10 ޖުލައި 2021 - 17:30
ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެ ރަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އެ މަނިކުފާނު ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށް ސުވާލު ކޮށްފި އެވެ.
މެންދުރު 2:00 އިން ފެށިގެން ފުލުހުން މައި މަރުކަޒު ހުސައިން އާދަމް ބިލްޑިންގްގައި ގާތްގަނޑަކަށް ދެ ގަޑިއިރު ހޭދަކުރެއްވުމަށް ފަހު ޔާމީން މިހާރު ވަނީ އަނބުރާ ގެކޮޅަށް ވަޑައިގެންފަ އެވެ.
ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ ޔާމީން ފުލުހަށް ހާޒިރުކުރީ ތަހުގީގުކޮށް ނިމި ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައިވާ އާ ރަށާ ގުޅޭ މައްސަލައިގައި ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި، ޔާމީންގެ މައްޗަށް ތަހުގީގުކޮށް އަދި ދައުވާ ކުރަނީ "ނުހައްގުން، އަސާސެއް ނެތި" ސަރުކާރުން ހިންގާ ހަރަކާތްތަކުގެ ތެރެއިންނެވެ.
ވ. އާރަށަކީ ޑީއާރްޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީންގެ އަލީގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ދީފައި އޮއްވައި 2015 ވަނަ އަހަރު ވ. ފެލިދޫ ކައުންސިލާ ހަވާލުކުރި ރަށެކެވެ. އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަހު، ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. އެ ރަށް އޭގެ ފަހުން ބޭރު ކުންފުންޏަކަށް ވިއްކައިލީ އެވެ.
ޔާމީންގެ މައްޗަށް މި މައްސަލާގައި ތަހުގީގު ހިންގާފައިވަނީ ރަށް ވިއްކާލައިގެން ލިބުނު އެއް މިލިއަން ޑޮލަރު ޔާމީންގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާކޮށްފައިވާކަން އެމްއެމްޕީއާރްސީގެ ތަހުގީގުގެ ތެރެއިން ހާމަވުމުންނެވެ.
ގެސްޓް ހައުސް ވިޔަފާރި ހިންގާ ވ. ތިނަދޫ ކައިރީގައި އޮންނަ ކުޑަކުޑަ މި ރަށުން ލިބުނު ފައިސާގެ މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާކޮށްދޭން އެދިފައި ވާއިރު ޔާމީން މިހާރު ތަންފީޒުކުރާ ފަސް އަހަރުގެ ޖަލު ހުކުމް ވެސް އައިސްފައި ވަނީ ރިސޯޓް ހަދަން ވިއްކި ރަށަކުން ލިބުނު ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް މަނީ ލޯންޑަރިން ހިންގިކަން ސާބިތުވެގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަކީލާސް
11 July 2021
ތަންދޮރުނޭނގޭ މީހުންކާރީ ދައްކާކަހަލަ ވާހަކަ ނުދައްކާތިބޭ. ހަގީގަތުގައި ބޭކާރު ވާހަކަ ތިދައްކަނީ އަސްލު މައްސަލައިގެ ފޯކަސް ގެއްލުވާލުމުގެ ބޭނުމުގައި. އަސްލު މައްސަލައަކީ ވައްކަން. ވީއިރު ޕީޖީ އޮފީހަށް މައްސަލަ ފޮނުވިޔަސް އެއޮފީހަށް މައްސަލައާއި ގުޅިގެން ބޭނުންވާ އިތުރު މައުލޫމާތުތަކެއް ހުރެދާނެ. އެހެންވީމަ އެފަދަކަމެއްގައި ހާޒިރުކުރަންޖެހުމުން ހާޒިރުކުރާނެ. މައްސަލައަކަށް ވާނީ ގާނޫނާއި ޚިލާފަށް މީހަކު ފުލުހަށް ހާޒިރުކުރިނަމަ.
ހަބޯ
11 July 2021
މިހާ ހަސްފަށް ނެތް ފޭރާންދެރަ ލަދުވެތި ގޮތަށް ފަޟީޙަވެ ހުރި ވެރިކަން ކުޅަ އެއްވެސް މީހަކު ނުހުންނާނެ
މުޖާހިދު
11 July 2021
ތިހެން ހީަވބނީ ތީނައަށް. ޔާމީނަކީ މިރާއްޖެ ނުދެކޭ ފަދަ ވެރިއެއް. 10 ހާސް ފުލެޓް އެހެރީ ހުޅުމާލޭގަ އަޅާފަ. މިހާރުވެސް ގޮސް ބަލާ. އެވަރަށް ހުންނާނެ. ޖޭ ވަނީ ދޯ.
ދީމާހު
11 July 2021
ސަރުކާރު ބަލިކަށިވުމުން ސަމާލުކަން އަނބުރާލަން ހިންގާ ސިޔާސީ ހަރަކާތެއް މިއީ. މިހާ ކޮރަޕްޓް ސަރުކާރެއް އަދި ނެތް ފެނިފައި. ރޯމާ ދުވާލު ރައްޔިތުންގެ ބައިތުލްމާލުން ވައްކަންކޮށް ކޮރަޕްޝަން އެބަ ހިންގާ. މިކަންކަން ނުބަލާ އިދިކޮޅު ލީޑަރުން ކޮޅުކޮޅަށް ދަމަނީ ހަދާނެ ގޮތް ހުސްވުމުން
ޢިސްކުރު
11 July 2021
ބަލަ ޔާމީނުތަ ތިކަން ކުރަން އެތާންގަ ހުރީ ކޮބާ ތިކަން ކުރިމީހާ
ޟާ124
10 July 2021
އަނެއްކާ މަގޭ ރަށް ވިއްކާލާފަބާ އޮތީ
އިޓްސްޓްރޫ
10 July 2021
ކުދިންނޭ މާލެ ސަރަހައްދުން އެންމެނަށް ގޯތި ދީ އަދި މާލޭން ގޮސް ގާފަރަށް އަދި ފުށިދިއްގަރުފަޅަށާއި މާފުއްޓަށް ބްރިޖް އަޅަން ބޭނުންވާ ކުދިން މިއަދު އެބުނަނީ އެމެން އެދެކޭ ހަޔާތް މައި ލައިފް ވިލް ނެވަރ ބީ ސަކްސެސް ވިދައުޓް ޕިންކީސް އޭ ދޯ މަމެންނަށް ނޭގޭ ދެން ބުނާނެ އެއްޗެއް ވެސް ދޯ އޯއް އޯއް އޯއް މަމެން ޕިންކީންގެ ގަޓް ރައީސަށް ރާއްޖޭގެ ތަޚްތު ދޭން އެބަޖެހެއޭ މައި ލައިފް ވިލް ނެވަރ ބީ ދަ ސޭމް ރައީސް ޔާމީން ވެރިކަމުގައި ހުންނަވާއިރު ގާރލް ޔޫ ނޯ
އަރުތަ
10 July 2021
ހޯހޯއޭ ހޯހޯއޭ ނުދޭށޭ ނުދޭށޭ ދީފިއްޔާ ވާނީ މިހެނޭ ކިޔާ އެތަކެއް ހަޅޭކެއްލެވީމަވެސް އުމަރުބުނިއެއްޗެއް އަޑެއް ނާހާ ވެރިކަން ހަވާލުކުރީމަ އަރުވާލި ވަރު ބުނެދޭންވެސް ނޭގެ، ދެންއެކަމަކު އަނެއްކާވެސް! ނުވާނެ ދެން ހޯހޯ.
1234
10 July 2021
އެބުނާ ޑޮލަރު ޔާމީނަށް ލިބުނުގޮތެއް ބުނެދިނީމާ ނިމުނީނު
އަރުތަ
10 July 2021
ކިހިނެއް ބުނެދޭނީ ބިޒިނަސްޕާޓްނަރ ޒަމީރުވެސް ކޯޓުގަ ހެކިބަސް ދިނީ ޔާމީނުއާ ދެކޮޅަށް، ވާނީވެސް އެހެންތާ ދޮގު ހެކިދީގެން ޒަމީރުގެ ދުވަސް ދާކަށް އޭނަވެސް ބޭނުމެއް ނުވާނެތާ، ވަސީމުގެ ހެކިބަހުންވެސް ޔާމީނަށް ކުރިއެރުމެއް ނުލިބުނީ.
ޔޫރޮކްމައިވޯލްޑް
10 July 2021
ޕީޖީ އަށް ފޮނުވާފައިވާ އާ ރަށުގެ މައްސަލާގައި ޔާމީން ފުލުހަށް ހާޒިރުކޮށްފި ނަމަ އެއިން އެގިގެންދާ އެއްޗަކީ އެއީ ފުލުހުން މިހާރު ޕީޖީ އަށް ފޮނުވާފައިވާ މައްސަލަ އަކީ އެއީ އަދުލު އިންސާފުގެ ބޭރުން ފުލުހުން އަމިއްލަ އަށް މޭކް އަޕް ކޮށްގެން އުޅޭ ކޭސް އަކަށްވާތީއޭ މިފަހަރު ކޯޓް ތަކަށް ވެސް އަދުލު އިންސާފުގެ ބޭރުން ކަންކަން ނުކުރެވޭނެއޭ އައި ކެނޮޓް އެކްސްޕްލެއިން އިޓް މިއުޒިކް މިއުޒިކް އޯއް އޯއް މަމެން ޕިންކީންގެ ރައީސް ދޫކޮށްލާށޭ އޯއް ފީލް ސޯ ރައިޓް
ބޮޑުވަގައް ނޫނެކޭ ބުނާމީހެއް
10 July 2021
ކަލީ ލަދުކޮބައި އިލިދިއްލާފަ އޭނަމީނަކިއާފަ އެތައްބަޔެއް ޖަލައްކާލަމީހަ ކައިރިން ދަވީމަ ތިބުނާ އަދުއިންސާފުނެތީ
ޝެލަރީ
10 July 2021
ކޮބާވަގުންތައް ޔާމީން އެކަނިތަ މަހްލޫފްމެން ހުދުކާފޫރަށްވީތޯ
ގެޓްލޮސްޓް
10 July 2021
ފެެއިލް ވެފައިވާ ސަރުކާރަކުން މިރާއްޖޭގެ ތަރައްގީ އަށް މަސައްކަތް ކޮށް އަދި ރާއްޖޭގެ މިނިވަން ކަން ދިފާއު ކުރި ގަޓް ރައީސް ޖަލަށް ލައިގެން ތިޔާ އުޅެނީ ވެރިކަމުގައި ތަމެންނަށް ތިބެވޭނެ ކަމަށް ހީކޮށްތޭ މިސަރުކާރު މިވަނީ ފެއިލް ވެފައޭ ކުދިންނޭ ސަރުކާރު މިވަނީ ޖޭމް ވެފައޭ ޖޭމް ޖޭމް ޖޭމް ހިއަރ ކަމްސް ފެއިލް ވެފައިވާ ސަަރުކާރުގެ ޒާތަކަށް ހިނގަމުންނޭ ބިންގޯ ބިންގޯ ޖިންގޯ ޖިންގޯ ޖިންގޯ ފެއިލްޑް ސަރުކާރު ޖޭމް ޖޭމް ޖޭމް ގެޓް ލޮސްޓް ޑާންސް