ވެކްސިން ޖެހުމަށް ބަޔަކު ކިއުގައި މަޑުކޮށްގެން-- ފޮތޯ: ނިޝާން އަލީ/ މިހާރު
03 ޖުލައި 2021 - 23:28
ކޮވިޑު-19 އިން ދިފާއުވުމަށް ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް ދެ ވަނަ ޑޯޒް ޖަހަން މާދަމާ ފަށައި އެޕޮއިންޓްމަންޓް ހައްދަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގުޅާނެ ކަމަށް އެ އެޖެންސީން މިރޭ ބުނެފި އެވެ.
އެޗްޕީއޭ އިން ކުރި އިއުލާނުގައި ބުނީ ދެ ވަނަ ޑޯޒް ޖެހުމުގައި އިސްކަންދޭނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް ކަމަށެވެ. އެގޮތުން، މިދިޔަ ފެބްރުއަރީ މަހު ވެކްސިން ޖެހި މީހުން ދެ ވަނަ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެދުމަށް އެޗްޕީއޭ އިން ގުޅަމުން ގެންދާނެ ކަމަށް ބުންޏެވެ.
އެޕޮއިންޓްމަންޓު ލިބޭ ހުރިހާ އެންމެން ވެސް ކަނޑައަޅާފައިވާ ސެންޓަރަށް ގަޑިއަށް ހާޒިރުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ކޮވިޝީލްޑް ވެކްސިން ހުސްވާން ފެށުމުން މިދިޔަ މެއި 4 ވަނަ ދުވަހުން ފެށިގެން އެ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުން ހުއްޓާލި އެވެ. އޭރު، ދެ ވަނަ ޑޯޒް ޖެހިފައި ތިބީ މަދު ބައެކެވެ. ނަމަވެސް އަލުން ވެކްސިން ޖަހަން ފެށީ، އިތުރު ޑޯޒްތަކެއް ލިބުމުން ކަމެއް ނުވަތަ ކުރިން ގެނެސްފައި ހުރި ޑޯޒްތަކުން ކަމެއް އަދި ސާފެއް ނުވެ އެވެ.
ވެކްސިން ޖަހަންދާއިރު އައިޑީ ކާޑާއި ވެކްސިން ކާޑު ގެންދަން ހަނދާންކޮށްދީފައިވެ އެވެ. އަދި ރަނގަޅަށް ކައިގެން ދިއުމާއި ވެކްސިން ޖަހަން ފަސޭހަ ހެދުމެއް ލައިގެން ދިއުމަށް އެޗްޕީއޭއިން އެދިފައިވެ އެވެ.
ރާއްޖޭގައި ތިން ވައްތަރެއްގެ ވެކްސިން ޖަހަ އެވެ. އެއީ، ކޮވިޝީލްޑާއި ސައިނަފޯމް އަދި ފައިޒާ ވެކްސިނެވެ. އެއް ޑޯޒް ޖެހި މީހުންގެ އަދަދު އިއްޔެއާ ހަމައަށް ހުރީ 317,244 ގަ އެވެ. އަދި ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދު 191،725 އަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބީވީ
04 July 2021
އަތުގަ ފާހަގަ ވާ ކަހަލަ ބޭންޑު އަޅުވާ… އެމަކު ވެސް މިސްރާބު ތިހުރީ އަނެކާވެސް ބަޔަކަށް ނާޖާޒު ފައިދާ ހޯދަ ދޭން. މި އޮތީ ވާ ސަރުކާރެއް !!
ހެހެ
04 July 2021
ކުރިން ވެކްދިންގެނެވުނީމަ ހީވަނީ ދެ ޢީދު އެއްފަހަރާ އައިސްގެން އުޅޭހެން. މިފަރު ގެނެވުނު ކަުގެ މަޢުލޫމާތެއއ ވެސް ނޫސްތަކަށް ނުދީ ވަރަށް ލޮނުމަޑު ގޮތަކަށް އިއުލާނުކޮށްލައިގެން ޖަހަން ކިއުޅެނީ ހަމ ކޮވިޝީލްޑް ބާއޭ ހިތަށް އަރާ. ނޫނީ އެންމެނަށް ޖަހާ ނިމުނީމަ މިހާރު ދެވައްތަރުން ޖެހިޔަސް އޯކޭ ވާނެއޭ ބުނެފާނެބާ.
އާފަލު
04 July 2021
ހަދިޔާ ކުރި ފަރާތް ބުނެވެންނެތި ވެކްސިން ޖަހަން އުޅޭތީ ލޮނުމަޑުވަނީ.
ޚުލްސުމް
04 July 2021
ރޮޒޭނާ ކީކޭބާބުނަނީ މިކަމާ މިކަހަލަ އަނދުން އަޅު ވަން އަބަދު ނޫޅޭ ފައިޒާ ވެކްސިން ނޫނީ ނުޖަހާ ދައުލަތުން އެބަޖެހޭ ފައިޒާ ވެކްސިން ރައްޔިތުންނައް ގަންނަންލިބޭގޮތް ހަދައިދެއް ވަން
ޙަޒާނާ
04 July 2021
ފައިޒާވެކްސިން ގެނެސް ވިއްކަން ބެހެއްޓިނަމަ މިހާރު ރައްޔިތުން ތިބޭނީ ޖަހާ ނިންމައިގެން ވެރިކަމައް ކުފޫހަމަނު ވާ ބަޔަކު ހޮ ވުމުން ހުރިހާ ގެއްލުމެއް ރައްޔިތުންނައް ތިޔަޖެހުނީ އަޅުގަނޑަކީ އިނގިރޭސި ވިލާތުގަ އުޅޭމީހެއް ދެން ވެސް ވިސްނާތި ވޯޓުދޭއިރު ރިސޯޓު ކުދިން ވެސް މަސް ވެރިން ވެސް
އުސްމާނުބެ
04 July 2021
ގޯސަވާހަކަ އެއްނޫން ، ސަރުކާރުން ވެސް ބޮޑު ލޯނު ނަގައިގެން ނަމުގަ ކުރަނީ ، ނިމޭ އިރު ހަމަ ރައްޔިތުންގެ ފައިސާއިން އަބުރާދައްކަން ޖެހެނީ . އެހެންވެ ގެނެއް ވިއްކަން ބެހެއްޓިނަމަވެސް ހަމަ އެއްތާކު ޖެހޭނީ
ރޯޒަސް
04 July 2021
ކީއްކުރަން ޖަހާ އެއްޗެށް. ތިޔައް ވުރެ މާރަނގަޅު ގޮސް އަމިއްލައަށް ތި ބަލިޖެހިގަތީމަ. ވެކްސިން ޖެހިމީހަކަށްވުރެެ ބަލިޖެހުނުމީހާއަށް އިނާޔަތްތައް މާބޮޑުވިއްޔަ.
ރަދީފްއޮފިޝިއަލް
04 July 2021
މާޗުމަހު ފުރަތަމަ ޑޯޒް ޖެހި ކުދިންނަށް ވެސް ލަސްނުކޮށް ގުޅައްޗޭ.ސީރިއަސްލީ އިނގޭ.ވ.ވ.ެދުން
އިސްތަރުޖަމާނު
04 July 2021
ޖާމަނީގަ މީހާރު އެއަންގަނީ އެސްޓްރަޒެންކާ ފުރަތަމަ ޑޯޒު ޖެހިމީހުނައް ފައިޒާ ނުވަތަ މޮޑާނާ ވެކްސިން ޖެހުމަށް. ޑެލްޓާ ވޭރިއެންޓައް މިގޮތްކަމަށް މާއިފެކްޓިވް ކަމައްވަނީ. ހެޗްޕީއޭ؛ ދިވެހި ރައްޔިތުން ބޭނުންވަނީ މިކަމުންސަލާމައްވުމަށް އޮތް އެއްމެރަގަޅު ވެކްސިނެއް. އިންޑިއާ ވެކްސިން ގަންނަން މަޖުބޫރުވަނީތޯ؟
ޅަތަރުޖަމާނު
04 July 2021
އޮޅުވާނުލާ، ލިބެން އޮތް ވެކްސިނެއް ޖެހުން މީގައި މުހިންމުކަމަށް ސައިންސްވެރިން އެބުނަނީ ހުއްޓާނުލާ. ދެން ފައިޒާ ނޫނީ މޮޑާނާ އެއީ މަތިން ފައިބާ އެއްޗެއްތަ؟ ހެޔޮ އެއްގޮތެއްވެސް ނޯންނާނެ މިމީހުންނަށް.
ރޯޒަސް
04 July 2021
ނޫނޭ.. ބޭނުންހާ ވެކްސިނެއް ގަންނަން ނުލިބެނީ
ޖުއްބާ
04 July 2021
އިނގިހުރެ ދިވެހިން ގަޔައް ތިޖަހަނީ ފީކަލާ ވެކްސިން އެއްނު. ކޮން ރަގަޅު ނަތީޖާއެއް ދިވެހިންނައް ލިބުނީ ތި ކޮވިޝީލްޑެއް ޖަހައިގެން؟
މުރުތައްދު
04 July 2021
ސަލާމަތުން ހުރެ ކޮމެންޓްކޮށްފަ ފިތުނަ އުފެދޭ ކަހަލަ ވާހަކަ ދެއްކެނީވެސް ވެދާނެ ތިފީކަޅާ ވެކްސިން ޖަހައިގެން ކަމަށްވެސް.
ހިލަބެ
04 July 2021
2 ޑޯޒްޖެހުމުން އެއްވެސްލުޔެއްނުދޭ ދެންކީއްކުރަންޖަހާއެއްޗެއްތީ ދުނިޔޭގެ އެހެންގައިމުތަކުގައި 2 ޖެހިމީހުންށް ދަތުރުކުރުމާއި އެކަމަށްހިެްވަރުދޭން ފާޑުފާޑުގެ އިނާމުތައްވެސްއެއޮއްދެނީ މިރާއްޖޭގަ މިހެންކަންނުކުރަނީ ކީއްވެގެން....؟
ކޭންސް
04 July 2021
އަނެއްކާ ޑޯޒް ހަމަނުވެފަ ތިބި ރޯޔަލް ފެމިލީ ބަޔަކު ޢީދު ޗުއްޓީއަށް ފޮނުވަން ކޮށްދޭ ކަމަކާ ހާދަ ވައްތަރޭ....