އެޕަލްގެ "އިންޓަނޭޝަނަލް ކަލެކްޝަން ސްޕޯޓްސް ލޫޕް" ގައި ހިމެނޭ ގަޑިއެއް.
02 ޖުލައި 2021 - 05:50
މި މަހުގެ ފަހުކޮޅު ޖަޕާނުގެ ޓޯކިއޯގައި ފަށާ އޮލިމްޕިކްސް ގޭމާ ދިމާކޮށް ގައުމުތަކުގެ ދިދަތަކުގެ ކުލަތައް ހިމަނައިގެން އެޕަލް ގަޑިތަކުގެ ބޭންޑްތަކެއް ނެރެފި އެވެ. އަދި މި ބޭންޑްތަކާ ގުޅޭ ގޮތުން ވޮޗް ފޭސް ވެސް ވަނީ ހަދައިފަ އެވެ.
ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި "އިންޓަނޭޝަނަލް ކަލެކްޝަން ސްޕޯޓް ލޫޕް" ގެ ނަމުގައި ނެރެފައިވާ މި ކަލެކްޝަނުގައި 22 ޑިޒައިނެއް ހިމެނެ އެވެ.
އެޕަލް ވޮޗްގެ 40 އަދި 44 އެމްއެމްގެ ގަޑީގެ ބޭންޑް ވެސް ވިއްކަނީ 49 ޑޮލަރަށެވެ.
އެޕަލް އިން ބުނި ގޮތުގައި މިއީ އަޅަން ފަސޭހަކޮށް އަދި ނަގަން ވެސް ވަރަށް ފަސޭހަވާ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗިއްސެވެ. މިއީ ކޮންމެ ވައްތަރެއްގެ ހަމަކާ ވެސް ވަރަށް ގުޅޭ ގޮތަށް އަދި އެޕަލް ކްލިޕް ހިމެނޭ ގޮތަށް އުފައްދާފައިވާ އެއްޗެކެވެ.
ދެހާސް ސޯޅައިގައި ބޭއްވި ރިއޯ އޮލިމްޕިކްސްއާ ދިމާކޮށް ވެސް އެޕަލް އިން ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި ކަލެކްޝަނެއް ނެރުނެވެ. އެ ފަހަރުގައި ކަލެކްޝަންގައި ހިމެނެނީ 14 ގައުމެއް ރަމްޒުކޮށްދޭ ބޭންޑްތަކެވެ.
މި އަހަރުގެ އޮލިމްޕިކްސް ކުރިއަށް ދާނީ މި މަހުގެ 23 އިން އަންނަ މަހުގެ 8 އަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޙޙހ
06 July 2021
ކުޅޭކުޅޭ ބަޔެއް
ޙަސަނު87665
03 July 2021
ވަރިހަަމަ ދިގުނުކުރިއަސް. ޒަމާނީ ފިތުނަ އުފައްދައިދޭ އެއއއްޗެއް