ފޮރިން މިނިސްޓަރު ޝާހިދު (ކ) އާއި ޖަޕާނު ސަފީރު ކެއިކޯ، އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު
13 ޖުލައި 2021 - 13:36
ކޮވެކްސް ފެސިލީޓިގެ ދަށުން ޖަޕާނު ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ނިންމައިިފި އެވެ.
ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެކްސިން ހަދިޔާކުރަން ނިންމާފައިވާކަން ހާމަކުރައްވައި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވެކްސް ފެސިލީޓިގެ ދަށުން 11 މިލިއަަން ޑޯޒްގެ ވެކްސިން 10 ގައުމަކަށް ގައުމަކަށް ހަދިޔާކުރަން ނިންމާފައިވާ ވާއިރު އޭގެތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށެވެ.
ނަމަވެސް ރާއްޖެ އަށް ދެނީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް އަދި ނޭނގެ އެވެ.
"މިއީ ދެ ގައުމުގެ ގާތް ގުޅުން ދައްކައިދޭ މިސާލެއް،" ޝާހިދު ވިދާޅުވި އެވެ.
ރާއްޖެ އަށް ވެކްސިން ދޭން ނިންމާފައިވާ ކަން އިއުލާންކުރެއްވުމުން، ޝާހިދު ވަނީ ޖަޕާނުގެ ފޮރިން މިނިސްޓަރު އެފްއެމް މޮޓެޖީ އާއި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ޝުކުރުއަދާކުރައްވައިފަ އެވެ.
ކޮވެކްސް އަކީ ފަގީރު އަދި މެދުފަންތީގެ ގައުމުތައް ކޮވިޑުން އަރައިގަތުމަށް، މުއްސަނދި ގައުމުތަކުން އެހީތެރިކަން ދިނުމަށް އދ. އިން އިސްވެ ފެށި ހަރަކާތެކެވެ.
ކޮވިޑް-19 އިން އަރައިގަތުމަށް، ރާއްޖެ އަށް ބޭރުގެ އެކި ގައުމުތަކުން އަންނަނީ އެހީ ލިބެމުންނެވެ. އެމެރިކާ އިން ވެސް ވަނީ ކޮވެކްސްގެ ދަށުން، އެ ގައުމުން ކޮވިޑް ވެކްސިން ފުރަތަމަ ފޮނުވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފަ އެވެ.
ރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދަށް ކޮވެކްސް ފެސިލިޓީގެ ދަށުން ހަތް މިލިއަން ޑޯޒްގެ ވެކްސިން ފޯރުކޮށްދޭނެ ކަމަށް އެމެރިކާ އިން ބުނެފައި ވެ އެވެ. އެ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ޕާކިސްތާނު އަދި މެލޭޝިޔާ ވެސް ހިމެނެ އެވެ.
ހަމަ ކޮވެކްސްގެ ދަށުން ކެނެޑާއިން ވެސް ރާއްޖެ އަށް އެހީ ފޮނުވަން ވަނީ ނިންމައިފަ އެވެ. ކޮވެކްސް ފެސިލިޓީ އަށް ކެނެޑާ އިން ހަދިޔާކުރި ފައިސާ އިން ރާއްޖެ އަށް ވެސް އެހީ ލިބޭނެ ކަމަށް، ކެނެޑާ އިން ރާއްޖެ އާއި ސްރީ ލަންކާ އަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ޑޭވިޑް މެކިނޮން ވަނީ ވިދާޅުވެފަ އެވެ.
މި ފެސިލިޓީގެ ދަށުން ނޫނަސް އިންޑިއާ އާއި ޗައިނާ އިން ވަނީ ރާއްޖެ އަށް ވެކްސިން ހަދިޔާކޮށްފަ އެވެ. ރާއްޖެ އަށް މިހާތަނަށް ލިބުނު ހުރިހާ ވެކްސިނަކީ ވެސް ގައުމުތަކުންނާއި ހެޔޮ އެދޭ މީހުން ހަދިޔާކުރި ވެކްސިނެވެ.
ވެކްސިން ގަންނަން ސަރުކާރުން ވަނީ އޯޑަރު ދީފަ އެވެ. އެކަމަކު އޭގެ އެއްވެސް ވެކްސިނެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.
ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިނާއި ޗައިނާގެ ސިނޮފޯމް އަދި އެމެރިކާގެ ފައިޒާ ވެކްސިނެވެ. އަދި ރަޝިއާގެ ސްޕަޓްނިކް-ވީ އާއި ސިންގަޕޫރްގެ އެސްޓްރަޒެނެކާ އާއި އެމެރިކާގެ ޖޯންސަން ވެކްސިން އަށް ވެސް ރާއްޖެ އިން ހުއްދަ ދީފައި ވީ ނަމަވެސް، އެ ވެކްސިންތައް ވެސް އަދި ރާއްޖެ އަށް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލްސާމް
14 July 2021
ސަލާން ޖެހުން ނޫ ކަމެއް މިގައުމުގެ ހިންގުމުގެ ދާއިރާއަކު ނެތް. ވަރަށް ސަލާން.
އަހުމަދުއަލީ
14 July 2021
ޖަޕާނުން ފުރަތަމަ ގަތީ އަސްޓްރާޒެނެކާގެ ވެކްސިން. އަސްޓްރާޒެނެކާ ޖެހުން ޔޫރަޕުގެ ގައުމުތަކުން ހުއްޓާލި ދުވަސްކޮޅު ޖަޕާނުންވެސް އެ ހުއްޓާލާފަ އަލުން ފައިޒާ ޔާ މޮޑާނާ ވެކްސިން ގަނެގެން ޖަޕާނު މީހުން ގަޔަށް ޖެހީ. މިހާރު އެ ބާކީވި އަސްޓްރާޒެނެކާ ސްޓޮކު އެ ބަހާލަނީ
މުރާސިލު1
14 July 2021
ތިޔަ ހުރިހާ ވެކްސިނެއް ހިލޭ ލިބުމުން މިހާރު ފައިސާ ދައްކާފައިވާ ވެކްސިންތައް ގެނެސްގެން ޖަހަނީ ކޮންބައެއްގެ ގަޔަށްބާ.. ނޫނީ ފައިސާ ދެއްކި ވެކްސިން ލިބުނު ކަމަށް ހަދާ ހިލޭ ލިބުނު ވެކްސިންބާ ދައްކާނީ.. އާ އޮޑިޓަރ މިކަން ބަލާނެ ކަމަށް ހީކުރަން..
ރާޖާ
14 July 2021
ފައިސާ އެއް ނުދައްކާ. އެކަކު ބުނީ ދެއްކިއޭ އަނެކަކު ބުނީ އެފަދަ އެއްބަސްވުމެއް ނުހަދައޭ. މި ތިބެނީ މީހަކު ހިލޭ ސާބަހަށް އެއްޗެއް ދޭތޯ ސަލާން ޖަހަން މި ތިބެނީ. ޚަރަދު ކުރާ ފައިސާ ވާނުވާ އެނގޭ ކަމަކަށް ނުވޭ. އިޚްލާސްތެރި އިންސާނެއް މިގައުމުގެ ހިންގުމުގެ ދާއިރާއަކު ނެތް.
އަފްޒަލް
13 July 2021
ކީއްވެ ލިބޭ އަދަދު ހާމަ ނުކުރެވުނީ އަވަށްޓެރި ޤައުމުން ވަނީ ހާމަކޮށްފަ ލިބޭ އަދަދު. ވެދާނެ މީގެ އަޑީގަ ވެސް ނުބައެއް އުޅެނީ ކަމަށް
އަހުމަދުއަލީ
14 July 2021
ޖަޕާނުން ނެރުނު ބަޔާނުގަ ނެއް ވަކިގައުމަކަށް ދޭވަރެއް. ރާއްޖެ ހިމަނައިގެން މިހިސާބުގަނޑު 10 ގައުމަކަށް ޖުމްލަ 11 މިލިޔަން ޑޯޒް ދޭ ވާހަކަ އޮތީ. ގައުމުތަކުގެ އާބާދީގެ ނިސްބަތުން އެ ބަހާނީ. ރާއްޖެއަށް ލިބޭނީ އެންމެ މަދުން.
ބޮލަށް ބޭސްކުރޭ
14 July 2021
އަބަދުވެސް ހުރިހާކަމެއްގެ އަޑީގަ ނުބައި އުޅެނީ ކަމަށް ޝައްކު ކުރެވުމަކީ ނަފްސާނީ ބައްޔެއް.
ނައީމް
14 July 2021
ސްރީލަންކާއިން ވަނީ ހާމަކޮށްފަ އެމީހުންނަށް ޖަޕާނުން 1.45 މިލިއަން ޑޯޒް ލިބޭ ވާހަކަ. އެހެންވީމަ ދިވެހިރާއްޖެ އަށް ވެސް ލިބޭވަރުވާނީ އެނގިފަ. ސަރުކާރުން އަދަދު ހާމަ ކުރަން ބޭނުންނުވާތީ އާއި ޤައުމުގެ ކަންތައް ދާގޮތުން ރައްޔިތުން ހިތުގަ ޝައްކު އުފެދޭނެ.
އެމެރިކާ
13 July 2021
ޖަޕާނު ދިނަސް ޗައިނާދިނަސް އިންޑިޔާ ދޭނީ އަމިލްލައދުމެއްގެ ސަރުތުކޮއްގެން އިންޑިޔާ އައުޓް
ނޭޝަނަލިސްޓް
13 July 2021
ޖަޕާނަކީ އަބަދުވެސް ދިވެހި ގައުމަށް ހެޔޮ އެދޭ، އެހީ ފޯރުކޮށްދޭ ގައުމެއް. ދުވަހަކުވެސް އަޑު އެހިންތަ ޖަޕާނުން ރާއްޖޭގަ މިލިޓަރީ ކޭމްޕު އަޅަން އުޅޭ ވާހަކަ؟ ނާހާނެ. އަޑު އެހިންތަ ދިވެއްސެއްގެ އަނގައިން ޖަޕާނަށް ކުޑައިމީސް ބަހެއް ބުނި އަޑު؟ ނާހާނެ. މީ ހަގީގީ ހެޔޮ އެދުން. އިންޑިޔާ އައުޓް ގޮވަނީ ގޮވަން ވެގެން. ލައްކަ ވާހަކަ. ޗައިނާ އައުޓަކަށް ނުގޮވާ މީހަކު.
ނޭޝަނަލިސްޓް
13 July 2021
ޗައިނާއިން ލޯނު ދެނީ ގައުމުން ބޭނުން ވެގެން އެދުނީމަ. ގައުމަށް ނޫފުލޭ ވަރުގެ ލޯނު ނުނެގީމަ ނުޖެހޭނެ ޗައިނާ ދަށު ވާކަށް. ރ.ޔާމީނަކަސް، ރ.ނަޝީދަކަސް އަދި ރ.ސޯލިހުވެސް މިހަމަ ގަބޫލު ކުރީމަ ވާނީ.. ބައިނަލްއަޤްވާމީ ގައުމުތަކާ ޖެހިގަނެގެން މިހާރު ނޫޅެވޭނެ. މީގެ މާނަ އެއް ނޫން އަޅުވެތި ވާންޖެހެ އެކޭ. ގައުމު ކުރިއަރުވާންވާނީ އެ ގައުމެއްގަ ހުރި ވަަރުން. އިންތިހާބަށް ތަރައްގީގެ ޕްރޮޖެކްޓް ހިންގާހާ ދުވަހަކު އަހަރެމެންގެ ހާލަތު ބަދަލު ނުވާނެ
އިންޑިޔާޓޭ
13 July 2021
ޖަޕާންމީހުން މިއަދު ވެދެމުންދާ އެހީތައް އޯކޭ އެކަމު އެމީހުން "އިއްޔެ" ކުރިކަންކަން ކިޔާލާފިނަމަ، ކަލޭމެންގައިން ހީބިހިނުނަގާފިނަމަ ތީކީ އިންސާނުންނެއްނޫން. އެމީހުން އިންސާނިއްޔަތަށް ދިން ގެއްލުން މައިތިރިކުރީ އެމެރިކާމީހުންގެ ބާރުން، ދެން އިންޑިޔާމީހުން ރާއްޖެއަށް ވެދިން އެހީތައް ލިޔެންފަށާފިނަމަ ކަލޭމެންނަކަށް ހަޖަމެއް ނުވާނެ، ކުޑަމިނުން އައިޖީއެމްއެޗް، މައިޓް، މިފަދަ ކޮން އެހީއެއް ޗައިނާއިން އޭރުވީ.
އަރުތަ
13 July 2021
ޗައިނާއައުޓް
ނަޑެއްލާ
13 July 2021
ތިޔަހުރިހާ ވެކްސިންތަކާއި އެންބިއުލާންސްއެއް ހިލޭލިބޭއިރުވެސް ބަޖެޓަކު ލޯލާރިއެއްވެސް ނޯވޭ ކިހާސަޅި
ނޭޝަނަލިސްޓް
13 July 2021
ކޮއްކޯ ބަޖެޓުން ހަމައެކަނި ކުރާ ހަރަދަކީ ވެކްސިން އާ އެމްބިއުލަންސް ގަތުމެއް ނޫން. ކޮއްކޯ ދޯ ކަރަށް ވާން އަޅާފަ ހަމަ ގޮވަނީ ހުރިހާ ކަމެއް ދައުލަތުން ކޮށްދޭން ވެސް. ހަގީގަތަކީ ދައުލަތް ވެލްފެއަރ އަށް އެކަށް ހުސްވެގެން ގައުމު ކުރި ނާރާނެކަން. މިކަން އަހަރެމެން ދިވެހިން ގަބޫލު ކޮށްގެން ނޫނީ އަލިމަގެއް ނެތް. މީ ވެރިންގެ މައްސަލަ އެއް ނޫން. މީ އަހަރެމެން ރައްޔިތުންގެ ވިިސްނުން ގޯސްކަން
ޖުކި
13 July 2021
ނޭޝަނަލިސްޓް އެބުނިހެން ގައުމު ކުރިއަރާނީ ކަމެއް ނުކުރާ ސިޔާސީ ވެރިން ގިނަކޮށް، މިނިވަން މުވައްސަސާގެ ނަމުގައި ރާއްޖެއަށް ނުކަތާ މިންވަރަށް ބޭކާރު މަގާމުތައް ހަދާ ސިޔާސީ ވެރިން ސަކަރާތް ޖަހާނެހާ ގޮތެއް ފަހިކޮށްގެން
އަފުރާސިޔާބު
13 July 2021
ކުރާ ދެ ޚަރަދުގެ ތެރެއިން ބޮޑަށް ގޯހީ މިއުޅޭ ފަތްބޯ ކުދިންކޮޅަށް ކުރާ ޚަރަދު. އެމީހުން ނިޒާމުގައި ތިބެގެން ގައުމުގެ މުސްތަގުބަލު އެދަނީ ފުނޑާލަމުން. އެމީހުން އެބަޖެހޭ ނިޒާމުގެ ތެރެއިން ބޭރުވާން. އެމީހުން ބޭރުވާން އޮތީ އެމީހުންނާއެކު ޕާޓީކުރާ އިސްވެރިން ބޭރުކުރެވިގެން. އެގޮތަށް ޕާޓީކުރަން ބިއަރު ދަޅު ހިފައިގެން ދައުލަތުގެ ކާރުގައި އެކަހެރި ތަންތަނަށްދާ ވެރިން މުއައްސަސާތަކަށް ލައިގެން ދައުލަތުން ޚަރަދުކުރުން މާގޯސް ސިޔާސީ ވަޒީފާ ދިނުމަށްވުރެ.
މަނިކު2021
14 July 2021
ޖުކި އަދި އިތުރު ކޮށްލާ އާރޓިކަލްގަ އެބުނާހެން ގަންނަން ދިން އެއްވެސް ވެކްސިނެއް ނުލިބޭ އެކަމަކު މިނިސްޓަރ ނަސީމް ބުނަނީ 4.5 މިލިއަން ޑޮލަރު ޚަރަދުދުވާނެ ކަމަށް މިކަން އެކަންޏެއްނޫން އަދި މިސަރުކާރުން ގަންނަން އުޅުނު އެއްވެސް އެއްޗެއްނާދޭ އަޔަސް ހަލާކުވެފަ ނޫނީ ގަންއަގަށްވުރެ ބޮޑުޚަރަދެއް ކޮށްގެން ނޫނީ ބޭނުން ނުކުރެވޭ.
ބަބުރަންޖީ ހާޖީ
13 July 2021
އިންޑިޔާދޫކޮށް އަހަރެމެން މިސްރާބުޖަހާންވީ ޖަޕާނު އަދި ޗައިނާއާދިމާއަށް.
މޫސާލަތީ
14 July 2021
ތިޔަ ދިމާނުވޭ. ޖަޕާނާއި އިންޑިޔާ އެއީ އެއްޕާޓީއެއް. އެއީ ޔޫއެސްއިން ޗައިނާއާ ދެކޮޅަށް ހަދައިގެން އުޅޭ ކުއަޑް އެލަޔަންސް (އިންޑިޔާ، ޖަޕާން، އޮސްޓްރޭލިޔާ، އެމެރިކާ). ޗައިނާ ޕާޓީގަ އުޅޭނީ ޕާކިސްތާން، ރަޝިޔާ، ލާއޯސް ކަހަލަ ގައުމުތައް.
ޓިކްޓޮކް
13 July 2021
ރާއްޖެއަށް 2 ލައްކަ ވަރަކަށް ޑޯޒް ލިބޭނެ ކަމަށް ބެލެވޭ..!
ތަކިހީޝީ
13 July 2021
ޖަޕާނުން އަބަދުވެސް ދޭނި ހިލޭ އެހީ އާއި ހަދިޔާ. ދުވަހަކު ވެސް ޝަރުތެއް ނުކުރާނެ އެއްވެސް ކަމަކަށް
އަރުތަ
13 July 2021
ޗައިނާ އިންޑިއާ ގޮތަށް ބަދަލެއް ދޭކަށް ނުޖެހޭނެ، މަކަރުވެރި ހިޔަޅުގެ ބުއްދި ބޭނުން ނުކުރާނެ، ވަރަށް ޓްރާންސްޕޭރަންސީ ވާނެ.