12 މެއި 2021 - 13:43
އެއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ ލިސްޓް އާއްމުކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން ފާސްކޮށްފި އެވެ.
އެމްއެމްޕީއާރުސީ ލިސްޓް ދިރާސާކުރުމަށް ފަހު އެ ލިސްޓާ ބެހޭ ފައިނަލް ރިޕޯޓެއް އެކުލަަވައިލަން ޖޮއިންޓް ކޮމިޓީން ނެގި ސަބް ކޮމިޓީން މިއަދު އެ ރިޕޯޓް ހުށަހެޅި އިރު ލަފާ ދިިނީ ތަހުގީގީ އިދާރާތަކުން ފޮނުވި ލިސްޓް އެ އޮތް ގޮތަށް ހާމަކުރުމަށެެވެ. އެ ރިޕޯޓް ފާސްކުރީ ޖޮއިންޓް ކޮމިޓީގެ އިއްތިފާގުންނެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ތުހުމަތުވާ ފަރާތްތަކުގެ ތެރެއިން ދައުލަތުގެ މަގާމުތަކުގައި މިހާރު ތިބި ފަރާތްތަކާއި ކުރިން މަގާމުތައް އަދާކުރި ފަރާތްތަކުގެ ލިސްޓެއް ފޮނުވަން މަޖިލީހުން އެދުނީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޗެެއާޕާސަން ހަސަން ލަތީފު ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ. މަޖިލީހުން އެކަމަށް އެދުމުން އެސެޓް ރިކަވަރީ ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ވެސް މަޖިލީހަށް މައުލޫމާތު ފޮނުވި އެވެ. ހިޔާނާތުގެ ފަައިސާ ލިބުނުކަމަށް ބެލެވޭ 281 ފަރާތެއްގެ ނަން ފޮނުވީ އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ.
ލިސްޓް ދިރާސާކުރަން ޖޮއިންޓް ކޮމިޓީން ނެގި ސަބްކޮމިޓީން ރޭ އެކުލަވައިލި ރިޕޯޓްގައި އޮތީ ކޮމިޝަނުން ފޮނުވި ގޮތަށް ރިޕޯޓް އާއްމުކުރާށެވެ. އެކަމަކު ޖޮއިންޓް ކޮމިޓީން މިއަދު ފާސްކުރީ ލިސްޓްގައިވާ ލިއުމުގެ ބައެެއް ކުށް ފިލުވުމަށް ފަހު އެސެޓް ރިކަވަރީ ކޮމިޝަނުން އަލުން ފޮނުވުމުން ރިޕޯޓްގެ ޖަދުވަލުގައި ހިމަނައި އާއްމުކުރާށެވެ.
ޖޮއިންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހިސާން ހުސައިން ވިދާޅުވީ ތުހުމަތުވާ މީހުންގެ ލިސްޓް އާއްމުކޮށްފި ނަމަ ތަހުގީގަށް ހުރަސް އެޅޭނެތޯ އެސެޓް ރިކަވަރީ ކޮމިޝަނާ ސުވާލުުކުރި ކަމަށާއި މިހާރު ހުރި ގާނޫނުތަކާ އެކު އެގޮތަށް އެކަން ނުވާނެ ކަަމަށް ކޮމިޝަނުން ބުނި ކަމަށެވެ.
"އެބޭފުޅުން އޮން ރެކޯޑް ވިދާޅުވެފައި އެބަ އޮތް، މިހާރު މި ސިޓުއޭޝަން ގައި، މިހާރު އަަޅުގަނޑުމެންގެ ގާނޫނީ އޮނިގަނޑަށް މިއައި ބަދަލުތަކާ އެއްކޮށް، ނޭދެވޭ އަސަރެއް ތަހުގީގަށް ކުރާނެކަަމަށް އެބޭފުޅުންނަށް ގަބޫލުނުުކުރެވޭ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޖޮއިންޓް ކޮމިޓީގެ ސަބްކޮމިޓީން ރޭ އެކުލަަވަލައިލި ރިޕޯޓްގައި އޮތީ ތުހުމަތުވާ މީހުންގެ ތެރެއިން މަގާމުތަކުން ވަކިކުރެވެން ހުރި ފަރާތްތައް ވަކިކުރުމަށެވެ. އެގޮތަށް އެއޮތީ އިންތިހާބީ މަގާމުތަކުގަައި ތިބި މީހުން ވަގުތުން ވަކިނުކުރެވޭނެތީ އެވެެ. ތުހުމަތުވާ މީހުންގެ ތެރެއިން އިންތިހާބީ މަގާމުތަކުގައި ތިބި މީހުން ވަކިކުރެވޭނީ ޝަރުއީ ހުކުމަކުން ނުވަތަ އެ ފަރާތްތައް އަމިއްލައަށް އިސްތިއުފާ ދިނުމުން ކަމަށް ވާތީ، އެފަދަ ފަރާތްތަކުގެ ތަހުގީގު އަވަސްކުރަން އެސެޓް ރިކަވަރީ ކޮމިޝަނަށް އެންގުމަށް ރިޕޯޓްގައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޚަޑަ
12 May 2021
ކޚިޔާނާތް، ކޮރަޕްޓް ތި ކިޔަނީ އަމިއްލަ ޖީބަށް އެއްޗެއް ލީމަތަ. ރައްޔަތުންގެ ލާރި ރައްޓެހިންނަށް ބެހުން. ނަޝީދު ވެރިކަމަށް އައިސް ހެވީ ލޯޑަށް ދިން އެތައް މިލިއަން ޑޮލަރު، ސާކް ސަމިޓުގެ ބޮޑު ކޮރަޕްޝަން މުންކޮއަށްވެސް އެތައް މިލިއަން ރުފިޔާ. ބިޑަކަށް ނުލާ ރައްޓެހިންނަށް ދަތުރު ފަތުރު ނިޒާމޭ ކިޔާފަ ރަށްތައް ދީފައި. 800 މިލިަންޑޮަލރުގެ މައްސަލަ . ވަރަށް ބާރުލާފަ ބުނާނެ އަޅުގަނޑު ލާރިއެއް ނުނަގަމޭ އެހެން މީހުންނަށް ރައްޔަތުންގެ ލާރި ދިނުން އޯކޭ.
ނޫޅެން
12 May 2021
ފުރަތަމަ ބުނީ 30 މިނިޓް ތެރޭ ލިސްޓް ނެރޭނެއޭ. މިހާރު މިބުނަނީ އިރުކޮޅެކޭ. ތިޔަ އިރުކޮޅެއް ނައެއްނު.
ޚުހގ
12 May 2021
ކޮބާ؟
ފަހުދު
12 May 2021
މިހެން ބުނިފަހުން މިހާރު 4 ގަޑިއިރުވީ. އަދި ޚަބަރެއް ނުވޭ. މިސަރުކާރުގެ ސްޕީޑުގެ އިރުކޮޅަކީ 6 ވަރަކައް މަސްދުވަސް
ޑިސްއޮނަރަބަލް ޑީޑީ
12 May 2021
ބަކަރިއެއް ކިރުފެލާހާ ހިނދުކޮޅަކަށްވެސް މަޑެއްނުކުރެވޭނޭ. ހަމަމިހާރު ލިސްޓު އާމުކުރާންއުޅޭށޭ.
ވަރަށް ހެއްވާ
12 May 2021
ހިޔާނާތުގެ ފައިސާ ނެގި މިހުންނަމެދު ޝަރީޢަތް ކުރުމަށްފަހު ޖަލަކަށް ނުލާތޯ. ވައްކަން ކޮސްފިއްޔާވެސް މަޤާމުންތޯ ވަކިކުރާނީ. އެއީތޯ އަދަބަކީ.
ސޯބު
12 May 2021
ލީކުވީމަ އަޅާލާ ޕެޗެއްހެން ހީވަނީ. ޕާޓީ އެކްޓިވިސްޓަކުވިއްޔާ އުނިވެފަ އޮންނާނެހެން ހީވަނީ.
ޝުކުރާން
12 May 2021
މި ލިސްޓް ހޯދާ މިކަން އަލުން ސަމާލުކަމަށް ގެނެސް މި މައްސަލަ ބެލުމުގެ އެންމެ އިސްކޮށް އުޅެނީ އީވާ ، އީވާ އަށް ޝުކުރު ހައްގު
އަހްމަދުހު
12 May 2021
ތިލިސްޓްގަ ކިތައް ހަރުކަށި މީހުންނާ، ތުނބުޅިލީ މީހުންނާ، ފައިކުރުކޮށްފަ ހުރި މީހުންނާ، ޝެއިހުން ހިމެނޭތޯ ބަލާދީބަލަ!!
ބާބު 4
12 May 2021
މި ލިސްޓު ނެރެނީ މަޖިލީހުން ފާސްކޮށްގެން