މާދަމާ ރޭ 9:30 ގައި ބާއްވާ އެ ރަސްމިއްޔާތު، ގަވަމަންޓް އޮފް މޯލްޑިވްސްގެ ފޭސްބުކް/ ޓްވީޓަ އެކައުންޓުންނާއި ޓީވީ ޗެނަލްތަކުން ލައިވްކުރާނެ.
ޮޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް-- މިހާރު ފައިލް ފޮޓޯ
13 ޖޫން 2021 - 21:04
މި ސަރުކާރުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ދޫކުރުމުގައި އަމަލުކުރާނެ ގޮތްތައް މާދަމާ ރޭ އިއުލާނު ކުރަން ނިންމައިފި އެވެ.
މާދަމާ ރޭ 9:30 ގައި ބާއްވާ އެ ރަސްމިއްޔާތު، ގަވަމަންޓް އޮފް މޯލްޑިވްސްގެ ފޭސްބުކް/ ޓްވީޓާ އެކައުންޓުންނާއި ޓީވީ ޗެނަލްތަކުން ލައިވްކުރާނެ އެވެ.
އެނގިފައިވާ ގޮތުގައި މިއީ "ރަށްވެހި ފަތިސް" ކެމްޕެއިންގެ ދަށުން މި ސަރުކާރުން ވެފައިވާ ވައުދެއް ކަމަށްވާ، ރަށްރަށުގެ މީހުންނަށް ގެދޮރު އެޅުމަށް ބޭނުންވާ ލޯނު ދޫކުރުމުގެ ސްކީމު އިއުލާނު ކުރުމަށް ބާއްވާ ރަސްމިއްޔާތެކެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ހާއްސަކޮށް، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހައުސިން ލޯނު ދޫކުރަން ފަށާނެކަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވަނީ މިދިޔަ ފެބްރުއަރީ މަހު ވިދާޅުވެފަ އެވެ.
އެޗުޑީއެފްސީ މެދުވެރިކޮށް ލޯނު ދޫކުރުމުގެ ފުރުސަތު ދޭނެ ކަމަށާއި މިހާރު އޮތް ގޮތުން ލޯނު ލިބެނީ މާލެ އާއި އިތުރު 11 ރަށެއްގައި ގެ ހެދުމަށް ނަމަވެސް އަލުން ލޯނަށް ހުޅުވައިލާނީ ހުރިހާ ރަށެއް ވެސް ހިމެނޭ ގޮތަށް ކަމަށް އަސްލަމް އެ ދުވަހު ވިދާޅުވި އެވެ.
އެ ލޯނުތަކުގެ އަގު ހުންނާނީ ބައި މިލިއަނާއި އެއް މިލިއަނާ ދެމެދުގަ އެވެ. އިންޓްރެސްޓް ރޭޓު ވެސް ކުޑަވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. މި ޕްރޮގްރާމުގެ ދަށުން މެދުފަންތީގެ މީހުންނަށް ވެސް ލޯނު ލިބޭނެ އެވެ.
ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ގެދޮރު އަޅަން 500 މިލިއަން ރުފިޔާގެ ލޯނު ހަމަޖައްސާފައިވާ ކަމަށް ސަރުކާރުން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ކޮއިޔާ
15 June 2021
އަނެއްކާ އަނެއްހެޑްލައި ހަދާލީދޯ. ކޮބާހޭ އައްޑޫގެ މަގުހަދަން ތާރު ހިފައިގެން އައި ދަބަރުބޯޓު. ކޮބާހޭ ވިލިމާލޭ ބްރިޖް2 ހަފްތާތެރޭގައި ބަޔަކާއި ހަވާލުކުރުން.ކޮބާ ހޭތިލަފުށީގައި އަޅާ ވިޔާފަރި ޕޯޓް.ކޮބާ ހޭ މާލޭސަރަހައްދުގައި އަޅާ 7000 ފުލެޓް. މިހުރިހާ ކަމެއް ބޮޑުކޮށް ނޫސްތަކުގެ ފަލަސުރުހީއަށް ފާއިތު ވި ދެތިންހަފްތާގައި އަރުވާއިފި. ރާއްޖޭގެ ކަންތައް ދޯގޮތަށް ބަލާނަމަ ސަރުކާރުން މިވަރު އަރުވާނީ ކޮންމެވެސް ގަނޑެއް ގަންނަން. އިންޑިއާތުން 1 ބިލިއަނޯކިޔާ.
ކަންއޮތްގޮތް
15 June 2021
ރަނގަޅަށްދާނަމަ، ތިލޯނުވެސް ލިބޭނީ މިހާރުވެސް މާލެއޭކިޔާ ހުރިހައި ސަރަހައްދެއްގައިވެސް ގެދޮރާއި ފުލެޓާއި ގޯތިހުރި މާލޭގައިއުޅޭ އެކަމަކު ރާއްޖެތެރޭގެ ސިޔާސީ އެކްޓިވިސްޓުންނާއި ވޯޓުހޯދައިދޭމީހުނަށް. ރަށުގައި ގެނުއެޅި ގޮތެއްނެތިފައިތިބިމީހުންޖެހޭނީ ސިޔާސީވެ، އަޅުވެތިވެ، ކުޑަކަކޫޖަހައި އާދޭސްކުރަން. ދުނިޔޭގައި ލަހައްޓަވާތިބިއްޔާ މިބުނިތަން ފެންނާނެ. ގޯއްޗަކީ އަބަދުވެސް ސިޔާސީވެރިންގެ މުށުގައިއޮންނަ ބޭނުންކުރަންބޭނުންކުރަންއޮންނަ ހަތިޔާރެއް.
ގުދުގުދާބެއްޔާ
15 June 2021
ތިޔަ ލޯނަށް ވާނީ މިހާރު ބޭންކް އޮފް މޯލްޑިވްސްގެ ލުއިލޯނައް ވީގޮތައް! ރަށްރަށުގެ މީހުން އެނަގާފައި ފައިސާ ނުދަައްކާ ފިލާފައިވަނީ ކިތައް މީހުން! މިއަށްވެސް ވާނީ މިހެން. ފުރަތަމަ ލޯނަށް ލިބޭ ފައިސާ ކޮޅު ނަގާފާނެ! ދެން އެއަށް ވާގޮތް ނުވެސް އިގޭނެ!
މީވީގޮތޭ
14 June 2021
ބަލަ މިއުޅެނީ އަދި ސްޓުޑެންޓް ލޯން ނުދެއްކިގެން. ލޯން ނަގާނެގޮތް ނުކިޔަދީ ކިޔަވައިގެން އައިސްތިބި މީހުންނަށް ވަޒީފާ ދީބަލަ. ކިހާބޮޑުވެއްޖެކަމެއް! ޢަހަރެއްވެއްޖެ ވަޒީފާއެއް ނެތި ތެޅިބާލާތާ
ރިހްލަތުލް އަގަބާ
14 June 2021
ނޫސްވެރިންނާ ބައްދަލްކޮށް، ހެޑްލައިން ހަދަން ގެންގުޅޭ ދެތިން ވާހަކަ ކޮންމެ މިނިސްޓަރެެއް އަތުގައި އޮވޭ. ދުވަހަކުވެސް އަމަލީ ބައި ކުރިއަކަށް ނުދޭ. ކުރިންވެސް ކައުންސިލްތަކުން މިފަދަ ސްކީމެއް ހިންގަނީ އޭ ކިޔާ އެތައް ބަޔަކު ލައްވާ ފޯމު ފުރުވާފަ، އަހަރެއް ވާން އުޅެނިކޮށް މީނަ އަރާ ބުނީ އެއީ އަޖުމަ ބެލުމުގެ ޕްރޮގްރާމެކޭ. ތަފާސް ހިސާބު ހޯދަނީއޭ. މިއީ ރައްޔިތުންނަށް ގައްދާރުވުން. ޖެއްސުން ކުރުން. ހެޔޮވެރިކަމެކޭ ކިޔައިގެން ކަނޑަނީ ފޮނި.
ޑޮކްޓާރ. ބަނާނާ
14 June 2021
އަނެއްކާވެސް ގޮހޮރު ތެރެއަށް އައްބާނާފަ ކެވޭ އެތިކޮޅު ނެރޭ ވާހަކަ ތިޔާ ދައްކަވަނީ . މިއުޅެނީ އެއްފަހަރު ކާނެކާ އެތިކޮޅު ނުލިބިގެން މިއުޅެނީ . ވަޒީފާއެއް ނެތި އާމްދަނީ ހޯދާނެގޮތެއްނެތި ރައްރަށުގައި އުޅޭ މީހުން ތިޔާ ލޯނުދައްކަނީ ކިހިނެއްް؟ ބިޑި ހަދަނީ ނޫންތޯ ތިޔާ!
މިސްވަކު
14 June 2021
ރައްޔިތުން ހޭއަރާ! އެއުޅެނީ އިންޑިއާ އާއިއެކު މިމީހުން ހިންގަމުންދާ ނުރައްކާތެރި ޑީލްތައް އެއްޗަކަށްފަހު އެއްޗެއް ފަޅާ އަރަމުންދާތީ އެކަމުން އެހެންދިމާލަކަށް ފޯކަސް ބަދަލުކޮށްލުވަން ހިންގާ ޑްރާމާތަކެއް.
ބޮޑުމީހާ
14 June 2021
ބޯހިޔާވެހިކަމަށް 3 އަހަރުން އިއުލާން ކުރެވޭ އެންމެ ބޮޑު މަޝްރޫއު. މި ފަސް އަހަރު ޔާމިނު ކަހަލަ ހިންގުންތެރި ވެރިޔަކު ހުރިނަމަ....
ކާލާނެ
15 June 2021
ދިރުވާާނެއަދިގާނޫނުއަސާސީބަދަލުކޮއްގެންއުމުރުދުވަހު ވެރިކަންކުރާނެ
ވަހުތާން
14 June 2021
ކޮން ލޯނެއް؟ އެ ދައްކާނީ ކިހިނެއް؟ މިހާރު ތިބުނާއެއްޗެއް ނަގައިގެން އުޅޭ މީހުން އުޅޭ ހާލު ބަލާލަބަލަ!
ރަންނަ
14 June 2021
ކާކު މަޖުބޫރުން ލޯނުދޭން އުޅެނީ؟ ބޭނުން މީހަކު ނަގާނީ
މިވަރެއްނެތް
14 June 2021
އަޅެ ތި ފައިސާ ހޯދާތަނެއް ބުނެދީބަލަ! މިހާރުވެސް ސަރުކާރުގެ މުވައްޒަފުންގެ ކޮންމެ މަހަކު މުސާރަދެނީ ތަންތަނުން ބޮރޯކޮށްގެން.