ސައުދީގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފައި-- ފޮޓޯ: ވީއައިއޭ
20 މެއި 2021 - 20:57
ސައުދީ އަރަބިއާގެ އެއާލައިންއެއް ކަމަށްވާ ސައުދީ އެއާލައިންސްގެ ދަތުރުތައް އަލުން ރާއްޖެ އަށް ފަށައިފި އެވެ.
އެ އެއާލައިނުން ދަތުރުތައް މެދުކަނޑައިލީ ކޮވިޑް-19 ގެ ސަބަބުން އެ ގައުމުން ބައިނަލްއަގްވާމީ ދަތުރުތައް ވަގުތީ ގޮތުން ހުއްޓައިލުމާ ގުޅިގެންނެވެ. ނަމަވެސް ސައުދީން މިހާރު ވަނީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ބައިނަލްއަގްވާމީ ދަތުރުތައް އަލުން ފަށައިފަ އެވެ.
ސައުދީ އެއާލައިނުން ދަތުރުތައް އަލުން ފެށުމާއެކު ރާއްޖެ އަށް ހަފުތާއަކު ހަތަރު ދުވަހު ފްލައިޓް ބާއްވާނެ އެވެ. އެއީ އާދީއްތަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.
Always exciting to see our airline partners back with us 😃 ✈️ 🇸🇦 🇲🇻
— VelanaAirport (@VelanaAirport) May 20, 2021
أهلا و سهلا @Saudi_Airlines
Now flying four times a week ☀️ 🏝 #VisitMaldives #ReDiscoverMaldives pic.twitter.com/L5BhadZxWA
ސައުދީ އެއާލައިނަަށް މަރުހަބާ ކިޔައި ވީއައިއޭއިން ކުރި ޓްވީޓް--
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަލުން ހުޅުވައިލި ފަހުން 30 އެއާލައިނަކުން ވަނީ އަލުން ދަތުރުތައް ފަށައިފަ އެވެ. މީގެ ތެރޭގައި 22 އެއާލައިނަކުން ޝެޑިއުލް ދަތުރުތައް ކުރާއިރު އަށް އެއާލައިނަކުން ކުރަނީ ޗާޓަރު ދަތުރުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގޮޅު
20 May 2021
ހެޔޮވާނީ ކިހިނެއް. ކޮވިޑޭ ކިޔާ ބިރުދައްކަނީ ރައްޔިތުންނައް. މި އާލަތުން ގެންނަވަރުން ގެންނަނީ