ސިވިލް ކޯޓު ހިނގާ ޖަސްޓިސް ބިލްޑިން: ބީނާފުށި އަތުލީ ކުއްޔާއި ކުލީގެ ޖޫރިމަނާ ނުދައްކާ ކަމަށް ބުނެ --މިހާރު ފޮޓޯ/ނިޝާން އަލީ
21 ނޮވެމްބަރ 2016 - 11:15
ރިސޯޓް ހެދުމަށް ދޫކުރި ހއ. ބީނާފުށްޓާއި އެރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު އެހެން ބަޔަކަށް ދިނުން މަޑުޖައްސާލަން އަމުރު ނެރެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.
ބީނާފުށްޓާއި އެ ރަށް ކައިރީގައި އޮންނަ ކަނޑާލި ފިނޮޅު ކިޔާ ސޭންޑް ބޭންކް ކުރިން ދީފައި އޮތީ ރައްޔިތުުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް ކުންފުންޏަށެވެ. އެކަމަކު މިދިޔަ އޮގަސްޓް މަހު ޓޫރިޒަމް މިނިސްޓްރީން ވަނީ އެއްބަސްވުން ބާތިލްކޮށް، އެ ދެ ތަން އަތުލައިފަ އެވެ.
އެ މައްސަލަ ޔޮޓް ޓުއާޒުން ކޯޓަށް ހުށަހަޅައި، އެ ކުންފުނިން އެދުނީ މައްސަލަ ނިމެންދެން އެރަށާއި ފިނޮޅު އެހެން ބަޔަކަށް ނުދެވޭ ގޮތަށް އަމުރެއް ނެރެ ދިނުމަށެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ކޯޓުގެ ނިންމުމުގައިވަނީ އެރަށާއި ފިނޮޅުގެ އެއްބަސްވުން ސަރުކާރުން ބާތިލްކޮށްފައިވާ ކަމަށާއި މައްސަލައިގެ މައުޟޫއަށް އަސަރު ކުރާ ފަދަ ގޮތަކަށް ވަގުތީ އަމުރު ނުނެރެވޭނެ ކަމަށެވެ. އެގޮތަށް އަމުރު ނެރެދީފި ނަމަ އެކަން ވަނީ މައްސަލައިގެ މައުޟޫއަށް ކުރިއާލައި ހިމާޔަތް ދިނުން ކަމަށް އެ ނިންމުމުގައިވެ އެވެ.
ބީނާފުށްޓާއި ފިނޮޅުގެ އެއްބަސްވުން ބާތިލްކޮށް، އެ ދެތަން ސަރުކާރުން އަތުލީ ކުއްޔާއި ކުލީގެ ޖޫރިމަނާ ނުދައްކާ ކަމަށް ބުނެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަސަލަބައި
21 November 2016
ބީނާފުއްޓާ ކަނޑާލިފިނޮޅަކީ ވަށާފަރު ރައްޔިތުން ރުއްގަސް އިންދާބޮޑުކޮށްފަ ހުރިތަންތަން އެތަންތަނުގައި ވަށަފަރުރައްޔިތުންގެ މަސްލަހަތު އޮންނާނެ، އެއީ ވަށަފަރުފަޅުގަ ހުރިތަންތަން އެއްވެސް ބަޔަކަޢް ވިޔަފާރީގެ މަންފާހޯދަން ކުއްޔަށްދޭނަމަ ވަށަފަރު މީހުނަށްވެސް މަންފާވާގޮތައްދޭއްޖެޙޭނެ
އިއްބެ
21 November 2016
ސަރުކާރަށް ސަނާ ކިޔާފަ ރައީސް ނަޝީދަށް ވަގަށް ގޮވީމަ ރަށްތައް ލިބިދާނެ.
ފަހީމާ
21 November 2016
ބަލަ ޖާބިރޫ ކުލި ނުދެއްކިއަސް ރަށް ބާއްވަން ޖެހޭތަ ، މައިންބައިންގެ ކިބައިން ވާރުތަވާ މުދަލެއްނޫނޭ ކުލިދައްކާ ތަންތަނަކީ ، އެއީ ދިވެހިރައްޔިތުންގެ ހައްގު ދައުލަތުގެ މުދާ
އޮޅުވާލިވަޒީރު
21 November 2016
ސިވިލްކޯޓުން ކުރާ ޙުކުމަކީ ފަހުގެ ޙުކުމް. ވައްސަލާމް.
ކުޑަރަށް
21 November 2016
މިއީ ރިއްސެ އަތޮޅު ކައުންސިލްގަ ހާވާފަ ހުރި ހަޑި
މަސީހު
21 November 2016
މި ފަހަރު ތިޔަކުރެވުނީ ރަނގަޅު ހުކުމެއެއް. ރާއްޖޭގެ ފަނޑިޔާރުން ނަށް ހެޔޮމަގުދައްކަވާށި.