ޚަބަރު / ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ފަރުވާއަށްފަހު ނަޝީދު ހޮސްޕިޓަލުން ދޫކޮށްލައިފި

ޓެރަރިޒަމް ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެއްވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އެ މަނިކުފާނުގެ އެއްބަނޑުއެއްބަފާ ބޭބެ ޑރ. އިބްރާހިމް ނާޝިދު "މިހާރު" އަށް ވިދާޅުވީ ހަފުތާއަކު ދެ ފަހަރު ޗެކަޕް ހެއްދެވުމަށް ނިންމައި ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ. އެގޮތަށް މަހެއް ވަންދެން ޗެކަޕް ހައްދަވަން ޖެހިވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

"މިހާރު [ނަޝީދަށް] ހަމަ ރަނގަޅަށް ކަންތައް ކުރެވޭ. އެކަމަކު އަދި ދުޅަ އެބަހުރި އެކި ތަންތަނުގައި،" ޑރ. ނާޝިދު ވިދާޅުވި އެވެ.

މި މަހުގެ ހަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި ނަޝީދަށް ލިބުނު ޒަހަމްތަކަށް އެންމެ ފުރަތަމަ ފަރުވާ ދެއްވީ އޭޑީކޭ ހޮސްޕިޓަލުންނެވެ. އޭގެ ފަހުން، އިތުރު ފަރުވާއަށް މިދިޔަ ބުރާސްފަތި ދުވަހު ޖަރުމަނަށް ވަޑައިގެންނެވީ އެވެ.

ޓެރަރިސްޓް ހަމަލާގައި ނަޝީދަށް ލިބުނު ޒަހަމްތަކުގެ ފޮޓޯ، ޑރ. ނާޝިދު އާއްމުކުރައްވައި ކުރެއްވި ޓްވީޓް.

ޗެކަޕްއާއެކު އެ މަނިކުފާނު ރިހެބިލިޓޭޝަން ފަރުވާ ވެސް ފައްޓަވާނެ އެވެ.

ޑރ. ނާޝިދު ކުރިން ވިދާޅުވީ ޖަރުމަނުން ފަރުވާ ފެއްޓެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. ސްކޭން ރިޕޯޓުތައް ރަނގަޅުކަމަށާއި ހަށިގަނޑުން ފެންނަ ޒަހަމްތައް ރަނގަޅުވުމުން ރަނގަޅުކަމަށް ވިދާޅުވި އެވެ.

އެ މަނިކުފާނަށް ހަމަލާދޭން ބޭނުންކުރި އައިއީޑީގައި ބޭނުންކޮށްފައި ހުރި ރޭޒާ ފުއްތަކަކާއި މީހުންނަށް ގެއްލުންދޭ ޒާތުގެ އެހެން މައުދަންތަކެއް ހަށިގަނޑުގެ އެތެރެއަށް ވަދެފައިވާތީ އެ ތަކެތި ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ އިން ކުރަން ޖެހުނެވެ. އެ ޒަހަމްތައް ފެންނަ ފޮޓޯތަކެއް މިދިޔަ ހޮނިހިރު ދުވަހު ވަނީ އާއްމުކޮށްފަ އެވެ.

އާއްމުކުރި ފޮޓޯޓަކުން ފެންނަ ގޮތުގައި ނަޝީދުގެ ބަނޑުފުޅު ވަނީ މެޔާ ހަމައަށް އެއްކޮށް ފަޅާލައިފަ އެވެ. އޭޑީކޭ ޑޮކްޓަރުން ކުރިން ވިދާޅުވެފައިވާ ގޮތުގައި ހަމަލާ ދޭން ގޮއްވާލި އައިއީޑީގައި ހުރި ރޭޒާ ފުއްތަކާއި އެހެން ބައެއް އެއްޗެހި ހަށިގަނޑަށް ވަދެ ގޮހޮރު ވެސް އޮތީ ފޫގޮސްފަ އެވެ. އަދި ގޮހޮރުން ހަށިގަނޑުތެރެއަށް ލީކުވެފައި ވާތީ ސާފުކޮށް ގޮހޮރު ފަހަން ޖެހުނެވެ.

ޖަރުމަނުގައި އިތުރު ފަރުވާ ހޯއްދެވުމުގ ހަރަދު ހަމަޖައްސާފައިވަނީ އެ ގައުމުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ކްރިސްޓިއަން ވޮން ސްޓެޓެން އެވެ. ދަތުރުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި ޖަރުމަނުގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް އެ ގައުމުގެ ސަރުކާރުންނެވެ.

23 ކޮމެންޓް, 29 ރިއެކްޝަންސް

icon happy icon happy 62%
icon sad icon sad 3%
icon angry icon angry 28%
icon wow icon wow 7%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދޭސް

22 May 2021

ތިކޮޅުގައި ދޮންމީހުން ކާރީގައި ހައެއްކަ އަހަރު މަޑުކޮށްލައްވާ. އޭރުން މިކޮޅު މީހުނަށްވެސް ނޭވައެއް ލެވޭނެ.ޕްލީޒް!

The name is already taken The name is available. Register?

އައްމަޑޭ

22 May 2021

މިއޮތީ ވާ ކަމެއް.

The name is already taken The name is available. Register?

ވަޒީރު

22 May 2021

ވަރަށް އުފާވޭ. ކޮއްމެދުވަހަކު ސާފް ހަބަރު ނޫސްތަކަށް ފޮނުއްވާ ހައްދަވާތީ. އަވަހަށް ބައްދަލުވުމުގެ އުއްމީދުގައި.

The name is already taken The name is available. Register?

6554

22 May 2021

ކޮން ކަމަ ކާ އުފާވަނީ

The name is already taken The name is available. Register?

ށަވިޔަނި

22 May 2021

الحمد لله ވަރަށް އުފާވި ޚަބަރެއް. އެކަމަކު ހިތާމަކުރަން. އެއީ ތިވަރުގެ ބޮޑު ނުރައްކާތެރި ހަމަލާއެއް ދިންމީހުން މިނިވަންކޮށް އުޅޭތީ. ނަޝީދަށް ފަރުވާކުރިހެން އެމީހުނަށްވެސް ފަރުވާދޭންޖެހޭ. އެކަމަކު ހޮސްޕިޓަލަކުންނޫން.

The name is already taken The name is available. Register?

ނަންބަރު

22 May 2021

މިހާރު ހަމަ އަސްލުވެސް ވައްތަރީ އެލެކްސް އާ.

The name is already taken The name is available. Register?

ރަނާ

22 May 2021

ދޫކޮއްލިއްޔޭ ބުނީ އެޑްމިޓް ކުރިބާ . ހަމަ ފައިސާހުރީމަ ފޮނިދައްކަނީ ތިޔަކުރި ފަރުވާއެއް ކުރީ އޭޑީކޭ މީހުން . ތިޔަތަނަކުން ސްކޭނެއް ނަގާފަ ބުނާނީ ތޯއްޗެ ހުރިހާ ކަމެއްކޮށްފަ ހުރީ ރަގަޅަށޭ . ރާއްޖެއިން ކުރިކަމެއްވީމަ ރަގަޅޭ ނުބުނާން ވެގެން ޖަރމަނަށް ދިޔައީ . ދެން އެމީހުން އރއްކަމެއް ނުކުރިޔަސް ބުނަންވީ ބޭސްފަރުވާ ކުރީ ޖަރމަން ޑރ. އިންނޭ . ވަރަށް ތާހިރެއްނު.

The name is already taken The name is available. Register?

ނޫރާނީ މާ

22 May 2021

ތީ މިހާރު ދިވެހިން ބޭނުން ނުވާ މީހެއް.

The name is already taken The name is available. Register?

ރަންނަ

22 May 2021

ވައްކަމާ ދެކޮޅަށް ވާހަކަ ދައްކާމީހުން ދިވެހިން ބޭނުމެއް ނުވާނެ. ވައްކަން ކުރާމީހުން ބޭނުން ވާނީ.

The name is already taken The name is available. Register?

ރިޓާން ލަސްކޮށްލަދެއްވާ

21 May 2021

ތިކޮޅުގަ ދުވަސްކޮޅަކު މަޑުކޮށްލައްވަން ވީނުން. އޭރުން މިކޮޅު ދުވަސްކޮޅަކަށް އަމާންވެފަ ގަޑުބަޑުކަން ތަންކޮޅެއްވާނެ. ރައްޔިތުންނަށް ނޭވައެއްލެވޭނެ.. ސަރުކާރުވެސް ހިނގައިގަންނާނެ. ފިތުމަތައް ކުޑަވާނެ. އެހެންވީމަ ވަޑައިގެންނެވުން ތަންކޮޅެއް ލަސްކޮށްދެއްވައިފިއްޔާ ވަރަށް ހެޔޮފުޅު.

The name is already taken The name is available. Register?

ބަންޑޭރި

21 May 2021

ގިނަބަޔަކު މިތިބީ މަނިކުފާނު ދެކޭހިތުން އަވަހަށް ވަޑައިގަންނަވާ.

The name is already taken The name is available. Register?

ގުލާބުޖާމު

21 May 2021

ދިވެހިންގެ ގެ މަނިކުފާނު ތިޔަތަނުގަ މަޑުކޮށްލުން ކީއްތޯ؟ އަހަރަމެން ބޭނުމެއްނުވޭ މަނިކުފާނުގެ ކޮސް އަނގަތަޅުވާތަން އަޑުއަހާކަށެއް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454