަވާލުކުރޭ ޢޭރުން ކަމެއްކޮއްފަ އޮތިއްޔާ އެކުރިކަމެއް ކުރިގޮތަކައް ކިޔާދޭނެ!
ސޮފޫ
10 May 2021
ފިނިފެންމާ ގޮއްވާލި މީހުންގެ ލޯޔަރުން މިމީހުނާވެސް ހަވާލުވެބަލަ .. ކޮންމެ މީހަކަށްވެސް ވަކީލަކު ބޭނުންވާނެތާ