ޚަބަރު / އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

ޑރ. އިޔާޒް ވަޒީފާ އިން ވަކިކުރުން އިންސާފުވެރިއެއް ނޫން: އިމްރާން

ސޯޝަލް މީޑިއާގައި އާންމުންގެ ހިތް ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރާތީ، ފަހުގެ އިންޒާރު ދިނުމަށްފަހު ޑރ. އިޔާޒު ވަނީ އެމްއެންޔޫގެ ވަޒީފާއިން ވަކިކޮށްފައި.

މަޖިލީހުގެ ކޮމިޓީއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަދައްކަވަނީ.-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުން ޑރ. މުހައްމަދު އިޔާޒު ވަކިކުރުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

އާންމުންގެ ތެރޭގައި ހިތް ނުތަނަވަސްކަން އުފެދޭ ގޮތަށް ހިޔާލު ފާޅުކުރުމުގެ އިތުރުން ސޯޝަލް މީޑިއާގައި ހަރުކަށި ފިކުރަށް ތާއީދުކުރާ މޭރުމުން ވާހަކަ ދައްކަވާ ކަމަށް ބުނެ، ފަހުގެ އިންޒާރު ދިނުމަށް ފަހު، އަދާލަތު ޕާޓީގެ އިލްމުވެރިންގެ ކޮމިޓީގެ ނައިބު ރައީސް ޑރ. އިޔާޒު މިއަދު ވަނީ އެމްއެންޔޫގެ ވަޒީފާއިން ވަކި ކޮށްފަ އެވެ.

އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފު ވިދާޅުވީ ޑރ. އިޔާޒްގެ މައްސަލަ ބެލުމަށް އެމްއެންޔޫގެ ކޮމިޓީ އަށް ހުށަހެޅި އިރު ވެސް އާންމުންގެ ފަރާތުން އޭނާއާ ގުޅޭ 190 ޝަކުވާގެ ސިޓީ ލިބިފައިވާ ކަމަށެވެ.

އެއަށްފަހު، އެކި ފަހަރު މަތިން ވާހަކަ ދެއްކެވި، ހައްލެއް ނައުމުން އިންޒާރު ދިނުމަށްފަހު މަގާމުން ވަކިކުރީ އެވެ. މައްސަލަ އިތުރަށް ގޯސްވީ އަންހެންކުދިން ހިތާނު ކުރުމާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އޭނާ ފާޅު ކުރެއްވި ހިޔާލުތަކެއްގެ މައްސަލަ ފެންމަތިވުމުންނެވެ. އެ މައްސަލަ އިސްލާމިކް މިނިސްޓްރީން ވެސް ދަނީ ބަލަމުންނެވެ.

އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޑރ. އިޔާޒަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކުރުމަށް ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ގިނަ ހިދުމަތްތަކެއް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެކަމަކު، އޭނާގެ ބައެއް ފިގުހު ރައުޔާ އެއްބަސް ނުވެވުނަސް ޑރ. އިޔާޒަށް އެމްއެންޔޫ އިން އެޅީ އިންސާފުވެރި ފިޔަވަޅެއް ކަމެއް ނުދެކޭ ކަމަށް އިމްރާން ވިދާޅުވި އެވެ.

"ދީނީ ހިލާފުތަކާމެދު އިލްމީ މުއައްސަސާތަކުގައި މިނިވަންކަމާއެކު އިލްމީގޮތުން ރީތި އަހުލާގާއެކީ ބަހުސްކޮށް ހައްލު ހޯދެންވާނެ. ރާއްޖޭގެ އެންމެ ބޮޑު ޔުނިވާސިޓީން އެ ދޮރު ބަންދުކޮށް ހަރުކަށިކަން އިސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން. ނިންމުން މުރާޖާ ކުރުމަށް ގޮވާލަން،" އިމްރާންގެ ޓްވީޓުގައި ވިދާޅުވި އެވެ.

ވަޒީފާއިން ވަކިކުރުމުން، އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. ޝަރީފް ޓެގްކުރައްވައި ޑރ. އިޔާޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ "ތިޔަބައިމީހުންނަށް ހުކުމްކޮށް އަދަބު ދެވޭނީ މި ދުނިޔެމަތީގައި" ކަމަށެވެ.

"މާތްلله އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ނިކަމެތި ކަމެއް ނުލިބޭނެ،" ޑރ. އިޔާޒުގެ ޓްވީޓުގައި ވެ އެވެ.

32 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 44%
icon sad icon sad 3%
icon angry icon angry 50%
icon wow icon wow 3%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖާބެ

03 July 2021

އިޔާޒުއެއް ނޫން ކޮބާ މިމުޖްތަމަޢުގެ އިސްލާހުކުރަން ހަވާޅުވެހުރި ޒިންމާ ފިލާ ކަބިއްޔެއް ހެން އިނަކައސް ނުވާން ނާރުނަގާ ހަޅޭއް ފަޅޭއްޖެހިއިރު ހަނދާންވޭބާ... ވައްކަންކުރަނީ... މީހުންނައް އަނިޔާކޮސް އިހާނެތިކޮސް އޮރިޔާންކޮށް މަގުމަތިވެ ލަދުގަނޭބާ އަގަހުޅުވާ ރަެއްޔިތުންގެ ފައިސާއިން އަބިދަރިންނައް ކާންދޭން މަޤާމްގެ ޒިންމާ ކޮބާ ޤާބިލްނޫންކަން އެބައިންގޭ ފައިބާގެން ދޭ... މިވެރިކަން މިގަޢުމު އިނދަޖައްސައިފި ތިޔަބުނާ ސިސާސީ ކޯލިޝަން

The name is already taken The name is available. Register?

އުމަރުބެ

02 July 2021

އިޔާޒް ވަކިކުރުން އެއީ ކުރަންޖެހޭކަމެއް. އިޔާޒްގެ ފަރާތުން އިސްލާމް ދީނާމެދު ނުބައި ތަސައްވަރެއް މީހުންގެ ތެރެޔަށްފެތުރި، ދީނީ ބައިބައިކަމެއް އުފެދުން އެއީ ބަލައިގަނެވޭނެކަމެއްނޫން. އިޔާޒްގެ ކިބައިން ފެންނަމުންދިޔަ އެވަރުގެ ދީނީ އިލްމްވެރިއެއްގެ ކަބައިން ފެންނަންޖެހޭ ކަންތައްތަކެއްނޫން. އިޔާޒް ނޫނަސް ރާއްޖޭގައި ދީނީ އިލްމް ހާސިލްކޮއްފަތިބި އެތައް ބައިވަރު ޝައިޚުން އުޅޭއިރު. ކެނޑިނޭޅި ޓްވިޓަރގަ ޖަދަލްކުރަމުން ދިޔައީތިމާވަރު ދަންނަ މީހަކު ނެތޭހީވ

The name is already taken The name is available. Register?

މަޑު ކަށި

02 July 2021

ސެކިއުލާ ހަރުކަށި ފިކުރުގެ މީހުންގެ ވަބާ ވަނީ މި ކުޑަ އިސްލާމީ ގައުމަށް ބޮޑުތަނުން ޖެހިފަ. 190 މީހުންނަކީ ދީނުން އެދުރުފަ ތިބި ބައެއް ކަންނޭންގެ. ހަމަ ގާމުވެސް މަޖިލީސްގަ ތިބި ގިނަ މީހުންނަކީ އެދުރުވެފަ ތިބި ބައެއް. ދީނުގަ އަސްލު އޮންނަގޮތް ގިނަ ސެކިއުލަރިސްޓުން ނަށް ހަޖަމެއްނުވޭ. ހަގީގަތަކީ އިސްލާމް ނަމުގަ ތިއްބަސް ގިނައީ ދީނުގެ އަދުއްވުން.

The name is already taken The name is available. Register?

ސަލީމު އިދުރީސް

02 July 2021

މިސާލަކައް އިސްލާމް ދީނުގަ އޮންގޮތައް ނުވައަހަރުގެ ތުއްކުއްޖަވެސް ހައިލު ވީމަ މީހަކާ ދެވޭ! އެޙެންވީއިރު އެކަމައް ސޭހުން ބާރު އަޅާތި މުޖުތަމައުގެ ހިޔާލު ތަފާތުވާތި ސޭހަކު ވަކިކުރިޔަސް ވާނީ ހައްގުބަސް ބުނާތި ވަކިކުރި ކަމައްތާ! އެކަމަކު ނުވައަހަރުގެ ތުއްކުޖަކު އަފުގާނިސްދާނު؛ ސައުދީ، ދާރުފޫފަދަ އިސްލާމީ ނަމޫނާ ގައުތައްގޮތައް މީހަކާ ދެވަން ބޭނުވާކިތައް މީހުން މިވަގުތު މިގައުމުގަ ތިބިބާ!

The name is already taken The name is available. Register?

އަސްރަފް

02 July 2021

އެޅިހާ ބަތަކަށް ރިހަވެފަ އަދިވެސް. ލާދީނީ މީހުން ބޭނުން އެއްޗެއް ލިޔަނީ. އެޅުނު ފިޔަވަޅެއްނެއް. އިންޑިއާ އައުޓް

The name is already taken The name is available. Register?

އެމްސް

02 July 2021

އިންސާފުގެ ވާހަކަ ދައަކަން ޢިމްރާން އަށް ފުރަތަ އޮތީ، ފެބްރުއަރީ 7 ގެ ބަޣާވާތައް، ރަޢިއްޔަތުންގެ ކިބައިން މަޢާފަށް އެދުން!

The name is already taken The name is available. Register?

މޭޔަރ 2023

02 July 2021

މަބުނީ އަންހެން ކުދިން ހިތާނު ކޮއްފަ ސޭހުން އެކުދިން ނާ އިންނާށޭ.

The name is already taken The name is available. Register?

ރަޝިޔާ

02 July 2021

މޭޑޭ މުޒާހަރާގަ ފާޑެއްގެ ގަޑުތަކެއް ރައްޔިތުންނަ ދައްކަފަ ސިޔާސީ ފައިދާއަށް ދޮގު ތުހުމަތުތަކެއް މީހެއްގެ ބޮލައް ޖަހާފަ އިންސާފޭ ކިޔަން ހެޔޮނުވާނެ

The name is already taken The name is available. Register?

މަންޑޭލާ

02 July 2021

އެމްޑީޕީން ޤައުމީޔަތު ނީލަން ކިޔާއިރު މަގާމުގެ ދަހިވެތިކަމުގަ ބަހެއް ބުނަން ނުކެރިފަ. ޕާޓީގެ މީހަކު ވަޒީފާއިން ވަކިކުރީމަ ކޮމްމެވެސް ބަހެއް ބުނިލީ ތި

The name is already taken The name is available. Register?

ސަޅި

02 July 2021

ބަލަގަ ތިބުނާސަރުކާރު ގެންނަން ކަރުންނާރުނެރެގެން އުޅުނީވެސް އެމީހުނެއްނޫންތަ. ހަރާމެއް ހަލާލެއް ބެލުމެއްނެތި ކެއުމާއި, ލާރިކޮޅެއްދިނީމަ އަންހެނުންވެސް ހިލޭނުވާނެކަމަށްބުނެ ދީނަށްފުރައްސާރަކޮށް އަނިޔާވެރިކަން ހައްދުފަހަނައަޅާ ދިއުމުން އެމީހުންވެސް ނުކުންނަން ޖެހުނީ...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454