އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވާހަކަ ދައްކަވާއިރު، ލީޑަޝިޕްގެ ބައެއް އެހެން ވެރިން.--- ފޮޓޯ: ޕީޕީއެމް
24 މެއި 2021 - 15:58
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު މަރުވަމުންދާތީ، ކުރީގެ ރައީިސް އަބްދުﷲ ޔާމީން ހުންނެވީ ގައުމާ މެދު ކަންބޮޑުވެވަޑައިގެންފައި ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން މިއަދު ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިދިޔަ ހޮނިހިރު ދުވަހު، އިދިކޮޅު ލީޑަޝިޕަށް ދެ ގަޑިއިރެއް ހާއިރަށް ޔާމީންއާ ބައްދަލުވުމުގެ ފުރުސަތު ލިބުނު ކަމަށެވެ.
މިދިޔަ މަހުގެ 19 ވަނަ ދުވަހު ޔާމީން، ވަގުތީ ގޮތުން ޖަލުން ގެއަށް ބަދަލުކުރި ފަހުން، އެ މަނިކުފާނުގެ ގެކޮޅަށް އިދިކޮޅު ލީޑަޝިޕްގެ ބޭފުޅުން ވަޑައިގެން ޔާމީންއާ އެކު ބޭއްވި ބައްދަލުވުމުގެ ބައެއް މެސެޖުތައް ޔާމީންގެ ފަރާތްޕުޅުން ޝިޔާމް މިއަދު ނޫސްވެރިންނާ ހިއްސާކުރެއްވި އެވެ.
އޭނާ ވިދާޅުވީ، ޔާމީން ހުންނެވީ ވަރަށް ގަދަކޮށް ކަމަށެވެ. އެކަމަކު، ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެ މަނިކުފާނު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގެންފައި ކަމަށް ވިދާޅުވި އެވެ.
"ކޮވިޑްގެ ކަންތައްތައް މެނޭޖް ކުރެވެމުންދާ ގޮތާ މެދު [ޔާމީންގެ] ވަރަށް ބޮޑަށް ކަންބޮޑުވުންތައް ހުރި،" ޝިޔާމް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑްގައި އެތައް ބަޔަކު މަރުވެ، ކަންކަން ގޯހުންގޯހަށް ދާއިރު، ސަރުކާރުން އެކަން މެނޭޖު ކުރުމުގައި ފެއިލް ވެފައިވާ ކަމަށް ބުނެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް މި ހާލަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އިސް ސަފަށް ނުކުމެވަޑައިގެން ކަންކަން އޮޅުން ފިލުއްވައި ނުދެއްވާ މައްސަލަ ވެސް ވަރަށް ބޮޑެވެ.
ޕީޕީއެމްއަކީ ސިޔާސީ ޕާޓީއެއް ނަމަވެސް ގައުމު އަބަދުވެސް އިސްކޮށްގެން މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެ މަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގަތް"--- ޝިޔާމް
ޝިޔާމް ވިދާޅުވިގޮތުގައި، މި ހާލަތުގައި ވެސް ރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލަށް ބުރޫއަރާ ފަދަ ކަންތައްތައް ކުރިމަތިވަމުންދާތީ، ވާދަވެރި ސިޔާސީ ޕާޓީއެއްގެ ހައިސިއްޔަތުން ކުރާ މަސައްކަތް އިތުރަށް ފުޅާކުރުމަށް ވެސް ޔާމީން އެދިވަޑައިގަތެވެ.
"ޕީޕީއެމްއަކީ ސިޔާސީ ޕާޓީއެއް ނަމަވެސް ގައުމު އަބަދުވެސް އިސްކޮށްގެން މަސައްކަތްކުރާ ޕާޓީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެ މަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގަތް. އަދި ސިޔާސީ ގޮންޖެހުންތަކާއި ކުރިއަށް ކުރަން ހުރި ކަންކަމުގެ ވެސް އެ މަނިކުފާނުގެ މަޝްވަރާ ދެއްވި،" ޕީޕީއެމްގެ ނައިބު ރައީސް ޝިޔާމް ވިދާޅުވި އެވެ.
އޭނާ މިއަދު ވެސް ވަނީ ޔާމީން ނުހައްގުން ޖަލަށްލާފައި ކަމަށް ވިދާޅުވާވިދާޅުވުން ތަކުރާރުކުރައްވައިފަ އެވެ. އަދި ޔާމީން ޖަލަށް ލާފައި ހުންނަތާ 18 މަހާ ގާތްވެފައިވާއިރު އަދުލު އިންސާފު ފެއިލްވެފައި އޮތް މިންވަރާ މެދު ވެސް އެ މަނިކުފާނާއެކު އިިދިކޮޅު ލީޑަޝިޕުން މަޝްވަރާކުރި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ޔާމީންއާ އެކު އޮތް ބައްދަލުވުމަށް ފަހު ޕީޕީއެމް/ޕީއެންސީ އަށް ވަނީ އިތުރު ހިތްވަރެއް ލިބިފަ އެވެ.
ޝިޔާމް ވިދާޅުވީ، ޔާމީން މިނިވަންކުރަން ކުރަން ޖެހުނު ހުރިހާ މަސައްކަތެއް ކުރުމުގެ ހިތްވަރު އިދިކޮޅުގެ އެބަހުރި ކަމަށާއި އެ މަސައްކަތްތައް ހުއްޓާލާނީ ވެސް ކާމިޔާބު ހޯދުމަށް ފަހު ކަމަށެވެ. އަދި 2023 އިން ފެށިގެން ރާއްޖޭގެ އާ ރައީސަކަށް ވާނީ ޔާމީން ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އއއއދއދތނ
25 May 2021
ޕޕމ މާލޭގަ ކޮވިޑު ފަތުރަށް ކީކުރީ މޑޕ މީހުން ރާޖެތެރެ ހަލާކުރީ
ލިބީ
25 May 2021
މިތާ ކޮމެންޓްތައް ކުޑަކޮށް ބަލާލީމަ އެނގެނީ ރައްޔިތުން ހަނާވަމުންދަނީ ހަމަ ރަގަޅަށްކަން. އެބަޔަކު އެދުނު ބަދަލެއް ލިބޭނެކަން.
ލަތީ
24 May 2021
ހަމަތެދެއް، އެއީ ކީއްވެބާ، ތިޖޫރި މަތިން ހަނދާންވަނީބާ!!
ދޮހުއްތު ބެ
24 May 2021
އޭތް! ދެން އަލުން ރައްޔިތުން ގެ ރުހުން ހޯދަން ތެޅިބާލާ! މާ ހިތްހެޔޮވެގެން އުޅޭނެ ކަމެއްނެތް! އޭރު ރައްޔިތުން ރައީސްއަށްކުރި އިތުބާރެއް ދެނެއް އަނބުރާ ނުލިބޭނެ!
ކިއްލި ބޭޑް ޝާހް
24 May 2021
ދަވާލާނެ އެއްޗެއްލިބެނިކޮށް އަނެއްކާ ތިޔަކަންބޮޑުވުން ފިލައިގެންހިނގައިދާނެ.
ޚް123
24 May 2021
މި މީހުން މުޒާހަރާކޮށް މިބަލިފެތުރުމަށް ބާރުއެޅީވެސް ހެވެއްއެދިގެން ރައްޔިތުންނަ ކަމެއްނުކޮށްދޭނެ
ސާސް
24 May 2021
ނޫޓްގަ އަތް ނުހޭކޭތީ އެކަނި ޔާމީން ކަންބޮޑު ވާނީ. ޕޕމ މީހުން ދޯ ކޮންމެ ދުވަހަކު މަގުތަކަށް ނުކުމެ ހުރިހާ ކޮވިޑް އުސޫލު ތަކަށް ގޮންޖެހީ. ދެން މިހާރު ކީކޭ ތިކިޔަނީ.
ގަދަރެ
24 May 2021
ޔާމީންއަށް ރައްޔިތުންވެރިކަން ހަވަލުކުރީމަ ރައްޔިތުންގެ ބައިތުލްމާލު ހުސްކޮށްލި އިރު ނުވި ކަންބޮޑުވުމެއް ދެން މީހާރުވާނެކަމަށް ނުދެކެން ކަންބޮޑުވަނި އިންސާފު އަރާހަމކުރީމަ.
ސދސދ
24 May 2021
ރޔ އަކީ އަހަރެން އެހާ ހިތްހަމަޖެހޭ މީހެއްނޫން. ނަމަވެސް މިއީ އެމަނިކުފާނު ވެރިކަމުގައި ހުންނަންވީ ވަގުތު
ރާއްޖެތެރޭމީހާ
24 May 2021
މިހާރު މިގައުމުގެ ހާލަތާދޭތެރޭ އަހަރެންވެސް ކަންބޮޑުވޭ ެއެކަމަކު މާލޭ ހާލަތު ގޯސްކުރި ބަޔަކީ ޕީޕީއެމް މީކީ ދެބަސްވެވޭނެކަމެެއްނޫން