އެއްހާސް އަހަރު ތެރޭ އިންސާނުން އެހެން ޕްލެނެޓަކަށް ހިޖުރަކުރަން ޖެހޭނެ ކަމަށް ހޯކިން ބުނޭ
22 ނޮވެމްބަރ 2016 - 06:15
އިނގިރޭސި ވިލާތުގެ މަޝްހޫރު ތިއޮރެޓިކަލް ފިޒިސިސްޓް ސްޓެފަން ހޯކިންސް ގަބޫލުކުރާ ގޮތުގައި އިންސާނުން ދިރިއުޅެން އާ ޕްލެނެޓެއް ހޯދުމުގެ ވަގުތު ޖެހިއްޖެ އެވެ. އޭނާ ބުނަނީ އިންސާނުންނަށް ނޫޅެވޭ ހާލަތަކަށް ކުރިއަށް އޮތް 1،000 އަހަރު ތެރޭ ދުނިޔެ ބަދަލުވާނެ ކަމަށެވެ.
ހޯކިން ބުނާ ގޮތުގައި އެހެން ޕްލެނެޓްތައް ފަދައިން ދުނިޔެ ވެސް ވަނީ ވަރަށް ނާޒުކުވެފަ އެވެ. ދުނިޔެއަށް ދިމާވާ ކުޑަކުޑަ ކަމަކުން ވެސް އިންސާނީ ނަސްލު މުޅިން ފޮހެވިގެން ހިނގައިދާނެކަމަށް އޭނާ ބުނެ އެވެ.
ދުނިޔެ މިފަދަ ތަނަކަށް ބަދަލުވެގެން ދާނެ ކަމަށް ހޯކިން ލަފާ ކރާ ސަބަބުތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކާއި ނިއުކްލިއާ ހަނގުރާމައެއް ފެށުން އަދި ރޮބަޓްތަކުގެ ނުފޫޒު ދުނިޔެއަށް ފެތުރިގެން ދިއުން ހިމެނެ އެވެ.
މިހަފުތާގެ ކުރީކޮޅު އޮކްސްފޯޑް ޔުނިވަސިޓީ ޔޫނިއަންގައި ވާހަކަ ދައްކަމުން ހޯކިންސް ބުނެފައި ވަނީ އިންސާނީ ދަރިފަސްކޮޅަށް ސަލާމަތްވެވެން އޮތް ހަމައެކަނި ފުރުސަތަކީ އެހެން ޕްލެނެޓްތައް ހޯދައިގެން އެތަންތަނަށް ދިރިއުޅުން ބަދަލުކުރުން ކަމަށެވެ.
ހޯކިންސް ވަނީ ކާއިނާތު އުފެދިފައިވާ ގޮތާ މެދު ވިސްނާ ފިކުރު ކުރަން ނަސޭހަތްތެރިވެފަ އެވެ. އަދި ދުނިޔޭގެ ބޭރުގައިވާ ތަންތަން ހޯދާ ބެލުމަށް ހިތްވަރާ އެކު މަސައްކަތް ކުރުމަށް ވެސް އެދުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯގޯސް
23 November 2016
މީނަ ބުންޏޭ ކިޔާގެން އިގިރޭސިން ޖަހާސަކަރާތުގަ ނުޖެހެމާ.
ނަމެއް
22 November 2016
ޕިސް ޕިސް މީނަގެ ނަން ރަނގަޅަށް ލިޔަން ވެއްޖެއެއްނު؟ ސްޓެފަންއެއް ނޫން. ސްޓީވެން! ހަމަ ސްޕެލިން ލިޔެފައި އޮންނަ ގޮތަކަށް ނޫނޭ ހުރިހާ ނަމެއް ކިޔަނީ!
ހަސަންފުޅު
22 November 2016
ދުނިޔެ ނިމިގޮސް ގިޔާމަތް ކާރިވާކަން ހުރިހާއެންމެންވެސް ދަންނަންޖެހޭނެ... ހޯކިންއަށް ވެސް އެބަވިސްނޭ ސައިންސް އަލީގައި ދުނިޔެވެސް އެއީ ނެތިގެންދާނެ އެއްޗެއްކަން ، މިކަންކަމަށް ވިސްނާ އާހިރަތަށް ތައްޔާރުވުމަށް ކީރިތި ގްރުއާނުގައި އަންގަވާފައިވަނީ...
ގަމާރު
22 November 2016
ހޯކިންސް ބުނާކަށް ނުޖެހޭ. މާކުރިން ކީރިތި ގުރުއާނުގަ އޮތީ ތިވާހަކަ ބަޔާން ކުރައްވާފަ. ކާއިނާތާމެދު ވިސްނާ ފިކުރު ކުރުމަށާ މި ދުނިޔެއަކީ ނެތިވެގެން ދާނެ އެއްޗެއްކަން އޮތީ އަންގަވާފަ. ގިޔާމަތްވާނެކަން ހޯކިންސަށް ވުރެ ކުރިން އަހަރުމެން މުސްލިމުންނަށް އިގޭ.
ގުރާދޫން
22 November 2016
ކޮންމެވެސް ކުއްޖަކު މީނަ ގުރާދޫއަށް ފޮނުވަދީބަލަ
އަލީ
22 November 2016
މާތް ރަސްކަލާނގެ މޮޅު ސިކުނޑި ދެއްވިޔަސް ހިދާޔަތް ނުދެއްވާ ނަމަ މިކަހަލަ މޮޔަ ވާހަކަ ދެއްކޭނީ. ދުނިޔެ ފިޔަވާ އެހެން ޕްލެނެޓެއްގައި އިންސާނީ ދަރިފަސްކޮޅުގެ ދިރުމެއް ނުލައްވާ. ދެން އޮތީ އުހުރަވީ ހަޔާތް. ބުއްދިވެރިން ތައްޔާރުވަނީ އެ ހަޔާތަށް ޓަކާ.
އަލި
22 November 2016
ކީރިތި ޤުރުއާނުން ލިމިޓެއް ނުކުރޭ އިންސާނުން ދިރި އުޅެނެ ޕްލެނެޓްގެ އަދަދެއް. މުޅި ކައުނު ދިރާސާކޮށް ތަފާތު ޢާލަމްތައް ހޯދުމަށް އިޝާރީ ނަޒަރަކުން ޤުރުއާން ބާރުއަޅާ. ފާތިހާ ސޫރަތުގައިވެސް ޢާލަމްތަކެއްގެ ވާހަކަ ވަޙީކުރަށްވާފައިވޭ. އެންމެ ޢާލަމެއް ނޫން. ކޮންމެ އެއްޗެއްވެސް ޖޯޑު ޖޯޑަށް ލައްވާފައިވާކަންވެސް ވޭ. ދެން އެންމެ މުހިންމުކަމެއްގެ ގޮތުން މީހަކު މުސްލިމަކަށް ނުވީމާ އޭނާ އަށް ބަދުބަސްބުނެ އޭނާގެ ވިސްނުމަށް ހަޖޫ ޖެހުން އެއީ ޤުރުއާނުންނާއި ހަދީޘުން މަނާކުރާކަމެއް. ޣައިރު މުސްލިމުންނާއި އެކު އެއް ބިމެއްގައި އަމަން އަމާންކަމާއި އެކު ދައުލަތް ބިނާކުރުމުގައި އެމީހުންގެ ޚިޔާލާއި އެއްބާރުލުން ފުރިހަމައަށް ހޯއްދެވިކަމުގެ ހެކި ފެންނަންއޮތީ މަދީނާގައި ރަސޫލާ ބިނާކުރެއްވި ދައުލަތުން.
ޖެނެޓު
22 November 2016
އަލީއެވެ! ތިޔައީ މޮޔަވާހަކައެކެވެ. އެހެނިހެން ޕްލެނެޓްތަކުގައި ދިރުން ލެއްވިއެވެ. އެހެންވީމާ އެތަންތާ އިންސާނުންނަށް ނޫޅޭވޭނެކަމަށް ދެކިގެން ނުވާނެއެވެ.
ރާއްޖެތެރެމީހާ
22 November 2016
އަލަށް ހޯދާ ދުނިޔެއަކަށް އާޙިރަތުގެ ދުނިޔެ ކިނެއްވާނީ...ހިތްވަރާއެކު މިހާރު މަސައްކަތް ފަށައިފިއްޔާ ވަރަށް ސަޅިވާނެ އެދުނިޔެ...
އިހޫ
22 November 2016
އެހެން ގޮތަކަށް ބުނާނަމަ، ސައިންސްވެރިންނަށް މި ޤަބޫލްކުރެވެނީ ދުނިޔެ ނިމެން ކައިރިވެއްޖެ ކަން!
އިބްރާހިމް
22 November 2016
ވަﷲ އަޢުލަމް. ދުނިޔެއާއި އާޚިރަތުގައިވެސް އަޅަމެންނަށް ހެޔޮގޮތް ﷲތަޢާލާ މިންވަރުކޮށްދެއްވާށި. އާމީން.