ޚަބަރު / ގއ. ކޮނޑޭ

ކޮނޑޭ ކައުންސިލް ރައީސްގެ ނަތީޖާއަށް ބަދަލެއް ނާދޭ: އީސީ

ގއ. ކޮނޑޭ ކައުންސިލަށް ރައީސަކު ހޮވަން އަލުން ވޯޓު ގުނުމަށް ހައި ކޯޓުން ކުރި ހުކުމާ އެކު އަލުން ގުނުމުން ވެސް ނަތީޖާއެއް ބަދަލެއް އައިސްފައިނުވާ ކަމަށް އިލެކްޝަން ކޮމިޝަނުން (އީސީ) އިން މިއަދު ބުނެފި އެވެ.

އީސީގެ ރައީސް އަހްމަދު ޝަރީފް ވަނީ މި ޚަބަރު ކަށަވަރުކޮށްދެއްވައިފަ އެވެ.

"ހައި ކޯޓުގެ ހުކުމާ ގުޅިގެން ގއ.ކޮނޑޭ ވޯޓްލީ ތިން ފޮށި ގުނައިގެން އީސީ އިން އިއުލާންކުރި ނަތީޖާއަށް އެއްވެސް ބަދަލެއް ނާދޭ،" ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވި އެވެ.

ކޮނޑޭ ކައުންސިލަށް ރައީސަކު ހޮވަން އަލުން ވޯޓު ގުނުމަށް ހައި ކޯޓުން ހުކުމް ކުރީ އިއްޔެ އެވެ.

މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި، އީސީން އާއްމުކުރި މައުލޫމާތަށް ބަލާއިރު ކޮނޑޭ ކައުންސިލްގެ ރައީސްކަން، ދެ ވޯޓުގެ ތަފާތަކުން ކާމިޔާބުކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަބްދުލް ހަކީމެވެ.

އެ އިންތިހާބު ބާތިލްކުރަން ކޯޓަށް ހުށަހެޅީ، އަހުމަދު އަބްދުލް ހަކީމާ ވާދަކުރެއްވި އަމިއްލަ ކެންޑިޑޭޓް ޝުއައިބު މުހައްމަދު ދީދީ އެވެ.

އޭނާ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ކޮނޑޭގައި ބެހެއްޓި ވޯޓު ފޮށީގެ ވެރިޔާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގަވައިދާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން ސައްހަ ވޯޓު، ބާތިލް ވޯޓުގެ ގޮތުގައި އަދި ބާތިލް ވޯޓު، ސައްހަ ވޯޓުގެ ގޮތުގައި ގުނާފައިވާ ކަމަށް ތުހުމަތުކުރެވޭތީ، ކައުންސިލްގެ ރައީސް އިންތިހާބުކުރަން ބެހެއްޓި ތިން ވޯޓު ފޮށި އަލުން ގުނަން އަމުރުކޮށްދިނުމަށް އެދިފައިވެ އެވެ.

އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ އެ ވޯޓު ފޮއްޓާ ބެހޭ ޝަކުވާތަކާއި އެ ޝަކުވާތަކާ ގުޅިގެން އީސީން އަމަލުކޮށްފައިވާ ގޮތާއި އަދި ޝަރީއަތުން ބެލި ބެލުމުން ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކުރުމަށް ފަހު، ތިން ވޯޓު ފޮށީގެ ޚާއްސަ ސެކިއުރިޓީ އުރަ ކަނޑަންޖެހޭ ހާލަތެއް ދިމާވެފައިވާ ކަމަށް އިއްތިފާގުވެވަޑައިގެންފަ އެވެ.

އެހެންވެ ތިން ފޮށީގެ ސެކިއުރިޓީ އުރަ ކަނޑައި، އެ ވޯޓުފޮށިތަކުގެ ހުރިހާ ވޯޓެއް ގުނައި އަލުން ނަތީޖާ އިއުލާންކުރުމަށް ހުކުމްކޮށްފައިވެ އެވެ.

ކޮނޑޭ ކައުންސިލްގެ އިތުރުން، އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްގެ އިންތިހާބުގެ ނަތީޖާއާ ގުޅިގެން އެހެން ބައެއް ކައުންސިލްތަކުގެ ހުރި ޝަކުވާތަކުގެ މައްސަލަތައް ވެސް ކޯޓުން އަންނަނީ ބަލަމުންނެވެ.

7 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މިއަދު

25 May 2021

އަދިވެސް ވޯޓްލާ ބޭނުން.ނަތީޖާ ނެރެވެންދެން ވޯޓުލަމުންގެންދޭ ނޫނީ 1 ވޯޓުގެ ތަފާތަކީ އިލެކުޝަނުން ނަތީޖާ.ކަޑައަޅަންޖެހޭ ވަރުގެ ކުޑަތަފާތެއްކަމަށް ޤާނޫނަށްބަދަލުގެނަސްގެން ތިގޮނޑި އިލެޝަނުން.ބޭނުންވާމީހަކަށްދީ

The name is already taken The name is available. Register?

1234

24 May 2021

1235، 2013ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ވޯޓްކަރުދާސްތައް ނައްތާލީ، ޤާނޫނުގައި ބުނާ މުއްދަތު ހަމަކޮށްފައި ބާ؟ ގައިމުވެސް އެކަން ކުރީ އެ މުއްދަތު ހަމަ ނުކޮށެވެ! ވީމާ، މިއާދޭތެރޭގައި ބުނާނީ ކީކޭހެއްޔެވެ؟ އެއާއެކު ކިތަންމެ ރީއްޗަކަށް ވެސް އިދިކޮޅަށް، ވޯޓް އޮޅުވާލީއޭ ބުނުމުގެ ފުރުސަތު އެބައޮތެވެ!

The name is already taken The name is available. Register?

މުލޭ

24 May 2021

ވޯޓު ގުނިއިރު ތިބީ ކޮންބައެއް؟ ޚަބަރުގައި އެވާހަކަ ނެތް.

The name is already taken The name is available. Register?

5776

24 May 2021

މުލޭއާ ގުޅޭ ކަމެއްނަމަ ދައުވަތުދޭނެ

The name is already taken The name is available. Register?

1235

24 May 2021

ކޯޓުން އިންތިހާބު ވަގަންނަގާ ޒަމާން މާޒީވެއްޖެ، ޕީ.ޕީ.އެމް ރޯނުއެދުރުންނަށް އެއްޗެއް ވިސްނޭނެބާ؟

The name is already taken The name is available. Register?

ޕީޕީބަލި

24 May 2021

ޕީޕީއެމް ބައްޔަކައްވެ ހުވަފެނުންވެސް ފެންނަން ފެށީތޯ؟. ވާދަކުރަކަމައް އެއޮތީ އެމްޑިޕީގެ މީހަކާ އަމިއްލަ މީހެއް.!!!!.

The name is already taken The name is available. Register?

ހުދުހުދާ

24 May 2021

ޕީޕީބަލި އަށް ވާނުވާ ނޭންގުމަކީ އެހެންމީހުން ކުރާނެކަމެއްނޫން.. ހައިކޯޓަށް ޕީ.ޕީ.އެމް ގެ ފަރާތުން ހުށަހެޅި 12 މައްސަލަ، ބަލައިނުގަނެ 7 މައްސަލަ ބޭރުކޮށްލީ އަކުންބަކުން ކުޅޭގޮތަށް ހުށަހެޅީމަ، ބާކީ މައްސަލަތަކުން 5 މައްސަަލަ ކޯޓުން ނިންމީ އީ.ސީ އާ އެއްކޮޅަށް.. ސަަބަބެއްކަމަށް ހުކުމުގައި އޮތީ "އަސާސެއްނެތް ދައުވާ އަކަށްވީމައޭ" .. ހަރުދަނާ ހެއްކެއްނެތި ހަމައެކަނި އުއްމީދެއްގަ ހުށަހެޅީ.. ހީވަނީ ތޯއްޗެ އަދިވެސް މިއީ 2018 ގެ ކުރިއޭ.. މިވަރުން ސާފުވާނެބާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454