ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުޅުއްވާ ކެނެރީގެ ހުންނަ މަގު
28 މެއި 2021 - 21:43
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެ މަނިކުފާނުގެ ގޭގައި ސެކިއުރިޓީ ދިނުމުގައި ހުރި ގޮންޖެހުންތައް އެންގެވިކަން ހާމަވުމާ އެކު، ސެކިއުރިޓީ އަކީ ވަކި ގެޔަކުން ދެވޭ އެއްޗެއް ނޫން ކަމަށް ވިދާޅުވެ އާއިލާ އިން ނުރުހުން ފާޅުކޮށްފި އެވެ.
ނަޝީދަށް އޮތް ނުރައްކަލާއި އެ މަނިކުފާނަށް ސެކިއުރިޓީ ދިނުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތަކާ ބެހޭ ގޮތުން އެމްއެންޑީއެފުން ނަޝީދަށް ދިން ލަފާތަކާ ބެހޭ ގޮތުން "މިހާރު" ގައި ޝާއިއުކުރި ރިޕޯޓާ ގުޅިގެން ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު "މިހާރު" އަށް ވިދާޅުވީ މާލޭގައި ނަޝީދު ދިރިއުޅުއްވާ ސަރަހައްދަކީ ރައްކާތެރި ސަަރަހައްދަކަށް ހެދީމާ ސެކިއުރިޓީ ލިބޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނުދެވޭނެ ވަކި ގެއަކުންނެއް،" އޭނާ ވިދާޅުވި އެވެ.
ނަޝީދުގެ ސެކިއުރިޓީއާ ބެހޭ ގޮތުން ޝާއިއުކުރި ރިޕޯޓް ޓްވީޓްކުރައްވައި ނާޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވެސް އެމްއެންޑީއެފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެ އެވެ. ނާޝިދުގެ ޓްވީޓްގައި ވިދާޅުވީ ދައުލަތަށް ނަޝީދުގެސެކިއުރިޓީ އެންމެ ރަނގަޅަށް ބެލެހެއްޓިފައި އޮތީ އެ މަނިކުފާނު ޖަލުގައި ހުންނެވި އިރު ކަމަށެވެ. ދެން ވެސް އެކަން ވާން އޮތީ އެގޮތަށް ތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް ހަމަލާ ދީފައިވަނީ ނަޝީދު އުޅުއްވާ ކެނެރީގެއިން ނުކުމެވަޑައިގެން، އެ ގެ ހުންނަ ހަނި މަގުން މަޖީދީމަގަށް ނުކުންނެވި ވަގުތު، ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއް ގޮއްވާލައިގެންނެވެ. ކެނެރީގެ ހުންނަ މަގުގެ ހަނިކަމުން، އެ މަގުގައި ވެހިކަލް ޕާކްކުރުން މަނާކޮށްދިނުމަށް ހަމަލާގެ މާކުރިން އެމްއެންޑީއެފުން މާލޭ ސިޓީ ކައުންސިލްގައި އެދިފައިވެ އެވެ. ނަމަވެސް ހަމަލާ ދިން ރޭ ނަޝީދަށް ސެކިއުރިޓީ ދިން ގޮތް ގޮތާ މެދު އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.
Nasheed ge security dhaulathah enmme rangalhah mihaathanah hamajessifa othee Gaamaadhoo aai Maafusheega. MNDF ge halla kee dhenves e goiy tho? @anedhivehirajje
— Nash (@i_nashid) May 28, 2021
Kenereegeygai security nudheveyne kamaai nurakkaa oiy kan Nasheed ah MNDF in engi! https://t.co/0V2IoV56pN
މ. ޔާގޫތުގެއިން އެ މަނިކުފާނު މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ބަދަލުވެ ވަޑައިގަންނަވާތީ ސިފައިން ވަނީ ކެނެރީގޭގެ ސެކިއުރިޓީ އެސެސްމަންޓެއް ހަދައިފަ އެވެ. އެ އެސެސްމަންޓްގައި ހުރި ކަންބޮޑުވުންތަކާ އެކު، މިދިޔަ އަހަރުގެ އޮކްޓޫބަރު 11 ގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ސްޓާފް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް އާއި އެސްޕީޖީގެ ހެޑް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ވަޑައިގެން ނަޝީދާ ބައްދަލު ކުރެއްވި އެވެ. ނަމަވެސް އެ ކަންކަމަށް ނުބައްލަވައި ނަޝީދު އެ ގެޔަށް ބަދަލުވެވަޑައިގަތީ އެވެ.
ކެނެރީގޭގައި ނަޝީދު ހުންނެވުމަށް ރައްކާތެރި ނުވާ ގިނަ ސަބަބުތަކެއް ސެކިއުރިޓީ އެސެސްމަންޓުން ފާހަގަވިކަން ނަޝީދަށް އެންނެގެވި ކަމަށް ބުނާތީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އާއްމު މެމްބަރުން ވެސް ދަނީ އެ ވާހަކަތަކާ މެދު ނުރުހުން ފާޅުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަހުދު
29 May 2021
ތިޔަ ކެނެރީގެ ވަށައި ކޮނެގެން ޣެންގޮސް އަތިރިމަތީގަ ފެންދީފަ ބައިންދަން ވީނު.
ޖާބެ
29 May 2021
ސެކިޔޯރީޓީ ބޭނުންވަގޮތައް ބައްޓަންނުކުރެވެންޏާ ތަމްރިންގެ ބޭނުމަމީ ކޮބާ
ދޮންބޭ
29 May 2021
ދައުލަތުގެ އެންމެ އިސް މަޤާމުތައް ފުރުއްވާ އަދި ފުރުއްވަމުން ގެންދަވާ ބޭފުޅުންނަކީ، އެބޭފުޅަކު ބޭނުންފުޅުވާހައި ގޮތަކަށް އުޅުއްވޭނޭ ބޭފުޅުންނޫން. އެބޭފުޅުންގެ ސެކިއުރިޓީ ބަލަހަައްޓަވާ ފަރާތުން އެނގެވި ގޮތަކަށް ދެއްކެވި މަގަކުން ދަތުރު ކުރެއްވޭނީ. އެބޭފުޅުންނާއި ބައްދަލު ކުރައްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅެއް، މީހެއް ބަލައި ފާސްވެސް ކުރެވޭނެކަން ދެނެވަޑައިގަންނަވަން ޖެހޭނެ. އެނގުމެއް ކެހުމެއްނެތި ބޭނުންފުޅު ވާހައި ތާކަށް ވައެއް ނުގެންނެވޭނެ
ސިކުނޑި
29 May 2021
މުލީއާގެ އާއި ހިލާލީގެއަށް ގެއަށް ސެކިއުރިޓީ ދޭގޮތަކަށް ކެނެރީގެއަށް ނުދެވިދާނެ! އެކަމަކު އެގޭގައި އޮންނަ މީހާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ލާޒިމުކަމެއް! އެކަން ކަށަވަރު ކުރެވޭނެ އިތުރުގޮތްތަށް އެބަހުރި ބައިވަރު! ޕްރޮފެޝަނަލްކޮށް ކަންކަން ކުރާހިތުން ކުރާބަޔަކަށް އެނގޭނީ! އެވަރުކަމެއް ރާވާހިންގިއިރު ބަޔަކަށް ރޭކާވެސްނުލީ ހަމަ ކެނެރީގޭގައި އުޅޭތީތޯ؟
ކެމްސް
29 May 2021
އެމްސް ގެ ނަންމަތީ ކޮމެންޓް ކުރަމުން މިދަނީ އެލެކްސް ތަ؟
ޖެމްސް ބޮންޑް
29 May 2021
ސެކިޔުރެޓީ ދޭން ތިބި މީހުން ގެ ނާގާބިލް ކަން ތި ފެންނަނީ މިޙާރުވެސް ބޮޑުމަގެއް ގަ ތީގެން މީހަކު އުލެންޏާ 500 މީޓަރު ދުރުން މުލިސަރަހައްދު އުލޭނީ ބަންދުކޮއްގެން ރަތްޔިތު މީހާއައް ހުރިހާ އުނދަގުލެއް އެހެން ވީމަ ހަނި ގޯލި ކަލޭމެނަށް މާ ފަސޭހަވާނެ
މިޒަމާނުގެ ވެރިން
29 May 2021
ހުރިހާވެސް މައްސަލައަކީ ކަންކަމުގަ ސަރުކާރުގެ ވެރިން ސީރިޔަސްކަން ނެތި ބުރަހެލިވުން ރިޕޯރޓެއް ކުރީމަ މާރިޔާ އިހްމާލުވީ އަނެއްކޮޅުން ބިއްލޫރި ޖެހިގޭގަ ޕާކިންޒޯން ހަދަން ފޮނުވީމަ ސިޓިޢަށް ޖަވާބު ނުދީ އޮތުން މިހުންނަނީ ބޮޑެތި އިޙްމާލު ސަރުކާރު އެއް އޮފީހުން އަނެއް އޮފީހަށް ސިޓީއަށް ޖަވާބު ނުދީ ހުންނަ ނަމަ އަމިއްލަ މީހުން ހުށަހަޅާ ސިޓީ ތަކަށް ޖަވާބު ނުދީ ހުންނާނެ މިންވަރު ވަޒަން ކޮށްލާ
ޢަލީމު
29 May 2021
އިހުތިރާމާއި އެކު ނާޝިދު ކައިރިން އަހާލަން ބޭނުންވަނީ ތިބޭފުޅާ ޕީ.އެޗް.ޑީ ހެއްދެވީ ސެކިއުރީ އާއި ގުޅޭ އެއްވެސް ދާއިރާ އަކުންތޯއޭ ؟ ޢެމް.އެން.ޑީ.އެފް އަށް އެކަމުގެ މައުލޫމާތު ނޭނގޭނެ ކަމަށްވާނަމަ ގާނޫނަކުން ފާސްކޮށްގެން އެމް.ޓީ.ސީ.ސީ ފަދަ ކުންފުންޏަކަށް ނޫނީ ވިކްޓަރީ ފަދަ ކުލަބަކަށް ނޫނީ ލޯފާމަކަށް ކޮންޓްރެކްޓް އުސޫލުން އެކަން ހަވާލު ކުރަންވީ ނޫންތޯއެވެ. ލޮޖިކުން މުޅި ދުނިޔެ ހިންގަން ވިސްނަވަނީތޯ އެވެ.
އެމްސަ
29 May 2021
ބައިތުލްމާލުން އެމްއެންޑީއެފް އަށް ހޭދަވާ މިންވަރާއި ބަލާ ޤައުމަށް އެމްއެންޑީއެފުން ކޮށްދެވެނީ ވަރަށް ކުޑަކުޑަ މިންވަރެއް! މަސްތުވާ ތަކެއްޗާއި، ވައްކަމާއި، މާރާމާރީއާއި، މީހުން މެރުމާއި، ނާސިގެ ތަކާއި، ބިދޭސީންގެ ކަންކަމާއި، ޓްރެފިކް ކަންކަން ފަދަ އެއްވެސް ކަމެއްގަ ރަގަނޅު ނަތީޖާއެއް ދެއްކިފަ ނެތް! ދެން ބުނޭ އެއީ ފުލުހުންގެ މަސްއޫލިއްޔަތެކޭ! އަބަދުވެސް ބޮލުން ނައްޓާލާ/ޒިއްމާއިން ރެކޭ ވިސްނުން!
ގޮޅާބޯ އިހްތިރާމް
29 May 2021
ނާޝިދުމެންނަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭ ޒާތުގެ އަނގަގަދަ ނުކުރެއްވުން އެދެން.
ރަދީފުއޮފިސަލް
29 May 2021
މާމޮޅުކަމެއް ކަމަށްތޯ ނަޝީދު އުޅޭތަނުގެ ހާލަތު މުޅި ދުނިޔެއަށް ތި ހާމަކޮއްލީ. މިހާރު މިވީގޮތުން އިތުރަށް ނުރައްކާ ބޮޑުވީ ނޫންތޯ. މިވަރުގެ އުރަތްޕެއްނެތް ބަޔަކު ސެކިއުރިޓީ ދެނީއްޔޯ ކިޔައިގެން ކޮންހަޑިއެއްހާވާކަށް. މިރާއްޖޭގަ އުޅޭނެ ޖިފުޓީގަ އުޅޭމީހުންވެސް ގާނޫނަކުން ސެކިއުރިޓީ ލާޒިމުކުރާ. އެފަދަ ބޭފުޅުންނަށް ސެކިއުރިޓީ ނުދެވެންޔާ ހުރިހާ ސިފައިން އިސްތިއުފާދީފަ މަހަށްދޭ. ވ، ވެދުން