ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން--
01 ޖޫން 2021 - 10:18
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ޒުވާނަކު ރަހީނުކުރި މައްސަލައާ ގުޅިގެން ދެ މީހަކު ރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 24 އަހަރުގެ މީހަކާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.
މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ މީހަކު ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކުރި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން، އެ ކާރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
އެ ހާދިސާގައި އަނިޔާވި މީހާއަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ.
އޭނާގެ ބޮލުގައި ދަގަނޑަކުން ޖެހުމުގެ ސަބަބުން ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑި އަށް ލޭ އެޅިފައިވާއިރު އޭނާއަށް ފަރުވާދެމުން އަންނަނީ އައިސީޔޫގަ އެވެ. އޭނާގެ ހާލު އަދިވެސް ސީރިއަސް އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާބެ
01 June 2021
ކޮބާ މިއޮތީ އިންސާފާ ހަމަޔާ އުސޫލުން ރައްޔިތުންގެ ކަންކަން ނުބަލާނަމަ މިކަހަލަ ހިތާމަވެރި ކަންކަން ގިނަވާނެ، އެއްވެސް މީހަކައް ނެތެއްނު ރައްކާތެރިކަމެއް ހުސް މުސާރަކައިލާގެން ތިބޭމީހުން އުޅެނީ
ޙިނި
01 June 2021
ފުލުންނާ ކޯޓުތަކުން ވަގުން ނައް ދޭންޖެހޭ އަދަބު ދިންނަމަ މިހެނެއް ނުވީސް
ރަދީފު ބިން ރަފައިދާ
01 June 2021
ރޭޕުކުރަން އެންމެންކުރިމަތީގާ އުފުރާލައިގެންދިޔައީމާ އުންސުރެއްނެތް. ދެން މީގާ ކޮންއުންސުރެއްހުންނާނީ.
ރަދީފްއޮފިޝިއަލް
01 June 2021
މިމީހުންނަށް ހައްގު އަދަބު ދޭންޖެހޭ.ގާނޫނު އަތަށް ނެގުން އެއީ ބިރުވެރިކަމެއް.
ސަލީމް
01 June 2021
ތިޔައިީ މައްސަލައެއް ނޫން. ހޮވާފައި ތިބި މެމްބަރުން ކުރަންޖެހޭ ޕާޓީގެ މުހިންމު ކަންތައްތަކެއް އެބަތިބި. އެހެންނޫންނަމަ ތިމަމާ ވެސް ވިސްނާ އަޑުގަދަ ކުރާނެ މަޖިލިސްތެރޭ