ލައިފްސްޓައިލް

ކައިވެނިކޮށްގެން އުޅޭކަން ހަނދާންނެތި އަނބިމީހާގެ ކައިވެންޏަށް އަލުން އެދެފި

ހަނދާންނެތޭ ބަލީގެ ޝިކާރަކަށްވެފައިވާ މީހަކާ އެކީ އުޅޭ މީހަކަށް ނޫނީ އެކަމުގައި ހުރި ވޭނެއް އިހުސާސެއް ނުކުރެވޭނެ އެވެ. މިއީ ވަރަށް އުނދަގޫ ހާލަތެކެވެ. ޑިމެންޝިއާ ނުވަތަ ހަނދާންނެތޭ ބަލީގެ އެންމެ އާންމު ވައްތަރަކީ އަލްޒެއިމާ އެވެ. މިއީ މީހާގެ ހުރިހާ ހަނދާންތަކެއް ގެއްލުވައިލާ ވަރަށް އުނދަގޫ ހާލަތަކަށް މީހާ އާއި އޭނާއާ ވެސް ވައްޓާލާ ބައްޔެކެވެ.

އެމެރިކާގެ ޕެންސިލްވީބިއާނާގެ ހެރިސްބާގަށް ނިސްބަތްވާ ލީސާ މާޝަލް، 54، އަށް އުޅެން ޖެހިފައި އޮތީ އަލްޒެއިމާގެ ޝިކާރައަކަށްވެފައިވާ ފިރިއަކާ އެކީގަ އެވެ. ފިރިމީހާ ޕީޓާ މާޝަލް، 56، އަށް އެ ބަލި ޖެހުނު ފަހުން ލީސާ އަށް ލިބުނު އެންމެ ބޮޑު އެއް ހިތާމަ އަކީ ކައިވެނިކޮށްގެން އުޅޭކަން ފިރިމީހާ ހަނދާން ނެތުމެވެ.

މި ސުވާލު ޕީޓާގެ ފަރާތުން ލީސާ އަށް ފުރަތަމަ ކުރިމަތިލާން ޖެހުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ރޭގަ އެވެ. ދެމަފިރިން ތިބި އެހެންޏާ ވެސް ރޭގަނޑު ޓީވީ ޕްރޮގްރާމްތައް ބަލަން ތިބޭ ގޮތަށް ސިޓިން ރޫމްގެ ސޯފާއެއްގައި ޓީވީ ޝޯއަކަށް ގެއްލިފަ އެވެ.

އެކަމަކު ކުއްލިއަކަށް ލީސާގެ މުޅި ސިކުނޑި ހަރާބުކޮށްލީ ތިމަންނަ ކައިވެނިކޮށްގެން އުޅޭތޯ ފިރިމީހާ ޕީޓާ އެހުމުންނެވެ. އެ ސުވާލުކޮށްފައި ދެން ޕީޓާ ބުނީ ލީސާ ދެކެ ލޯބިވެވިއްޖެ ކަމަށާއި ބޭނުން ވަނީ ކައިވެނިކުރަން ކަމަށެވެ.

"ފިރިމީހާގެ ހާލަތު ކިހާ ގޯސްކަން އެނގުނީ އެ ހިސާބުން. އެއީ ވަރަށް ހިތްދަތިވި ވަގުތެއް،" ސީއެންއެން އަށް ދިން އިންޓަވިއުއެއްގައި ލީސާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި އެ ދެ މީހުންގެ ގުޅުން ފެށިގެން އައި ގޮތާއި ކައިވެންޏަކާ ހަމައަށް ދިޔަ ގޮތާއި ކައިވެނިކުރި ދުވަހާއި އޭގެ ފަހުން ހަޔާތުގެ ވަރަށް ގިނަ ހަނދާންތައް ހުރީ ޕީޓާއާ އެކު އޮތީ ހިތުގެ އެންމެ ފުންމިނުގައި ރައްކާކުރެވިފަ އެވެ.

"އެކަމަކު އެއިން އެއްވެސް ކަމެއް ފިރިމީހާގެ ހަނދާނުގައި ނެތްކަން އެނގުމަކީ ބުނަން ވެސް ނޭނގޭ އިހުސާސްތަކެއްގެ ތެރެއަށް ވައްޓާލި ކަމެއް." 2009 އިން ފެށިގެން ކަނެޓިކްކަޓްގައި ދިރިއުޅޭ ލީސާ ބުންޏެވެ.

އެ ދެ މީހުންގެ ގުޅުމަށް މިހާރު 20 އަހަރުވެފައިވާ އިރު، ކައިވެނިކުރިތާ ވެސް 12 އަހަރުވެއްޖެ އެވެ. ލީސާ އާއި ޕީޓާގެ ކައިވެންޏަކީ ދެ މީހުންގެ ވެސް ދެވަނަ ކައިވެންޏެވެ. ކުރީގެ ކައިވެނިތަކަށް ދަރިން ވެސް ލިބިފައިވެ އެވެ. އެކަމަކު އެއިން އެއްވެސް ކަމެއް ޕީޓާ މިހާރަކު ހަނދާނެއް ނެތެވެ. އޭނާ އަށް އަލްޒެއިމާ ޖެހުނުކަން ކަށަވަރުވީ އެޕްރީލް 30، 2018 ގަ އެވެ.

ލީސާ ކިޔައިދިން ގޮތުގައި ޕީޓާ އަކީ އޭނާ ދެކެ ވަރަށް ލޯބިވާ ވަރަށް އޯގާތެރި އަޅާލާ ފިރިއެކެވެ. އެކަމަކު އޭނާ އަކީ އަނބިމީހާކަން ފިރިމީހާ ހަނދާން ނެތުމަކީ ފެންކަޅިކޮށްލި ކަމެކެވެ.

"މަޑުމަޑުން ކަންކަން ހަނދާން ނެތެމުން ގޮސް އަހަރެމެން ގުޅުމަކީ ކޮބައިކަން ނޭނގޭ ހިސާބަށް ދިޔައީ. ބަލީގެ އެންމެ ފުރަތަމަކޮޅުގައި ޕީޓާ އުޅޭނެ ވޮލެޓް ނޫނީ ތަޅުދަނޑި ކަހަލަ އެއްޗެއް ބޭއްވުނު ތަން ނޭނގިގެން،" ލީސާ ބުންޏެވެ. "ދެން ފަހުން ފަހުން އައިސް ދައްކާ ވާހަކައެއް ވެސް ހަނދާނެއް ނުހުރޭ. އަނެއްކާ ބުނަން އުޅޭ އެއްޗެއް ފުރިހަމަ ނުވާ މައްސަލަ އަކީ ފަހުން ޕީޓާގެ ފަރާތުން ފެންނަން ފެށި ވަރަށް އުނދަގޫ އަލާމާތެއް."

ލީސާ ބުނީ ފުރަތަމަކޮޅު މިފަދަ ކަންކަން ފާހަގަކުރެވުނަސް މާ ބޮޑު ކަމަކަށް ނަހަދާ ކަމަށެވެ. ސަބަބަކީ އުމުރުން ދުވަސްވާ ވަރަށް އެކަހަލަ ތަފާތުތަކެއް މީހުންގެ ފަރާތުން އާންމުކޮށް ފެންނާތީ އެވެ.

"މިކަން ބޮޑު ކަމަކަށް ނަހަދައި އާއިލާ އާއި ރައްޓެހިންގެ ގާތުގައި ވެސް މި ވާހަކަ ނުދައްކައި ވަރަށް ސިއްރުކޮށްގެން އަހަރެން އުޅުނީ." އޭނާ ބުންޏެވެ.

ފިރިމީހާ އަލުން ކައިވެންޏަށް އެހުމުން ލީސާ ވަގުތުން އެ ހުށަހެޅުން ގަބޫލުކުރި އެވެ. އަދި ދެ މީހުންގެ ކައިވެނީގެ ހަފުލާ އަލުން ބޭއްވި މި އަހަރުގެ އެޕްރީލް މަހުގެ 26 ގަ އެވެ.

"ވަރަށް އުފާވި ދުވަހެއް އެއީ. އަހަންނަކީ ފިރިމީހާ ދެ ފަހަރަށް ލޯބިވި ދެ ފަހަރަށް ކައިވެނިކުރި އަންބެއް. އިހުސާސްކުރެވުނީ ޕްރިންސެސްއެއް ގޮތަށް." ލީސާ ބުންޏެވެ.

އޭނާ ބުނީ ފިރިމީހާ ބޮޑު ބައްޔަކާ އެކު އުޅުނަސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި އެއީ ދުވަހަކު ވެސް ވަކިނުވާނެ ގުޅުމެއް ކަމަށް ބުންޏެވެ.

"މުޅި އުމުރު އެކީގައި ހޭދަކުރަން އަހަރެމެން ބޭނުން ވަނީ. މި ގުޅުން ވައްކެއް ނުކުރެވޭނެ." މިހާރު އަލްޒެއިމާ ބައްޔަށް ހޭލުންތެރިކަން އުފައްދަން "އޯ ހެލޯ އަލްޒެއިމާޒް" ގެ ނަމުގައި ބްލޮގެއް ހިންގައި އެކި ގޮތްގޮތުން އެ ބަލީގެ މީހުންނަށް އެހީތެރިކަން ފޯރުކޮށް ދެމުން އަންނަ ލީސާ ބުންޏެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝިއަލް

30 June 2021

ތަރުޖަމާކުރުން އެއީ ފަސޭހަކަމެއް ނޫން.ނަމަވެސް އަލް އަޙް އަހްމަދު އަދްޝަންގެ މަސައްކަތް ވަރަށް ބެސްޓް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454