އެންޑީއޭގެ ލޯގޯ: ފަރުވާ ނުފެށި އެތައް ބަޔަކު ތިބީ ކިއުގައި..-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
22 ޖޫން 2021 - 16:48
މަސްތުވާތަކެތިން ސަލާމަތްވުމަށް ފަރުވާ ހޯދަން ޑްރަގު ކޯޓުން ހުކުމްކުރިޔަސް ތަފާތު އެކި ސަބަބުތަކާ ހެދި މި ވަގުތު ފަރުވާ ނުފެށި 400 އެއްހާ މީހުން އެބަތިބި ކަމަށް ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އިން މިއަދު ބުނެފި އެވެ.
އެ އެޖެންސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކޮވިޑު-19 ގެ ސަބަބުން ރަށްތައް މޮނިޓަރިންގައި އޮތުމުން ފަރުވާ އަށް މީހުން ފޮނުވަން އުނދަގޫ ކަމަށެވެ. ނަމަވެސް، އިމަޖެންސީ ހާލަތެއްގައި އެޗްޕީއޭގެ ހުއްދައާ އެކު އެ ރަށްރަށަށް ފޮނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، މި ވަގުތު ވެސް ފަރުވާ ނުފެށި 396 މީހުން އެބަތިއްބެވެ.
އެންޑީއޭ އިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު، ހިންމަފުށީގައި ހުންނަ ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަން 258 މީހުން ވެއިޓިން ލިސްޓުގައި އެބަތިއްބެވެ. ކޮމިއުނިޓީގައި ތިބެގެން ރަނގަޅުވުމަށް ހުކުމްކޮށް، ފަރުވާ ނުފެށި ތިބި މީހުންގެ އަދަދަކީ 138 އެވެ.
ރާއްޖޭގައި މި ވަގުތު ހުރި ހަމައެކަނި ރެސިޑެންޝަލް ފަރުވާދޭ ސެންޓަރު، ހިންމަފުށީ ސެންޓަރުގެ ޖާގައަކީ 172 އެވެ. އެކަމަކު އެ ސެންޓަރުގައި ފަރުވާ ދޭ މީހުންގެ އަދަދެއް އަދި ސާފެއް ނުވެ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ދެން ގާއިމްކޮށްފައިވަނީ ޑިޓޮކްސިފިކޭޝަން ސެންޓަރުތަކެވެ.
އޮފިޝަލް ވިދާޅުވީ ފަރުވާއަށް އެ މީހުން ނުފޮނުވޭތީ އުނދަގޫވާ ކަމަށެވެ. އަދި ފަރުވާ ނިންމުމަށް ފަހު ވެސް ދާނެ ވަކި ތަނެއް ނެތުމުން އެ ސެންޓަރުން ދޫކޮށްނުލާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަރުވާ ނުފެށި ލަސްވާ ނަމަ، ތިން އަހަރުގެ ޓާމިނޭޓް ހުކުމް ތަންފީޒުކުރެ އެވެ.
އެ ވަބާ އިން ސަލާމަތްވުމަށް ފަރުވާ ނުފެށި 400 އެއްހާ މީހުން ތިބިއިރު، މާލޭގެ މިސްކިތްތަކަށް އަރައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެ ފަދަ މައްސަލަތަކަކާ ގުޅިގެން މި ފަހުން ވެސް މިސްކިތުން ބަޔަކު ހައްޔަރުކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީދީބެ
23 June 2021
ސަމަދު އަަލީ ޝަރީފް ރަމީޒު މި3 ޑީޑީޖީ އިން ބޭރު ނުކޮށް ތިތަ ނެއް ރަނގަޅެއް ނުވާނެ.
ކަލޭ
22 June 2021
ބޯޑު ބަދަލު ނުކޮށް ތިތާ އެތެރޭގަ ދަބަރު ޖަހާފަ ތިބި މީހުން ތިތަނުން ނެރެ ތަންކޮޅެއް ވިސްނުން ރަނގަޅު ޒަމާނީ ތަޢުލީމު ހޯދައިގެނ ތިބި މީހުންނަށް ވަޒީފާ ދީބަލަ، ތި ފަޒީލުމެނަށް ވީ ކޮންކަމެއް މިއޮތްހާ ދުވަސްވީއިރު.
ރިކަވަރީ ޕާސަން
22 June 2021
މަސްތުން ސާފްވެ ރިކަވަރީ ގަ ތިބުމަކީ އުދަގޫކަމެއް، ދަތިކަމެއް، މަށަކީ އެކަމުގަ 7 އަހަރު ވޭތުކުރި މީހެއް، އެކަމަކު ރަނގަޅުވާން މަސައްކަތްކޮށްފިއްޔާ ވާނެ، އެމްޑީއޭން މަސަށް ދިން 3 ޗާންސް، ދެން ޑްރަގު ކޯޓުން ވެސް ފުރުސަތުދޭދޯ ފަރުވާގަ ހެޔޮކޮށް އުޅޭ މީހަކަށް، ފަރުވާތެރޭވެސް އަބަދު ޕޮޒިޓިވްވާނަމަ އެމްޑީއޭން ނުދޭނެދޯ އަބަދު ޗާންސް، ކިއުގަ އެހެންކުދިންވެސް ތިބޭދޯ، މީކީ ހިލޭސާބަހަށް ކުރެވޭ ކަމެއް ނޫން. ހާދަ ޚަރަދުވެސް ދެއޭ، އެޑިކްޓުން ވިސްނާ ރަނގަޅުވޭ
މަސްތީ އުފާ
22 June 2021
ސުރުޚީ ކަމަކު ނުދޭ. ބައެއް މީހުން ފަރުވާ ޕްރޮގްރާމް ބޭނުންކުރަނީ ޖަލަށް ދިއުމުގެ ކުރިން މަޖާކޮށްލަން ހޭދަކުރާ ޓްރާންސިޓް މަންޒިލެއްގެ ގޮތުގަ
އުމަރުބެ
22 June 2021
ތި ޑްރަގްގެ ކަންތަ އް ބެލެހެއްޓުން ކޮންމެ ސަރުކާރަކުން ވެސް ހަވާލްކޮ އްފަ އޮންނަނީ ނަ އިބް ރަ އީސަށް. މި ސަރުކާރުވަރުގެ ދޯދިޔާކޮށް އެންޑީ އޭ ހިންގާ ސަރުކާރެ އް އަދި ނާދެ. ހީކުރިން ފަ އިސަލް ނަސީމް ވަރަށް ހިންގުންތެރި ވާނެކަމަށް އެކަމަކު ހަމަ ސުމެ އް.
ބޮޑުމީހާ
22 June 2021
މައްސަލަތައް ފެށެނީ އާއިލާތަކުން..އާއިލާތައް ގުޅުންބަދަހިވާނީ ރާއްޖޭގެ މިއޮތް އިޖްތިމާއީ، ސިޔާސީ، އިގްތިސާދީ އަޅުވެތިކަމުން ސަލާމަތްވެވިގެން. މަންމަ/ބައްޕަ 24 ގަޑިއިރު މަސައްކަތުގަ..މިވަރުކުރީނަ ކުލިދައްކާފަ އެއްޗެއް ނޯވޭ. ގިނަ މައިންބަފައިނަށް ދަރިންނަށް ވަގުތު ނުދެވޭ. ގޭތެރޭގައި ނިދަންޖެހެނީ ޑިއުޓީ ބަހައިގެން. ބޭރަށް ދާއިރަށް ވަށައިގެން މަސްތުވާތަކެތި.
ރަދީފްއޮފިޝިއަލް
22 June 2021
މިދެކެވެނީ ވަރަށް ރީތި ވާހަކައެއް ބާ!!! .ކޮލެޖުން ގްރެޖުއޭޓްވެ ޔުނިވާސިޓީއަށް ނުވަދެވިފަ 400 މީހުން ތިބިކަމަށް ލިޔާނެ ނަމަ އެއީ ރަނގަޅު ކަމެއް.ނަމަވެސް ޑްރަގްސް ސްކެވެންޖާސްތަކުގެ ވާހަކަ އެއީ ލަދުވެތި ވާހަކަތަކެއް.
ކައްޕާލި ޔޫސުބު
22 June 2021
ރާއްޖޭގައި މިހާރު އޮތް އެންމެބޮޑު އިޖްތިމާއީ މައްސަލަ އެއީ ނުދައްކާވަރު ލަދުވެތި ވާހަކަޔަކަށްވުން އެއީ ވަރަށް ހަމަޖެހޭ ވާހަކައެއް.
ރަދީފްއޮފިޝިއަލް
23 June 2021
މަނިކްފާނަށް އަސްލު ޕޮއިންޓް ދޭހަނުވީތީވެ ހިތާމަކުރަން.އަބަދު ވާހަކަ ދެއްކުމުގެ ބަދަލުގަ އަމަލުން ކަންކަން ރަނގަޅުކޮށް އިސްލާހުކުރަން ޒިންމާ މަތިކޮއްފަ ތިބި މީހުން އެމީހުންގެ ވާޖިބު އަދާކުރުމުގަ ފެއިލްވެފަ ތިބިކަން ހާމަކުރަން އެ އިބާރާތް ބޭނުންކޮއްފަ އެވަނީ.މަނިކްފާނަށް ދިވެހި އިމްތިހާނުގެ ދޭހަ ސެކްޝަނުން ލިބުނީ ކިތައް މާކްސްތޯ އަހާލަން ވެސް ބޭނުން.ހެހެހެހެ.ވ.ވެދުން
ސަމަރޭ
22 June 2021
ތި 400 މީހުން ފަރުވާ ފެށެންދެން ޖަލުގައި ބައިތިއްބަން ވީނުން