ޚަބަރު / ހައުސިން ޔުނިޓް

މިސަރުކާރުން ތިން ކޮޓަރީގެ ފްލެޓް އަޅަނީ ފިނިޝިންއާ އެކު، ޔުނިޓެއް 66،000 ޑޮލަރަށް

ހުޅުމާލޭ ފޭސް ދޭއްގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ޓަވަރުތަކެއް-- މިހާރު ފައިލް ފޮޓޯ

މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓްތައް އަޅަނީ ފިނިޝިން މަސައްކަތްތައް ހިމެނޭ ގޮތަށް ޔުނިޓެއް 62،000-66،000 ޑޮލަރާ ދެމެދުގެ އަގަކަށް ކަމަށް ރައީސް އޮފީހުން އިއްޔެ ބުނެފި އެވެ. މި އަދަދަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި ހިޔާ މަޝްރޫއުގެ ދެ ކޮޓަރީގެ ފްލެޓްތަކުގެ ޔުނިޓަކަށް ގާތްގަނޑަކަށް ޖެހޭ އަގެވެ.

ހުޅުމާލޭ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ ފްލެޓް އެޅުމަށް ޗައިނާގެ ސްޓޭޓް ކޮންސްޓްރަކްޝަން އިންޖީނިއަރިން ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ފްލެޓްތަކުގެ ފިނިޝިން މަސައްކަތް އެ ކުންފުނިން ނުކުރާނެ އެވެ. އެ މަސައްކަތް ކުރަން ޖެހެނީ އެތަންތަން ލިބޭ މީހުންގެ އަމިއްލަ ހަރަދުގަ އެވެ. އަދި ފްލެޓް އެޅުމުގެ މަސައްކަތް އެ ކުންފުނިން ކުރަނީ ޔުނިޓަކަށް 62،000 ޑޮލަރުގެ އަގުގަ އެވެ.

ރައީސް އޮފީހާއި އެޗްޑީސީ ގުޅިގެން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މި ސަރުކާރުން ތިން ކޮޓަަރީގެ ފްލެޓް އަޅަނީ ފިނިޝިން މަސައްކަތް ވެސް ހިމަނައިގެން ކަމަށެވެ. އެކަމަކު ހިޔާ މަޝްރޫއުގައި ދެ ކޮޓަރީ ފްލެޓްތައް ހިމެނޭއިރު އެތަން ވެސް އަޅާފައި ވަނީ ބޮޑު އަގުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތަނަށް ވުރެ [ހިޔާ ފްލެޓް] އަށް ވުރެ ބޮޑުވާނެ، 750 އަކަފޫޓަށް ވުރެ ބޮޑުވާނެ ކޮންމެ ޔުނިޓެއް ވެސް އޭގެ ތިން ކޮޓަރީގެ ޔުނިޓެއް ހަދަން، އެއީ ކުލަލައި ފަންކާ ހަރުކޮށް، ތަށިމުށި ޖަހައި މިހުރިހާ ކަމެއް ކުރީމަ މިސަރުކާރުގެ ތިން ކޮޓަރީގެ އެޕާޓްމަންޓްްތަކަށް މިހާރު އެއްބަސްވެފައިވާ އަގުތައް އުޅެނީ ގާތްގަނޑަކަށް 62،000-66،000 ޑޮލަރާ ދެމެދުގައި،" މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރީ ސަރުކާރުން ހިޔާ ފްލެޓް އަޅަން ހަވާލުކުރީ ތިން ކޮޓަރީގެ އެޕާޓްމަންޓް ހެދުމަށްދާ އަގުގަ އެވެ. އަދި އެފަދަ ބޮޑު އަގެއްގައި ހަދާއިރު އެތަނުގެ އެތެރޭގެ އެއްވެސް މަސައްކަތެއް ހިމަނާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ މަޝްރޫއުގެ ފްލެޓް އަޅަން ހަވާލުކުރި ކުންފުންޏަކީ އެ މަޝްރޫއު ހިންގުމަށް ޝައުގުވެރިވެރިކަން ފާޅުކޮށް ބިޑް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އަގު ހުށަހެޅި ކުންފުންޏެވެ.

އެ މަޝްރޫއު ހިންގުމަށް ހަވާލުކުރި ކުންފުނި ފިޔަވައި އެހެން ހުރިހާ ކުންފުންޏަކުން ވެސް ޕްރޮޕޯސަލް އަގުކޮށްފައި ވަނީ ޔުނިޓެއް 50،000 ޑޮލަރު (771،000ރ.) އާއި 52،000 ޑޮލަރު (801،840ރ.) އާ ދެމެދުގަ އެވެ.

"މާލޭގައި ކޮމްޕެޓިޓިވްކޮށް ކޮންސްޓްރަކްޝަން ރަނގަޅަށް ފިނިޝިންއާ އެކު ހަދާ ތަނަކަށް ވުރެ ވެސް އަގު ބޮޑު. އޭރުގެ ސަރުކާރަށް ދެން ހުށަހަޅާފައި ހުރި ހުރިހާ ޕްރޮފޯސަަލްގެ ތެރެއިން ވެސް އެންމެ އަގުބޮޑު ޕްރޮޕޯސަލް. އަދި މިހާރު މި ސަރުކާރުން ހިންގާ ޕްރޮޖެކްޓްތަކާ އަޅާ ކިޔާއިރު މި ސަރުކާރުން އަޅާ ތިން ކޮޓަރީގެ 750 އަކަފޫޓުގެ ފިނިޝިންއާ އެކީ އެޕާޓްމަންޓެއްގެ އަގު މީގެ ޔުނިޓަކަށް އެބަޖެހޭ،" މަބްރޫކް ވިދާޅުވި އެވެ.

މި ސަރުކާރުން އެޕޯލޯ ހޯލްޑިންއާ ހަވާލުކޮށްގެން ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ ހައުސިން މަޝްރޫއުގެ ދަށުން 1،000 ފްލެޓް އަޅާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ކައުންސިލް ހައުސިންގެ 120 ޔުނިޓާއި އެފޯޑަބަލް ހައުސިންގެ 220 އަދި މިޑްރޭންޖް ހައުސިންގެ 660 ޔުނިޓެވެ. އޭގެ އިތުރުން ވެސް ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް އެބަ ކުރިއަށް ގެންދެ އެވެ.

56 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 0%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑަރޯގާ

19 June 2021

މަބޫ ރުފިޔާއިން ކިޔާބަލަ، ކޮން ޑޮލަރެއްތަ؟

The name is already taken The name is available. Register?

ކުދުބެއްޔާ

19 June 2021

އަދި މީގަ އެންމެ ނިޔަތް ނުބައިކަމަކީ ކޮންސްޓްރަކްޝަން ޕީރިއަޑްގަ ކުލި ދައްކަން ޖެ ހުން. ނަސީބެއް އެކަން އެގޮތަށް ނުވެއްޖިއްޔާ. ޝާމްކައިރީ ބުނޭ ކުލި ދެއްކޭނީ ކޮންސްޓްރަކްޝަން ނިމުނީމައޭ.

The name is already taken The name is available. Register?

ކަމެއްކޮށްބަލަ

19 June 2021

25 ބުރީގެ ޢިމާރާތް ހެދޭވަރުގެ ބަޔަކު މިރާއްޖެއަކު ނެތް. ނާޤާބިލު ބަޔަކާ ޙަވާލުކޮށްގެން ނުހެދި ހުރުމަށްވުރެ އަގުބޮޑުކޮށްވެސް ތަން އަވަހަށް ނިންމުން މާ މުހިންމު. ބަލާބަލަ އަންމަޓީއާ ފްލެޓް އަޅަން ހަވާލުކުރީމަ ވީގޮތް. ބަލާބަލަ ފުލުހުންނަށް އަޅާ 300 ފްލެޓަށް ވެފަހުރިގޮތް. މިނޫނަސް ނާގާބިލު މީހުންނާ ހަވާލުކޮށްގެން ކިތައް ޕްރޮޖެކްޓްތޯ ހުއްޓިފަ އެހުރީ؟ ދަރުމަވަންތަ ހޮސްޕިޓަލާއި، ހިޔާ ފްލެޓުތަކާއި، ބުރިޖު ފަދަ ބޮޑެތި ޕްރޮޖެކްޓްތައް އެވަނީ ނިމިފަ.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

19 June 2021

ތި ސިޔާސީ މީހުން ދައްކާ ވާހަކަ ގަބޫލު ކުރަން ހެޔޮ ނުވާނެ. އެމްޑީޕީ ސަރުކާރުން ގާކޮށީ ފްލެޓާއި އަރަބިއްޔާ ފްލެޓް ވިއްކަން ނިންމި އަގަކީ 12 ލައްކަ ރުފިޔާއަށް. ޔާމީނުގެ ވެރިކަމުގައި އެ ފްލެޓް ވިއްކީ 2.2 މިލިއަން ރުފިޔާއަށް. ޔާމީނުގެ ވެރިކަމުގައި ހިޔާ ފްލެޓަކަށށް މަހަކު ދައްކަން ޖެހޭ ފައިސާގެ އަދަދެއް ކަމަށް ނިންމީ 6500ރ ނަމަވެސް އިބޫގެ ސަރުކާރުން މިނިންމީ 8500ރ.

The name is already taken The name is available. Register?

އަހުމަދު އަލީ

19 June 2021

މި ކޮންޓްރެކްޓް ތަކުގެ ހުރިހާ ޓާރމްސް އެއް ހާމަ ކުރްން ކެރޭނެބާ. އަގު ކޮމްޕަންސޭޓް ކުރެވޭނެ ބައިވަރު ގޮތް ހުރޭ.

The name is already taken The name is available. Register?

ސަމްސިއްޔާ

19 June 2021

ހަމަ އެކަނި އަގެއްނުން މުހިއްމުވާނީ. އެކަކަމަށް ގާބިލު ކުންފުންޏެއްތޯވެސް ބަލަން ޖެހޭނެ. ނިންމާނެ މުއްދަތުވެސް މުހިއްމުވަނެދޯ. ކަންކަން އޮޅުވާލުމުގެ ބަދަލުގައި ހަގީގަތް އޮޅުވާލުން އެއީ އެންމެ ރަނގަޅުގޮތެއްނޫން.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

19 June 2021

ޔާމީން ވެރިކަމުގަ ހުރިނަމަ ފިނިޝިން ހަދާފަ ކުޑަ އަގެއްގެ ކުއްޔަށް ދޭނެ.ލޯނު ނަގައިގެން ކަމެއްކުރަން އެނގޭނީ ވެސް އެކަމުގެ އިލްމް އަދި ހުނަރު ހުރި ބަޔަކަށް.މުޒާހިރާ ނޫން ކަމެއް ކުރަން ދަސްވެފަ ނެތް ބަޔަކަށް ގައުމެއް ނުހިންގޭނެ.އެއީ ކުރެވޭނެ ކަމެއް ނޫން.އެމްޑީޕީ ޖެހޭނީ 2023ގަ މަހަށް ދާން.ވ.ވެދުން

The name is already taken The name is available. Register?

ފަފީ

19 June 2021

ކޮންމެހެނެއް ހަދާފަވެސް ކުރީ ސަރުކާރުން ކަނޑައެޅި އަގަށްވުރެ މިސަރުކާރުގެ ފްލެޓްގެ އަގު ތިރިކުރާނެ، ވޯޓް ލިބޭނީ އޭރުން. ހަމަ ދެންފަހަރަކުން ވެރިކަމަށް ހޮވޭއިރަށް ފްލެޓް ޓެކްސްގެ ނަމުގައި އިތުރު ޓެކްސްނަގައިގެން އަގު ޑަބަލް ޖައްސާލާނެ

The name is already taken The name is available. Register?

ގހގހ

19 June 2021

66 ހާސް ޑޮލަރު ކުޑައެއް ނޫނޭ. ފޭކު ނުޖައްސާ. އޮޅުވާ ނުލާ. ކަޓްކަޓް

The name is already taken The name is available. Register?

7777

19 June 2021

ފޭކު ނުޖައްސާ އަޅަނީ ހުސް ބޮޑު އަގުގަ ވިއްކާ ފްލެޓް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454