ވެކްސިން ޖަހަން ގޮސް ތިބި ބަޔަކު ކިއުގައި:-- ފޮޓޯ: ނިޝާން އަލީ/ މިހާރު
15 މެއި 2021 - 22:53
މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހުޅުވާލައިފި އެވެ.
ފައިޒާ ވެކްސިން ޖެހުމަށް ހުޅުވާލާފައިވާ ޕޯޓަލް އިން ވަނީ މާބަނޑު މީހުންނަށް އެ ވެކްސިން ދިނުމަށް ރަޖިސްޓްރީވާން ހުޅުވާލައިފަ އެވެ.
ރާއްޖޭގައި އާއްމުކޮށް ހުޅުވާލައިގެން މިހާތަނަށް ދިނީ ކޮވިޝީލްޑް އަދި ސައިނޯފާމް ވެކްސިނެވެ. އެ ދެ ބްރޭންޑުގެ ވެކްސިން ވެސް ދެމުން އަންނަނީ އުމުރުން 18 އަހަރުން މަތީގެ މީހުންނާއި މާބަނޑު ނޫން މީހުންނަށެވެ. އެހެންވެ، ހައިރިސްކް ކެޓަގަރީއާ އެކު މާބަނޑު މީހުންނަށް އޮތް ނުރައްކާ ބޮޑެވެ.
Pregnant ladies are being offered pfizer vaccination now.
— Dr. Mohamed Ali (@Moxamedalu) May 15, 2021
Enter to the link, register.
👇🏾https://t.co/4z6IlBl2Y7 https://t.co/JypbwaPWCJ pic.twitter.com/AlRa6vz4Yd
މާބަނޑު މީހުންގެ އިތުރުން ފައިޒާ ވެކްސިން މި ވަގުތު ދެނީ 60 އަހަރުން މަތީގެ މީހުންނާއި 16 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި 16-17 އަހަރާ ދެމެދުގެ ކުދިންނާއި ބޭރުގައި ދިރިއުޅޭ ނުވަތަ ބޭރުގައި ކިޔަވާ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ޖަހައިދޭ ގައުމުތަކުގައި އުޅޭ ކުދިންނަށެވެ.
އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓުގައި ވިދާޅުވީ މި ވަގުތު ވެސް މާބަނޑު 50 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭއިރު ރާއްޖޭގެ ކޮވިޑުގެ ހާލަތު މި އޮތީ އެންމެ ނުރައްކާ ދަރަޖައިގަ އެވެ. ޕޮޒިޓިވްވާ މީހުންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވާއިރު، އެކްޓިވް ކޭސްތައް ވެސް 15،000 އިން މައްޗަށް އަރާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރީން
16 May 2021
ވަރަށް ހެއްވާ އުސޫލެއް މިވެސް ދެން.. ވަކި ބަޔަކަށް ފައިޒާ ވެކްސިން ދީފަ.. ހަމަ އަހަރެމެންވެސް މީ ދިވެހި ރަށްޔިތުން ޖަހަން ބޭނުން ބަޔަކަށް ފައިޒާ ވެކްސިން ޖެހެން ޖެހޭނެ ދޯ.. ވ ހެއްވާ ގަވާއިދެއް ގެންގުޅޭ ތަނެއް މީި.. ސަރުކާރު ފެއިލްވެފަ މިއޮތީ... ރައްޔިތުން ހަނާވަނީ މި...