އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ އެކްޓިވިސްޓަކަށް އުޅުނު އިސްމާއިލްބެ: އޭނާ ވަނީ މިއަދު މެންދުރު މަރުވެފައި.-- ފޮޓޯ: އެމްޑީޕީ
15 މެއި 2021 - 00:15
އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގެ ހަރަކާތްތަކުގައި އާންމުކޮށް ފެންނަ އެއް މޫނު، އިސްމާއިލް ހަސަން (އިސްމާއިލްބެ) މިއަދު ނިޔާވެއްޖެ އެވެ.
މ. ފިޒާ، އިސްމާއިލްބެ، 78، ނިޔާވީ އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މެންދުރެވެ. އެއީ ކޮވިޑު-19 ގެ 91 ވަނަ މަރުގެ ގޮތުގައި ވަނީ ކަނޑައަޅައިފަ އެވެ.
އޭނާގެ ކަންކަން އެނގޭ ރައްޓެއްސަކު ކިޔައިދިން ގޮތުގައި، ގ. ކެނެރީގެ ހުންނަ ސަރަހައްދުގައި ހުޅުވި އެމްޑީޕީގެ އެންމެ ފުރަތަމަ ހަރުގެ، ދުންފިނި ހަރުގެއަށް ގޮސް ވެސް ޕާޓީގެ ކަންކަމުގައި އޭނާ އަމަލީގޮތުން ބައިވެރިވި ކަމަށެވެ. އަދި އޭނާ އަކީ ޕާޓީގެ ހަރަކާތްތަކުގައި މީހުންނަށް ހިތްވަރުދީ ފޯރި ގެނުވަން ވަރަށް މަސައްކަތް ކުރި މީހެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ޕާޓީގެ ގިނަ މެމްބަރުންނާއި އޭރު އިސްލާހަށް މަސައްކަތްކުރި އެންމެންހެން ވެސް އިސްމާއިލްބެ އާ ގުޅުން އޮންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
"އޭރު ވަރަށް ބިރުންތާ މީހުން ތިބޭނީ. ކޮންމެ ކޮންމެ މީހަކު [ޕާޓީގެ ކަންކަމުގައި] ނުކުމެ ނޫޅޭނެ. އެކަމަކު އޭރު ވެސް އިސްމާއިލްބެ ފެނޭ އިސްލާހީ ހަރަކާތްތަކަށް ފޯރި ދީ އެކަމަށް ހަރުގެއަށް ގޮސް. އެހެން ހުއްޓައި މިނިވަން ނޫސް ނުކުތީ 2005 ގައި. ނުކުތީމަ މިނިވަން ނޫސް ހަރުގެއަށް ވެސް ގެންގޮސް ހަދާނެ،" އޭނާ ބުންޏެވެ.
"އަޑު އުފުލުމާއި ހިޔާލުފާޅުކުރުމުގެ ކަންކަމުގައި ވަރަށް އިސްކޮށް އޭރުގައި އުޅޭނީ. އެ އުމުރުގެ މީހަކާ އަޅާބަލާފައި ހަރަކާތްތެރި."
އޭނާ ބުނިގޮތުގައި ދަރުބާރުގޭގައި ބޭއްވި އެމްޑީޕީގެ ފުރަތަމަ ކޮންގްރެސްގެ އިންތިޒާމުތަކާ ބެހޭ ކަންކަމުގައި ވެސް ހިލޭ ސާބަހަށް، ވަރަށް އިސްކޮށް އިސްމާއިލްބެ އުޅުނެވެ. އަދި އޭނާ ބައިވެރިނުވާ މުޒާހަރާއެއް މަދުވާނެ ކަން އޭނާ ފާހަގަކުރި އެވެ.
"ޕާޓީގެ ކަންކަމުގައި ލޯބިޖެހިގެން މަސައްކަތްކޮށްފައި ހުރިކަން ފާހަގަކުރެވޭ."
MDP ge abadhume vafaatheri, ekuveri Ismail Hassan (Ismailbe) niyaavumuge funhithaamaiga mi party baiverivameve. Aaila ah ihulaastheri thauziya dhannavan. Maruhoomah suvaruge minvaru kurahvaashi! Ameen! pic.twitter.com/KU4T6z1OVc
— MDP Secretariat (@MDPSecretariat) May 14, 2021
އިސްމާއިލްބެ ނިޔާވުމުން އާއިލާއަށް ތައުޒިޔާ ކިޔައި އެމްޑީޕީން މިރޭ ކުރި ޓްވީޓް.
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު 2012 ގައި ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު މާލެ ތެރޭގައި އެ ޕާޓީން ބޭއްވި އެއްވުންތަކުގައި ވެސް އޭނާ އުޅުނެވެ. އެގޮތުން އުސްފަސްގަނޑާއި އަޑިޕާކު ސަރަހައްދުގައި ކޮންމެ ދުވަހަކު އެއްވުންތައް ބޭއްވިއިރު، އެ ތަނަށް ގަވައިދުން ގޮސް އުޅުނު އެކަކަކީ އިސްމާއިލްބެ އެވެ.
"ޕާޓީގެ އެންމެ އާއްމު ގްރާސްރޫޓުގެ މީހުންނާ ވެސް ވަރަށް ގުޅުން ބޮޑު މީހެއް އިސްމާއިލްބެ އަކީ. ޕާޓީއަށް ވަރަށް ލޯޔަލް މީހެއް. ޕާޓީއަށް މި ދިމާވާ ކަންކަމުގައި އަޑު ވެސް އުފުލާ މީހެއް އެއީ ޖަލްސާތަކަށް އަރައި ވާހަކަނުދެއްކި ނަމަވެސް،" އެ މީހާ ބުންޏެވެ.
އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި، އޭރު ސަރުކާރުގެ ވެރިންނާ މަގުމަތިން ދިމާވުމުން ވެސް ގައުމުގައި ހިނގާ ކަންތައްތަކުގެ މައުލޫމާތު އިސްމާއިލްބެ އޮޅުންފިލުވާނެ ކަމަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
އިސްމާއިލްބެގެ މަރާ ގުޅިގެން އެމްޑީޕީން ވެސް ވަނީ ހިތާމަފާޅުކޮށްފަ އެވެ. އެ ޕާޓީން ކުރި ޓްވީޓެއްގައި އިސްމާއިލްބެ ސިފަ ކޮށްފައި ވަނީ ޕާޓީއަށް "ވަފާތެރި" މީހެއްގެ ގޮތުގަ އެވެ.
އެ ޕާޓީގެ ހަރުގެ މިހާރު ހިންގަނީ އާޓިފިޝަލް ބީޗު ކުރިމަތީގަ އެވެ. މަރުވުމާ ހަމައަށް ވެސް އެ ޖަގަހައަށް ގޮސް ކަންކަމުގައި ބައިވެރިވި ކަމަށް ރައްޓެހިން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިރިތިބީންނައް
15 May 2021
ބުނަންތަ ވާހަކައެއް ޕާޓީއެއް ކުރިއަރުވާކައް ކުރާ.މަސައްކަތަކީ އެއީ ސަވާބު ލިބޭކަމަކައް ވާނީ އެޕާޓީއަކީ ހެޔޮކަންކަމައް ގޮވާލާ އަދި މުންކަރާތްތައް ނަހީކުރާ ޕާޓީއަކައް ވެގެންނެވެ. އެމްޑީޕީގެ ހަރަކާތްތަކާއި ވާހަކަތަކާއި އަދި އުޅުމުގެ ވައްޓަފާޅި އެއީ އެއްވެސް ދިވެއްސަކައް އޮޅިފައިއޮންނަކަންކަމެއް ނޫނެވެ. ތިމާގެ އުމުރުގެބާކީ ހުރި ދުވަސްތައް މާތަރަސްކަލާނގެއަށް އިޚްލާސްތެރި ހެޔޮ އަޅުކަންކޮއް ގިނަވަގުތު އަޅުކަމުގައި ހޭދަކުރުން މާރަނަގެވެ.
އަހމަ
15 May 2021
އިސްލާޙީ ހަރަކާތޭ. އިސްލާހެއް ވެއްޖެބާ 2008 ފެށިގެން ތިއުޅެނީ ތިކަމާއެއްނު.
ށަވިޔަނި
15 May 2021
اللهم اغفرله وارحمه وادخله في الجنة آمين
4411 ރ
15 May 2021
إِنَّا لِلَّٰهِ وَإِنَّ إِلَيْهِ رَاجِعُونَ
ސަމަރޭ
15 May 2021
ހަނދާންވޭ އަޅުގަނޑު ވަރަށް ކުޑައިރު މާލެތެރޭ ފުޅިމަދު ފޯށިގަނޑު ހިފައިގެން ބޭންގު މަސް ވިއްކަން އިސްމާއިލްބެ އުޅޭ ހަނދާން.. ކޮނޑު މައްޗަށް ފޮށިގަނޑު ލައިގެން ދަމުން ކިޔާނެ ޓޭންކަންލާ ބޭންގު, ވަޅަށްލާ ބޭންގު ގަންނާނެއްބާ!...މަރުހޫމްގެ ފާފަ ފުއްސަވާ އާއިލާއަށް ކެތްތެރިކަން ދެއްވާނދޭވެ...
ސައްތާރު ސ
15 May 2021
އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް ޖެހިފައިވާކަން އިޢްލާން ކުރެވިފައިވާއިރު، މަރުވާ މީހުންގެ ތެރޭގައި ކޮވިޑް ޖެހިފައި ތިބޭނެ މީހުން ގިނަވާނެކަން ބޮލު ތެރޭ ކޮންމެވެސް ދިމާލެއްގައި ބައިންދަން ޖެހޭ.
އެދުރުކަލޭގެފާނު
15 May 2021
إِنَّا لِلَّٰهِ وَإِنَّ إِلَيْهِ رَاجِعُونَ މިދިޔަ ބުރާސްފަތި ދުވަހު މެންދުރުފަހު އިސްމާއިލްބެ ޓެކްސީއަކަށް މާފަންނު ސަހަރާ ކައިރިން އަރަނިކޮށް އެދުރުކަލޭގެފާނާއި ދިމާވިއެވެ. އެއިރުވެސް އިސްމާޢީލްބެ ހުންނެވީ ހެޔޮހާލުކޮޅުގައެވެ. އިސްމާޢީލް ބެއަށް ހެޔޮ ރަޙުމަތް ލައްވައި ސުވަރަގަ މިންވަރު ކޮށްދެއްވާށި!
ޢިބޫ
15 May 2021
ވަރަށް ގަދަ ބެ އެއްތީ....ދެރަވެއްޖެ.... މިކަހަލަ އާއިލާތައްވެއްޖެ އެމްޑީޕީ ގެ ކޮއިލަށް ވައްދަން....