ލައިފްސްޓައިލް / ބިލް ގޭޓްސް

ގޭޓްސް މައިކްރޮސޮފްޓްގެ މުވައްޒަފަކާ ލޯބީގެ ގުޅުމެއް ބޭއްވި މައްސަލައެއް

ކައިވެނި ރޫޅާލަން ނިންމެވިކަން އިއުލާނުކުރައްވާފައިވާ އެމެރިކާގެ މަހުޖަނު ބިލް ގޭޓްސް މައިކްސޮފްޓްގެ ބޯޑް މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން ކުންފުނީގެ މުވައްޒަފަކާ ލޯބީގެ ގުޅުމެއް ބޭއްވި މައްސަލައެއް ތަހުގީގުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައިވާ ގޮތުގައި 2019 ގެ ތެރޭގައި ފެންމަތިވި މި މައްސަލައާ ގުޅިގެން ކުންފުނީގެ ބޯޑުން ގޭޓްސް އިސްތިއުފާދެއްވުމަށް ވެސް ބޯޑްގެ މެމްބަރުން އެދިވަޑައިގަތެވެ. މެމްބަރުން ގޭޓްސް އަރިހު ވިދާޅުވެފައިވާ ގޮތުގައި އެފަދަ މައްސަލައެއް ފެންމަތިވެފައިވާތީ އޭނާ ދެން ބޯޑުގައި ހުންނެވުމަކީ އެހާ ހަމަޖެހޭ އަދި ރީތި ގޮތަކަށް ނުވާނެ އެވެ. ނަމަވެސް ގޭޓްސް ބޯޑުން އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ގޭޓްސް، 65، އާ ސިއްރު ލޯބީގެ ގުޅުމެއް ބޭއްވި ވާހަކަ ކުންފުނީގެ ބޯޑާ ހަމައަށް ގެންދިޔައީ މައިކްރޮސޮފްޓްގެ އަންހެން އިންޖިނިއަރެކެވެ. އެކަމަކު އޭނާގެ ނަމެއް ހާމައެއް ނުކުރެ އެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައިވާ ގޮތުގައި އެ ވާހަކަ ކުންފުނީގެ ބޯޑްގެ ސަމާލު ކަމަށް ގެނެސް މުވައްޒަފު ފޮނުވި ސިޓީ، ގޭޓްސްގެ އަންހެނުން އަދި ތިން ކުދިންގެ މަންމަ މެލިންޑާ ގޭޓްސް ވެސް ފޮނުވި އެވެ.

މުވައްޒަފަކާ ލޯބީގެ ގުޅިން ބޭއްވި މައްސަލަ ފެންމަތިވެ، ގޭޓްސް ބޯޑުން އިސްތިއުފާދެއްވީ އެ މައްސަލަ ލޯ ފާމަކާ ހަވާލުކޮށްގެން ބަލައި ނުނިމެނީހެވެ. އަދި އޭނާ އޭގެ ކުރިން ބޯޑުން އިސްތިއުފާ ދިނީ ވެސް މައްސަލައިން ރެކިގަތުމަށް ކަމަށް ތުހުމަތުކޮށްފައިވެ އެވެ. މައިކްރޮސޮފްޓްގެ ތަރުޖަމާނު ވިދާޅުވެފައިވާ ގޮތުގައި ގޭޓްސްއާ ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް ބުނެ މުވައްޒަފެއްގެ ފަރާތުން ކުންފުނީގެ ބޯޑަށް ސިޓީއެއް ލިބުނީ 2019 ގެ ފަހުކޮޅު އެވެ. އޭގައި ބުނެފައިވާ ގޮތުގައި އެ ގުޅުމެއް ފެށުނީ 2000 ވަނަ އަހަރުގެ ތެރޭގަ އެވެ. ގޭޓްސް އާއި މެލިންޑާގެ ވަރީގެ ވާހަކަ ވެސް ފެށުނީ 2019 ގައި ކަމަށް ކުރިން ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައިވެ އެވެ.

ނަމަވެސް މިކަމާ ބެހޭ ގޮތުން ގޭޓްސްގެ ތަރުޖަމާނު ވޯލް ސްޓްރީޓް ޖާނަލް އަށް ވިދާޅުވެފައި ވަނީ އެ މައްސަލަ އާއި ގޭޓްސް ބޯޑުން ވަކިވެވަޑައިގަތުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި މުވައްޒަފަކާ ގޭޓްސް ލޯބީގެ ގުޅުމެއް ބޭއްވި ކަމަށާއި އެކަމަކު އެކަން 20 އަހަރު ކުރިން ނިމުމަކަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި ބޯޑުން ގޭޓްސް އިސްތިއުފާ ދެއްވީ އޭނާ ހިލޭ ސާބަހަށް ކުރައްވާ މަސައްކަތްތަކަށް ކުރިއަށް ބުރެ ބޮޑަށް ވަގުތު ދެއްވުމުގެ ގޮތުންނެވެ.

ގޭޓްސް އާއި މެލިންޑާގެ 27 އަހަރުވީ ކައިވެނީ ރޫޅައިލަން ނިންމިކަން އިއުލާންކުރެއްވީ މި މަހުގެ 4 ގަ އެވެ. އެ ދެ މީހުން 1994 ގައި ކިރެއްވި ކައިވެނީގައި ސިއްކަ ޖައްސަވަން ނިންމެވި އިރު، ލިބިވަޑައިގަތް ތިން ކުދިންނަކީ ވެސް މިހާރު ޒުވާނުންނެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފައިވާ ގޮތުގައި މައިކްރޮސޮފްޓްގެ މުވައްޒަފަކާ ލޯބީގެ ގުޅުމެއް ބޭއްވި މައްސަލައިގެ އިތުރުން ޖެފްރީ އެޕްސްޓީނާ، ގޭޓްސް ބައްދަލުކުރެއްވި މައްސަލާގައި ވެސް ބޯޑުން ސުވާލުކޮށްފައިވެ އެވެ. މިދިޔަ ހަފުތާގައި އެ ނޫހުން ބުނެފައިވާ ގޮތުގައި ގޭޓްސް އާއި މެލިންޑާގެ ކައިވެނި ރޫޅައިލަން ނިންމި ސަބަބުތަކުގެ ތެރޭގައި ވެސް އެޕްސްޓީންްގެ މައްސަލަ ހިމެނެ އެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވަޑިޔައްތޮކިނަބާ

18 May 2021

އަޖާއިބު ނުވާނެތަ. އެދެމީހުންގެ ޒާތީ ދިރުއުޅުމާއި މިނިވަންކަމަކާ ބޯޑަކާ ކޮންކަމެއްތަ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454