މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ދިއާ އާއި ފިރިމީހާ މާޗް މަހު ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް.

ކާތިކް އާރިޔަންއާ އެކު ޑައިރެކްޓަރު ރޯހިތު ދަވަން ހަދަން ނިންމާފައިވާ ތެލެގޫ ފިލްމުގެ ރިމޭކްގެ ނަމަކީ "ޝެހެޒާދާ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމަކީ މިދިޔަ އަހަރު ގެނެސްދިން ތެލެގޫ އެކްޝަން ޑްރާމާ "އާލާ ވައިލުންތަޕުއްރަމުލޫ" ގެ ރިމޭކެވެ. އެ ފިލްމަކީ މަޝްހޫރު ތެލެގޫ އެކްޓަރު އައްލޫ އަރުޖުން އާއި ޕޫޖާ ހެގްޅޭ ލީޑް ރޯލު ކުޅުނު ފިލްމެކެވެ. މީގެ ހިންދީ ފިލްމު އާތިކާ އެކު ހަދަން އުޅޭ ރޯހިތަކީ އެކްޓަރު ވަރުން ދަވަންގެ ބޭބެ އެވެ. އޭނާ ކުރިން ގެނެސްދިން ފިލްމުތަކަކީ "ޑިޝޫމް" އާއި "ދޭސީ ބޯއިޒް" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން "ޝެހެޒާދާ" ގެ ޝޫޓިން ފެށުމުގެ ތައްޔާރީތައް ވަމުން އަންނަ އިރު މީގެ ބަތަލާ އަކީ ކްރިތީ ސެނަން އެވެ. އަދި އޮރިޖިނަލް ފިލްމުގައި އައްލޫގެ މަންމަގެ ރޯލު ކުޅުނު ތައްބޫގެ ކެރެކްޓާ ހިންދީ ފިލްމުގައި ކުޅޭނީ މަނީޝާ ކޮއިރަލާ އެވެ.

ޖާންވީގެ "ހެލެން" ގެ ރިމޭކިންގެ ޝޫޓިން އަންނަ މަހު

މަލަޔާޅަލް ފިލްމު "ހެލެން" ގެ ހިންދީ ރިމޭކްގެ ޝޫޓިން ބަތަލާ ޖާންވީ ކަޕޫރް އަންނަ މަހުގެ ތެރޭގައި ފަށަން ތައްޔާރުވެއްޖެ އެވެ.

"މިލީ" ގެ ނަން ދީފައިވާ ކަމަށް ބުނާ މި ފިލްމަކީ ޖާންވީގެ ބައްޕަ ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާ ފިލްމެކެވެ. ސަވައިވަލް ތުރިލާއެއްގެ ގޮތުގައި ގެނެސްދިން "ހެލެން" ގެ ހިންދީ ރިމޭކް ވެސް ޑައިރެކްޓްކުރާނީ އޮރިޖިނަލް ފިލްމު ވެސް ހެދި މަތުކުއްޓީ ޒޭވިއާ އެވެ.

މިދިޔަ މާޗް މަހު ގެނެސްދިން ހޮރޯ-ކޮމެޑީީ "ރޫހީ" އިން ފެނިގެން ދިޔަ ޖާންވީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ގުޑްލަކް ޖެރީ" އާއި "ދޯސްތާނާ 2" ހިމެނެ އެވެ.

އާތިޔާ އާއި ރާހުލް އެންގޭޖް؟

ބޮލީވުޑްގެ ބަތަލާ އާތިޔާ ޝެޓީ އާއި ކްރިކެޓް ތަރި ކޭއެލް ރާހުލް އެންގޭޖްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ބުނި ގޮތުގައި މި ވަގުތު އެ ދެ މީހުން އިނގިރޭސިވިލާތުގައި ތިބި އިރު އެންގޭޖްވެ، ދެން މާ ގިނަ ދުވަސްތަކެއް ނުކޮށް ކައިވެނިކި އިއުލާންކުރާނެ އެވެ. އަދި އެ ދެ މީހުންނާ އެކު އާތިޔާގެ ކޮއްކޮ އަހާން ޝެޓީ ވެސް މި ވަގުތު ހުރީ އިނގިރޭސިވިލާތުގަ އެވެ. އޭނާ އަކީ ފިލްމު "ތަޅަޕް" އިން ބޮލީވުޑަށް ތައާރަފުވާން އުޅޭ އެކްޓަރެވެ.

ރާހުލްއާ އެކު އާތިޔާ އިނގިރޭސިވިލާތަށް ދިޔައީ ވޯލްޑް ޓެސްޓް ޗެމްޕިއަންޝިޕަށް މިދިޔަ މަހު އިންޑިއާގެ ގައުމީ ޓީމް ދިޔަ އިރު އެވެ.

އެކްޓަރު ސުނިލް ޝެޓީގެ ދަރިފުޅު އާތިޔާ އާއި ރާހުލް ރައްޓެހިވެގެން އުޅޭ ވާހަކަ ދެކެވޭތާ މިހާރު ދެ ވަނީ އަހަރެއްހާ ދުވަސްވެފަ އެވެ. އަދި މި ދެ މީހުންގެ ގުޅުމަށް އާއިލާ އިން ވެސް ވަރަށް ރުހެ އެވެ.

ދިއާ އަށް ލިބުނީ ފިރިހެން ކުއްޖެއް

ބަލިވެއިން ފަހުން ކައިވެނިކޮށް އަދި ރާއްޖެ އަށް މި އަހަރުގެ ކުރީކޮޅު ކުރި ހަނީމޫން ދަތުރު ނިންމާލައި އިންޑިއާ އަށް އެނބުރި ގޮސް ބަލިވެއިން ވާހަކަ ބުނި ބޮލީވުޑްގެ ބަތަލާ ދިއާ މިރުޒާ އަށް ފިރިހެން ކުއްޖަކު ލިބުނުކަން އިއުލާންކޮށްފި އެވެ.

ދިއާ އާއި މުމްބާއީގެ ވިޔަފާވެރިއެއް ކަމަށްވާ ވައިބާވް ރޭކީ ކައިވެނިކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ 15 ގަ އެވެ. އަދި ބަލިވެއިން ވާހަކަ އިއުލާންކުރީ އެޕްރީލް މަހުގެ 2 ގަ އެވެ. އިންސްޓަގްރާމް ބުދަ ދުވަހު ބުނި ގޮތުގައި އެ މީހުންގެ ދަރިފުޅު ދުވަސްނުފުރާ އުފަންވީ މެއި މަހުގެ 14 ގަ އެވެ. އަދި ދަރިފުޅުގެ ނަމަކީ އަވިއާން އާޒާދު ރޭކީ އެވެ.

ދިއާ އާއި ވައިބާވަކީ ކުރިން ވެސް ކައިވެނިކޮށްފައިވާ ދެ މީހުންނެވެ. ވައިބާވްގެ ކުރީގެ ކައިވެންޏަށް އަންހެން ދަރިޔަކު ލިބިފައިވެ އެވެ. ދިއާ ކުރިން ކައިވެނިކޮށްގެން އުޅުނީ ޑައިރެކްޓަރު ސާހިލް ސާންގާއާ އެވެ. ފަސް އަހަރު ފަހުން އެ ކައިވެނި ރޫޅައި 2019 ގެ މެދުތެރޭގަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454