ބީއެމްއެލް އޭޓީއަމަކުން މީހަކު ފައިސާ ނަގަނީ-- ފޮޓޯ: ބީއެމްއެލް
29 ޖޫން 2021 - 19:17
ކ. ހިންމަފުއްޓާއި ކ. ދިއްފުށީގައި ބީއެމްއެލް އިން އޭޓީއެމް ހުޅަވައި ޚިދުމަތް ދޭން ފަށައިފި އެވެ.
މި އޭޓީއެމްތައް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މި އޭޓީއެމްތަކުގެ ސަބަބުން ހިންމަފުއްޓާއި ދިއްފުށީގެ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ފައިދާވާނެ ކަމަށެވެ. އަދި މިއީ ބޭންކުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ދަށުން ހުޅުވި އޭޓީއެމްތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މުޅި ރާއްޖެ އަށް ބޭންކިން ހިދުމަތް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން މި ދެ ރަށުގެ ރައްޔިތުންނާއި، ވިޔަފާރިތަކާއި އިގްތިސާދަށް އެހީތެރިވެދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" ޓިމް ވިދާޅުވި އެވެ.
މި ދެ އޭޓީއެމާ އެކު މިހާރު ކ. އަތޮޅުގެ މާލެ ފިޔަވައި އިތުރު ހަ ރަށަކުން ބީއެމްއެލް އޭޓީއެމް ހިދުމަތް ލިބޭނެ އެވެ. އަދި ކާށިދޫ އާއި މާފުށީގައި ހުންނަ ބީއެމްއެލް ބްރާންޗުތަކުން ވެސް އެ ބޭންކުގެ ކަސްޓަމަރުންނަށް ހިދުމަތް ލިބޭނެ އެވެ.
ބީއެމްއެލް އިން ވަނީ މިހާތަނަށް ރާއްޖޭގެ 20 އަތޮޅުގައި 35 ބްރާންޗާއި 73 ސެލްފް ސާވިސް ސެންޓަރާއި 134 އޭޓީއެމް ގާއިމްކޮށްފަ އެވެ. އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އޮންލައިންކޮށް ވެސް ބޭންކިން ހިދުމަތް މިހާރު ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy