ދުނިޔެ / އިޒްރޭލް

ނަތަންޔާހޫގެ އިސްތިއުފާ އަށް ގޮވާ އަޑުތައް ގަދަވަނީ

އިޒްރޭލުގެ ބޮޑުވަޒީރު ބިންޔަމީން ނަތަންޔާހޫ: ވަކި ކޮޅެއްގައި ނުޖެހި ހަމަލާތައް ހުއްޓާލުމާ ގުޅިގެން އިޒްރޭލުގެ ސަރުކާރާ ދެކޮޅަށް އުފުލާ އަޑުތައް ވަނީ ގަދަވެފައި

23 މެއި 2021 - 11:17

9 comments

ގާޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ގަތުލުއާންމު، ކޮޅެއްގައި ނުޖެހި އިޒްރޭލުން ހުއްޓައިލުމާ ގުޅިގެން، ބޮޑުވަޒީރު ބިންޔަމީން ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް އުފުލާ އަޑުތައް ގަދަވާން ފަށައިފި އެވެ.

ގާޒާ އަށް ހަމަލާ ދިނުމުގައި، ބޮޑުވަޒީރު ނަތަންޔާހޫ ގެންގުޅުއްވި ދޯހަޅި ސިޔާސަތާ ދެކޮޅަށް، އިޒްރޭލުގެ ހާހަކަށް ވުރެ ގިނަ މީހުން އިއްޔެ ގުދުސްގެ މަގުތަކަށް ނުކުމެ، ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި އެވެ. ހިފާފައިވާ ގުދުސްގެ މަގުތަކަށް ޔަހޫދީން ނުކުތީ، ނަތަންޔާހޫގެ އިސްތިއުފާ އަށް ގޮވާލާފައިވާ ލިޔުންތައް ހިފައިގެންނެވެ.

އިޒްރޭލުގެ ރަސްމީ ނޫހުގެ ގޮތުގައި ބެލެވޭ ޔަދިއޯތު އަހްރަނޯތުގައި ބުނެފައިވާ ގޮތުގައި، ނަތަންޔާހޫއާ ދެކޮޅަށް މުޒާހަރާ އަށް ނުކުތް ޔަހޫދީން، ނަތަންޔާހޫ ދިރިއުޅުއްވާ ގެކޮޅާ ކައިރިއަށް ގޮސް، އެ ސަރަހައްދުގައި ވެސް އޭނާގެ އިސްތިއުފާ އަށް ގޮވި އެވެ.

މުޒާހަރާކުރި މީހުން ތުހުމަތުކުރި ގޮތުގައި، އިޒްރޭލުގެ ރައްޔިތުންނަށް އަމާންކަން ހޯދައިދޭން ނަތަންޔާހޫ އެއްވެސް މަސައްކަތެއް ނުކުރައްވަ އެވެ. އޭގެ ބަދަލުގައި، އިޒްރޭލު ސިފައިން ލައްވައި ގާޒާގައި އުދުވާނީ އަމަލުތަކެއް ހިންގުވީ، ނަތަންޔާހޫގެ އަމިއްލަ ސިޔާސީ މަގްސަދެއް ހާސިލު ކުރުމުގެ ބޭނުމުގަ އެވެ.

ނަތަންޔާހޫއާ ދެކޮޅަށް ނުކުންނަ މީހުން ތުހުމަތުކުރާ ގޮތުގައި، ގާޒާއަށް ހަމަލާ ދޭން ނަތަންޔާހޫ ނިންމީ، ޔަހޫދީ އާބާދީތަކުގައި ދިރިއުޅޭ ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރާ ކަން، އިޒްރޭލުގެ ސިޔާސީ ފަރާތްތަކަށް ވިސްނައިދީގެން، އެހެން ސިޔާސީ ޕާޓީތަކާ އެކު ގުޅިފައިވާ ކޯލިޝަން ސަރުކާރެއް އެކުލަވައިލެއްވުމުގެ ބޭނުމުގަ އެވެ.

ނަތަންޔާހޫގެ ސަރުކާރަށް ކަނީސަތު (އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް) ގައި އިތުބާރު ނެތް ކަމަށް، މި މަހުގެ 4 ވަނަ ދުވަހު ނިންމުމާ ގުޅިގެން، އިޒްރޭލުގެ ރައީސް ރެއުވެން ރިވްލީން މިހާރު ވަނީ، ކަނީސަތުގައި ތާއީދު ލިބޭ ފަދަ ސަރުކާރެއް، 28 ދުވަސް ތެރޭގައި އެކުލަވައިލެއްވުމަށް، ޔޭޝް އަތީދު ޕާޓީގެ ލީޑަރު ޔާއީރު ލެޕިޑް އަށް ދައުވަތު ދެއްވައިފަ އެވެ.

އެހެންކަމުން، ނަތަންޔާހޫ މިހާރު މަސައްކަތް ކުރައްވަނީ، ޔޭޝް އަތީދު ޕާޓީ އާއި ކަނާތު ފިޔައިގެ ޕާޓީތައް ގުޅިގެން އުފައްދާފައި އޮންނަ "ޔަމީނާ" އެލަޔަންސްއާ ގުޅިގެން، ކޯލިޝަން ސަރުކާރެއް އެކުލަވައިލެއްވުމަށެވެ.

މި މަހުގެ 10 ވަނަ ދުވަހު ފަލަސްތީނުގެ ގާޒާ އަށް ދޭން ފެށި އުދުވާނީ ހަމަލާތައް، އިޒްރޭލުން ހުއްޓައިލީ މިމަހުގެ 21 ވަނަ ދުވަހަށް ފެށުނު ފަހުންނެވެ. އެ ހަމަލާތަކުގައި ފަލަސްތީނުގެ 279 މީހަކު ޝަހީދުވި އެވެ.

އޭގެ ތެރޭގައި، 69 ކުޑަކުދިންނާއި 40 އަންހެނުންނާއި 17 މުސްކުޅިން ހިމެނެ އެވެ. އަދި 8،900 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ އިރު، އޭގެ ތެރެއިން 90 މީހެއްގެ ހާލު ސީރިއަސް ކަމަށް ފަލަސްތީނުގެ ހަސްފަތާލުތަކުން ބުނެ އެވެ.

މީގެ އިތުރުން މި ހަމަލާތަކުގައި، ގާޒާގެ 1،300 އަށް ވުރެ ހައުސިން ޔުނިޓް ބިމާ ހަމަކޮށްލުމުގެ ސަބަބުން، 60 ހާހެއްހާ މީހުން ތިބީ ބޯހިޔާވަހިކަން ގެއްލި، ހާލުގައި ޖެހިފަ އެވެ. އޭގެ އިތުރުން، މީހުން ދިރިއުޅޭ އަދި އޮފީސްތައް ހިންގާ 184 ޓަވަރު ބިމާ ހަމަކޮށްލާފައިވެ އެވެ. ފަލަސްތީނުގެ ފުލުހުންގެ ބައެއް އިދާރާތައް ވެސް ހިމެނޭ ގޮތުން، ސަރުކާރުގެ 74 އޮފީސް އިމާރާތެއް ބިމާ ހަމަކޮށްލި އެވެ. އަދި 30 އަށް ވުރެ ގިނަ މިސްކިތާއި ކްރިސްޓިއަނުންގެ އެއް ފައްޅި ހަލާކުވެފައިވާ އިރު، ތިން މިސްކިތެއް ވަނީ ބިމާ ހަމަކޮށްލައިފަ އެވެ.

9 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 20%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރ‫ައްދޭ

23 May 2021

‫ފަލަސްތީނުގަ ގެދޮރުގެއްލި ހާލުގަޖެހިފަ ތިބިރައްޔިތުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހީގަ އިމާރާތް ކޮއފަވާ ހިޔާ ފުލެޓުތައް ދިނުމަށް ގޮވާލަން.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

23 May 2021

ނަތަންޔާހޫ އެއީ 02 ވަނަ އަބޫ ޖަހުލު.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

23 May 2021

ނަތަންޔާހޫ އެއީ ކޮހެއް.

The name is already taken The name is available. Register?

އައްޔ

23 May 2021

މިލިޔުމުން ތިޔަ ބުނެދޭން އުޅުން އެއްޗެއް ނުވިސްނުނު. އިޒްރޭލުގެ ރައްޔަތުން ރުޅިއައީ ހަނގުރާމަ ހުއްޓީމާތޯ!

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

23 May 2021

''އިޒްރޭލު ސިފައިން ލައްވައި ގާޒާގައި އުދުވާނީ އަމަލުތަކެއް ހިންގުވީ، ނަތަންޔާހޫގެ އަމިއްލަ ސިޔާސީ މަގްސަދެއް ހާސިލު ކުރުމުގެ ބޭނުމުގަ އެވެ.'' މިއޮތީ އަސްލު މައްސަލަ.

The name is already taken The name is available. Register?

ޖަނާބު އަންޖާމު

23 May 2021

ނަތަންޔާހޫ އިސްތިއުފާ! ނަތަންޔާހޫ އިސްތިއުފާ! ނަތަންޔާހޫ އިސްތިއުފާ! ފަލަސްތީނު މިނިވަންކުރޭ!

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

23 May 2021

ނަތަންޔާހޫ އެއީ އިންޓެގްރިޓީ ގެއްލިފަ ހުރި މީހެއް.ނަތަންޔާހޫ އެއީ ހިޔާނާތްތެރިއެއް.ނަތަންޔާހޫ އެއީ އަނިޔާވެރިއެއް. #נתניהו החוצה

The name is already taken The name is available. Register?

ނިރޫ

23 May 2021

ރަދީފުއަށް ހިބުރޫވެސް އެނގޭދޯ.

The name is already taken The name is available. Register?

ގެދފގެ

25 May 2021

ޔުވެންޓަސް،،، ދަނޑުގަ މެޗު ބެލި ކަމަށް ވާނަމަ ހިބްރޫ ބަސް ނޭނގެންވީ ސަބަބަކީ ކޮބައިތަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454