ޚަބަރު / ޕްލާސްޓިކް ކޮތަޅު

ބަޔޯޑިގްރޭޑަބަލް ކޮތަޅަށް ހުއްދަދިނުމުގައި އަމަލުކުރާ އުސޫލެއް އެކުލަވާލައިފި

ބަޔޯޑިގްރޭޑަބަލް ކޮތަޅު: ރާއްޖޭގައި ބަޔޯޑިގްރޭޑަބަލް ކޮތަޅު ކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި އެ ތަކެއްޗަށް ހުއްދަދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ސަރުކާރުން މިހާރު ވަނީ އެކުލަވައިލައިފައި.-- ފައިލް ފޮޓޯ / މިހާރު

ރާއްޖޭގައި ބަޔޯޑިގްރޭޑަބަލް ކޮތަޅު ކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި އެ ތަކެއްޗަށް ހުއްދަދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު ސަރުކާރުން މިއަދު ގެޒެޓްކޮށްފި އެވެ.

އެވަޔަރަމަންޓް މިނިސްޓްރީން އެކުލަވައިލާ އާންމުކުރި މި އުސޫލުގެ މަގުސަދަކީ ކޮތަޅުގެ ތެރެއިން ބަޔޯޑިގްރޭޑަބަލް ކޮތަޅަކީ ކޮބައިކަން ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ކަނޑައަޅައި އެފަދަ ކޮތަޅު ރާއްޖެ އަށް އެތެރެކުރަން ބޭނުންވާ ފަރާތްތަކަށާއި ރާއްޖޭގައި އުފައްދަން ބޭނުންވާ ފަރާތްތަކަށް ހުއްދަދިނުމުގެ ކަންކަން އެއް އުސޫލެއްގެ ދަށުން ހަމަޖެއްސުމެވެ.

މި އުސޫލަށް އަމަލުކުރޭތޯ އާއި އިދާރީ އިތުރު ކަންކަން ބަލަހައްޓާނީ އީޕީއޭގެ ފަރާތުންނެވެ.

މިއަދުން ފެށިގެން މި އުސޫލަށް އަމަލުކުރަން ފަށާނެ އެވެ. އަދި މި އުސޫލަށް އަމަލުކުރަން ފެށުމާ އެކު 2012 ވަނަ އަހަރު ސަރުކާރުން އާންމުކުރި "ބަޔޯޑިގްރޭޑަބަލް ޕްލާސްޓިކް ކޮތަޅުގެ ގޮތުގައި ބަލާނޭ މިންގަނޑުތައް" ވަނީ އުވާލައިފަ އެވެ.

ބަޔޯޑިގްރޭޑަބަލް ކޮތަޅު ކަމަށް މި އުސޫލުގައި ބުނެފައި ވަނީ މިންގަނޑުތަކަށް ފެތޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލާސްޓިކު ކޮތަޅުގެ ތެރެއިން ބާޒާރުކުރަން ބޭނުންކުރާ ކޮތަޅާއި ކުނި އެޅުމަށް ބޭނުންކުރާ ކޮތަޅަށެވެ.

ބަޔޯޑިގްރޭޑަބަލް ކޮތަޅު: ރާއްޖޭގައި ބަޔޯޑިގްރޭޑަބަލް ކޮތަޅު ކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި އެ ތަކެއްޗަށް ހުއްދަދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ސަރުކާރުން މިހާރު ވަނީ އެކުލަވައިލައިފައި.-- ފައިލް ފޮޓޯ / މިހާރު

ބަޔޯޑިގްރޭޑަބަލް ކޮތަޅުކަން އަންގައިދޭ ސެޓްފިކެޓް ދޫކުރެވޭނެ މިންގަނޑުތަކާއި ރާއްޖެ އަށް އެތެރެކުރުމުގެ ކުރިން ހުއްދަ ހޯދަންޖެހޭ ގޮތް މި އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

ސެޓްފިކެޓް ދޫކުރުމުގައި ބަލާނެ މިންގަނޑުތައް

- ޔޫރަޕްގެ ސްޓޭންޑާޑަށް ފެތޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ އަދި ކޮތަޅުގައި ހުންނަ ހެވީމެޓަލްސްގެ މިންވަރު އެ ސްޓޭންޑާޑްގެ ކޮތަޅުގެ މިންގަނޑަށް ވުރެ އިތުރުނުވުން.

- ކޮތަޅު ތައްޔާރުކޮށްފައިވާ މެޓީރިއަލްގެ 90 ޕަސެންޓް ގިނަވެގެން 180 ދުވަހުގެ ތެރޭގައި ފަނާވުން.

- ކޮތަޅު ތައްޔާރުކޮށްފައިވާ މެޓީރިއަލްގެ މަދުވެގެން 90 ޕަސެންޓަކީ އޯގަނިކް މެޓީރިއަލް އަށް ވުން.

- ކޮތަޅު ނެތި ފަނާވެގެން ދިއުމުގައި އެއްވެސް ބާވަތެއްގެ ނުރައްކާތެރި މާއްދާއެއް މާހައުލު ތެރެ އަށް ބޭރުނުވުން.

- ކޮތަޅު ތައްޔާރުކުރާ މެޓީރިއަލްގެ ނޮން-ބަޔޯޑިގްރޭޑަބަލް ފްރެކްޝަން ފަސް ޕަސެންޓަށް ވުރެ މަތިނުވުން.

- ކާބޯތަކެތި ބަންދުކުރުމަށް ޚާއްސަކޮށްގެން ރާއްޖެ އަށް އެތެރެކުރާ ކޮތަޅެއް ނަމަ، އެ ކޮތަޅު އުފައްދައިފައިވާ މެޓީރިއަލްއަކުން، އޭގައި ބަންދުކުރާ ކާބޯތަކެތީގެ ބާވަތްތަކަށް ނޭދެވޭ އެއްވެސް އަސަރެއް ނުކުރުން.

ބަޔޯޑިގްރޭޑަބަލް ކޮތަޅު: ރާއްޖޭގައި ބަޔޯޑިގްރޭޑަބަލް ކޮތަޅު ކަމަށް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކާއި އެ ތަކެއްޗަށް ހުއްދަދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް ސަރުކާރުން މިހާރު ވަނީ އެކުލަވައިލައިފައި.-- ފައިލް ފޮޓޯ / މިހާރު

ކޮތަޅު ތައްޔާރުކުރުމަށް ބޭނުންކުރާ އެއްޗެހީގެ ތެރޭގައި ހިމެނޭ ޕޮލިމާސް، އޯގޭނިކް އެޑިޓިވްސް، އިންއޯގޭނިކް ފިލާސް، ސްޓެބިލައިޒާސް، ޕްރޮ-އޮކްސިޑަންޓްސް ފަދަ މައްދާތަކަކީ ރާއްޖޭގެ ތިމާވެއްޓަށް ގެއްލުންދޭ މާއްދާއެއް ކަމަށް ސަރުކާރުން ނުވަތަ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއަކުން ކަނޑައަޅައިފައިވާ ނަމަ، އެ މާއްދާއެއް އެކުލެވޭ މިންވަރު 1.0 ފަސެންޓަށް ވުރެ ދަށް ވާން ވެސް ޖެހޭނެ އެވެ.

މި ގޮތަށް ރާއްޖެ އެތެރެ ކުރާ ކޮތަޅުގެ ބޭރުގައި އެ ކޮތަޅު ނެތިފަނާވުމަށް ނަގާނެ މުއްދަތާއި އުފެއްދި ތާރީޚާއި އޭގައި އެކުލެވޭ ބަޔޯޑިގްރޭޑަބަލް މާއްދާތަކާއި އެ ކޮތަޅު ރާއްޖެ އެތެރެ ކުރި ފަރާތް ނުވަތަ ރާއްޖޭގައި އުފެއްދި ފަރާތުގެ ނަމާއި ލޯގޯ އަދި އީޕީއޭ އިން ދޫކުރާ ސެޓުފިކެޓް ނަންބަރު ލިޔެފައި ހުންނަން ޖެހޭނެ އެވެ.

ބަޔޯޑިގްރޭޑަބަލް ކޮތަޅު ރާއްޖެ އަށް އެތެރެކުރުމުގެ ކުރިން އެއީ ބަޔޯޑިގްރޭޑަބަލް ކޮތަޅުކަން އަންގައިދޭ ސެޓުފިކެޓް އީޕީއޭ އިން ހޯދަން ޖެހޭނެ އެވެ. މި ސެޓްފިކެޓް ލިބޭނީ އެ ކަމަށް އެދި އެ އެޖެންސީ އަށް ފޯމު ހުށަހަޅެމުންނެވެ. ހުއްދަ އަށް އެދޭ މި ފޯމާ އެކު ކޮތަޅު އުފައްދާ ފަރާތުގެ މައުލޫމާތާއި ކޮތަޅުގެ ސާމްޕަލްތަކާއި ޓެސްޓުތަކުގެ ނަތީޖާ ވެސް ހުށަހަޅަން ޖެހޭނެ އެވެ.

މި ސެޓްފިކެޓް ދިނުމަށް ފަހު ވެސް، ކޮތަޅުގެ ސާމްޕަލްތައް ނަގައި ޓެސްޓުކުރުމުގެ ބާރު އީޕީއޭ އަށް ދީފައިވެ އެވެ. އަދި އެގޮތަށް ކުރާ ޓެސްޓުތަކުން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލަށް ނުފެތޭ ނަމަ، ސެޓްފިކެޓް ބާތިލުކުރުމުގެ ބާރު ވެސް ވަނީ އެ އެޖެންސީ އަށް ދީފަ އެވެ.

މިއަހަރު އަމަލުކުރަން ފެށި އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ އެކު ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް ރާއްޖެ އެތެރެކުރުން މަނާކުރިއިރު، ސަރުކާރުން އަންނަނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކާ ދެކޮޅަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. މި މަހުން ފެށިގެން ޕްލާސްޓިކްގެ ބައެއް ބާވަތްތައް ރާއްޖެ އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

1 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހުންގާނު

17 June 2021

ތިޔަށް ވުރެ މާރަނގަޅުވާނެ ޕްލާސްޓިކް ކޮތަޅު އުކާނުލުމަށް މީހުން ހޭލުންތެރިކަން އިތުރުކޮށް ކޮށް ޕްލާސްޓިކް މެނޭޖްކުރަން މަސައްކަތް ކުރާނަމަ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454