ޚަބަރު / އިދިކޮޅު ފަރާތްތައް

ނަފުރަތު ހުއްޓުވާ ބިލާ މެދު އިދިކޮޅު މެމްްބަރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ހިސާން ހުށަހެޅުެއްވި ބިލާ މެދު އިދިކޮޅު މެމްބަރުން މިއަދު ކަންބޮޑުވުން ފާޅުކުރެއްވި.

ދީނީ އަގީދާއާ ގުޅުވައި މީހުންނާ މެދު ނަފުރަތު އުފެއްދުން ހުއްޓުވަން ގާނޫނުލްއުގޫބާތަށްް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ މެދު ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން މިއަދު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވައިފި އެވެ.

މުސްލިމަކާ ދިމާއަށް ކާފަރެކޭ ނުވަތަ ލާދީނީ މީހެކޭ ގޮވުމަކީ ޖިނާއީ ކުށަކަަށް ހަދަން ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާހަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ބިލު އޮތް ގޮތުން، އިސްލާމްދީނުގެ ދިފާއުގައި ވާހަކަ ދައްކާ ކޮންމެ މީހަކު ޖަލަށް ދާން ޖެހިދާނެ ކަމަށް ދެކެވަަޑައިގަންނަވާ ކަމަށެވެ.

އޭނާ ވިދާޅުވީ ނަފުރަތު އުފެއްދުން ހުއްޓުވުމަކީ މިހާރު ހުރި ގާނޫނުތަކުން ވެސް ކުރެވެން އޮތް ކަމެއް ކަމަށެވެ.

ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އެ ބިލުން ހަނިވާ ކަމަށް ތުހުމަތު ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވިގޮތުގައި، އެއީ ގާނޫނުއަސާސީއާ ހިލާފު ކަމެކެވެ. އޭނާ ވިދާޅުވީ، ނަފުރަތު އުފައްދަައިގެން މީހުންނަށް ގެއްލުން ދިނުން ފަދަ ކުށްތައް މީހުން ކުރަނީ ހަމަ އެކަނި ދީނީ ގޮތުން ދައްކާ ވާހަކަތަކެއްގެ ބަދަލުގައި އެހެން އެތައް ނޫފޫޒެއް ވައްދައިގެންނެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ބާވަތުގެ އިޖުތިމާއީ މައްސަލަތައް، އެ މައްސަލަތަކުގެ ސަބަބުން ލޭ ހުއްދަވާ [ކަމަށް މީހުން ބުނާ] ހިސާބަށްް ދަނީ އަޅުގަނޑުމެން އެކަންތައްތަކުގެ ތެރެއަށް އެތައް ކަންތައްތަކެއް ގަޑުބަޑުކޮށް، ދީނީ މައްސަލަތަކާއި ސިޔާސީ ކަންތައްތަކާއި އެތައް ނުފޫޒެއް އޭގެ ތެރެއަށް ވައްދައިގެން،" އާދަމް ޝަރީފް ވިދާޅުވި އެވެ.

އޭނާ މަޖިލީހުގައި މިއަދު ދައްކަވަމުން ގެންދެވި ވާހަކަތަކާ މެދު އެމްޑީޕީގެ ބައެއް މެމްބަރުން ނުރުހުން ފާޅުކުރައްވައި، ނިޒާމީ ނުކުތާތައް އެތައް ފަހަރަކު ނެންގެވި އެވެ. އެ ވާހަކަތަކަށް ރައްދު ދެއްވައި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވީ ބިލާ ބެހޭ ގޮތުން ވާހަކަ ދައްކަވަނީ ބިލު ވަރަށް ރަނގަޅަށް ދިރާސާ ކުރައްވައިގެން ކަމަށެވެ.

އިދިކޮޅުން ބޭއްވި މީޑިއާ ބްރީފިންގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"ﷲގެ ޒާތުފުޅަށް ކުޑައިމީސް ބަސް ބުނެ އިސްލާމްދީނަށް ނިކަމެތިވާނެ ކަންތައްތަކުގެ ވާހަކަ ދެއްކީމާ އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނާ މީހާ ވެސް ޖަލަށް ލާނެ [މި ބިލުގައި އޮތް ގޮތުން]" އޭނާ ވިދާޅުވި އެވެ.

މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ބިލު ފަރުމާކޮށްފައި އޮތީ ސިޔާސީ ގޮތުން މީހަކު ދައްކާ ވާހަކައަކަށް ދީނީ އިލްމުވެރިއެއްގެ ނަޒަރިއްޔާ އިން ވެސް އެއްޗެއް ނުބުނެވޭ ގޮތަށް ކަަމަށާއި އާއްމު ތަނެއްގައި އިސްލާމްދީނާ ހިލާފު ކޮންމެ ފަދަ އަމަލެއް ހިންގިޔަސް އެއްޗެއް ނުބުނެވޭ ވަރަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން، އެ ބިލުން ހަނިކުރާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސޯޝަލް މީޑިއާ މިހާ އިންޓެންސްކޮށްް އޮތް އިރު ދިވެހިރާއްޖޭގައި މުސްލިމު އިލްމުވެރިންނަށް ވަރަށް ފުޅާ ދާއިރާއެއްގައި ފުރުސަތު ދޭން ޖެހޭ،" ސައީދު ވިދާޅުވި އެވެ.

ނިޒާމީ މައްސަލައެއް ކަމަށް ވިދާޅުވެ، ފުރުސަތެއް ހޯއްދަވައިގެން ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ޝިޔާމް އެއީ ގާނޫނު އަސަސާސީއާ ހިލާފު ބިލެކެވެ. ވާޗުއަލްކޮށް ކުރިއަށް ގެންދާ ޖަލްސާއެއްގައި އެ ބިލަށް ބަހުސް ކުރުމުގެ ބަދަލުގައި އެ ބިލަށް ބަހުސް ކުރަން ޖެހޭނީ މަޖިލީހުގެ ތަޅުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަކިިން ހާއްސަކޮށް ގާނޫނުއަަސާސީއާ ހިލާފު ބިލެއް މިއީ. ގާނޫނުއަސާސީގެ 10 ވަނަ މާއްދާއާ ހިލާފު ބިލެއް މި އޮތީ މަޖިލީހަށް ހުށަހަޅާފައި،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ހުށަހެޅި އިސްލާހާ މެދު ރާާއްޖޭގެ ބައެއް ދީނީ އިލްމުވެރިން ވެސް ކުރިން ވަނީ ކަންބޮޑުވުން ފާާޅުކުރައްވައިފަ އެވެ. އެ ގޮތުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކަށް ރައްދު ދެއްވައި ހިސާން މިއަދު ވިދާޅުވީ މީހެއްގެ އަގީދާ ބަލިކަށިވުމުން އެ މީހަކަށް ނަސޭހަތްތެރިވުން ފަދަ ކަންތައްތައް ބިލުން މަނާ ނުކުރާ ކަަމަށެވެ. ބިލު ހުށަހެޅީ ދީނީ ވިސްނުމަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

2 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކުޑަވަޒީރު

15 June 2021

މާތް ކަލާކޯ... މިއޮތީވާ އިދިކޮޅެއް! މި ބިލާ ދެކޮޅަށް ދެއްކިކަމަ އެމްޑީޕީ ދެ މެންބަރުންގެ ވާހަކަ މާ ޤަބޫލުކުރެވޭ

The name is already taken The name is available. Register?

ގާނޫނުއަސާސީޔޯލަ

15 June 2021

ގާނޫނު އަސާސީއާއި ޚިލާފުވީ ކޮންތަނެއް. މުސްލިމަކު ކާފަރުކުރެވޭނެ ގޮތް ދީނުގައި އެބައޮތް. ދީނީ އިލްމްވެރިޔަކަސް އަދި އެހެންމީހަކަސް މީހަކު ކާފަރުކުރެވޭނީ އެހަމަތަކުގެ މަތިން. މަގުމަތިން މީހުން ކާފަރުކުރުމަކީ މިދީނުގައި އޮންނަގޮތެއް ނޫން. އެމަންޒަރުތައް އަހަރެމެންނަށް ފެންނަނީ މިޒަމާނުގައި ޓީވީތަކުން ދައްކާތީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454