ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ-- މިހާރު ފައިލް ފޮޓޯ
22 ޖޫން 2021 - 21:27
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގެ ހަތް މުވައްޒަފަކު، އެތަނުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް އަނިޔާކުރި މައްސަލައަކާ ގުޅިގެން ސަސްޕެންޑްކޮށްފި އެވެ.
ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މިދިޔަ އަންގާރަ ދުވަހު، އެ ހަތް މުވައްޒަފުން ސަސްޕެންޑްކުރީ އެ މުވައްޒަފުންނާ ގުޅޭ ގޮތުން ގޮތުން ރިޕޯޓްކުރި މައްސަލައެއް ބަލަން ކަމަށެވެ. އެކަމަކު އެއީ ކޮން މައްސަލައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ އެ މުވައްޒަފުން ސަސްޕެންޑްކުރީ ސިވިލް ސާވިސް ގަވައިދުގައިވާ ގޮތުގެމަތިން، އެއް މަސް ދުވަހަށް ކަމަށެވެ. އެކަމަކު މައްސަލަ ބަލައި ނިމުނުހާ އަވަހަކަށް އެ ކަމުގައި ގޮތެއް ނިންމާނެ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
އެ މުވައްޒަފުން ސަސްޕެންޑްކުރި ސަބަބު ޖެންޑާ މިނިސްޓްރީން ނުބުންޏަސް، އެއީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް މުވައްޒަފަކު އަނިޔާކުރި މައްސަލައެއްގައި ކަމަށް ވަނީ އެނގިފަ އެވެ. ސަސްޕެންޑް ކުރި މީހުންގެ ތެރޭގައި، ކުދިން ބަލަހައްޓާ ފަސް މުވައްޒަފަކާއި އެތަނުގެ ދެ ސުޕަވައިޒަރުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޯގުޑު
23 June 2021
ހިތް ރަނގަޅު މީހުންނަށް ހަމްދަރުދީވާން އެނގޭ އަދި ސައިކޮލޮޖީ ކިޔަވައިން ތަމްރީނުވެފައި ތިބި މީހުން ތިތާ ތިބެން ވީ ، 90ގެ އަހަރުތަކުގެ ވިސްނުން ހުންނަ އިލޮށިފަތިން ތަމްރީނުވެފަ ތިބި ހަސީލަތް ނުބައި ޓޮކްސިކް ބަޔަކު ލައިގެން އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ ކުދިން ހަލާކުވާނީ.
ޅާޞޫ
23 June 2021
މައުލޫމާތު ލިބޭ ގޮތުގައި އެ 7 މީހުންގެ ތެރޭގައި އެތާގެ ހެލްތް އޮފިސަރު ވެސް ހިމެނޭ. ޢަނިޔާކޮށް ފަރުވާ ދޭ ތައުލީމް އުގެނިފައި ހުރި މީހެއް ކަމަށް ވަނީ . ??
ޒުހުރާ
22 June 2021
ދެން ރައީސް އިބޫ ކޮންއިރަކުތޯ ތިތަން ހިންގުމަށް ފެއިލްވެފަ ހުންނެވި ޢާއިޝަތު މުޙައްމަދު ދީދީ ވަކިކިރައްވާނީ؟ ޝިދާތާ ވަކިކުރެއްވީ މޮޅުކުރަން. ދެން ފެނުނީ ނާގާބިލު މީހަކާ ވަޒީރުކަން ހަވާލުކޮށްފައިވާ ތަން. ޢާއިޝަތު މުޙައްމަދު ދީދީ އަކީ ހިންގުންތެރިކަމެއް ނެތް ނާގާބިލު ބޭފުޅެއް.
ތުނިޔަ
22 June 2021
އެއްކުއްޖަކަށް 7 މީހުން އަނިޔާކުރީތަ؟ ކުއްޖާގެ ހާލަކީ ކޮބައިބާ؟
ވަރަށްދެރަ
22 June 2021
ކީއްކުރަން ސަސްޕެންޑް ކުރަނީ. .ހުސް މިކަހަލަ މީހުން ހިޔާގަ އެކުދިންނާ ހަވާލުވާން ލާފަތިބީ..ޖެންޑާ އަކީ ކީއްކުރާ ތަނެއްތަ ބޮޑު މުސާރަ ނަގައިގެން އަރާމުގަ ނިދަންތިބެނީ. އެއްޗެކޭ ހިތައްނާރައޭ.
ރަދީފްއޮފިޝިއަލް
22 June 2021
ޓުމޯރޯސް އޮބްވިއަސް ނިއުސް = ކުއްޖަކަށް އަނިޔާކުރި ހިޔާގެ 7 މުވައްޒަފުންގެ ސަސްޕެންޝަ އުވާލައފި.
ބަނާނާ ރިޕަބްލިކް އޮފް ގޮނޑިކޮއްކޮ
23 June 2021
އަދި އެ 7މީހުންނަށް ބަދަލުގެ ގޮތުގައި އެއްއަހަރުގެ މުސާރަ ގަނޑުކޮށް އެއްފަހަރާ ދިނުމަށްވެސް އަންގާނެ