ވެލިގަނޑު އައިލެންޑް ރިސޯޓު. މި ރިސޯޓު މިވަނީ ދުނިޔޭގެ އެންމެ ރީތި ބީޗް ހޮވުމަށް ބޭއްވި މުބާރާތުގެ ފައިނަލަށް ގޮސްފައި
21 ޖޫން 2021 - 15:05
ދުނިޔޭގެ އެންމެ ރީތި ބީޗު ހޮވަން ބޭއްވި މުބާރާތުގެ ފައިނަލަށް ރާއްޖޭގެ "ވެލިގަނޑު އައިލެންޑް ރިސޯޓު" ހިނގައްޖެ އެވެ.
ވެލިގަނޑު އައިލެންޑް ބީޗް ވާދަކުރަނީ ސީޝެލްސްގެ ރިސޯޓެއް ކަމަށްވާ އެންސް ކޮކޯއާ އެވެ. "ވޯލްޑް ޗެމްޕިއަންޝިޕް އޮފް ބެސްޓް ބީޗް" މުބާރާތް ކުރިއަށް ދަނީ އޮންލައިން ޓްރެވަލް އޭޖެންސީއެއް ކަމަށްވާ އެމެރިކާގެ ކިވީ އިންނެވެ. މިމުބާރާތުގެ ހަތަރު ބުރެއްގައި ވާދަކޮށް ވެލިގަނޑު އައިލެންޑް ވަނީ ކުރިހޯދައި ފައިނަލަށް ގޮސްފަ އެވެ.
ވެލިގަނޑު އައިލެންޑް ރިސޯޓު.
މި ރިސޯޓު ހިންގަނީ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިންނެވެ. ކްރައުން އިން ބުނީ ވެލިގަނޑު ފަދަ ރިސޯޓެއް މިފަދަ މުބާރާތެއްގައި ވާދަކޮށް ފައިނަލަށް ދިއުމަކީ މުޅި އިންޑަސްޓްރީ ޕްރޮމޯޓްވުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އެންމެ މަގްބޫލު ބީޗް ހޮވަނީ އިންސްޓަގްރާމުގައި ނަގާ ވޯޓަކުންނެވެ. ކިވީގެ އިންސްޓަގްރާމް އެކައުންޓަށް ގޮސް އާންމުންނަށް ވެސް ވޯޓު ލެވޭނެ އެވެ.
އިންޓަގްރާމް ޕޯސްޓް
ވެލިގަނޑު އައިލެންޑަކީ ގުދުރަތީ ގޮތުން އުފެދިފައިވާ ދިގު ބީޗެއް އޮންނަ ރަށެކެވެ. އއ އަތޮޅުގައި އޮތް މި ރިސޯޓަކީ ރާއްޖޭގައި ވެސް އެންމެ ބޮޑު އެއް ގޮނޑުދޮށް އޮތް އެއް ރަށެވެ. އެ ރިސޯޓުގެ ބީޗްގެ ދިގުމިނުގައި 150 މީޓަރު ހުރެ އެވެ. އެ ރިސޯޓުގެ ބީޗް ސަރަހައްދުގައި ވެސް ޓޫރިސްޓުންނަށް ހިތްފަސޭހަކޮށްލަން ތިބެވޭނެހެން ހަޓް ހުންނަނީ ޖަހައިފަ އެވެ. މިއީ 1984 ގައި ހުޅުވި ރިސޯޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
21 June 2021
އަޅުގަނޑުވެސް މިއުޅެނީ މިކަހަލަ މުބާރާތެއް ފަށައިގެން. އެ ޕްރޮގްރާމަށް ފުރަތަމަ ލައިކް ލިބެންއޮތީ މިހާރު ނޫހަމަ މިޙަބަރު ޖަހާލީމަ.