ވިޔަފާރި / ލޯކަލް ޓޫރިޒަމް

ގޭގައި ޓޫރިސްޓުން ބައިތިއްބައިގެން "ހޯމް ސްޓޭ" ތައާރަފު ކުރަނީ!

"ހޯމްސްޓޭ" ޓޫރިޒަމް ފެށުމާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން ވަނީ ބައްދަލުވުންތަކެއް ބާއްވައިފައި. އެކަމަކު ސުވާލަކީ، ރާއްޖޭގެ މާހައުލު އޮތް ގޮތުން އެއީ ކުރެވިދާނެ ކަމެއްތޯ؟

ހއ. ކެލާ އަތިރިމަތީގައި ޓުއަރިސްޓުންތަކެއް ހިނގާލާފައި ދަނީ--

ރަށްރަށުގައި މީހުން ދިރިއުޅޭ ގެތަކުގައި ޓޫރިސްޓުން ބޭތިއްބޭ ގޮތަށް، ހޯމް ސްޓޭ ޓޫރިޒަމް ރާއްޖޭގައި ފަށަން ޓޫރިޒަމް މިނިސްޓްރީން މަޝްވަރާކުރަން ފަށައިފި އެވެ.

މި އަހަރު އިންތިހާބުވި އާ ކައުންސިލްތަކާ ޓޫރިޒަމް މިނިސްޓްރީން ބައްދަލު ކުރަމުން އަންނައިރު އެކި އަތޮޅުތަކުގައި ހޯމް ސްޓޭ ޓޫރިޒަމް ތަރައްގީ ކުރުމުގެ މަޝްވަރާތަކެއް ވެސް ވަނީ ބާއްވައިފަ އެވެ. ނަމަވެސް އެ ޓޫރިޒަމް ފެށުމާ މެދު އަދި ވަކި ގޮތެއް އެ މިނިސްޓްރީން ނިންމައިފައެއް ނުވެ އެވެ.

ޓޫރިޒަމް ދާއިރާގެ އިސް ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި މި ކޮންސެޕްޓަކީ ފައިދާ އަށް ވުރެ ބޮޑަށް، އެކަން ރަނގަޅަށް ނުކުރެވިއްޖެ ނަމަ "އަތަށް ގޮވައިފާނެ" ކަމެކެވެ.

ގެސްޓު ހައުސް ވިޔަފާރި އަށް އަސަރު ކުރާނެ

"މިހާރު"އާ ވާހަކަދެއްކި ގިނަ މީހުންގެ ކަންބޮޑުވުމަކީ ހޯމް ސްޓޭ ޓޫރިޒަމްގެ ސަބަބުން ގެސްޓުހައުސްތަކަށް ކުރާނެ އަސަރެވެ. އެގޮތުން، ގޭގައި ކޮޓަރިތައް ހެޔޮ އަގުގައި ކުއްޔަށް ދިނުމުގެ ސަބަބުން ގެސްޓް ހައުސްތަކަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވާނެ ކަމަށް ގިނަ ބަޔަކު ލަފާ ކުރެ އެވެ.

"މިހާރު"އާ ވާހަކަ ދެއްކި ގެސްޓު ހައުސް ވިޔަފާރިވެރިޔަކު ބުނީ، ގެސްޓު ހައުސްތަކަކީ ބޮޑު އިންވެސްޓެއް ކޮށްފައިވާ ވިޔަފާރިއަކަށް ވާއިރު ހޯމް ސްޓޭ ޓޫރިޒަމް ފަށާއިރު އެފަދަ ތަންތަނަށް ގެއްލުން ނުވާ ގޮތަށް ވިސްނުން މުހިންމު ކަމަށެވެ. އަދި ގެސްޓުހައުސްތަކުން ނަގަމުން އަންނަ ހުރިހާ ބާވަތެއްގެ ޓެކްސްތައް އެ ކޮޓަރިތަކުން ނަގަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ބޮޑު ލޯނެއް ނަގައިގެން ގެސްޓުހައުސްއެއް މި ހަދަނީ. އެހެންކަމުން އެ ތަންތަނުގެ ކޮޓަރިތަކުގެ އަގު ކުޑައެއް ނުކުރެވޭނެ. އެކަމަކު ގޭގޭގައި ހުންނަ ކޮޓަރިތައް ބޭނުން އަގެއްގައި ދޫކުރެވިދާނެ. އެހެން ހެދީމަ ޓޫރިސްޓުން ދާނީ އެ ތަންތަނަށް،" ގެސްޓު ހައުސް ވިޔަފާރިވެރިޔަކު ބުންޏެވެ.

ހަނިމާދޫގައި ހިންގަމުން އަންނަ ގެސްޓް ހައުސްއެއް-- ފޮޓޯ: ދި އެޑިޝަން

ޓޫރިޒަމް ދާއިރާގައި ގިނަ ދުވަސް ވަންދެން ހިދުމަތް ކުރައްވަމުން އަންނަ ބޭފުޅަކު ނަން ހާމަ ނުކުރަން އެދި "މިހާރު" އަށް ވިދާޅުވީ ގެއެއްގެ ކޮޓަރިއެއް ކުއްޔަށް ދޭއިރު އެ ކޮޓަރިއަކީ ގެސްޓުހައުސްތަކުން ލިބޭ ހުރިހާ ހިދުމަތެއް ލިބޭގޮތަށް ހަދާފައިވާ ކޮޓަރިއަކަށް ވާން ޖޭހެނެ ކަމަށެވެ. އަދި ކޮޓަރިއަކީ ވަކި ވިޔަފާރިއެއްގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ޓޫރިސްޓު މީހާ މި އަންނަނީ ވަރަށް ހިތްހަމަޖެހިލައިގެން ރާއްޖޭގައި ތަޖުރިބާ ކުރެވެން ހުރި ކަންކަން ތަޖުރިބާ ކޮށްލަން. އެހެން ކަމަށްވާ ނަމަ އޭނާ އެ ހުންނަ ކޮޓަރި ވާން ޖެހޭނެ އޭނާ ހިތްހަމަޖެހޭ ފެންވަރުގެ ކޮޓަރިއަކަށް،" އޭނާ ވިދާޅުވި އެވެ.

"މި ކޮންސެޕްޓަށް އަމަލު ކުރަން ފެށުމުން ކޮންމެ ގޮތެއްވިއަސް ގެސްޓުހައުސްތަކަށް އަސަރު ކުރާނެ. އެކަމަކު އެ އަސަރު ކުޑަކުރަން އެ ކޮޓަރިތަކުން ޓެކްސް ނަގައި ވަކި ވިޔަފާރިއެއް ގޮތަށް ހަދަން ޖެހޭ."

ގަވާއިދުތައް ހަދައި ރެގިއުލޭޓު ކުރުން މުހިންމު

ގެސްޓު ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ރައީސް އަބްދުﷲ ނަޝީދު ވިދާޅުވީ ހޯމް ސްޓޭ ޓޫރިޒަމަކީ ރައްޔިތުންނަށް ފައިދާވާ ކޮންސެޕްޓަކަށްވުމުން އެ ޖަމިއްޔާ އޮތީ އެކަން ކުރިއެރުވުމަށް ސަރުކާރަށް އެއްބާރުލުން ދޭން ތައްޔާރަށް ކަމަށެވެ. ނަމަވެސް އޭގެ ކުރިން ރެގިއުލޭޓު ކުރެވޭ އުސޫލުތައް ހަދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހޯމް ސްޓޭ ޓޫރިޒަމް ފުޅާ ކުރުމުގެ ހިޔާލާ އަޅުގަނޑުމެން އެއްބަސް. އެކަމަކު މިއީ ވަރަށް ބޮޑު ކަމެއް. މިފަދަ ކަމެއް ކުރުމުގެ ކުރިން ރައްޔިތުންނާ މަޝްވަރާ ކޮށް ގަވާއިދުތައް ހަދައި ރެގިއުލޭޓު ކުރެވެން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.

މި ކޮންސެޕްޓު ތައާރަފު ކުރުމުގެ ކުރިން ގާނޫނުތަކެއް ހަދަން ޖެހޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ މި ކޮންސެޕްޓު އަލުން ތައާރަފު ކުރުމުގެ ކުރިން ގާނޫނުތަކަށް ބަދަލު ގެނެސް ރެގިއުލޭޓު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ އެންމެނަށް ވެސް ޓޫރިޒަމުން މަންފާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުން. ހޯމް ސްޓޭ ޓޫރިޒަމް ފުޅާކޮށް އެ ދާއިރާ ކުރިއަރުވަން ޕްލޭން އެބަ ކުރެވޭ. އެކަމަކު އެކަން ކުރަން ގާނޫނަށް އިސްލާހު ގެނެސް ރެގިއުލޭޓު ކުރެވޭނެ ގޮތް ހަދަން ޖެހޭ،" މައުސޫމް ވިދާޅުވި އެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު

ރެގިއުލޭޓު ނުކުރެވިއްޖެ ނަމަ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް

ރާއްޖޭގެ ބައެއް ރަށްތަކުގައި ޓޫރިސްޓުން އާއްމުންގެ ތެރޭގައި އުޅުމަކީ އެ ރަށްރަށުގެ ރައްޔިތުން ދެކޮޅު ހަދާ ކަމެކެވެ. އެހެންކަމުން ގިނަ ރަށްތަކުގެ ގެސްޓުހައުސްތައް ހަދާފައި ހުންނަނީ ވެސް އާއްމުން ދިރިއުޅޭ ސަރަހައްދާ ދުރުގަ އެވެ. ނަމަވެސް ހޯމް ސްޓޭ ޓޫރިޒަމް އައުމާ އެކު ޓޫރިސްޓުން އުޅޭނީ އާއްމުންނާ އެކުގަ އެވެ. އެ ގެއިން ކައި، އެ ގޭގައި ނިދައި، އެ ގޭގެ އެހެން މީހުންނެކޭ އެއްގޮތަށް އޭނާ ވެސް އުޅޭނެ އެވެ. މީގެ ސަބަބުން އިޖުތިމާއީ ގޮތުން އެކި ގޮންޖެހުންތަކާ ދިމާވެދާނެ ކަމަށް ޓޫރިޒަމް ދާއިރާގެ އިސް ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.

"މިހާރު" އާ ވާހަކަ ދެއްކި ޓޫރިޒަމް ވިޔަފާރިވެރިޔަކު ބުނީ ބައެއް ދިވެހިންގެ އުޅުން ހުންނަ ގޮތުން ޓޫރިސްޓުންގެ މެދުގައި ރާއްޖޭގެ އަގު ވެއްޓޭ ކަމަށެވެ. މިފަދަ ހާދިސާތަކެއް ކުރިން ވެސް ދިމާވެފައިވާ ކަމަށާއި ގިނަ ޓޫރިސްޓުންނަށް އެފަދަ ކަންކަން ދިމާވާ ނަމަ ރާއްޖޭގެ މުޅި ޓޫރިޒަމް ދާއިރާ އަށް އޭގެ އަސަރު ކުރާނެ ކަމަށް އޭނާ ބުންޏެވެ.

"ކުރިން ވެސް ރަށެއްގެ ގެސްޓު ހައުސްއަކަށް އައި ޓޫރިސްޓަކަށް އެ ރަށުގެ ފިރިހެން ކުދިންތަކެއް ފުރައްސާރަ ކުރާތީ އެ ވާހަކަތައް އޭނާގެ ގައުމުގެ މީޑިއާތަކަށް ވެސް އެރި. އެ ޓޫރިސްޓުގެ ބްލޮގުގައި ރާއްޖެ އަށް އައުން ރައްކާތެރި ނޫން ކަމަށް ބުނެ ލިޔެފައި އޮތް. އޭގެ ސަބަބުން އެ ދުވަސްވަރު އެ ގައުމުން އައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށްވެގެން ދިޔަ،" ނަން ހާމަ ނުކުރުމަށް އެދި މައުލޫމާތު ދިން ވިޔަފާރިވެރިޔަކު ބުންޏެވެ.

އޭނާ ބުނިގޮތުގައި މިކަންކަމަށް ނުވިސްނައި ރަށްތަކުގައި ހޯމް ސްޓޭ ޓޫރިޒަމަށް ހުއްދަ ދީފި ނަމަ ރާއްޖޭގެ ޓޫރިޒަމަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބޭނެ އެވެ. އެހެންކަމުން ރަށްތަކަށް ހުއްދަ ދިނުމުގެ ކުރިން އެ ރަށެއްގެ ރައްޔިތުންނާ މަޝްވަރާކޮށް އެ މީހުންގެ ހިޔާލު ހޯދުން މުހިންމު ކަމަށް އޭނާ ބުންޏެވެ.

ހޯމް ސްޓޭއަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އޮންނަ ވިޔަފާރިއެކެވެ. މިހާރު ރާއްޖޭގެ ގާނޫނުތައް އޮތް ގޮތުން، ގޭގޭގައި ޓޫރިސްޓުންނަށް ހިދުމަތް ދިނުން މަނާ ވިޔަސް، އުސޫލުތަކެއްގެ ދަށުން އެ ހުއްދަ ދޭން ސަރުކާރުން އަންނަނީ ވިސްނަމުންނެވެ. އެކަމަކު، ރާއްޖެ ކަހަލަ ގައުމެއްގައި، ގޭގޭގައި ޓޫރިސްޓުން ބައިތިއްބައިގެން ނުކުމެދާނެ މައްސަލަތަކާ މެދު ވަރަށް ބޮޑަށް ސަމާލުވާން ޖެހެ އެވެ. ސަބަބަކީ، މިއީ ރާއްޖޭގެ އަގުބޮޑު ޓޫރިޒަމްގެ ކުރިމަގާ ގުޅިފައި އޮތް މައުލޫއަކަށް ވާތީ އެވެ.

46 ކޮމެންޓް, 23 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 9%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަަދު

16 June 2021

ގެސްޓްހައުސްތައް ހެދި އިރު ވ ގިނައިން އިވުނު އަޑެއް ރިސޯޓްތަކުގެ ވެރީން ދެކޮޅު ހަދަނީއޭ. މިހާރު ގެސްޓްހައުސްތަކުގެ ވެރީން ތިޔަ ދެރަވަނީ ހޯމްސްޓޭ ތަޢާރަފް ކުރެވޭތީ. ތިޔަހެންވާނެ. ބައެއް އިންސާނުން އަބަދުވެސް ތިމާއަށް ނޫނީ ލިބެން ނޭދެ. މީ ޠަބީޢަތުގައި ހަރުވެފަ ހުންނަކަމެއް. މުއްސަދީން މުއްސަދިވުން ފަޤީރުން އިތުރަށް ފަޤީރުވުން

The name is already taken The name is available. Register?

ފޫހި

15 June 2021

ދެން ކީއްކުރަންތަ ނުއަގުގައި ތިޔަ ރައްތަށް ވިއްކަނީ. ގެސްޓް ހައުސްތަކުންވެސް ޖީއެސްޓީ ދޭނެ.

The name is already taken The name is available. Register?

ޙަސަންހަލީމް

15 June 2021

އަލަށް ކަމެއް ފަށާއިރު ކަންބޮޑުވުންތަކެއް ހުންނާނެ. އެކަނަތައްތަކަށް ވިސްނާ އަޅަންޖެހޭ ފިޔަވަޅުތައް އަޅަންވާނެ. ގެސްޓް ހައުސް ތައާރަފު ކުރިއިރު މި މޭރުމުން ވާހަކަ ދެކެވުނު. ދައްކަންވެސް ޖެހޭނެ

The name is already taken The name is available. Register?

ޙުއްލާ

15 June 2021

ކޮންސެޕްޓް ގޯހެއްނޫން. ފުރަތަމަ މައްސަލައަކަށްވެސް ނިކުންނާނީ ހައްދުފަހަނައެޅި ގްރޫޕަކުން އައިމިނަގޯތީ ނިދާފައޮތް ފަތުރުވެރިއަކަށް އެލާމްގަޑީގެ ބައެއްބޭނުންކޮށް ބޮންހަދައިގެން ހަމަލަ ދިންވާހަކަ. ޢައިމިނަގޯތި ދެންހުރި ކޮޓަރީ ނިދަން އޮތްފަތުރުވެރިއާއަށް އައިމިނަފިރިމީހާ ޖިންސީގޯނާކުރިވާހަކަ. މިއީ މިގައުމުގަ ހަކުރާޖަހައިގެންވެސް މަތަނުވި ދެކަން. ޢިސާހިތަކު މިދެ ސުރުހީއިން މިތާތިބި 7ސްޓާ ހޮޓެލް އޮކިއުޕެންސީ ސުމަކަށް ވެއްޓި ފަތުރުވެރިކަން ކަފުންކުރާނީ

The name is already taken The name is available. Register?

ބިގް ޕިކްޗާ

15 June 2021

ރިޒޯޓްގެ މަންފާ ދިވެހީންނަށް ލިބޭކަމަށް ވަނީ ރިޒޯޓެއް ދިނީމަ، ރިއަލް އެސްޓޭޓް ގެ މަންފާ ލިބެނީ އަމިއްލަ ގެ ބުރި ބުރިއަށް ނެގުނީމަ، ޓޫރިޒަމްގެ މަންފާ ލިބެނީ ގޯތީގައި ގެސްޓްހައުސް އެއް އެޅުނީމަ، ދެން އެންމެ މަންފާ ލިބޭނީ ގޭގެ ކޮޓަރިއެއް ހިލޭ މީހަކަށް ދިނީމަ. އެހެން ޤައުމުތަކުގައި ތަނެއްގެ ޝެއަރ އެއް ގަތީމަ އޭގެން މަންފާ ލިބޭ. މިނޫންގޮތެއް ހަމަ ނެތް ދޯ.

The name is already taken The name is available. Register?

އެކީ

15 June 2021

ޤައުމުގެ ރިސޯރޓް އޯނަރުން ނޫނަސް އެމަންފާ ލިބެންޖެހޭ. ހައެއްކަ މީހުންގެ އަތްމަތީގަ ޤައުމުގެ ހުރިހާ ތަނަވަސްކަމެއް އޮންނަންޖެހުމަކީ ރަގަޅުގޮތެއްނޫން. ހޯމް ސްޓޭ އޭ ހަމަ ބުނާއިރަށް ކޮންމެވެސް ނޫސްވެރިޔަކަށް ހުތްއަޅައިގެން މިކަން ކުރިޔަނުދޭން ކޮންމެވެސް އެއްޗެކޭ ލިޔާނެ. އަވަށްޓެރި ޤައުމުތަކުގައިވެސް މިކަމަކީ ކުރާކަމެއް. އެހެން ނޫނަސް މިދުނިޔޭގަ މީހުން އެބަތިބި އެތައްބައިވަރެއް. އަންނާނެ މީހުން ހުހެއްނުވާނެ މިފުރުޞަތު ހުޅުވާލިޔަކަސް

The name is already taken The name is available. Register?

އަހުމަދު ސަފީ

15 June 2021

ޓޫރިސްޓް ރިސޯޓްތައް ބަލަހައްޓާ ރެގިއުލޭޓް ނުކުރެވިގެން އުޅޭއިރު އިތުރު ކަމެއް ތާރަފްކޮށް ރެގިއުލޭޓް ކުރެވޭނެކަމާމެދު ޝައްކު. ރިސޯޓްތަކުގަ ދިވެހިންނާ ބިދޭސީން ތަފާތުކުރުން އޮންނައޮތުން ހުއްޓުވައެއް ނުލެވޭ ދިވެހިންނަށްވުރެ ބިދޭސީން ގިނަ ރިސޯޓްތައް ބައިވަރު ބައެއް ޓޫރިސްޓުންނަކީ މުޅި ޗުއްޓީ ނިންމާލަފަ ކޮންމެސް މައްސަލަގަނޑެއް އުފައްދާފަ ހުރިހާ ހަރަދެއްގެ ރިފަންޑް ހޯދަން އުޅޭ މީހުން ހޯމްސްޓޭގަ އެކަހަލަ ކަމެއް ވީޔަ ކިހިނެއް ރިފަންޑް ދޭނި.

The name is already taken The name is available. Register?

ސަލީމު އިދުރީސް

15 June 2021

އަހުމަދު ސަރީފައް ދުނިއޭގެ ގައުމުތަކުގެ ޓުރެވަލް ގާނޫނު ނޭގޭތި ހީވާއެއްޗެއްތިއީ! ޓުރަވަލު އެއްޖެންސީތައް މެދުވެރިވެގެން އަންނަމީހުނާ ބުކިން ޑޮޑުކޮމް ކަކަލަ ސަޓިތަކުން ރޫމު ބުކޮއްއަން މީހުނާ ހުންނަތަފާތު އެގޭތޯ! އެޖެން ސީތަކުން ފެކޭޖު ހަދާފަ އަގު ބޮޑުކޮއް މުޅި ހޮލިޑޭވިއްކިއަސް މިގޮތައް ކޮޓަރި ވިއްކުމުގެ ވިއަފާރި އަކީ ތަފާތު ކަމެއް

The name is already taken The name is available. Register?

ސަލީމު އިދުރީސް

15 June 2021

ތިބުނާ ކަހަލަ އަގުވެއްޓޭ ކަންތައް ރިސޯޓުތަކުގަވެސް އެބަހުރި ހިނގާފަ ދަންވަރު ކޮޓަރިޔައް ވަންމައްސަލައިން ފެށިގެން ގޮސް ރޭފާ ހަމަޔައް ގޮއްސަވެސް! ތިއީ ވަކިމައްސަލައެއް ތިމައްސަލަތައް ހައްލުވާނީ ދަރިން ތަރުބިއްތު ކުރެވިގެން

The name is already taken The name is available. Register?

މަސްވެރިޔާ

15 June 2021

ހަގީގަތުގައިވެސް ރާއްޖޭގެ ގިނަ ރައްރަށާއި ކޮމިޔުނިޓީއާއި ގުޅޭކަމެއްނޫން. ރަގަޅު އުސޫލުތަކެއް ކަޑައަޅާ ވަރަށް ރަގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމުނުކުރެވި ހުރިހާރަށަކަށް ހުޅުވައިފިނަމަ ފޫނުބެދޭވަރުގެ އިޖުތިމާޢީ ގެއްލުން. ފަށައިގަންނައިރު ވޯޓްހޯދަން ފަސޭހަވާނެ.

The name is already taken The name is available. Register?

ޕިއެރޯ

15 June 2021

ސަހަރޯ.އަފްޣާނިސްތާނު, ޕާކިސްތާނު, ސީރިއާ, ޔަމަން ގެ އަލްގައިދާ އަދި އައިސިސް ޓީމްތައް އަންނާނީ ސީދާ ހައްދުފަހަނަ އެޅި ގުރޫޕް ގެތަކައް.އެގޭގޭގަ ތިބި ބާރަ ތޭރަ އަހަރު ކުދިންނާ ކައިވިނުކުރުމާ ދީނީ ދަރުސް ތައް ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް ގެންދިއުމުގެ ތަނަވަސް ހާލިތަކެއް އުފެދެނީ.އިސާހިތަކު ޔޫރަޕް ގައުމުތަކުން ދިވެހިރާއްޖޭ އަކީ ޓެރެރިސްޓް ގައުމެއް ކަމައްނިއްމާ ނުރައްކާތެރި ލިސްޓައް ލާފާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454