ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ ރާއްޖޭގެ ޖަލުތަކަކީ ހަރުކަށިފިކުރު ފަތުރާ އައްޑާތަކެއް ކަމަށް. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ.
17 މެއި 2021 - 21:49
ރާއްޖޭގެ ޖަލުތަކުގައި ބަންދުވުމަށް ފަހު ނުކުންނައިރު މީހުންގެ ވިސްނުން މުޅިން ބަދަލުވެފައި ތިބޭ ކަމަށާއި އެ ތަންތަނަކީ ހަރުކަށިފިކުރުގެ އައްޑާތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ވިސާމް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މި ދައުރުގެ ފުރަތަ ޖަލްސާގައި، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ބެހޭގޮތުން ކުރި ބަހުސްގައި ވިސާމް ވިދާޅުވީ ޖަލުގައި ހަރުކަށި ފިކުރު ފެތުރުމުގެ ކަންތައް އިންތިހާ އަށް ބޮޑުވެފައި ވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ. ޖަލުގައި ބަންދުކުރާ މީހުން ކެޓަގަރައިޒް ކުރުމަކީ މިއަދުން މިއަދަށް ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއަދުގެ ޖަލުތަކަކީ ހަގީގަތުގައި ހަރުކަށި ފިކުރު ފަތުރާ އައްޑާއެއްގެ ގޮތުގައި އަޅުގަނޑަށް ހަމަ ސިފަވޭ،" ވިސާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކުރާ މީހުން އެނބުރި މުޖުތަމައަށް އަންނަ އިރު ތިބެނީ ވިސްނުން ބަދަލުވެފައި ކަމަށާއި އާއްމު ދިރިއުޅުމުގައި އެހެން މީހުން ވިސްނާގޮތް މުޅިން ތަފާތުވާ ކަަމަށެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް އެންމެން އެކުގައި ތެދުވަން ވެސް އޭނާ ގޮވައިލެއްވި އެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރޭ ވާހަކަ އެންމެ ގިނައިން ދައްކަވާ އެކަމުގެ އިންޒާރު ދެއްވަމުން ގެންދެވި ބޭފުޅެއް ކަމަށެވެ. އެ މަނިކުފާނަށް ހަމަލާ އަމާޒުވީ އެ ވާހަކަފުޅު ދައްކަވަދައްކަވާ ހުންނަވަނިކޮށް ކަމަށް ވެސް ވިސާމް ވިދާޅުވި އެވެ.
ނަޝީދަށް ދިން ބޮމުގެ ހަަމަލާގައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްވި އެވެ. އެ ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ހޯއްދެވުމަށް ފަހު އިތުރު ފަރުވާ އަށް މިހާރު ވަޑައިގެން ހުންނެވީ ޖަރުމަނުގަ އެވެ. ނަޝީދަށް އެމްއެންޑީއެފުން ދެމުން އައި ސެކިއުރިޓީ ބްރީޗްވި ގޮތެއް ތަހުގީގުކުރުމަށް ޓަކައި ޕާލަމެންޓްރީ އިންކުއަރީ ކުރިއަށް ގެންދަން މަޖިލީހުން މިއަދު ފާސްކުރި އެވެ.
ނަޝީދަށް ދިން ހަމަލާގައި ބައިވެރިވިކަމުގެ ތުހުމަތަށް މިހައިތަަނަށް ހައްޔަރުކުރި ތިން މީހުންނަކީ ވެސް އެހަމަލާއަކީ ގުޅިފައި ވަނީ ހަރުކަށިފިކުރާ ކަން ނުވަތަ ނޫންކަން ހޯދިފައިވާ ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިކުނޑި
07 July 2021
ތިޔަ ބިލު މަޖިލީހުން ބޭރުކޮށް އިހަށްވެސް އުޅުނުގޮތަށް އުޅެންވީ! ލާދީނީ ވާހަކަ ދެއްކުން ހުއްޓާލަންވީ! އޭރުން އެހެން ގޮވާކަށް ނުޖެހޭނެ! މިހާ އާދައިގެ ކަމެއްގައި ކޮންހާ ޖަގަޑާއެއް ހަދާކަށް! ހުރިހާ ބަހަނާއެއްނުދައްކާ ނަޝީދު މަގުމަތީ ހަރަކާތަށް ނިކުންނަންވީ؟!
އަޅާ
18 May 2021
ހޯމްމިނިސްޓަރަށް ނުބެލޭތީ އެހެންވަނީ. އެކަމު ނުކެރޭނެދޯ މަގާމުން ދުރުކުރާކަށް؟ ދެން ކީއްކުރާނީ.
ރަދީފްއޮފިޝިއަލް
18 May 2021
ތިބުނީ ތެދެއް.ޖަލުގަ ތިބޭއިރ ސިނގިރެޓް ވެސް ހަރާމް.ހަމަ މާލޭގެ މަގުމައްޗަށް ނިކުމެވޭއިރަށް އެވެސް ހުއްދަވީ.ޖަލު އެއީ ހުރިހާ ނުބައި ކަމެއް ހިންގާތަން.އެތާތިބެ ފޯންކޮއްގެން މީހުންގެ އެކައުންޓްގަ ހުންނަ ފައިސާ ވެސް އަތުލަނީ.ކަންކަން ރަނގަޅުކުރަން އުޅޭ އެންމެ އިންސްޓްޓިއުޝަނެއް ވެސް ރާއްޖޭގަ ނެތް.މަސް ނިމުނީމަ މުސާރަ ލިބުނީމަ އޯކޭ ކަމަށް ދެކިގެން މިހާރު އެންމެން އުޅެނީ.ދެރަ ކަމެއް.
ވިސާމާ11
18 May 2021
ބޭކާރު އަންގަ ނުތަޅާ އިސްލާމީ ޝަރީއަތް ޤާއިމްކޮށްބަލަ ހުރިހާކަމެއް ހައްލުވީނުން. ނުކުރޭނެ ތި ޕާރޓީމީހުން އެކަން ނުކުރާނެ...ހަމަ ހުނޅުބުދާނީ.....
ޔައުޖޫޖު މައުޖީ
18 May 2021
ކޮން ޕާޓީއެއް އިސްލާމީ ޝަރީއަތް ޤާޢިމު ކުރީ؟ ތި ކަހަލަ ސިޔާސީ މީހުން އެއްޕާޓީ އަނެއްޕާޓީގެ މީހުންނަކީ ލާދީނީއޭކިޔާ މިފިތުނަ ފުރަތަމަ އުފެއްދީ..
ވަންނި
18 May 2021
ހަމަ އެގޮތަށް ތިޔަ މަޖިލިހަކީ ލާދީނީ ފިކުރުގެ އައްޑާއެއްކަމަށް ބުނެލިނަމަ ފުރިހަމަވީސް، ހަރުކަށި ފިކުރުގެ އަސްލު ގުޅެނީ އެއާ
އެމްސް
18 May 2021
ޖަލަކީ ކައިގެން ބޮއެގެން އަރާމްކުރާ ރިސޯރޓަކަށް ވެގެން ވާކަށް ނެތް! ކުށްވެރިން ކެޓެގަރައިޒްކޮށް ބުރަ މަސައްކަތްވެސް ކުރުވަންވީ! ދަނޑު ހައްދުވަންވީ، ގާއަޅުވަންވީ!
5666
18 May 2021
އޯކޭ އޭރުން އެކުރާ ބުރަ މަސްއްކަތާ އެއްވަރު އުޖޫރައެއްވެސް ދޭންޖެހޭނެ.
ވަގު
18 May 2021
ނުކިޔަވާ މީހުން ތަންތަނައް ހޮވީމަ މިކަހަލަ ދިއުޅިއެއް ނުވާވާހަކަ ދައްކާނެ. މަވަރެއްނެތިގެން ހެދެންވެގެން. ފުރަތަމަ އިސްލާހުވާންވީ ވަގުންތައް.
ށަވިޔަނި
18 May 2021
އެތަނުން ނިކުންނައިރު ހުންނަނީ ގުރެޖުއޭޓްވެފަ. ޓީޗަރުން ވަރަށް ގިނަތަނެއް. ކިހިނެއްވާކަމެއް.
ކަކުނިބޯ
18 May 2021
ޖަލަކީ ހަރުކަށި ފިކުރުގެ އައްޑާއެއް: ވިސާމް ޕާޓީ ނިޒާމަކީ އެއްފަހަރު އެއްބަޔަކު ޤައުމު ދޮވެލާފަ އަނެއްބަޔަކު ދޮވެލާ އައްޑާއެއް: ކަކުނިބޯ ޑޮލަރުގެ ވަގުވިޔަފާރިއަކީ ދައުލަތުން ކުރިއަރުވާ އައްޑާއެއް: ކަކުނިބޯ ޙަރުކަށީފިކުރާ މަޑުކަށި ފިކުރަކީ ދައުލަތުން އުފަންކޮށް ކާންދީ ބަލަހައްޓާ އައްޑާތަކެއް:ކަކުނިބޯ
ޏަމު ޏަމު
18 May 2021
ވަރަށް ބޮޑު ތެދެއް. އަޅުގަނޑުގެ ކޮއްކޮ އަކު ވެއްޖެ ޖަލުގަ ވައްކަންކޮށްގެން ލާފަ. ކުރިން އެއްވެސް ނަމާދެއް ވެސް ނުކުރާނެ. މިފަހުން ވާހަކަ ދައްކާލީމަ މިހާރު ހުރީ މީހާ އަނެއް އަތަށް އަޅާފަ. ދީނީ ކަމުން ހުސް ދީނީ ވާހަކަ ދައްކަނީ. އަދި ބުނި . އެގޮޅީގައި އުޅޭ ކުދިން ނާއެކު ތުރުކީ އޮންލައިން ކުލާހެއްގަ ބައިވެރިވެ ދީން ކިޔަވާ ވާހަކަ. މިހާރު ޖިހާދަށް ދާ ވާހަކަ ދައްކަނީ. ހެޔޮނުވާނެ. މިކަމުން ސަލާމަތްކޮށްދީ