ތުރާކުނު ކައުންސިލްގެ މެމްބަރުންތަކެއް ހުވާކުރަނީ.-- ފޮޓޯ: އެލްޖީއޭ
25 މެއި 2021 - 21:16
ހައި ކޯޓުގެ އަމުރުތަކާ ގުޅިގެން، ހުވާކުރުން ފަސްކުރި ހަތަރު ކައުންސިލަރެއް ހުވާކުރުގެ ރަސްމިއްޔާތު މާދަމާ ބާއްވަން ނިންމައިފި އެވެ.
ލޯކަލް ގަވަމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ބުނީ މާދަމާ ހުވާކުރާނީ ހއ. ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުހުﷲ ހަސަނާއި ގއ. ކޮނޑޭ ކައުންސިލްގެ ރައީސް އަހުމަދު އަބްދުލްހަކީމާއި ލ. މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިސާމްގެ އިތުރުން ތ. ކަނޑޫދޫ ކައުންސިލްގެ މެންބަރެއް ކަމަށެވެ..
ލާމަރުކަޒީ ގާނޫނަށް މި ފަހުން ގެނައި އިސްލާހުގައިވާ ގޮތުން އަތޮޅު ކައުންސިލްގައި ހިމެނޭނީ، އެ އަތޮޅެއްގައި ހިމެނޭ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނެވެ. އެހެންވެ، އަތޮޅު ކައުންސިލަރުންގެ ހުވާއަށްފަހު އެ ތިން ރަށުގެ ކައުންސިލްގެ ރައީސުން އަތޮޅު ކައުންސިލްގެ ހުވާ ކުރާނެ އެވެ.
މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުން ވަނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހުވާކޮށްފަ އެވެ. އިންތިހާބާ ގުޅޭގޮތުން ހުށަހެޅި ޝަކުވާތަކާއެކު ބައެއް ކައުންސިލަރުން ހުވާކުރުން މަޑުޖައްސާލަން ކޯޓުން އަމުރުކުރީ އެވެ.
ކޮވިޑު-19 އާ ގުޅިގެން މޮނިޓަރިންގައި އޮތް ރަށްރަށުގައި ހުވާކުރުމުގެ ރަސްމިއްޔާތު އޮންލައިންކޮށް ކުރިއަށް ގެންދަން އެލްޖީއޭއިން ލަފާދީފައިވާއިރު އެކި ރަށްރަށުގަައި ކައުންސިލަރުން ހުވާކުރާނީ އެކި ގަޑީގަ އެވެ. އޭގެ ތެރޭގައި ހުވާކުރުމުގެ ރަސްމިއްޔާތު ފިޒިކަލް އަދި އޮންލައިންކޮށް ބޭއްވުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފިއްލަދޫމީހާ
26 May 2021
ތިޔައީ ލޯބިވެރިޔާއަށް ދިން ހަދިޔާއެއް