މެއި މަހުގެ ފެށުނު މި ހަމަނުޖެހުންތައް ދެ މަސް ވެގެން ދިޔަ އިރުވެސް ހުއްޓުމަކަށް ނާންނާތީ، އިޒްރޭލުގެ ރަށްތަކުގައި ޔަހޫދީންނާއި އަރަބީންނާ ދެމެދު ދާހިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފައި.
05 ޖުލައި 2021 - 16:05
އިޒްރޭލުގެ ރަށްތަކުގެ ތެރެއިން އަރަބި ދަރިކޮޅުގެ މުސްލިމުންނާއި ޔަހޫދީން ދިރިއުޅޭ ރަށްތަކުގައި މިދިޔަ މެއި މަހުގެ ތެރޭގައި ފެށުނު ހަމަނުޖެހުންތައް އިތުރަށް ހޫނުވެ، ދާހިލީ ހަމަނުޖެހުމެއްގެ ބިރު އުފެދިއްޖެ އެވެ.
މެއި މަހުގެ ތެރޭގައި އިޒްރޭލް ސިފައިން ގާޒާ އަށް ދިން ހަމަލާތަކާ ދެކޮޅަށް، އިޒްރޭލުގެ އަރަބިން ބައެއް ސަހަރުތަކުގައި މަގުތަކަށް ނުކުމެ އިޒްރޭލް ސަރުކާރާ ދެކޮޅަށް އަޑުއުފުލަން ފެށުމުން، އިޒްރޭލުގެ ޔަހޫދީން ވެސް މަގުތަކަށް ނުކުމެ އިޒްރޭލު ސަރުކާރުގެ ދިފާއުގައި އަޑު އުފުލި އެވެ. ދެ ފަރާތުގެ މުޒާހަރާތައް ހޫނުވެ އެއް ބަޔަކު އަނެއް ބަޔަކަށް ހަމަލާ ދޭން ފެށުމުން، އޭރު މުޒާހަރާތައް ކޮންޓްރޯލް ކުރީ އިޒްރޭލު ފުލުހުން ބާރުގެ ބޭނުންކޮށްގެންނެވެ.
ގުދުސްގައި އަރަބިންނާއި ޔަހޫދީން ދިރިއުޅޭ ބައެއް އަވަށްތަކުގައި، ދެބައިމީހުންގެ މެދުގައި ފުރަތަމަ ފެށެނީ ބަހުގެ ހަމަލާތަކާއި ޒުވާބުކުރުންތަކެވެ. އެއަށް ފަހު އެއް ބަޔަކު އަނެއް ބަޔަކަށް އެއްޗެހި އުކައި، ގަޔަށްބޮލަށް އަރައިގަންނަ ހިސާބަށް މަސްރަހު ހޫނުވެ އެވެ. މިދިޔަ ހަފުތާގައި ވެސް، ގުދުސްގެ ބައެއް އަވަށްތަކުގައި، އެއް ބަޔަކު މަގުން ހިނގާފައި ނުވަތަ ދުއްވާފައި ދާއިރު، އަނެއް ބަޔަކަށް ހަމަލާ ދިނުމާއި، އެއް ބަޔަކު އަނެއް ބައެއްގެ މުދަލަށާއި ވިޔަފާރިތަކަށް ގެއްލުން ދިނުމުގެ ހާދިސާތައް ވެސް ހިނގާފައިވެ އެވެ. އޭގެ އިތުރުން އެއް ބަޔަކު އަނެއް ބައެއްގެ ދީނީ ބިނާތަކުގެ ހުރުމަތް ކެނޑުމުގެ އަމަލުތައް ވެސް ހިނގާފައިވެ އެވެ.
މެއި މަހު ފެށުނު މި ހަމަނުޖެހުންތައް ދެ މަސް ވެގެން ދިޔަ އިރުވެސް ހުއްޓުމަކަށް ނާންނާތީ، އިޒްރޭލުގެ ރަށްތަކުގައި ޔަހޫދީންނާއި އަރަބީންނާ ދެމެދު ދާހިލީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު މިހާރު ވަނީ އުފެދިފަ އެވެ. އިއްޔެގެ ހިނގި ކުރިމަތިލުންތަކުގައި، ޔަހޫދީ ވަޒަންވެރިއަކު ފިސްތޯލަ ޖެހުމުގެ ސަބަބުން، ފަލަސްތީނު ދަރިކޮޅުގެ އިޒްރޭލު މީހަކު މަރުވި އެވެ. އަދި ޔަހޫދީއަކު ދުއްވި ކާރަކަށް ފަލަސްތީނު ދަރިކޮޅުގެ ބަޔަކު އޮއްގަލުން ހަމަލާ ދިނުމުގެ ސަބަބުން، އެ ޔަހޫދީ މީހާ މަރުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީލީ
06 July 2021
ފޭރިގަނެގެން އަނިޔާވެރިކަމުން ގާއިމްކުރި ދައުލަތެއް ދެމި ނޯންނާނެ ކަން ޔަގީން. ފަލަސްތީނުގެ ބިމަކީ މުސްލިމުންގެ ބިމެއް. ސޫނާރ އޯ ލޭޓަރ ވީ ވިލް ކޮންކުއަރ
އެލޮކޮސް
05 July 2021
އަލްޙަމްދުލިﷲ
ޝަޒަން
05 July 2021
ތިތަން ނޯއްނާނެ މާގިނަދުވަހަކު ތީ ފުރުޑެންޖެހޭތަނެއްވެސް މެ .... ޔަހޫދީންނައް 76 އަހަރަށްވުރެ ގިނަދުވަހަކު ނޯވެވޭނެ ....
އާދަނުއަ
06 July 2021
އެއީ ކީއްވެ؟
ބިލް ކުލިންޓަން
05 July 2021
މުސްލިމުން ދޫނުދޭތި.
އަންހެނާ
05 July 2021
އިޒްރޭލު ކިޔާ ގައުމެއް އޮވޭތަ؟
ފިސްފިސް
05 July 2021
ތިަޔަ ހަމަނުޖެހުމެއްގައި އެމީހުންނާ އެމީހުން ތަޅާފޮޅާ ސުންނާފަތި ކުރައްވާ މުސްލިމުންގެ މަގު އަމާންކުރައްވާނދޭވެ. އާމީން