ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި ފްލެޓެއްގެ އެތެރެ-- މި ތަންތަން ހަވާލުކުރަނީ މަސައްކަތް ނުނިންމާ، ފްލެޓް ނިންމުމަށް ތިން މަސް ދުވަސް ދޭނެ-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
05 ޖުލައި 2021 - 13:29
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކުރި ހިޔާ ފްލެޓްތަކުގެ އިންޓީރިއާ ފިނިޝިން އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސިން ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ލޯނު ދޫކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ހިޔާ ފްލެޓް ޔޫނިއަނުން ބުނެފި އެވެ.
ހިޔާ ފްލެޓްތަކުގެ މައްސަލައިގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދުގެ އިތުރުން ރައީސް އޮފީހުގެ ކަމާ ގުޅޭ އިސްބޭފުޅަކާއެކު އިއްޔެ ބޭއްވި ބައްދަލުވުމަކަށް ފަހު، ހިޔާ ފްލެޓު ޔޫނިއަނުން ބުނީ، ބީއެމްއެލާއި އެޗްޑީއެފްސީ މެދުވެރިކޮށް، ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް ބޭނުންވާ ލޯނު ހަމަޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނަމަވެސް އެއީ ސަރުކާރު މެދުވެރިވެގެން ދޫކުރާ ލޯނެއް ނޫން ކަމަށް ވެ އެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލް އާއި އެޗްޑީއެފްސީ އިން ރަސްމީކޮށް އަދި މީޑިއާއާ ވާހަކައެއް ނުދައްކަ އެވެ. ޔޫނިއަނުން ބުނެފައިވާ ވާހަކަތަކުގެ ހަގީގަތެއް އެހާ ސާފު ނުވި ނަމަވެސް ހިޔާ ފްލެޓުގެ ފިނިޝިންގެ މަސައްކަތްތަކަށް ލޯނު ދޫކުރަން ބައެއް ބޭންކުތަކުން ނިންމާފައިވާ ކަމަށް ވެ އެވެ.
ފްލެޓްތަކުގެ މަސައްކަތް އެއްކޮށް ނުނިންމައި، އެ ތަންތަން ހަވާލުކުރާތީ ގިނަ ބަޔަކު ވަނީ އެކަމުގެ ޝަކުވާކޮށްފަ އެވެ. ފްލެޓް ލިބުނު މީހުންގެ އަމިއްލަ ހަރަދުގައި ބޮތްކާއި ފަންކާ އާއި ތަށިމުއްޓާއި އަދި ދޮރާއިދޮރުފަތް ހަރުކުރުމާއި ބަދިގެ ސެޓް ޖެހުމުގެ ހަރަދުތައް ކުރަން ޖެހޭއިރު އެ މީހުންނަށް ޕެންޝަން ފަންޑުން ފައިސާ ނެގޭނެ ގޮތެއް ހޯދައިދިނުމަށް ވެސް ކުރިން ގޮވާލާފައިވެ އެވެ.
ހައުސިން މިނިސްޓަރާ އެކު ޔޫނިއަނުން ބޭއްވި ބައްދަލުވުމުގައި ފްލެޓްތަކުގެ އަގު ކުޑަކުރުމަށް މަޝްވަރާކުރިއިރު، މާލީ ހާލަތު ދަށް މީހުންނަށް ދައުލަތުން ސަބްސިޑީ ހަމަޖައްސައި ކުލި ކުޑަކޮށްދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި ކަމަށް ޔޫނިއަނުން ހިންގާ ވައިބާ ގުރޫޕްގައި އެ ޖަމާއަތުން ބުންޏެވެ.
ހިޔާ ފްލެޓް ޔޫނިއަނުން ބުނީ، އެންސްޕާ މެދުވެރިކޮށް ސޯޝަލް ހައުސިން ބެނެފެޝަރީގައި ރަޖިސްޓަރީވުމަށް މިނިސްޓަރު އަސްލަމް އެދިވަޑައިގަތް ކަމަށާއި އޭގެ ދަށުން ސަބްސިޑީ ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި ކަމަށެވެ.
އަނެއް ކަމަކީ ޔޫނިއަނުން އެދުނު ގޮތަށް "ގާބޭޖް ޝޫޓް" ގާއިމުކުރެވޭނެ އޮތް ގޮތެއް ބަލައި އެކަން ކުރުމަށް އެޗްޑީސީ އަށް އެންގުމެވެ. އަދި ތިން މަސް ދުވަހުގެ މުއްދަތުގެ ތެރޭގައި އިންޓީރިއާ ފިނިޝިން ނުނިންމޭ މީހުންނަށް ގްރޭސް ޕީރިއެޑް އިތުރުކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު އަސްލަމް ދެއްވި ކަމަށް އެ ޔޫނިއަނުން ބުންޏެވެ.
އެކަމަކު މިކަމާ ބެހޭ ގޮތުން ޕްލޭނިން މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް އަދި ވަނީ ނުވެފަ އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު "މިހާރު" އަށް މިއަދު ވިދާޅުވީ، ގޯތިގެދޮރު ހޯދައި ދިނުމަށް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއުގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކުގެ ފިނިޝިން އަށް ބޭނުންވާ ލޯނު ދިނުމަށް މާލީ އެކި އިދާރާތަކުން މަޝްވަރާ ކުރާ ކަމަށެވެ. ނަމަވެސް އެކަމުގައި އަދި ގޮތެއް ނިމިފައިވާ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.
ހިޔާ ފްލެޓްތައް ލިބުނު މީހުންނާ އެކު މި މަހުގެ 14 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާއިރު އޭގައި ސޮއިކުރާނީ ފަހަރަކު ޓަވަރަކުން ޓަވަރަކުން ނިންމައިގެންނެވެ. ކޮންމެ ދުވަހަކު ވެސް މަދުވެގެން 300 އެއްބަސްވުމުގައި ސޮއިކުރާނެ އެވެ.
"އީދު ބަންދު ދުވަސްތަކުގައި ހައްޖު ދުވަހާއި އީދު ދުވަސް އަދި ވަޅު އީދު ދުވަސް ފިޔަވައި ބާކީ ދުވަސްތަކުގައި ވެސް ސޮއިކުރުން ކުރިއަށް ގެންދިއުމަށް މިނިސްޓަރު އެޗްޑީސީ އަށް އެންގެވި. އެހެންވީމާ އެ ދުވަސްތަކުގައި ވެސް ސޮއިކުރުން ކުރިއަށް ދާނެ. ޖުމުލަ 30 ދުވަހުން އެގްރީމެންޓްގެ ސޮއިކުރުމުގެ މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން [މިނިސްޓަރު] އެރުވި،" ފްލެޓް ޔޫނިއަންގެ ވައިބާ ގުރޫޕުގައި ވެ އެވެ.
ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރި 6،720 ފްލެޓްތަކުގެ ކުލީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 25 އަހަރަށް ބަހާލައިގެން މަހަކު 7،500ރ. އަދި ސާވިސް ފީ އަށް 1.000ރ. އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުހަންމަދު..
07 July 2021
ޕެންޝަން ފަންޑުން ތިކަމަށް ފައިސާ ލިބޭނެ ގޮތެއް ހެދުން ކިހިނެއްވާނެބާ؟
ކަކުނިބޯ
07 July 2021
ބަރުލަމާނީއަށް ވޯޓްލާ، އޭރުން ތިޔަލޯނު މާފުކޮށްލަ ދޭނަން ހަހަހަހަ ތިއޮތީ ނަޓު އަޅުވާފަ އިންޑިޔާ ކިޔާ ބާތްހޭ
ބޮޑުކަމެއްނު
06 July 2021
ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. ”ހަތްދިހަ ތިން ވައްތަރަކަށް ރިބާ ބެހިގެން ވެއެވެ. އޭގެ ތެރެއިން، ފާފަ އެންމެ ކުޑަ ވައްތަރަކީ، މީހަކު އޭނާގެ މަންމަ އާއި ކާވެނި ކުރުން ފަދަ ނުބައިކަން ބޮޑު ކަމެކެވެ.”
87654
07 July 2021
ރިބާ ކިޔާ އެއްޗެ ނޯވޭ މިހާރަކު
އިސްލާހު
05 July 2021
ލޯނެއް ބޭނުމެއްނޫން ...... ބަޔަކު މާ މޮޅު އެއްޗަކަށް ހެދިޔަސް އެ ހަލާލު ވާނެ އެއްގޮތެއްވެސް ނޯންނާނެ....
mRNA vaccines
07 July 2021
ކަލޭ ދެން ހުރޭ ލޯނު ނުނަގާ. އަބު ހޮވަން ދޭ
ރާއްޖެ
05 July 2021
ސާވޭއެއް ހަދާބަލަ، މި ރާއްޖޭގެ ޒުވާނުންގެ ތެރެއިން ގިނަ ބަޔަކު ތިބީ ލޯނެއްގަ ނޫނީ ކްރެޑިޓް ސްކީމެއްގަ ތާށިވެފަ.
ފަގީރު ކޮއި
05 July 2021
ހިޔާ ފްލެޓް ޔޫނިއަނުން ބުނީ، އެންސްޕާ މެދުވެރިކޮށް ސޯޝަލް ހައުސިން ބެނެފެޝަރީގައި ރަޖިސްޓަރީވުމަށް މިނިސްޓަރު އަސްލަމް އެދިވަޑައިގަތް ކަމަށާއި އޭގެ ދަށުން ސަބްސިޑީ ލިބޭނެ ކަމުގެ ޔަގީންކަން ވެސް ދެއްވި ކަމަށެވެ. ކޮންމެ ކަމެއްވެސް ބަކިބަޔަކަށް މިލިބެނީ. ޕެންސަން ފަންޑުންވެސް ގޯތިި ފުލެޓް ގަންނަން އެބަލިބޭ ގެދޮރުވެރިޔާ ލޯނުވެސް ރައީސް ބުނި ގޮތަކަށް ނޫން ދޫކުރަނީ. އެއްވެސް ލޯނެއް ނުނަގާ ބިމެއްއޮތް މީ ހަކަށް ގެދޮރު ވެރިޔާ ލޯނުވެސް ލިބެނީ . ކި ހާދެރަ
ނަގާނެ
05 July 2021
ތިވެސް ނަގާނެއެވެ. އެކަމަކު ޤަވާޢިދުން ލޯނު އަދާކުރާނީ މަދު ބައެކެވެ. ނޯޓިސް ފޮނުވާއިރަށް ބުނާނީ ނެތޭ، ނެތް އެއްޗެއް ނުދެއްކޭނެޔޭ އެވެ. ބަލަންތިބޭށެވެ!
ޙަްުެިެްދ
05 July 2021
ރިބާ ހިމެނޭ ލޯނު ދޫކުރާނެ ކަމެއްނެތް. ލޯނު ދައްކަމުން ކުލި ދެއްކޭ ހާ ފެންވަރެެއްނެތް. އެ ހެންވީމަ ތިވެސް ދޭނެ މީ ހަކަށް ދީ. އަދި ރިބާގެ މުޢާމަލާތް ކުރި މީ ހާއަށް ލިބޭ އެންމެ ކުޑަ ޢަޒާބުވެސް އޮޅުންފިލުވާތި.
ށަވިޔަނި
05 July 2021
ރިބާއަކީ އެންމެ ބޮޑުވެގެންވާ އެއް ފާފަ. سبع الموبقات ތެރޭ ހިމެނޭ ހަރާމް ކަމެއް.
އައިމިނައްތަ
05 July 2021
ބޭންކްގެ ލޯންތަކަށް ކުރިމަތި ކުރުވާ ޝަރުތުތައް ހަމަވެގެންތާ ލޯން ލިބޭނީ..ބޭންކްތަކަކީ މުއްސަދިންނަށް ލޯން ދޫކުރާ ތަންތަން..ފަގީރުން ޝަރުތު ހަމަނުވާނެ..
ސިފްރާ
05 July 2021
ތިޔަބުނާ ބޭންކްތަކުން ލޯން ދޫކުރާނެ..އެއޮންނަ ޝަރުތުތައް ފުރި ހަމަ ނުވާނެ ގިނަ މީ ހުން..އަދި ކޮވިޑާއި ގުޅިގެން ގިނަބަޔަކަށް ފައިސާ ލިބުން މަދުވެއްޖެ..އެކައުންޓަށް ފައިސާ ވަންނަ ވަރަކުން ލޯން ހަމަޖެ ހޭނީ.. ގިނައިން ތިބީ އެކަނިވެރި މައިން ސިވިލް މުވައްޒަފުން ހާއްސައެ ހީ ބޭނުންވާ ފަރާތްތައް..