ރައްޔިތުންގެ މަޖިލީހުގެ އިދާރާ: މަޖިލިސް އިދާރާ ގޮއްވާލަން ޖެހޭ ކަމަށް ބުނި މައްސަލާގައި ހައްޔަރުކުރި މީހާ ވަނީ ވަނީ ދޫކޮށްލާފައި --- ފޮޓޯ/މިހާރު
02 ޖުލައި 2021 - 21:08
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ގޮއްވާލަން ޖެހޭ ކަމަށް ބުނެ ކޮމެންޓް ކުރި މީހާ ބަންދުން ދޫކޮށްލައިފި އެވެ.
ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ އިދާރާ ގޮއްވައިލަން ޖެހޭ ކަމަށް ބުނެ ފޭސްބުކްގައި ކޮމެންޓްކުރި މައްސަލާގައި މިދިޔަ މަހު ހައްޔަރުކުރީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދު މުއްދަތު ކޯޓުން ކުރިން އިތުރުކޮށްދިނެވެ.
ފުލުހުން މިރޭ ބުނީ މިދިޔަ ހަފުތާގައި އެ މީހާ ބަންދުން ދޫކޮށްލީ ތަހުގީގު ނިމިފައިވާތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ މަޝްވަރާ ކުރުމަށް ފަހު ކަމަށެވެ.
މަޖިލީހުގެ އިދާރާ ގޮއްވާލަން ޖެހޭ ކަމަށް ބުނެ ދިން އިންޒާރާ އެކު، އެ އިދާރާގެ ސަލާމަތީ ކަންކަން އޭރު ވަރުގަދަ ކުރި އެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މެއި މަހު 6 ގައި އެއްޗެއް ގޮއްވާލި މައްސަލާގައި ވެސް ބަޔަކު ހައްޔަރުކޮށް، ތަހުުގީގު ދަނީ ކުރިއަށެވެ. އެ ހަމަލާގައި ނަޝީދަށް ލިބުނު އަނިޔާތަކަށް ފަރުވާ ހޯއްދެއްވުުމަށް އެ މަނިކުފާނު މިހާރު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަން ގޮވައްވައިލާނެ ކަމުގެ އިންޒާރު ވެސް ޓުވިޓާގައި ރޭ މީހަކު ދިނެވެ. ކާކުކަން ނޭނގޭ މީހާގެ އެ އެކައުންޓު ޓުވިޓާ އިން ފަހުން ސަސްޕެންޑް ކޮށްފައިވާއިރު، އިންޑިއާ ހައި ކޮމިޝަނުގެ ސަލާމަތީ ކަންކަން ދިވެހި ސަރުކާރުން މިހާރު ވަނީ ވަރުގަދަ ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެނެޑީ
03 July 2021
ގޮއްވާ ހިތްވާ މީހުން ނިކަން ޕްލޭސްޓޭޝަން ގަނެގެން ހަނގުރާމަމަތީ ގޭމް ކުޅެބަލަ ހިތްފުރެންދެން. އަސްލުކުރަން ބޭނުމިއްޔާ އަވަހަށް ވަންވޭ ޓިކެޓެއް ނަގައިގެން އަފްގާނިސްތާނުގެ ތޯރާބޯރާހިސާބަށްދޭ.
މިހާފީ
03 July 2021
މި ނިންމުން ނިންމީ ކޯޓުން ނަމަ، ނޫހުގައި ލިޔާނެ ހެޑިންގއަކީ "މަޖިލިސް ގޮއްވާލަން އުޅުނު މީހާ ކޯޓުން ދޫކޮށްލައިފި"... ސުވާލަކީ ޖިނާއީ އަދުލުގެ ނިޒާމުގައި ފަނޑިޔާރަކު ނިންމާންޖެހޭ ނިންމުންތަކެއް ހުންނަނީ ކީއްވެބާއޭ. ގާނޫނު ބަދަލު ކުރަންވީނޫންތޯ ކުރީގެ ފުލުސް ކޯޓުގެ ނިޒާމަށް، އޭރުން އެތަނުގައި ހުންނަ ގޮނޑި މޭޒު ހެކިބަސްދީގެން މައްސަލަ ސާބިތުވާނެ. ރާއްޖޭގެ ޖިނާއީ އަދުލު ނިޒާމުގެ ބިންގާ އެޅިފައިވަނީ މިދެންނެވި ގޮނޑިމޭޒުގެ ހެކިބަހުން.
އަލީސުޖާއު ހުޅުމާލެ
03 July 2021
ޓެގު އަޅުވާފަ މޮނީޓަރނުކުރެވޭގޮތަށް މިފަދަ ނުރައްކާތެރި މީހުން މުޖުތަމައުއަށް ދޫކުރުމަކީ ތަހުގީގުމަރުހަލާވިޔަސް ރައްޔިތުންނަށް އޮތް ނުރައްކަލެއް. ކޯޓުތަކާއި ސަރުކާރުން މިކަމާ ފުންކޮށްވިސްނެވުން ރަނގަޅުވާނެ .މުޖުތަމައު މިވަނީ ވަރަށްް ބޮޑަށް ފަސާދަވެފަ ބައެއްމީހުންގެ ވިސްނުންމިހިރީ ހައްދުފަހަނައަޅާފަ އެއްވެސްރައްކާތެރިކަމެއްނެތް.
ދުއްނާރި
02 July 2021
ކިހާ ދެރަކަމެއްތަ. ގޮއްވާނެ އެއްޗެއް ބޭނުމިއްޔާ ދުންމާރުއެއް ގަނެގެން އެ ގޮއްވަން އިންނަންވީނޫން.
ބިލް ކުލިންޓަން
02 July 2021
މިއަދު ނޫހުގާ މިއޮތީ އެންބަސީތައް ގޮއްވާވާހަކަ. ގޮއްވަންގޮވިމީހެއް މިހާރު އެދޫކޮށްލީ. ބުނާންމިއުޅެނީ އެއްގޮތަކަށްވެސް ތާކުންތާކުންނުޖެހޭ މިޖަހާ ސަކަރާތެއް.