ހަރަމްފުޅުގައި ހުކުރު ހުތުބާ ދޭން ހުރި އިމާމަށް ހަމަލާދޭތަން ފެންނަ ވީޑިއޯގެ ސްކްރީންޝޮޓެއް.
22 މެއި 2021 - 00:57
މައްކާގެ މާތްވެގެންވާ ހަރަމްފުޅުގައި ހުކުރު ޚުތުބާ ދެއްވަނިކޮށް "ކަނޑިއެއް" ހިފައިގެން މިމްބަރަށް އަރައި، އިމާމަށް ހަމަލާދޭން އުޅުނު މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
މިއަދު ހުކުރު ނަމާދުގައި ޝެއިހް ބަލީލާ ޚުތުބާ ދެއްވަނިކޮށް މިމްބަރަށް އަރަން މަސައްކަތްކުރީ އިހްރާމް ހެދުމުގައި ހުރި ފިރިހެނެކެވެ. ހަރަމްފުޅާ ބެހޭ މައުލޫމާތު ހާމަކުރާ ހަރަމައިން ޝަރިފައިންގެ ޓުވީޓާގައި މި ހާދިސާގެ ވީޑިއޯ އާންމުކޮށްފައިވެ އެވެ.
މި ވީޑިއޯއިން ފެންނަ ގޮތުގައި ޚަތީބު ޚުތުބާ ކުރިއަށް ގެންދަވަނިކޮށް ފިރިހެނަކު ކުއްލިއަކަށް ތެދުވެ މިމްބަރާ ދިމާލަށް ދުއްވައިގަނެ އެވެ. އޭނާގެ އަތުގައި ކަނޑިއެއް ކަހަލަ އެއްޗެއް އޮތެވެ. މިމްބަރާ އަރާ ހަމަވިތާ އެތަނުގައި ތިބި ޕަބްލިކް ސެކިއުރިޓީ އޮފިޝަލުން ވަނީ ވަރަށް ހުށިޔާރުކަމާ އެކު އެ މީހާ ހުއްޓުވައި ހައްޔަރުކޮށްފަ އެވެ.
VIDEO: Attempt by a man to approach the Khateeb during Jumu’ah Khutbah was thwarted by security officials on Friday pic.twitter.com/mFrNu5iUt6
— Haramain Sharifain (@hsharifain) May 21, 2021
ހަރަމްފުޅުގައި އިމާމަށް ހަމަލާދޭތަން ފެންނަ ވީޑިއޯ.
އެމީހާގެ އަތުގައި އޮތީ ކަނޑިއެއް ކަމެއް އަދި ސާފެއް ނުވެ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނާ އަތުގައި އޮތީ ދަނޑިބުރިއެކެވެ.
އެމީހާ މިހާރު ހުރީ ސައުދީގެ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. އަދި އޭނާއާ މެދު ގާނޫނީ ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މިދިޔަ އޭޕްރީލް މަހު ވެސް އަސުރު ނަމާދު ވަގުތެއްގައި ހަރަމްފުޅަށް ވަޅިއެއް ހިފައިގެން ވަދެ މީހުނަށް ހަމަލާދޭން އުޅުނު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި މިދިޔަ އަހަރު އޮކްޓޯބަރު މަހުގައި ބާރު ސްޕީޑުގައި ކާރެއް ހަރަމްފުޅުގެ ގޭޓަށް އެކްސިޑެންޓުވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
22 May 2021
ކޮންމެ ބައެއްތެރޭގަވެސް އުޅޭނެ ސިކުންޑި ހަމަނުޖެހޭމީހުން، މެންޓަލް ހެލްޓު ރަންގަޅުކުރެވޭނީ ރަންގަޅު ސޯޝަލް ސެކިއުރިޓީ ފުރޭމްވާކެއް ތެރޭން
އަމީ
22 May 2021
ދީނޭ ކިޔާފަ އަރާ ހިތައްއެރިހާ އެއްޗެއް ގޮވީމަ ވާނެ އެހެން.
ސަހަރޯ.
22 May 2021
ސުބުޙާނަﷲ! ދުނިޔެ ނިމިދިއުމުގެ ކޮޅުމަތ ިމިދަނީ ފެންނަމުން. މާތް ޝެއިޙް ހުރި ހިސާބަށް އޭނާ ދިޔަނުދީ ހިފެހެއްޓި ސެކިއުރީޓީންނަށް ހެޔޮ ރަޙްމަތްލައްވާ ބަރަކާތްލައްވާށި. އަދި މާތްވެގެންވާ ޙަރަމްފުޅަކީ އަމާން ރައްކާތެރި ތަނެއްކަމުގައި ލައްވާށި. އާމީން.
ގުލްޒާރު
22 May 2021
ލޮކްޑައުންތަކާހެދި ބޯގޮވައިގެން ހިނގާކަންކަންކަމަށްވެދާނެ.
ޞިއްލީޖޫ
22 May 2021
ޙައްދުފަހަނަ އަޅާފައިވާ ހަރުކަށި ފިކުރުގެ ސުންޕާކަމުން އިސްލާމީ ޢުންމަތް ސަލާމަތްކޮއްދެއްވާންފާންދޭ
ކޮތަރު
22 May 2021
ވެދާނެ އެއްނު ޔަހޫދީ އަކަށް ވެސް އިސްލާމީ ފޭރާމުގައި ހުރި؟ ވެދާނެ އެއްނު ފަލަސްތީނުގެ މުސްލިމުން ޝަހީދުވަމުން ދާ އިރު ޚުތުބާގައި މުސްލިމުންގެ ހައްޤުގައި އެއްޗެއް ނުބުނެގެން ރުޅި އައިސް ހުރި މީހަކަށް ވެސް؟ ކާކަށް އިނގޭނީ؟ ޑޯންޓް ޖަޖް ! ﷲ اعلم
ޒިމެ
22 May 2021
ދައްޖާލުންތައް މިހާރު ގެފުޅަށްވަދެވެސް ޙަމަލާދޭންފެށީ..
އަފުރާސިޔާބު
22 May 2021
ތަންކޮޅެއް ކުރިން ގަދަރު ބޮޑު އިލްމުވެރިޔަކު ސަޢޫދީ ޓީވީ ޕްރޮގްރާމެއްގައި ސައޫދީ ވެރިކަމާ ނުރުހި އެއްޗެއް ބުނެގެން ހައްޔަރުކޮށް ޖަލަށް ލާފައިވޭ. އޭނާގެ ސަޕޯޓަރުންވެސް ސައޫދީގައި ވަރަށް ގިނަކަމަށް ކިޔާ އުޅޭ. ވެދާނެ އެއިގެ ތެރެއިން މީހަކަށްވެސް. ދެން ޒަޔަނިސްޓުންވެސް ސައޫދީގައި ދިރިއުޅެމުންދޭ. ވައްﷲ އައުލަމު