ދުނިޔެ / ޖޯޖް ފްލޮއިޑް

ޖޯޖް ފްލޮއިޑް މަރާލި ފުލުސް މީހާ 22 އަހަރަށް ޖަލަށް

ޖޯޖް ފްލޮއިޑް މަރާލި ކުރީގެ ޕޮލިސް އޮފިސަރު ޑެރެކް ޝައުވިން. --ފޮޓޯ:ރޮއިޓާސް

މިނިއާޕޮލިސް (ޖޫން 26) - އެމެރިކާގެ މިނިއާޕޮލިސްގައި ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑުގެ ކަރަށް ފައިން އަރައި މިދިޔަ އަހަރު މަރާލި ކަމުގެ ކުށް ސާބިތުވި ދޮން ނަސްލުގެ ކުރީގެ ފުލުސް އޮފިސަރު ޑެރެކް ޝައުވިން 22 އަހަރާއި ހަ މަހަށް ޖަލަށްލާން ހުކުމްކޮށްފި އެވެ.

ފްލޮއިޑް، 46، ފުލުހުން ހައްޔަރުކޮށްފައި ވަނީ މިނެސޮޓާގެ މިނިއާޕޮލިސްގެ ކަޕް ފުޑްސް ނަމަކަށް ކިޔާ ފިހާރައެއްގެ ބޭރުން މިދިޔަ އަހަރުގެ މެއި 25 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ފުރަގަހަށްވާ ގޮތަށް ބިޑިއަޅުވައި ބިން މައްޗަށް ވައްޓާލައި ބޭއްވުމަށް ފަހު ކަރަށް ފައިން އަރާފައި ވަނީ ދޮން ނަސްލުގެ ފުލުހެއް ކަމަށްވާ ޝައުވިން، 45، އެވެ. ޕްރޮސެކިއުޓަރުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފްލޮއިޑުގެ ކަރަށް ފުލުސް އޮފިސަރު ޝައުވިން ކަކުލުން އަރައިގެން، އަށް މިނިޓް 46 ސިކުންތު ވަންދެން އިނެވެ. އޭގެ ތެރޭން ގާތްގަނޑަކަށް ހަ މިނިޓްވީ އިރު ފްލޮއިޑުގެ ހަބަރު ވަނީ ހުސްވެފަ އެވެ. ފްލޮއިޑް ހައްޔަރު ކުރަން ފުލުހުން ދިޔައީ އެ ފިހާރަ އިން އޭނާ ސިނގިރޭޓް ގަތް 20 ޑޮލަރަކީ ވަގު ނޫޓް ކަމަށް ރިޕޯޓް ކުރުމުންނެވެ.

ހުކުމް އިއްވަމުން ފަނޑިޔާރު ވިދާޅުވެފައި ވަނީ "ޝައުވިންގެ މައްޗަށް ހުކުމް ކުރަނީ އިތުބާރު ހުރި މަގާމެއްގައި ހުރެ އެ މަގާމުގެ އިތުބާރު ގެއްލޭ ގޮތަށް ބާރުގެ ބޭނުން ނަހަމަގޮތުގައި ކުރުމާއި އޭނާގެ ފަރާތުން ފްލޮއިޑަށް ދިން އެއްވެސް ރަހުމެއް ނެތް އަމަލުތަކުގެ ސަބަބުން" ކަމަށެވެ.

ފްލޮއިޑުގެ މަރު ޝައުވިންގެ ވަކީލުން ސިފަކޮށްފައި ވަނީ "ރަނގަޅު ނިޔަތެއްގައި ހެދުނު ގޯހެއްގެ ސަބަބުން ދިމާވި ކަމެއް" ކަމަށެވެ.

ހުކުމަށް ފްލޮއިޑުގެ އާއިލާ އިން މަރުހަބާ ކިޔާފައިވެ އެވެ.

ފްލޮއިޑުގެ އާއިލާގެ ވަކީލް ވިދާޅުވީ މި ތާރީޚީ ހުކުމުގެ ސަބަބުން ފްލޮއިޑުގެ އާއިލާއަށާއި ގައުމަށް ކުރިމަތިވި ހިތާމަތަކަށް ކުޑަ ލުޔެއް ލިބިއްޖެ ކަމަށެވެ.

ފްލޮއިޑުގެ ދައްތަ ބުނީ ހުކުމުން ދައްކުވައިދިނީ ފުލުހުންގެ އަނިޔާވެރި އަމަލުތައް ސީރިއަސްކަމާ އެކު ނަގައިފި ކަމަށާއި އަދިވެސް ކުރަން ޖެހޭ ކަންތައް ގިނަ ކަމަށެވެ.

ހުކުމް އިއްވި ޝަރީއަތުގައި ފްލޮއިޑުގެ ބޭބެ ވަނީ ދެވޭ އެންމެ ބޮޑު އަދަބު ކަމަށްވާ 40 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށް އެދިފަ އެވެ. މިނެސޮޓާގައި މީހަކު މެރުމުގެ ދެ ދަވަނަ ދަރަޖައިގެ ކުށުގައި ވެސް ގިނަވެގެން 40 އަހަރުގެ ޖަލު ހުކުމް އާދެ އެވެ. ތިން ވަނަ ދަރަޖައިގެ ކުށުގައި 25 އަހަރުގެ ޖަލު ހުކުމް އާދެ އެވެ.

ވީޑިއޯ ރެކޯޑިން މެދުވެރިކޮށް ފްލޮއިޑުގެ ހަތް އަހަރުގެ ދަރިފުޅު ކޯޓުގައި ބުނެފައި ވަނީ ބައްޕަ މަތިން ވަރަށް ހަނދާންވާ ކަމަށާއި ބައްޕަ ދެކެ ވަރަށް ލޯބިވާ ކަމަށެވެ.

"ބައްޕަ އަހަންނަށް ވަރަށް އެހީވާނެ. އަބަދުވެސް ދަތް އުނގުޅުމުގައި އެހީވާނެ،" އެ ކުއްޖާ ބުންޏެވެ.

ކޯޓުގައި ޝައުވިން ވަނީ ފްލޮއިޑުގެ އާއިލާ އަށް ތައުޒިޔާ ކިޔައިފަ އެވެ. ނަމަވެސް މައާފަށް އެދިފައެއް ނުވެ އެވެ.

ކޯޓުގައި ޝައުވިންގެ މަންމަ ބުނެފައި ވަނީ އޭނާގެ ދަރިފުޅަކީ ރަނގަޅު މީހެއް ކަމަށެވެ.

ފްލޮއިޑް މަރާލުމުގައި ބައިވެރިވި އަނެއް ތިން އޮފިސަރުންގެ ޝަރީއަތް މި އަހަރު ފަހުކޮޅު ފަށާނެ އެވެ.

4 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 0%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 13%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

26 June 2021

ނަމެއްގަ 22 އަހަރު.އެމެރިކާގެ މޭރީލޭންޑްގެ ލޯޔަރަކު އަލްޖަޒީރާގަ ފްލޮއިޑްގެ ހުކުމާއި ގުޅޭގޮތުން ވާހަކަދައްކަމުން ބުނީ 15 އަހަރުވެސް އޭނަ ޖަލުގަ ހުންނާނެކަމާއި މެދު ޝައްކުކަމަށް.އަދި ބާކީ ހުރި ދުވަސްތައް އޭނަ ހޭދަކުރާނީ ޕެރޯލްގަކަމަށް.ކޯޓުގައި ޝައުވިންގެ މަންމަ ބުނީ ޝައުވިން ޖަލަށް ލުމަށް ހުކުމް ކުރުން އެއީ އޭނަވެސް ޖަލަށް ލުމަށް ހުކުމްކުރުންކަމަށް.ފްލޮއިޑް މަރުވުން އެއީ ފްލޮއިޑްގެ އާއިލާއަށް ލިބުނު ގެއްލުމެއްކަން މީނައަށް ނޭނގުނު.ދެރަ ދޯ.ވެދުން

The name is already taken The name is available. Register?

ގުލްޒާރު

26 June 2021

22؟

The name is already taken The name is available. Register?

އެމްސް

26 June 2021

ދިވެހިރާއްޖޭގަ މިހާ ހާމަކަން ބޮޑުކޮށް، ފުލުހެއްގެ ޝަރީޢަތެއް ދުވަހަކުވެސް ހިންގުނު ބާ؟

The name is already taken The name is available. Register?

ޭޭއިންސާފް

26 June 2021

ދިވެހިރާއްޖޭގެ ފުލުހުން އެއީ ދިވެހިން ދެކެ ލޯބިވާ ބައެއް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454