ހަނިމާދޫ އެއާޕޯޓް. -- ފޮޓޯ/މިހާރު
14 ޖޫން 2021 - 13:21
އިންޑިއަން އެގްޒިމް ބޭންކުގެ ލޯނެއްގެ ދަށުން ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ތަރައްގީކުރިއަސް އެތަން ހިންގާނީ ދިވެހި ސަރުކާރުން ނުވަތަ ސަރުކާރުން ކަނޑައަޅާ ދިވެހި ކުންފުންޏަކުން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ އާއި އިންޑިއާއިން ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހަނިމާދޫ އެއާޕޯޓު ތަރައްގީކުރާ ބިމުގެ ސަރަހައްދަށް 853،937 އަކަފޫޓު އިތުރުކުރަން ޕްލޭނިން މިނިސްޓްރީން މިދިޔަ މާޗު މަހު އެ ރަށު ކައުންސިލަށް ހުށަހަޅާފައި ވެ އެވެ. އެއާއެކު، އެ ރަށުގެ ޖަމިއްޔާތަކާއި އާއްމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މައްސަލަ އިތުރަށް ގޯސްވީ، ހަނިމާދޫ އެއާޕޯޓު ބޮޑުކުރަން ރަށުގެ ބިމުން ބޮޑު ބައެއް ނެގުމަށް ހުށަހަޅާފައި ވަނިކޮށް ބޭރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކުންފުނިތަކަށް އެއާޕޯޓު ހިންގޭ ގޮތަށް އުސޫލު ވެސް އިއްޔެ ބަދަލުކުރުމުންނެވެ.
And for further clarification , although Hanimaadhoo Airport will be developed by a loan facility through Indian Exim bank. The ownership operation and management of the airport will be carried out by government or assigned SOE.
— Fayyaz Ismail (@faya_i) June 14, 2021
އެ ކަންބޮޑުވުންތަކާ އެކު މިނިސްޓަރު ފައްޔާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެއާޕޯޓު ތަރައްގީކުރާނީ އެގްޒިމް ބޭންކު ލޯނުގަ އެވެ. އެކަމަކު ހަނިމާދޫ އެއާޕޯޓުގެ މިލްކުވެރިކަމާއި އެތަން ހިންގުން އޮންނާނީ ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓުގެ މައްސަލައިގައި މިހާރު އަންނަނީ ޕެޓިޝަނެއް ހަދަމުންނެވެ. "ސޭވް ހަނިމާދޫ"ގެ ނަމުގައި އޮންލައިންކޮށް ގެންދާ ޕެޓިޝަންގައި މިހާތަނަށް 214 މީހުން ސޮއިކޮށްފައިވެ އެވެ. އަދި އެކަމާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ހަނިމާދޫ ފޭސްބުކް ގްރޫޕެއްގައި މީގެ ފަސް ދުވަސް ކުރިން ހެދި ޕޯލުގެ ނަތީޖާއިން ސަރުކާރުން މިހާރު ހަދާފައިވާ ޕްލޭނާ ދެކޮޅަށް 207 ވޯޓު އަދި އެކަމަށް ތާއިދުކޮށް 17 މީހަކު ވޯޓު ދީފައިވެ އެވެ.
މީގެ 31 އަހަރު ކުރިން ހަނިމާދޫގައި ހުޅުވި ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމަށް އަންނަ މަހު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފައިވެ އެވެ. އެ ކޮމިޝަނުން މިދިޔަ މަހު އާންމުކުރު ލިޔުމުގައި ބުނީ މި ޕްރޮޖެކްޓްގައި މިހާރު ކުރިއަށް ގެންދަނީ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތެވެ. އެ މަރުހަލާގައި މި ފަދަ މަޝްރޫއުއެއް ފުރިހަމަކުރުމުގެ ތަޖުރިބާ އާއި ޓެކްނިކަލް ގާބިލްކަމާއި މާލީ ތަނަވަސްކަން ލިބިފައިވާ އިންޑިއާގެ ކުންފުނިތަކުން ބައިވެރިވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ފަހުދު
14 June 2021
އެއަރޕޯޓް ހިންގާނީ ދިވެހި ސަރުކާރުން. ދިވެހި ސަރުކާރު ހިންގަނީ އިންޑިޔާ ސަރުކާރުން. ލޮލް
ސަންޕަދަރި
14 June 2021
މާ ވާހަކަ ގިނަނުކޮށް ފޮނިނުކަނޑާ ތިޔަ އިސްހުގެ ބޭނުމާ ތިޔަ އިސްލާހު ގެނައީ ކޮންބަޔަކަށް ކޮންކަމަކަށް މަގުފަހި ކޮށްދޭންކަން ބުނަންވީނު. ކޮންކަމެއްތަ ފޫކޮޅަށްލާ ފޮރުވައިގެން ދެފައި ދުރުނުކުރެވިގެން ތިޔައުޅެނީ. މާދުރުދުރުން އުޅޭނެކަމެއްނެއް. ގައްދާރުންގެ ލިސްޓްގަ ތިޔަހުރީ ހިމެނިފަ.
އާދޭސް
14 June 2021
ރ ޔާމީން ޕްލީޒް ވެރިކަމާ ހަވާލުވޭ
ސަމާސާނުކުރޭ
14 June 2021
ރާއްޖެއަށް ހަދިޔާކުރި ހެލިކަޕްޓަރވެސް ދުއްވަނީ ދިވެހި ޕައިލެޓުން ! :ޕ ތިއީ މިކޮޅުގައި ތިއްބަސް އިންޑިއާ އެމްބަސީއަށް ހާޒިރީ ރިޕޯރޓް ކުރަންޖެހޭ ބައެއް.
ދައުވާ
14 June 2021
ނިކަން ހިތްވަރެއް ހުރިއްޔާ ތިހެދިފައި ހުރި އެގްރީމަންޓް ތައް ހާމަކޮށްލަ ދީބަލަ ޔަގީންތާ ނުވާނެ ކަން އެހެން ނޫންނަމަ އުތުރު ތިލަފަޅުގެ އެގްރީމަންޓް ފެނުނީސްދޯ ﷲގެ އިރާދަ ފުޅާއެކު ދިވެހި ގައުމު ވިއްކާލި ކަމުގެ ދައުވާ ތިއެންމެންގެ މައްޗަށް ކުރެވޭނެ
ސަރީފު
14 June 2021
ދިވެހިސަރުކާރުން ހިންގާނީ އިންޑިއާބޭނުންވާގޮތަށް އިންޑިއާގެ ބެލުމުގެ ދަށުން. މީރަގަޅު ގޮތަކީ...އިންޑިއާގެ ބޮޑެތި ކުންފުނިތަކުން ހިންގާ ރިޒޯޓް ތަކުގައިވެސް ދިވެހި މެނޭޖްމަންޓްއޮންނަ ތަންތަންހުރޭ ...އެހެނަސް ހިންގަނީ އިންޑިއާގެ އޯނަރުބޭނުންވާގޮތަށް އެއީ ތަފާތަކީ.
ޙާޖީ
14 June 2021
"އިނގިރޭސި މުދައްރިސް" ގެ ލަގަބު މި ލިބުނީ މިނިސްޓަރ ފައްޔާޒަށްދޯ؟
ފައްޔަބޯ
14 June 2021
ބަހުން ފޮނިކަނޑާތި ޢަމަލުގަ ސުމެއް
ކުދުބެއްޔާ
14 June 2021
ވަރަށް ސަލާމަށްފަހު ދަންނަވަމެވެ. ދިވެހިރާއްޖޭގައި ކުރާ އެއްވެސްކަމެއް ދިވެހިސަރުކާރުގެ ބެލުމުގެދަށުން ނޫންގޮތަކަށް ކުރެވިދާނެ ތޯއެވެ؟
މުޅި އޮޑި
14 June 2021
ސަރުކާރަށް އަބަދުވެސް ރޭކާލަނީ ނޫހުގަ ޖެހީމަ