އުނގޫފާރު ދާއިރާގެ މެމްބަރު ވައްޑެ: ޝަރީފާ ދެމެދު މިއަދު ހޫނު ޒުވާބެއް ދިޔަ.
21 ޖޫން 2021 - 16:51
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުންގެ މެދުގައި ބޮޑު އަރައިރުމެއް ހިނގައިފި އެވެ.
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އާއި އެމްޑީޕީގެ އެހެން ބައެއް މެމްބަރުންނާ ދެމެދު އަރައިރުމެއް ފެށުނީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ދެއްކެވި ވާހަކައަކާ ގުޅުވައިގެން ޝަރީފް އޭނާ އަށް ކުރެެއްވި ތުހުމަތަކާ ހެދި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާނެ ތަނެއް ކަނޑައެޅުމަށްޓަކައި މަޖިލީހުގެ އިމްތިޔާޒާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ ބަހުސްގައި ވައްޑެ ވިދާޅުވީ، ނަޝީދަށް ހަމަލާ ދިނީ އެ މަނިކުފާނު ގެކޮޅުގައި ހުންނަވަނިކޮށް ނޫން ކަމަށެވެ. ނަޝީދަށް ދިން ހަމަލާ ފަދަ ކަންތައްތަކަކީ ދީނީ ހަރުކަށި ފިކުރުގެ ސަބަބުން ކުރިމަތިވާ ކަންތައްތައް ކަމަށް ތަޖުރިބާކާރުން ވިދާޅުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ދެން ބައެއް ބޭފުޅުން މި ވާހަކަ އެބަ އޮޅުވައިލައްވާ. މި ދެންނެވީ އަހުލާގީ ގޮތުން ދަށް ބަހުރުވަ ބޭނުންކުރުމާއި މީހުން މަރަން ގޮވުމާ. އެ ދެ ކަން އެއްވަރެއް ނުކުރެވޭނެ،" ވައްޑެ ވިދާޅުވި އެވެ.
މަރަދޫ ދާއިރާގެ މެމްބަރު ޝަރީފަށް ލިބިވަޑައިގެންނެވި ފުރުސަަތުގައި ވިދާޅުވީ "އިސްލާމްދީނަކީ މީހުން މަރާ ދީނެކޭ، ލޭ ހުއްދަކުރާ ދީނެކޭ" ވައްޑެ ވިދާޅުވި ކަމަށާއި އެކަމާ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް ވަައްޑޭގެ ވާހަކަައިގައި ސީދާ އެހެން ވިދާޅެއް ނުވެ އެވެ.
ވައްޑޭ ވިދާޅުވީ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި މަޖިލީހުގެ ރައީސް ނަޝީދަށް ދިން ހަމަލާ އަދި އެފަދަ އެހެން ހަަމަލާތަކަކީ ދީނާ ގުޅުވައިގެން ނަފުރަތު އުފެއްދުމުގެ ނަތީޖާ ކަަމަށެވެ.
"މިއީ އެއްވެސް ހާލެއްގައި ހިޔާލުފާޅުކުރުމެއް ނޫން. މީހުންގެ ލޭ ހުއްދަކުރުން އެއީ. ހިޔާލުފާޅުކުރުމެއް ނޫން މީހުން ގަތުލުކުރަން ހިތްވަރުދިނުން އެއީ،" އޭނާ ވިދާޅުވި އެވެ.
އަގީދާއާއި ގުޅުވައިގެން ނަފުރަތު އުފެއްދުން ކުށަކަށް ހަދަން ސަރުކާރުން ހުށަހަޅާފައިވާ ބިލަށް "ސެކިއުލާ" ބިލޭ ކިޔައިގެން ދެކޮޅަށް ދައްކާ ވާހަކައަކީ ސިޔާސީ ބޭނުމެއްގައި ދައްކާ ވާހަކައެއް ކަމަށް ވެސް ވައްޑެ ތުހުމަތުކުރެއްވި އެވެ.
އެކަމަކު ޝަރީފު ތުހުމަތު ކުރެއްވީ ވައްޑޭ ނުދައްކަވާ ވާހަކައެއް ދެއްކެވި ކަމަށެވެ.
އެ ހިސާބުން ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައިގެން ވައްޑެ ވިދާޅުވީ އެންމެންނަށް އިވޭހެން ދެއްކެވި ވާހަކައެއް، ޝަރީފު ކަނޑައެޅިގެން އޮޅުވާލައްވައި، އޭނާ އަށް [ބަޔަކު] ހަމަލާދޭން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވާތީ އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. އެކަން ރިޔާސަތުން އިސްލާހު ކޮށްދޭން ވެސް ވައްޑެ އެދިވަޑައިގަތެވެ.
ޝަރީފްގެ ވާހަކައާ ގުޅިގެން މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އިންތި ވެސް އިސްލާމްދީނާ ހިލާފަށް ވާހަކަ ދައްކަވާ ކަމަށް ޝަރީފު ތުހުމަތު ކުރެއްވި އެވެ.
އެއާއެކު ނިޒާމާ ބެހޭ ނުކުތާއެއް ނަންގަވައި އިންތި ވެސް ޝަރީފުގެ ވާހަކައާ މެދު އަނެއްކާވެސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ޝަރީފު އެގޮތަށް ވާހަކަ ދައްކަވަނީ ޝަރީފުގެ ނަން ވެސް ހިމެނޭ ގޮތަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓް އާއްމުކުރުމުން ކަމަށް ތޯ އިންތި ސުވާލުކުރެއްވި އެވެ.
އެ ވާހަކަ އަށް ރައްދު ދެއްވައި ޝަރީފު ތުހުމަތުކުރެއްވީ އެއީ [އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި ޝަރީފުގެ ނަން ހިމެނުން] އިންތި އާއި ވަައްޑެ ރާވައިގެން ކުރެއްވި ކަމެއް ކަމަށެެވެ. އެ ރިޕޯޓާ ގުޅުވައި، ޝަރީފްގެ އަގުވައްޓައިލަން ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް) ވެސް ވާހަކަ ދައްކަވާ ކަމަށް ޝަރީފު ތުހުމަތު ކުރެއްވި އެވެ
މައުލޫއުން ބޭރުން ވާހަކަ ނުދައްކަވަން ރިޔާސަތުން ހަސަން އަފީފު ތަކުރާރުކޮށް އިރުޝާދު ދެއްވުމުން ވެސް ޝަރީފު އޭގެ ފަހުން މުޅިންހެން ވާހަކަ ދެއްކެވީ އެމްއެމްޕީއާރުސީގެ ރިޕޯޓާ ބެހޭ ގޮތުންނެވެ. އެ ރިޕޯޓުގައި އޭނާގެ ނަން އޮންނަން ނުޖެހޭ ކަމަށް ތަކުރާރުކޮށް ޝަރީފު ވިދާޅުވި އެވެ. މި ބޭފުޅުންގެ އަރައިރުން ހުއްޓުނީ ވާހަކަ ދައްކަވަން ޝަރީފަށް ؛ލިބިވަޑައިގެންނެވި ވަގުތު ހަމަވުމުންނެވެ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމުގެ ސީދީ
22 June 2021
ތި މަޖުލީހުގެ ބޭނުމަކީ ކޮބާކަން ބުނެދެވޭ ފެން ވަރުގެ މީހަކު ތިތާ އެބަހުރިތޯ....ހަދާ ގާނޫނަކައް އަމަލެއް ނުކުރެވޭ..ދައްކާ ވާހަކަޔަކައަކައް ވާހަކަ ދައްކާ މީހާވެސް ތަބާނުވެ...ވަރައް ވެދުން...މިގައުމުގެ ބޮޑު ޖޯކު....
ކައުންސެލަރު
22 June 2021
ތިޔަބޭފުޅުން ތިޔަބޭފުޅުންނާ ނަގޫ ގޮށްޖެހިގެން ތިއްބަވާ. ދިވެހި ރައްޔިތުންނަށް ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދީ
ޙަބީބު.
22 June 2021
ދިވެހިއޮބްޒާވަރ ސަންދާނު މިނިވަން ނޫހުގަ ލިޔުނީ ކޮންވާހަކަ ތަކެއްބާ ނަފުރަތާ ރުޅިވެރިކަމާ މީހުންގެ ލޭހުއްދަކުރާ ކަހަކަ ކިތައްވާހަކަތޯ ދެއްކެވީ މިއަދު އެމްޑީޕީގެ އެއްވެސް އަގެއްނެތްކަން ސާބިތުވޭ
އިސްމާލު
22 June 2021
ކީއްވެހޭ އެމްޑީޕީއަށް ވެރިކަންލިބޭއިރަށް ލާދީނީ ހަރުކަޝިވެ ޤައުމުގެ ތަރައްޤީ ހުއްޓި ުފައިސާނެތިގެން ކުންފުނިތަކާއި ހަރުމުދާވިއްކާ ހިސާބަށް ގައުމްދަނީ ހިގުންތެރިކަން މޮޅުކަމުންބާ!
ރަދުން999
22 June 2021
މީކުޑަކުދިންތަކެއްބާ؟
އަލި
22 June 2021
ސަހަލު އެކަކުވެސް ތިތާ ނެތް. ވައްޑެ ތީ ނަފްރަރު އުފެއްދުމުގެ ބޮޑެއް. އެކަން ސޯޝަލް މީޑިއާ އިން ސާފުކޮށް ފެންނަން އެބައޮތް.
އަންނިބެ
21 June 2021
ކަލޭމެން އަރައިރުންވާން ތިބޭ. ގައުމު ނެތިދާއިރުވެސް.
ޒިންދަގީ
21 June 2021
ތިޔަތާކު ކަމުދާ އެކަކުވެސްނެތް.. މޑޕއަށް ކުރިތާއީދާއި އިޚްތިރާމާއި ދިވެހިންގެތެރެއިން ގެއްލިއްޖެ.. ޖުމްލަކޮށް ސިޔާސީ ހުރިހާ ކަމަކާއި މީހުންގެވާހަކަމީ..
ދެތިކިޕީ
21 June 2021
މި މީހުންގެ ވިސްނުމާ ފިކުރު މީހުންނަށް މީހުން މިހާރު އެނގޭ އެއީ ވައްޑޭ އަކަސް ސްޕޮޓްލައިޓަކަސް މީރު ބިލަތަކަށް އަދި ރަތް މަހަކަސް. އަމިއްލަނަފްސަށް އޮޅުވާލާ ނުބައި ބައެއްމީ.
ރަދީފްއޮފިޝިއަލް
21 June 2021
ވައްޑެ އެއީ އަބަދުވެސް ފިތުނަ އުފައްދާމީހެއް.އިނގިރޭސި ބަހުން ޓްވިޓެއް ލިޔެލަން ނޭނގޭ މީހުންނަށް މަޖްލިހުގެ ގޮނޑި ލިބުނީމަ ތިބެނީ ދުނިޔެ ރަންވެފަ.ވ.ވެދުން