ރައީސާއި ޖައިޝަންކަރު މިރޭގެ ރަސްމިއްޔާތުގައި ސަލާމް ކުރައްވަނީ: އިންޑިއާއިން އެންމެ އިސްކަން ދޭ ގައުމަކީ ރާއްޖެ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/ރައީސް އޮފީސް
10 ނޮވެމްބަރ 2025 - 14:21
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް، ހަމައެކަނި ތަރައްގީކުރުމަކުން ނުވާނެ ކަމަށާއި އެ ސަރަހައްދުގެ އިގުތިސާދު ފުޅާކުރަންޖެހޭ ކަމަށް، ކުރީގެ ރައީސް އިބްރާހިިމް ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ވެރިކަމުގައި އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދުކޮށްގެން ފެއްޓެވި ބޮޑު މަޝްރޫއު ނިންމުމަށް ފަހު ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެތަން ހުޅުވައިފަ އެވެ.
އެކަމާ ގުޅިގެން، އިބޫ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެ އެއާޕޯޓަކީ ބޮޑުތިލަދުންމަތީގެ އިގްތިސާދީ ދުވެލި ހަލުވި ކުރުމަށް މަގުފަހިވާނެ ތަނެއް ކަމަށެވެ.
އިބޫ ވިދާޅުވީ އެއާޕޯޓާ އެކު، އެ ސަރަހައްދުގެ އިގްތިސާދު ހަރުދަނާކޮށް ޓޫރިޒަމްގެ ކެޕޭސިޓީ އިތުރުކޮށް، އާ ވިޔަފާރިތަކަށް ހުޅުވާލައި އެ ސަރަހައްދުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭނެ ކަމަށެވެ.
Congratulations to the people of Hanimaadhoo and Bodu Thiladhunmathi on the official inauguration of Hanimaadhoo International Airport. The airport will prove transformative for the region’s rapid economic development.
— Ibrahim Mohamed Solih (@ibusolih) November 10, 2025
Along with the airport, Hanimaadhoo would need to strengthen… pic.twitter.com/TpC1uErguv
އެ މަނިކުފާނު ވިދާޅުވީ މިކަން ކާމިޔާބުކުރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
އިބޫ ވަނީ އެ މަޝްރޫއު ހަގީގަތަކަށް ހެދުމަށް އިންޑިއާއިން ދިން އެހީއަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.
މި މަޝްރޫއު ފެށިއިރު އިކޮނޮމިކް މިނިސްޓަރަކަށް ހުންނެވި، ފައްޔާޒު އިސްމާއިލް، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެއީ އިގުތިސާދީގޮތުން ފުދުންތެރި އަދި އަދި އުތުރުގެ ސަރަހައްދަށް ދެމެހެއްޓެނިވި ތަރައްގީ ގެނައުމަށް އެޅި މުހިއްމު ފިޔަވަޅެއް ކަމަށެވެ.
"އޭގެ ހެޔޮ އަސަރު އަންނަން އޮތް ޖީލުތަކަށް ވެސް ލިބޭނެ،" ފައްޔާޒް ވިދާޅުވި އެވެ.
A major milestone in decentralized development; the Hanimaadhoo International Airport is an important step toward an economically independent and sustainable north. Credit goes to president @ibusolih’s administration and the talented team at the @MoEDmv, as well as the Indian… pic.twitter.com/EputwMug6l
— Fayyaz Ismail (@faya_i) November 9, 2025
"މިއީ ލާމަރުކަޒީ އުސޫލުން ރާއްޖެ ބިނާކުރުމުގެ ތަސައްވުރު ހަގީގަތަކަށް ހެދުމުގައި މުހިއްމު ދައުރެއް އަދާކުރާ ކަމެއް" ގެ ގޮތުގައި ވެސް އޭނާ ސިފަކުރެއްވި އެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީ ފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ވެސް ވަނީ ހަދައިފަ އެވެ.
ހަނިމާދޫ އެއާޕޯޓަކީ 1990 ވަނަ ހިދުމަތް ދޭން ފެށި ތަނެކެވެ. އަދި 2013 ވަނަ އަހަރު އެތަން އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރި އެވެ. މި ހުރިހާ ދުވަހަކު އެތަން އޮތީ ތަރައްގީއެއް ނައިސް ވަރަށް އާދައިގެ ގޮތަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދުރުމި1
10 November 2025
ތިލަދުންމަތީގައި ރިސޯޓްތަށް ތަރައްގީކޮށް ބެޑް އިތުރު ކޮށްގެން ނޫން ގޮތަކަށް ތިތަން ފީޒިބްލް ވާނެ ގޮތެއް ނޯއްނާނެ . ރިސޯޓްތަށް އިތުކުރާނެ ޕްލޭނެއްނެތި މޑޕ ވެރިކަމުގައި ތި އެއަރޕޯޓް ބޮޑުކުރީ އިންޑިޔާގެ އަސްކަރީގެ ބޭނުމަށް . ވެރިކަން ބަދަލުވިކަން އެއީ ނަސީބު
65
10 November 2025
މީދެން ކާކު؟
ގައުމުދަ
10 November 2025
ގައުމު ދަރުވާލީމަ ނޫންތޯ ފުޅާވާނީ
ޢަލއ
10 November 2025
ވެރިކަމުގަ ހުރިއިރު ކުރަންނޭނގުނުކަމެއް ކުރާކަށް ކޮންމެހެން ގޮވާނެކަމެއްނެތް، މިހާރުއޮތީ ހުރިހައިކަމެއް ރާވާނިމިފައި، ތިއުޅެނީ މިކަމެއް މިހެންމިވީ ތިމަންނަ އެހެންގޮވީމައޭ ބުނަންވެގެން. ޥެރިކަމުގަހުރި އިރު ބެލީ ޚަޒާނާ ބަހައި ހުސްކުރެވޭތޯ، 1 ބިލިއަނާ ގާތްކުރާވަރުގެ ޑޮލަރުހުރި މީނަ ހަވާލުވިއިރު، ނިމިގެން ދިޔައިރު 200 ވެސް ހަމައެއް ނުވޭ.
ދިއްދާ
10 November 2025
ކޮވިޑުގެ ވެކްސިން ޖެހިންތޯ. ޖަހާފަހުރިހެން ހީނުވޭ. ލަންކާ ބަނގުރޫޓުވީ ބޯހަރު ރައީސަކު ހިންގަން ހުރީމާ. އެންމެންނާ ގުޅޭ މަޑުމައިތިރި ރައީސެއް ދިވެހިރާއްޖެއަށް ލިބުން އެއީ ދިވެހިންގެ ނަސީބު އެވަގުތުގައި. ބުނާތީ އިވެނީ އަންނި ބުނެކިޔާގެންނޭ ރާއްޖޭގެ ބޯޑަރު ހުޅުވާލަދިނީ ލޮބުވެތި އިބޫ ރައީސް. އަންނި ބޮޑުވަޒީރު ކަމައިގެން ނޫޅުނު ނަމަ މޑޕ ވެރިކަން ކުރީސް ދެވަނަ ދައުރުގައި.
ދަރުވާ
10 November 2025
އިބޫ ބޯހަރު ކަމުން 120 ބިލިއަނުން ދަރުވާލީ