27 މެއި 2021 - 07:11
އިނގިރޭސިވިލާތުގެ މިހާރުގެ ބޮޑުވަޒީރު ބޮރިންސް ޖޯންސަނާއި ލޯބިވެރިޔާ ކެރީ ސައިމަންޑްސް އަންނަ އަހަރު ކައިވެނިކުރައްވަން ނިންމަވައިފި އެވެ.
ދަ ސަން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 2019 ގައި އެންޖޭޖުވި ދެ ބޭފުޅުން ކައިވެނި ކުރައްވާނީ އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ޖޯންސަން، 56، އާއި ސައިމަންޑްސް، 33، މިދިޔަ އަހަރު ކައިވެނުކުރައްވަން އުޅުއްވި ނަމަވެސް އެކަން ފަސްކުރަން ޖެހުނީ މިދިޔަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި އެވެ.
ދެހާސް އަށާރަ ވަނަ އަހަރު އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމާ ހަވާލުވަޑައިގަތް ޖޯންސަން ކުރިން ދެ ކައިވެންޏެއް ކުރެއްވި އިރު އެ ކައިވެނިތަކަށް ހަތަރު ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. އެއީ ދެ އަންހެން ބޭފުޅުންނާއި ދެ ފިރިހެން ބޭފުޅުންނެވެ. އެ އެންމެންނަކީ ވެސް މިހާރު ޒުވާނުންނެވެ. އެއީ ލާރާ ލެޓިސް ޖޯންސަން، 28، އާއި މައިލޯ އާތާ ޖޯންސަން، 26، އާއި ކަސިއާ ޕީޗެސް ޖޯންސަން، 24، އަދި ތިއޮޑޯ އެޕޯލޯ ޖޯންސަން، 22، އެވެ.
ޖޯންސަންއާ ކުރައްވާ ކައިވެންޏަކީ ސައިމަންޑަސްގެ އަލަތު ކައިވެންޏެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަންނަ އަހަރުގެ ޖުލައި މަހުގެ 30 ގައި ކައިވެނީގެ ހަފުލާ ބާއްވާނެ ކަމަށް ބެލެވެނީ ސައިމަންޑްސްގެ އާއިލާގެ ގިނަ ބަޔަކު ދިރިއުޅޭ އިޓަލީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީލީ
27 May 2021
ބޯޖޯ ވެސް ދޯ ދެން މުސްކުޅި ވީ ވީހެން ދަރިން އުމުރުގެ ޅަ ކުދިން ހޯދަނީ. ލާރި ހުރިއްޔާ ވާނެ
ގެދާނޯމޮސް
27 May 2021
ޒުވާން އޭޖެއްގައި ވެގެން ކަމެއްގެ އިހްސާސް ނުވޭހެއްޔެވެ؟ މުސްކުޅި އުމުރަކީ މައްސަލައެއް ނޫނެވެ. މައްސަލައީ މީހާގެ މެންޓަލީއެވެ.
މަލޯ
27 May 2021
އަޅެ އަދި މީހަކާވެސް ނީދޭތާ؟
ޕިސް
27 May 2021
ޕިސް ޕިސް ޕިސް ޕިސް