ކައުންސިލް އިންތިޚާބުގެ ކެމްޕޭން އިފްތިތާހު ކުރުމަށް އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
12 މެއި 2021 - 19:29
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަައްމަދު ނަޝީދު އަވަހާރަކޮށްލުމަށް، ދިން ޓެރަރިސްޓު ހަމަލާގެ އަޑީގައި ތިބި ބަޔަކު ހޯދައި، އިންސާފުގެ ކުރިމައްޗަށް ގެންނަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
މާދަމާ ފާހަގަކުރާ މި އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނަޝީދަށް ދިން އެ ހަމަލައަކީ، މިހާތަނަށް އެ މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ތިން މީހުންނާ ހަމައިން ނިމޭނެ ކަމެއް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"މިކަމުގެ އަޑީގައި ތިބި ބަޔަކު ހޯދައި، އެ ބަޔަކު ވެސް އިރާދަކުރެއްވިއްޔާ އިންސާފުގެ ކުރިމައްޗަށް ގެންނާނަން،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ނަޝީދަށް ދިން ޓެރަރިސްޓް ހަމަލައަކީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާއި އެއްވެސް މީހެއްގެ ފުރާނަ ދުއްވައިލުމަށް ހަމަލާއެއް ދިނުމަކީ، ކުޑަވެސް އިންސާނިއްޔަތު ކަމެއް ހުރި މީހަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.
"އެ ޒާތުގެ އަމަލުތަކުން، އެ ބަޔަކު ބޭނުންވާ އެއްވެސް މަގުސަދެއް، މާތް ﷲގެ އިރާދަފުޅުން މި ފަސްގަނޑުގައި ހާސިލެއް ނުވާނެ. މާތް ﷲގެ މަދަދާއި ވާގިފުޅާއެކު، ގާނޫނުތައް އެ ފަދަ މީހުން ވަށައިލާނެ. އަދުލު އިންސާފު އަރައި ހަމަކުރާނެ،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި އެ ހަމަލާދިން ކަމަށް މިހާތަނަށް ފާހަގަކުރެވޭ ތިން މީހަކު ހައްޔަރުކޮށް، ގާނޫނުގެ ބާރުގެ ދަށަށް ވަނީ ގެނެސްފަ އެވެ. އަދި އެ މީހުން ކުރި އަމަލުތަކަށް ޒިންމާދާރު ކުރުވުމުގެ ގޮތުން މިނިވަން ތަހުގީގަކަށް ފަހު، އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ވިދާޅުވި އެވެ.
ނަޝީދަށް ހަމަލާ ދިން މައްސަަލައިގައި ހައްޔަރުކޮށްފައި ވަނީ މއ. ފޭރުގެ، މުޖާޒް އަހުމަދު 21، ގެ އިތުރުން ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީނު އަހުމަދު 32، އާއި ވ. ތިނަދޫ، ހިޔާ އަދުހަމް އަހުމަދު ރަޝީދު، 25، އެވެ. އޭގެ ތެރެއިން އަދުހަމަކީ ބޮން ގޮއްވާލި ކަމަށް ބުނާ މީހާ އެވެ.
މި ހަމަލައިން ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބި، މިހާރު ވެސް އޭޑީކޭ ހޮސްޕިޓަލްގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބާ
13 May 2021
ފޮނި ނުކަނޑާ ތިމައްސަލަ ތިއޮތީ ދާންވީ ހިސާބަށް ގޮސް ދެން މީހަކު ބެދުނީޔަ ބެދޭނީ މައްސަލަ ބަލާ މީހާ
އިސްމާއިލް ކާޝްމީރު
13 May 2021
ކޮން އިންސާފެއްގެ ވާހަކަ ތޯ؟ އެވެރިން އެ ދޮވެލަނީ ބައިގަޑިއިރުގެ މެޝިނަކުން ނޫނޭ. ނަފްރަތުގެ ގަސް އިންދާ، ފެންދީ، ކާންދީ، ބޮޑުކޮއް، އަދި އިތުރު ގަސްފަޅުވާ ބޮޑު ޖަންގައްޔަކައް ހަދާފަ! ހުރިހާ ކަމެއް ހިންގަނީ ސްކޫލް ތަކުގަ. ވަކި ކުލާސް ތަކުގަ. ޓްވިޓަރ ގަ. ޔޫޓިއުބަ. ހާމަ ކަންމަތީގަ. އަނގޮޅި ކަންކަން މަތީގަ. ވާގޮތް ބަލަން ވެއްޖެ މާކުރިންވެސް! މައްސަލައަކީ އެހެން ބޮޑެތި ޖަރީމާތައް ހިންގާއިރު، އަދި ވޯޓް ހޯދަން ތެޅިފޮޅޭއިރު، މިކަންވަނީ ފުލައްވައްޓާލާފަ!
ނެތީމޭނެތީމޭ
12 May 2021
ތީ އެތެރެއިން ރޭވިގެން އައި ހަމަލާ އަކާއި ވަރަށް ބޮޑަށް ޝައްކޭ އެމްޑީޕީގައި ތިބޭނެ ތިޔާ ހަމަލާއާއި ބެހޭ ތަފްސީލް ވަރަށް ރަނގަޅަށް ދަންނަ މީހުން ދެން އެކަން ވެސް އަދި ފެންމަތި ވެގެންދާނެއޭ ދެނެއް ކެނެރީގެ ނަޝީދު ރާއްޖޭގެ ސިޔާސީ މައިދާނުން ފެންނާނެ ކަމަށް އުއްމީދު ކޮށްގެން ނުވާނެއޭ މަމެން ބުނަން ނެތީމޭ...
އިބްރާހިމު
13 May 2021
ތިޔަކަން ނިމޭނީ އަދީބް އާއެކު ހެދިކަހަލަ ޑީލެއް ތިޔަބޮން ގޮއްވިކަމަށް ހައްޔަރު ކުރި ކުދިންނާއެކު ހަދައިގެން، އޭރުން ބޭނުންވާ ބަޔަކު ތިޔައިގެ ފަހަތަށް ލެވޭނީވެސް. ގައިދީންނާއެކު ޑީލް ހަދާބައެއްތީޔައީ.
ގުދުގުދުލީބެއްޔާގެ ތެދުބަސް
12 May 2021
މިކަން ނިމެންޖެހޭނީ ބަގުދާދީއާހިސާބުން.
ޕޮގުބާ
12 May 2021
ތިވާހަކަ ދައްކަންތަ ގައުމާ މުޚާތަބުކުރީ މިއޮއްވަރުގަދަ ބަލި ކޮންޓްރޯލް ނުވެގެން އުޅޭއިރު އެކަމާ އެއްޗެށް ބުނާކަށް ނޭންގުނު ދޯ ސައުގެއް ނެތް
ރިބޫން
12 May 2021
ރައީސް ތިގޮތައް ހާދަ ވާހަ ކައެއް ބުނެފިއޭ..ދައުލަތުން އެތައް ފައިސާއެއް ކޮމިޝަންތައް ހަދައިގެން ގާތްމީހުން ކޮމިޝަނަށްލައި ހަރަދު ކޮށްފިއޭ..އަދި ވަރަށް ގިނަ ވައުދުތައްވެސް ވެފައިއޮތީ ހަބަރެއްވެސް ނުވޭ...
ރަދީފުލް ކުމާރު
12 May 2021
ރައީސް ފޮނިނުކަނޑުއްވާށެވެ.
ރަންބުއްދި
12 May 2021
ބަޔަކކު ކޮންމެ އެއްޗެއް ކިޔަސް ރައީސް އެ ބުނީި ތެދެއް
އުދުހޭ
12 May 2021
ނަޝީދު މަރެއްނުވޭ. ޑރ.އަފްރާޝީމު ފަނީ މަރުވެފަ. އެމައްސައިގެ އަޑީގަ ތިބިމީހުން ހޯދުން މާ މުހިންމު.
ށަވިޔަނި
12 May 2021
ނުހޯދި އޮތީ އަފްރާޝީމުގެ މަރު އެކަނިތަ؟ މިއީވެސް މަރުގެ ހަމަލައެއް.