އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ
27 މެއި 2021 - 12:34
އިންޓަނެޓް ދިނުމަށް ސްޕޭސްއެކްސް އިން ފަށާފައިިވާ ސްޓާލިންކުުގެ ހިދުމަތް ރާއްޖޭގައި މަނާކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
މުޅި ދުނިޔެއަށް ހެޔޮ އަގުގައި ފެންްވަރު ރަނގަޅު އިންޓަނެޓް ދޭން، މަހުޖަނު އީލޮން މަސްކް ފަށާފައިވާ ސްޓާލިންކްގެ ހިދުމަތް ރާއްޖެއަށް ވެސް ލިބޭނެ ކަމަށް ފެބްރުއަރީ މަހު ވަނީ ބުނެފަ އެވެ. މި ހިދުމަތް ހޯދުމަށް ބޭނުންވާ ހާޑްވެއާ އަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.
"އެތައް ޒަމާނެއްވަންދެން ހުރި މައްސަލަތަކަށް އުފެއްދުންތެރި ހައްލުތަކަށް މަރުހަބާ. ސްޕޭސްއެކްސްގެ ހައިސްޕީޑް އިންޓަނެޓް، ސްޓާލިންކް މި ސަރަހައްދަށް ލިބެން ފެށުމުން، އެ ހިދުމަތް ބްލޮކްކުރުމުގެ ވިސްނުމެއް ދިވެހި ސަރުކާރުގެ ނެތް،" ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.
ސްޕޭސްއެކްސްގެ ވެރިޔާ އީލަން މަސްކް ކުރިން ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ ބޮޑު ސަރަހައްދަކަށް ސްޓާލިންކް ހިދުމަތް ދިނަސް، އެއްވެސް ސަރުކާރަކުން ހިދުމަތް މަނާކުރާ ނަމަ އެ ގައުމަކަށް ހިދުމަތް ބްލޮކް ކުރާނެ އެވެ.
ސްޓާލިންކްގެ ހިދުމަތް ހޯދަން ކުޑަ ޑިޝްއަކާއި އެހެން ބައެއް ހާޑްވެއާ ބޭނުންވާނެ އެވެ. ހިދުމަތުގެ ޕްރީއޯޑަރަށް 99 ޑޮލަރުގެ ޑިޕޮސިޓެއް ދައްކަންޖެހެ އެވެ. އަދި ހާޑްވެއާ އަށް 499 ޑޮލަރާއި ޝިޕިން އަށް 50 ޑޮލަރު ދައްކަން ޖެހޭނެ އެވެ. މި ވަގުތު މި ހިދުމަތަށް މަހަކު 99 ޑޮލަރު ނަގާނެ އެވެ.
ސްޓާލިންކުން މިހާރު ކަނޑައަޅާއި އޮތް ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ. އަދި މި އަހަރުތެރޭ ސިކުންތަކު 300 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ގޮތް ހަދާނެ ކަމަށް ފެބްރުއަރީ މަހު އިއުލާންކޮށްފައިވެ އެވެ. މިއާ އެކު މި އަހަރު ނިމުމުގެ ކުރިން ލޭޓެންސީ 20 މިލިސިކުންތަށް ދަށްވާނެ ކަމަށާއި އެވްރެޖް ލޭޓެންސީ އުޅެނީ 20-40 މިލިސިކުންތާ ދޭތެރޭގައި ކަމަށް ސްޓާލިންކުން ބުނެ އެވެ. އަދި މި އަހަރު ފަހުކޮޅު ސްޓާލިންކުގެ ހިދުމަތް މޯބައިލްކޮށް ވެސް ހޯދޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ސްޓާލިންކް ރާއްޖޭގައި ބްލޮކް ކުރުމުގެ ވިސްނުން ނެތް ކަމަށް މިނިސްޓަރު މި ވިދާޅުވީ އިންޓަނެޓް އަގު ހެޔޮކޮށް މިއަދު އެކަމާ ބެހޭ މައުލޫމާތު ހާމަކުރުމަށް ފަހުގަ އެވެ. އިންޓަނެޓްގެ އަގާއި ހިދުމަތް ދޭ ގޮތަށް ބަަދަލު ގެނެސް މިހާރު ވަނީ ތްރޮޓްލް ސްޕީޑް ވެސް 2 އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރެވޭ ގޮތަށް ހަމަޖައްސައިފަ އެވެ. ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު 28-30 ޕަސެންޓް ހެޔޮވާނެ އެވެ. އަދި ފޭސްތަކަށް ބަހާލައިގެން އަގުތައް ދަށްކޮށް ހިދުމަތަށް ބަދަލު ގެންނެސް ނިމޭއިރު 60-70 ޕަސެންޓް އަގު ހެޔޮވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓަކި މޫނާ
30 May 2021
އުރީދޫ އަށާ ދިރާގަށް ގުޑްބައި ކިޔާ ދުވަސް އިރާދަކުރެއްވިއްޔާ ގާތް ވަނީ. ތްރޮޓުލް ސްޕީޑް ލާގެން ރައްޔިތުން ފެލިއްޖެތާ ލައްކަ ދުވަހު.
އަލިކޮބެ
28 May 2021
ސައުނާ ވަރެއްނެއް. ސާބަސް ހަމަ. ކުރިއައްދޭ. މީހުން ފާޑުފާޑު އެއއޗެހިކިޔާނެ. ބަލާނެކަމެއްނެއް.
ނައުނާ
28 May 2021
ނުކުރާނަމޭ ކިޔާފަ އެންމެ ފަހު ވަގުތު ކުރީމަ އަލިކޮބެވެސް ކޮންމެވެސް އެއްޗެކޭ ބުނާނެ.
ސޯކާބެ
28 May 2021
މިހާރު ތިޔާހެން ބުންޏަސް ދިރާގާއި އުރީދޫގެ ނެޓްގެ ހިދުމަތް ގިނަ އަދަދެއްގެ ރައްޔިތުންނާއި ރިސޯޓް ތަކުން ކަނޑާލީމަ ފެންނާނީ ގާނޫނެއްގަނެތް ތަންކޮޅަކުން ގަވާއިދެއްގެ ދަށުން މަނާ ކުރާތަން އެހެންނޫންނަމަ ބިންތައް ހިސޯރުކޮއްގެން ރައްޔިތުންނައް ބިމުގެ ދަތިކަން ފޯރުވާފައި ކުންފުންޏެއް ހަދައިގެން ރައްޔިތުންގެ ބިން ފުލެޓް އަޅައިގެން ރަނުގެ އަގެއްގަ ނުވިއްކާނެ މީޑިނުގަވެސް މަނާކަންތައްތައް އެކީއެކައްޗަކައް މުޅިރައްޔިތުންނައް ދަތިކޮއްގެން ފުލެޓްވިއްކުން
ކިތާބު
28 May 2021
ސްޓާރލިންކް ރާއްޖެ އަނަ އިރު ކަލޯމެން ވެރިކަމުގަ ތިބެގެންތާ ފުރަތަމަ މަނާ ކުރެވޭނީ
ޑިޑިން
27 May 2021
މަނާ ނުވެސް ކުރެވޭނެ، މިނިވަން ކަމަށް އަރާގަންނަން ނޫޅޭ، އިންޓަނެޓް އަގުހެޔޮ ކުރީ އޭ ކިޔާގެން ތުރޮޓުލް އަދިވެސް ނުހުއްޓުވާ.
ސަރީފު
27 May 2021
ސްޓާލިންކް އިންޓަނެޓްމަނާ ކޮއްފި ނަމަ ވަރަށް ގޯސްވާނެ.. ހުވާ ކޮއްފައި މިބުނަނީ އެފަދަ ހާލަތެއްގައި ބޮޑު މުޒާހަރާ އަކަށް ގޭސް ޖަހަން ތައްޔާރުވޭ.
އަހުމަދުއަލޯ
27 May 2021
ސަރުކާރުގެ ވިސްނުމެއް ނެތީ މަނާކުރަން އެއްބަސްވެ ނިމިފަ އޮތީމަ.
ޗޮސްބެ
27 May 2021
ކޮންމެސްވަރެއްގެ އުއްމީދީ ވާހަަައެއް، އެކަމަކު ހީވަނީ ދިރާގު، އުރީދޫގެ ފިއްތުންތަކާހުރެ ސަރުކާރު ތިކަން ވިޔަކަ ނުދޭނެހެން. ސްޓާރލިންކް ބްލޮކް ކޮއްފިއްޔާ އެމީހުން ޝިއުނާޔަށް ބޮޑު އިނާމެއްދޭނެ.
އަނެއްކާ
28 May 2021
އެކޮންކަހަލަ އިނާމެއް؟ ނިދާފަ އޮންނައިރުވެސް ހިލޭ ނެޓަށް ވަދެ އޮވެވޭ ކަހަލަ އިނާމުތަ؟
ދި ކޮމެންޓާރ
27 May 2021
ދުވަސް ކޮޅަކުން ޚަބަރު ތަކުގެ ފަލަ ސުރުހީގަ އުޅޭނީ، ހ.ސްޓާރލިންކް ގޭގައި ހަރު ކޮށްފައި އިން ކުޑަ ޑިޝްއެންޓާނާރއެއް ވަގަށް ނަގާފި.. ތުހުމަތު ކުރެވޭ މިހާ އަދި ނުފެނޭ...ފުލުހުން އެމީހާ ހޯދަން އާންމުންގެ އެހީއަށް އެދިއްޖެ..
ބަނޑޭރި
27 May 2021
ތިޔަ އެހެންވެއްޖާ ޔަގީންވީ މަނާ ކުރާނެ ކަން. މަބޭ ވެސް ބުނި ލޮކްޑައުންއެއް ނުކުރާނޭ. މިހާރު މިއޮތީ ލޮކްޑައުން ކަހަލަ އެއްޗެއް ކޮށްފަޔޯ. ދަށނާރކިޔާބަލަ.
އަރުތަ
27 May 2021
ލޮކްޑައުން ކުރީމަ އާއްމުންނަށް މަގުތަކަށް ނުކުމެ ވަކިގަޑިތަކެއްގަ ބާޒާރު ކުރެވޭތަ، އަވަށްޓެރި ސްރީލަންކާ މިހާރު އެއޮތީ ފުލް ލޮކްޑައުންގަ، އެއްވެސް މީހަކަށް ބޭރަށް ނުކުމެ ބާޒާރުކުރަން އެއްވެސް ގަޑިއެއް ހަމަޖެހިފައެއް ނުވޭ. އެންމެން ގޭބަންދުގަ، އޯޑަރުކުރީމަ ފިހާރަތަކުން ހަމަ އެކަނި ޑެލިވަރީ ކޮށްދެނީ އެކަމަށް ޚާއްސަކޮށްފަ ތިބިބަޔަކު.