ޚަބަރު / ޓެކްސް

އިސްތިއުނާފަށް ހުށަހެޅުމުން ހުކުމް ތަންފީޒުކުރުން ފަސްކުރަން ކޮންމެހެން ނުޖެހޭ: ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސުޕްރީް ކޯޓު: އެ ކޯޓުން މިއަދު ނިންމާފައި ވަނީ އިސްތިއުނާފު ކުރުމަކީ ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނެރެން ޖެހޭ ކަމެއް ނޫން ކަމަށް -- މިހާރު ފޮޓޯ/ ހުސެއިން ވަހީދު

މަދަނީ މައްސަލައެއް އިސްތިއުނާފު ކުރަން ހުށަހެޅުމުގެ މާނަ އަކީ އެ މައްސަލައިގައި ހުކުމް ތަންފީޒު ކުރުން އޮޓަމެޓިކުން ފަސް ކުރުމުގެ އަމުރެއް ނެރެން ޖެހުން ނޫން ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި އެވެ.

މޯލްޑިވްސް ކޮލިޓީ ސީފުޑް ކުންފުނިން އިތުރަށް ދެއްކިފައިވާ ކަމަށް ބުނާ ޓެކްސްގެ މައްސަލައެއްގައި ދެބަސްވުން އުފެދި އެ ކުންފުނިން ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލައެއް ހުށަހަޅައިފަ އެވެ. ޓްރައިބިއުނަލުން ނިންމާފައި އެ ކުންފުންޏާ އެއްކޮޅަށެވެ. އަދި މީރާއަށް އަންގާފައި ވަނީ އިތުރުވި ފައިސާ އަނބުރާ ދައްކާށެވެ.

އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމަށް ފަހު، މީރާއިން އެދިފައި ވަނީ މައްސަލަ އިސްތިއުނާފުކޮށްފައިވާތީ، ފައިސާ އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އެފަދަ އަމުރެއް ނެރެނުދީފި ނަމަ އެފަދަ ޓެކްސްގެ ދެބަސްވުންތައް އުފެދިފައިވާ، އިސްތިއުނާފު މަރުހަލާގައިވާ މައްސަލަތަކުގައި ހިމެނޭ ފައިސާ ދައްކަން ޖެހޭތީ އިސްތިއުނާފު މައްސަލަ ނިމުމުގެ ކުރިން އެފަދަ އަމުރެއް ނެރެދޭން ޖެހޭ ކަމަށް މީރާއިން ބުނެފައިވެ އެވެ. ނަމަވެސް، ހައި ކޯޓުން އެފަދަ އަމުރެއް ނެރެނުދިނުމުން މީރާއިން ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ.

ސުޕްރީމް ކޯޓުން މީގެ ކުރިން ނެރެފައިވާ "ރިޓް އޮފް ޕްރޮހިބިޝަން"ގެ ދަށުން މަތީ ކޯޓަކަށް އިސްތިއުނާފުކޮށްފި ނަމަ، އެ މައްސަލައެއްގައި ދަށު ކޯޓުން އިއްވާފައިވާ ހުކުމް ފަސް ކުރަން އަމުރު ނެރެން ޖެހެ އެވެ.

ސުޕްރީމް ކޯޓުގެ ރިޓްއާ އެއްގޮތަށް އިސްތިއުނާފަށް މައްސަލަ ހުށަހެޅުމުން، ހުކުމް ތަންފީޒު ކުރަން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށް ސުޕްރީމް ކޯޓުގައި ވެސް މީރާއިން ބުނެފައިވެ އެވެ.

އެ މައްސަލައިގައި މިއަދު ކުރި ހުކުމުގައި ވަނީ ސުޕްރީމް ކޯޓުން މީގެކުރިން އެ ރިޓް ނެރެފައިވަނީ އިސްތިއުނާފުކުރުމުގެ ހުއްދަ ނެތި އަދި މައްސަލަ ރަޖިސްޓަރީ ކުރުމަކާ ނުލައި އަދި އަޑުހުމެއް ވެސް ނުބާއްވާ ކަމެވެ. އެހެންވެ އެ ނިންމުމަކީ ކޯޓުތަކުގެ ގާނޫނުގައި ސުޕްރީމް ކޯޓުގެ އިހުތިސާސްކަމުގައި ކަނޑައަޅާފައިވާ ކަންކަމުގެ ބޭރުން، އަދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމަށް އޮންނަ އިޖުރާއަތުގެ ވެސް ބޭރުން ކުރިން ނިންމާފައިވާ ނިންމުމެއް ކަމަށް ހުކުމުގައިވެ އެވެ.

މައްސަލައެއް އިސްތިއުނާފު ކުރުމަކީ އެކަމުގެ ސަބަބުން އޮޓަމެޓިކުން ހުކުމް ތަންފީޒުކުރުން ފަސްކުރަންޖެހޭ ސަބަބެއް ނޫން ކަމަށަށާއި ހުކުމް ތަންފީޒުކުރުން ފަސްކުރެވޭނީ އިސްތިއުނާފީ ކޯޓަކުން އެފަދައިން އަމުރު ކުރުމުން ކަމަށް ހުކުމުގައިވެ އެވެ. މިއީ ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާގައި ބުނާ ގޮތެވެ.

ގާނޫނީ އާންމު އުސޫލަށް ބަލާއިރުވެސް، މައްސަލައެއް އިސްތިއުނާފު ކުރުމަކީ އޭގެ ސަބަބުން [އޮޓޮމެޓިކުން] ހުކުމް ތަންފީޒުކުރުން ފަސްކުރަންޖެހޭ ސަބަބެއް ނޫން

"ގާނޫނީ އާންމު އުސޫލަށް ބަލާއިރުވެސް، މައްސަލައެއް އިސްތިއުނާފު ކުރުމަކީ އޭގެ ސަބަބުން (އޮޓޮމެޓިކުން) ހުކުމް ތަންފީޒުކުރުން ފަސްކުރަންޖެހޭ ސަބަބެއް ނޫނެވެ." ހުކުމުގައިވެ އެވެ.

މީރާ އިން ވަނީ ހުކުމް ތަންފީޒުކުރުން ފަސް ކުރުމުގެ އަމުރެއް ނެރެނުދީފި ނަމަ މީރާގެ އިސްތިއުނާފު ކުރުމުގެ ހައްގަށް އުނިކަން އަންނާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގައި ބުނެފަ އެވެ.

ނަމަވެސް، ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެންގުމަކީ ގާނޫނަކުން ކޯޓަށް ލިބިގެންވާ ބާރެއްގެ ތެރެއިން އަންގާ އެންގުމެއް ކަމަށް ވާތީ، އެ ނިންމުން ނިންމުމަށް ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެފަދަ އަމުރެއް ނެރެން ނޫނީ ނެރެން ކޯޓަށް އިހްތިޔާރު އޮންނާނެ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ހުކުމް ތަންފީޒުކުރުން ފަސް ކުރުމާ މެދު ހައިކޯޓުން ގޮތް ކަނޑައަޅާފައި ވަނީ ގާނޫނުގެ އިމުގެ ތެރެއިން، އެ ކޯޓަށް ލިބިގެންވާ ބާރެއްގެ ބޭނުންކޮށް ކަމުގައި ވާތީ، އެކަމަކީ އަސާސީ ހައްގަކަށް އުނިކަން އަންނަ ގޮތަށް ކޮށްފައިވާ ކަމެއް ކަމަށް ނުދެކޭ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ނިންމުމެއް އިސްތިއުނާފު ކުރުމުގެ މާނަ އަކީ އެ ނިންމުން ތަންފީޒުކުރަން އަމުރެއް ނެރެން ޖެހޭ ކަމެއް ނަމަ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަކީ އިސްތިއުނާފުކުރުމުގެ ނަތީޖާއެއްގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައި އޮންނާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

"ނިންމުމެއް އިސްތިއުނާފުކުރުމަކީ އެ އަމަލުން އިސްތިއުނާފު ކުރެވުނު ނިންމުން ތަންފީޒުކުރުން ފަސްކުރަން ޖެހޭ ސަބަބެއް ކަމުގައިވާ ނަމަ، އެކަމާ މެދު ގޮތް ކަނޑައެޅުމަށް ކޯޓަށް ބާރު ލިބިދީފައި އޮތުމުގެ ބަދަލުގައި، ހުކުމް ތަންފީޒުކުރުން ފަސްކުރުމަކީ އިސްތިއުނާފު ކުރުމުގެ ނަތީޖާއެއްގެ ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައި އޮންނާނެ ކަމަށް ގަބޫލު ކުރަމެވެ." ހުކުމުގައިވެ އެވެ.

ފަނޑިޔާރު ޝުޖޫންގެ އިތުރުން ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ބެއްލެވި އެ މައްސަލައިގައި ނިންމާފައި ވަނީ މީރާއަށް ހުކުމް ތަންފީޒު ކުރުމުގެ އަމުރެއް ނެރެ ނުދިނުމަށެވެ.

މިގޮތަށް ނިންމާފައިވީ ނަމަވެސް، ދާދި ފަހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައެއްގައި އެ ކޯޓުން ވަނީ އެ ކޯޓުގައި މައްސަލަ ބަލާތީ ވަގުތީ އަމުރެއް ނެރެދީފަ އެވެ. އެއީ އުރީދޫ މޯލްޑިވްސްއިން އަމީން ކޮންސްޓްރަކްޝަނަށް ރައްދުވާ ގޮތަށް ހުށަހެޅި މައްސަލައެކެވެ.

3 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 0%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބައިރޯ

17 June 2021

ޔާމީނުގު ޝަރިއަތްވެސް ނިކަން އަވަސް ކުރާތި

The name is already taken The name is available. Register?

ގާނޫނު ނުކިޔަވާ މީހާ

17 June 2021

އާ ހުކުމް ނެރެފައި މިއޮތީ މައްސަލަ އިސްތިއުނާފު ކުރުމުން ދަށު ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް އޮޓޮމެޓިކުން ނެރެން ނުޖެހޭ ކަމަށް ބުނެ. މި ހުކުމާއިއެކު މީރާއިން ހޯދަން އެދުނު އަމުރު ނެރެނުދޭން ސުޕްރީމް ކޯޓުން ނިންމާފައި މިއޮތީ މީރާގެ ހުށަހެޅުމުގައި ސުޕްރީމް ކޯޓުގެ ކުރީގެ ރިޓަށް ރިއާޔަތް ކޮށްފައިވާތީތޯ ނުވަތަ ނޫންތޯ އަދި އެ ރިޓަށް ރިއާޔަތް ނުކޮށް އެއަމުރު ހޯދަން އާ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު މީރާއަށް އޮންނާނެތޯ ނުވަތަ ނޫންތޯ މިކަންކަން ލިޔުމުގައި ސާފުކޮށްދިންނަމަ އިތުރަށް ފުރިހަމަވީސް

The name is already taken The name is available. Register?

މިހާރު އަޕް ޔޯ ގޭމް

17 June 2021

އެންމެ ފަހު ޕެރެގެރަފުގައި ތިބުނި އެއްޗަކާ މިމައްސަލައަކާ ނުގުޅެއެއްނު؟ ތިކިޔަނީ ވަގުތީ އަމުރުގެ ވާހަކަ. ހުކުމުގައި އޮތީ ހުކުން ތަންފީޒުކުރާ އަމުރޭނޫންތަ އެއޮތީ ލިޔެފަ؟ އެ ދެއެތި ގުޅޭގޮތް ކިޔާދީބަލަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454