ޚަބަރު / އެއާޕޯޓް ޑިވެލޮޕްމެންޓް ޗާޖް

އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖްގެ ގޮތުގައި ދިވެހި ފަސިންޖަރުން އަތުން 12، ބިދޭސީން އަތުން 25 ޑޮލަރު ނަގަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އިން ރާއްޖެ އިން ބޭރަށް ފުރާ ދިވެހިންގެ އަތުން އެއާޕޯޓު ޑިވެލޮޕްމަންޓް ޗާޖު (އޭޑީސީ)ގެ ގޮތުގައި 12 ޑޮލަރާއި ބިދޭސީން އަތުން 25 ޑޮލަރު ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މިރޭ ފާސްކޮށްފި އެވެ.

ރާއްޖޭގެ އެއާޕޯޓަކުން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ބިލުގެ ނަމުގައި ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ރަޝީދު ހުށަހެޅުއްވި ބިލު މަޖިލީހުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ ތެރެއިން 48 މެމްބަރުން ވޯޓުންނެވެ. މި ބިލާ ދެކޮޅަށް 20 މެމްބަރުން ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެމްބަރަކު އިންނެވި އެވެ.

ޕީޕީއެމް މެމްބަރުން މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދުނު

އޭޑީސީގެ ގޮތުގައި ދިވެހިންގެ އަތުން 25 ޑޮލަރު ނެގުމަށް މަޖިލީހުން ފާސް ކުރަން އުޅުނު ބިލާއެކު ޕީޕީއެމް ޕާލިމެންޓަރީ ގްރޫޕް (ޕީޖީ) ގެ މެމްބަރުންގެ މެދުގައި ހޫނު ޒުވާބުތަކެއް ހިނގި އެވެ. މެމްބަރުންގެ މެދުގައި ޒުވާބު ހިނގީ އިގްތިސާދީ ކޮމެޓީން ބިލަށް ބަދަލު ނުގެނެސް ފާސް ކުރުމާ ގުޅިގެންނެވެ.

އެހެންވެ، ޕީޕީއެމްގެ އިސް ބައެއް މެމްބަރުން ވަނީ ކޮމެޓީގެ މުގައްރިރު އަދި ދަނގެތި ދާއިރާގެ ޕީޕީއެމް މެމްބަރު އިލްހާމް އަހުމަދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭޑީސީ ދިވެހިންގެ އަތުން ނަގައިގެން ނުވާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވާ އިރު އަނެއް ބައި މެމްބަރުން ތިއްބެވީ ސަރުކާރުގެ ކޮންމެ އެންގުމަކަށް އަބަދުވެސް ތައްޔާރަށް ތިއްބަވާ ގޮތަށް "ޔެސް" ވޯޓަށް އާއެނކޭ ވިދާޅުވާ ގޮތަށެވެ.

އެނގިފައިވާ ގޮތުގައި ޕީޕީއެމްގެ ގިނަ މެމްބަރުން ތިއްބެވީ އޭޑީސީގެ ގޮތުގައި ދިވެހިން އަތުން 12 ޑޮލަރު ނެގުމަށެވެ. މިއީ ސަރުކާރުން ހުށަހެޅި ބިލަކަށްވާތީ ބައެއް މެމްބަރުން ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ވަރަށް ބޮޑަށް މަޝްވަރާ ކުރެއްވި ކަން އެނގިފައިވެ އެވެ.

މައްސަލަ ހޫނުވުމުން އަސްމާގެ ހިޔާލު ބަދަލުވި

އޭޑީސީ ނެގުމާ ބެހޭ ބިލު ފާސް ކުރީ މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ހުށަހެޅުއްވި އިސްލާހާއެކު އެވެ. އެ ގޮތުން އޭޑީސީގެ ގޮތުގައި ދިވެހިން އަތުން 25 ޑޮލަރު ނަގަން ޖެހޭނެ ކަމަށް ބިލުގައި ބުނެފައިވާތީ އެ އަދަދު 12 ޑޮލަރަށް ކުޑަ ކުރުމަށް އޭނާ ހުށަހެޅުއްވި އެވެ.

މި ހުށަހެޅުމަށް ވިލިމާލެ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ނިހާނު ތާއީދު ކުރެއްވިއިރު، އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. މި އިސްލާހާ ދެކޮޅަށް 18 މެމްބަރަކު ވޯޓު ދެއްވިއިރު، ވަކި ގޮތަކަށް ވޯޓު ނުދެއްވާ ދެ މެމްބަރަކު އިންނެވި އެވެ.

މި ބިލު ދިރާސާ ކުރި އިގްތިސާދީ ކޮމެޓީގައި ވަނީ އަސްމާ ވަނީ ބިލަށް އިތުރު ބަދަލެއް ނުގެނެސް، ބިލު ފާސް ކުރަން ވެސް ހުށަހަޅުއްވައިފަ އެވެ. ހޯރަފުށި ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލްގެ ތާއީދާ އެކު އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، އެ ގޮތަށް ފާސްވީ ކޮމިޓީއަށް ހާޒިރުވީ 10 މެންބަރުގެ ތެރެއިން ހަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން އަސްމާ މިރޭ ވިދާޅުވީ އޭޑީސީގެ ގޮތުގައި ދިވެހިން އަތުން ނަގާ އަދަދު ކުޑަކުރަން ނިންމީ ޕީޕީއެމް މެމްބަރުންގެ ކަންބޮޑުވުންތައް ރައީސް އަބްދުﷲ ޔާމީނާ ހިއްސާ ކުރެއްވުމުން ކަމަށެވެ. މިއީ ރައީސް ޔާމީންގެ ނިންމެވުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ އެއްވެސް މެމްބަރެއްގެ މަސައްކަތެއް ނޫން، މެމްބަރުންގެ އެދިވަޑައިގަތުމަށް ރައީސް ޔާމީން ލުޔެއް ނުދެއްވިނަމަ، އެކަމެއް ނުވާނެ،" އަސްމާ ވިދާޅުވި އެވެ.

އެމްޑީޕީން ބިލަށް ގިނަ އަދަދެއްގެ އިސްލާހުތަކެއް ހުށަހެޅި

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ މެމްބަރުން ވަނީ ބަހުސް މަރުހަލާގައި ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އަދި ކުއްލިއަކަށް ދިވެހިންގެ އަތުން ފައިސާ ނެގުމަކީ ރައްޔިތުން އިތުރަށް ނިކަމެތި ކުރަން ވެގެން ކުރަން އުޅޭ ކަމެއްގެ ގޮތުގައި އިދިކޮޅު މެމްބަރުން ސިފަ ކުރެއްވި އެވެ.

އެހެންވެ އޭޑީސީގެ ގޮތުގައި ނަގާ އަދަދު ކުޑަ ކުރުމަށާއި ދިވެހިން އަތުން އޭޑީސީ ނުނެގޭ ގޮތަށް އެމްޑީޕީން އިސްލާހު ހުށަހެޅި އެވެ. އަދި ގާނޫނަށް އަމަލު ކުރުން ހަ މަހަށް ފަސް ކުރުމަށާއި ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން އޭޑީސީ ނަގަން އެމްޑީޕީން ހުށަހެޅި އެވެ. ނަމަވެސް ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުންގެ ވޯޓާއެކު އިސްލާހުތައް ވަނީ ބޭރުކޮށްލާފަ އެވެ.

ބިލާއެކު އަންނާނެ ބައެއް ބަދަލުތައް

މި ބިލުގައިވާ ގޮތުން ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުން އެއާޕޯޓު ޑިވެލޮޕްމަންޓް ފީ ނެގުމުން އިސްތިސްނާ ވާނެ އެވެ. އެއާޕޯޓު ސާވިސް ޗާޖު އިސްތިސްނާ ވަނީ ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންނާއި އުމުރުން ދެ އަހަރު ނުވާ ކުދިންނަށެވެ.

އައިއެންއައިއޭ އިން ފުރާ ފަސޖިންޖަރުން އަތުން މި ފީ ނަގާނީ ގާނޫނަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ހަތަރު މަސް ހަމަވުމުންނެވެ.

ބިލުގައިވާ ގޮތުން އެއާޕޯޓު ސާވިސް ޗާޖާއި އޭޑީސީ ނެގުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހޭނީ ފަސިންޖަރަކު ބޭރަށް ފުރާ އެއާލައިނަކުންނެވެ. އަދި އެ ފީތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުދައްކައިފި ނަމަ، ޓެކްސް ނެގުމާ ބެހޭ ގާނޫނުގެ ދަށުން އެ އެއާލައިނެއް ޖޫރިމަނާ ކުރެވޭނެ އެވެ.

އޭޑީސީގެ ގޮތުގައި ދިވެހިން އަތުން 12 ޑޮލަރާއި ބިދޭސީން އަތުން 25 ޑޮލަރު ނަގަން ނިންމިއިރު، މިހާރު ވެސް ބޭރުގެ ފަސިންޖަރުން އަތުން 25 ޑޮލަރުގެ އެއާޕޯޓް ސާވިސް ޗާޖެއް ނަގަ އެވެ. އަދި ދިވެހިންގެ އަތުން 12 ޑޮލަރު ނަގަ އެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ދިވެހިން އަތުން 24 ޑޮލަރާއި ބޭރުގެ ފަސިންޖަރުން އަތުން 50 ޑޮލަރު ނަގާނެ އެވެ.

އޭޑީސީގެ ގޮތުގައި އަންނަ އަހަރުން ފެށިގެން 25 ޑޮލަރު ދިވެހިންގެ އަތުން ވެސް ނަގަން ސަރުކާރުން ނިންމިއިރު، އިންޑިއާގެ ޖީއެމްއާރު ކުންފުނިން އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނަގަން އުޅުމުން ސިވިލް ކޯޓުން ކުރިން ވަނީ އެކަން ހުއްޓުވައިފަ އެވެ. އޭރު ގިނަ ބަޔަކު އެކަމާ ދެކޮޅު ހެދީ އެއާޕޯޓް ތަރައްގީކޮށް ނުނިމެނީސް އޭޑީސީއެއް ނަގަން ނިންމުމުންނެވެ. ހަމަ އެހެންމެ، އެ ޗާޖް ވެގެން ދިވެހިންގެ ތެރޭގައި ބޮޑު މައްސަލަގަނޑަކަށް ވި އެވެ.

85 ކޮމެންޓް, 227 ރިއެކްޝަންސް

icon happy icon happy 4%
icon sad icon sad 2%
icon angry icon angry 93%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މެމްބަރ

26 November 2016

ހީވީ ހެންފަދަކަމެއްހެން ޖީއެމްއާރުން އެއަރޕޯރޓު ތަރައްގީކުރަން 25 ޑޮަލަރު ނަގަންއުޅުނީމް...އަދިވެސް އެއަރ ޕޯރޓަކަށް އެއްވެސް ބަދަލެއްނާދެ ހަމަ ޖީއެމްއާރުން ގެނައިބަދަލެއް އެތެރޭގައި އިމާރާތް ތަކުންފެންނަނީ...ކޮންމެވެސްވަރެއްގަ ތަރަށްގީ ކޮށްފަ ޓެކުސްނަގަނިކޮށް އެކަމެއް ނުފެންނާނެ ދެއްތޯ...ދެންތިވިދާޅުވަނީ ރއސް މީހާ ބޭނުން ކޮންމެ އިރައްގައިވެސް މަޖީލީހައް ބިލެއް ހުށެހަޅާލީމަ މަޖިލީހުގެ އައުލަބިއްޔަތު ލިބިފައޮތީމަ ހަމައޭގެ ބޭނުން ބޭނުންގޮތަކަށް ހިފާލަންވީތޯ

The name is already taken The name is available. Register?

ހަމަ ނަގަންވީ

25 November 2016

އެއާޕޯޓުން ފުރަން ބޭނުން ކަމަށް ވަންޏާ ޖެހޭނީ އެއާޕޯޓު ސަރވިސް ޗާޖުވެސް އަދި އެއާޕޯޓު ޑެވެލޮޕްމަންޓް ޗާޖު ވެސް ދައްކަން. ބަލަ ދިވެހިން ގެ އެއާޕޯޓު ހަދަން އުމުރުން އެއްފަހަރު ނޫނީ ހާލަކުން އެއްފަހަރު ރާއްޖެ އަންނަ ބިދޭސީން އަތުންތަ ފައިސާ ނަގަންވީ؟ އޭޑީސީ ހަގީގަތުގަ ނަގަން ޖެހޭނީ އެއްމެން އަތުން އެއްވަރަކަށް. ތަފާތު ނުކުރެވޭން. ޑިސްކްރިމިނޭޓް ނުކުރެވޭނެ. ހަފްތާ އަކު އެއްފަހަރު މަޖާ ކޮށްލަން ލަންކާ އަށްދާ މީހުންނާ ޝޮޕިން ހަދާލަން ބެންކޮކަށް ދާމީހުންނާ ރާއްޖެއިން ޞޭރުން ކަންކަން ކުރަންދާ މީހުންނަކީ ކޮފީ ބޯންވެސް އެތަށް ސަތޭކަ ޑޮލަރު ދަތުރުމަތީ ޚަރަދުކުރާ މީހުން. އެޢާޕޯޓު ހެދުނީމަ އެތަނުގެ ފައިދާ މުޅި ދިވެހި އުއްމަތަށް ކުރާނެ. ދެން އެންމެ 25 ޑޮލަރު ދައްކަންވީމަ ބަހަނާ ދައްކަނީ.

The name is already taken The name is available. Register?

އަލީ

26 November 2016

ވަގަށްނެގި 1.2ބިލިޔަން ހޯދާފަ އޭގެން އެއާޕޯޓު ޑިވެލޮޕްކުރީމަ ނިމުނީނު. ހުރިހާ ޓެކްސްތަކާއި ފީތައްބޮޑުކޮށްފަ ސަބްސިޑީތައް ކަޑާލާފަ އިތުރުގަޑި ނުނެގޭގޮތްހަދާފަ ވަޒީފާދިނުން ހުއްޓާލާފަ ނުވިތާކަށް ވިޔަފާރިތައް ރޭގަޑު 10އަކުން ބަންދުކުރަން މަޖުބޫރުކޮށްފަ ރައްޔިތުންނަށް ފައިސާލިބޭނެ މަގުތައްބަންދުކޮށްފަ ތިޓެކްސްނަގަންޏާ ޝަކުވާކުރާނެ. ދެންއޮތީ ޑޮޕްލޮމެޓިކްޕާސްޕޯޓުގެންގުޅޭމީހުންއަތުން ޓެކްސްނުނަގާވާހަކަ. އެމީހުންނަކީ ދިވެހިންނެއްނޫންތަ؟ ރާއްޖޭގަ އެންމެބޮޑުމުސާރަލިބޭމީހުންއަތުން ފައިސާނުނެގޭ. ފަގީރުމީހާ ފެލާލަންއޯކޭ. ރިސޯޓްއޯނަރުން އެތެރެކުރާ މުދަލުން ޓެކްސްމާފު. ޔޮޓުތަކާއި ރަނުން އިމްޕޯޓްޑިއުޓީ ނުނަގާ. ގައުމުތަރައްގީކުރަން ޚަރަދުކުރަންޖެހޭ ފަގީރުންނާއި މެދުފަންތީގެ މީހުން އެކަނިތަ؟؟؟

The name is already taken The name is available. Register?

ޓްރައިސްޓާރ

25 November 2016

އެމްޑީޕީން އޭޑީސީ ޗާރޖް ނެގުމާއި ދެކޮޅުވަނީ އެއީ އޭގެއިން ރައްޔިތުންނަށް ފައިދާ ނުކުރާތީ އެއް ނޫނެވެ. ރައްޔިތުންނަށް ނުހަނު ފައިދާ ކުރެެއެވެ. އެކަމަކު ސަރުކާރަށް އިގްތިސާދީ ގޮތުން ކުރިއަށް ގޮސް އެއާރޕޯރޓް ދުނިޔޭގެ ފެންވަރުގައި ތަރައްގީ ކޮށް ފިނަމަ ދެން އެމްޑީޕީ އަށް ތާއީދު ކުރާނެ މީހުން ވަރަށް ބޮޑު ތަން މަދުވެ އުސޫލެއްގެ ގޮތުން ނުވެސް ތިބޭނެ ތީއެވެ. މިހާރު އައްޑޫން ވެސް ދަނީ އެމްޑީޕީގެ ތާއީދު ވަރަށް ބޮޑަށް ދަށްވަމުންނެވެ.

The name is already taken The name is available. Register?

ހުސޭން

25 November 2016

މަ އާއިލާއިން ދެނެއް ނުކެރޭނެ ޔާމީނައް އެންމެ ވޯޓެއްވެސް ނެރޭކައް.

The name is already taken The name is available. Register?

ނޭގެނީދޯ

25 November 2016

ކުއްލި އަކަށް ނޫންތޯ އެމްޑީޕީން ޖީއެސްޓީ ނަގަން ފެށީ. ޖީއެސްޓީ ނުނަގާ ކަސްޓަމްސް ޑިއުޓީ ނެގި ނަމަ އަދިވެސް ސަރުކާރަށް ލިބޭ އާމްދަނީ މިހާރަށް ވުރެން އެތައް ގުނަ އެއް ރަނގަޅު ވާނެއެވެ. އެކަމަކު ކަަސްޓަމްސް ޑިއުޓީ ކަނޑާލާ ބެލެހެއްޓުމުގެ ޚަރަދު އެހާ ބޮޑު ޖީއެސްްޓީ ސިސްޓަމެއް ރާއްޖެ އަށް އެމްޑީޕީން ތައާރަފް ކުރީ އެއީ ބަލަން ޖެހޭ އެއްވެސް އެއްޗެއް ބަލާ ފައެއް ނޫނެވެ. ކަން މިހެން ހުރުމުން ދިވެހިން ފެލާލަން ރޭވީ އެއީ އެމްޑީޕީ ގެ ވެރިކަމުގައި ކަން ދިވެހިންނަށް ވަރަށް ރަނގަޅަށް އިނގޭނެއެެވެ. ޖީއެސްޓީގެ ސަބަބުން އެއްޗެހި މިހާ އަގުބޮޑު ވެގެން މިއުޅެނީ. އޭޑީސީ ނެގުމުން އިންފްލޭޝަން މަތި ނުވާނެ އެއްގޮތަކަށްވެސް. ދައުލަތަށް އާމްދަނީ އެހެން ނަމަ މިއަދު ލިބޭނެ އެމްޑީޕީ ގެ ވެރިކަމުގައި އައްޑޫ ދަރުބާރުގެ ނާޅާ އެފައިސާ އިން ގުޅި ފަޅު އެއްކޮށް ހިއްކާލާ އެތަނުން މާލެ ސަރަަހައްދުގައި މަސައްކަތް ކުރާ އެންމެންނަށް ބިން އަކަފޫޓަކަށް މަހަކު 1 ރުފިޔާގެ މަގުން ކުއްޔަށް ދިންނަމަ ދޯ.

The name is already taken The name is available. Register?

ކުރަަންވީ

25 November 2016

އޭޑީސީގެ ގޮތުގައި 25 ޑޮލަރު ދިވެހިން އަތުން ނެގުމުން ކޮބާތޯ މައްސަލަ އަކީ. ދިވެހިން ދިވެހިންގެ އެއާރޕޯރޓް ހަދަން ޚަރަދުކޮށްގެން ދިވެހިންގެ އެއާރޕޯރޓް ހީތްރޯ އެއާރޕޯރޓަށް ވުރެން ފެންވަރު ރަނގަޅު ކޮށް ހެދީމާ ދިވެހިންނަށް ނޫންތޯ އޭގެ ޝަރަފާއި އިއްޒަތް ލިބެނީ. ދެން ކޮބާތޯ މައްސަލަ އަކީ. އެއްވެސް މައްސަލަ އެއް ނެތެވެ. ކާޑުގެ އަގު ބޮޑު ކުރިއަސް މައްސަލަ އެއް ނެތެވެ. ކާޑަށް ނުޖެހޭނެ ސަބްސިޑީ ވެސް ދޭކަށް. ސަރުކާރުގެ ސްކޫލް ތަކުން ކޮންމެ މަހަކު ކޮންމެ ކުއްޖެއްގެ އަތުން 500 ރުފިޔާ ވެސް ނަގަންވީ އެވެ. އެއިރަށް ކުދިންނަށް ރަނގަޅަށް ކިޔަވާދެވޭނީ ވެސް. ރާއްޖޭގެ ސަރުކާރުގެ ސްކޫލް ތަކުގައި ހިލޭ ކިޔަވާ ނުދެވޭނެއެވެ. އެއީ ވާނެ ކަމެއް ނޫނެވެ.

The name is already taken The name is available. Register?

ޙަބޭސް

25 November 2016

މިހާރު ދިވެހިން ދަައްކަންޖެހޭނީ އެއަރ ޕޯޓު ސަރވިސް ޗާޖުގެ ގޮތުގައި މިހާރު ނަގާ 12 ޑޮލަރާއި މިފާސްކުރި ޓެކުސްގެ 12 ޑޮލަރު ޖުމުލަ 24 ޑޮލަރ

The name is already taken The name is available. Register?

ވާނުވާ ނޭންގޭ

25 November 2016

ހާގީގަތުގައިވެސް ވާނުވާއެއް ނޭނގޭ! ކޮމެންޓު ކުރާ ބައެއް ބޭފުޅުން ބޭރަށް ފުރާ ދިވެހިން އަތުން އޭ ޑިސީ ތާއީދެވެ. ހަމައެމީހުން ކާޑުގެ އަގު ބޮޑު ކުރަން ތާއީދެވެ. އަދި ދުއްވާ ތަކެތިން އިތުރު ޓެކްސެއްނަގަން ތާއިދެވެ. އެކަމަކު ނިކަމެތިންނަށް މުއްސަނދިން ހަމަހަމަ ކުރަން ވިސްނު ޕޭކޮމިޝަނުގެ މަސައްކަތަކަށް ތާއީދެއްނޫނެވެ. އެހެންވީމާ ރައްޔިތުންނަށް ފަސޭހަ ދިރިއުޅުމަކަށް ދާއިދެއްނެތްތާއެވެ.

The name is already taken The name is available. Register?

އިބްރާހިމް

25 November 2016

ކަންކަން ރަނގަޅު ކުރެވޭނީ އެކަންކަން ބޭނުންކުރާ ފަރާތްތަކުގެ އެހީއާއި އެއްބާރުލުން ފުރިހަމައަށް ލިބިގެންނެވެ. ޑިޕްލަމެޓިކެޓުންވެސް މީތިނަގަންފެނޭ.

The name is already taken The name is available. Register?

މައްސަލަ ނެތީ

25 November 2016

ފާޑުކިޔާ މީހުން އަބަދުވެސް ފާޑުކިޔާނެ. ފާޑު ކިޔަންވެސްވާނެ. އެއީ މައްސަލައެއްނޫން. ކޮންމެ މީހަކު ކޮންމެ އެއްޗެއް ކޮންމެ ސަބަބަކާ ހެދި ކިޔަސް މިސަރުކާރުން މިކުރިޔަށް ގެންދާ ތަރައްގީގެ ޕްރޮޖެކްޓް ތަކަކީ ވަރަށް ހަރުދަނާ ރޭވުންތެރިކަމާ އެކީ ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކެއް. ކުރިމަތިން މިބަލަނީ ހަމައެކަނި ގައުމުގެ އިގްތިސާދީ ، އިޖްތިމާއީ އަދި އެހެނިހެން ތަރައްގީގެ ލަނޑު ދަޑި ތަކަށް. މިކުޑަ ކުޑަ ދިބެހި ރާއްޖޭ ކުޑަ ދުވަސް ކޮޅެއްގެ ތެރޭ ތަރައްގީގެ އާއުސްމިންތަކަކަށް ގެންދިއުން މަޑެއް ނުޖައްސާނެ. ނުވެސް ޖެއްސޭނެ. ސުލްހަ މަސަލަސް ކަމާ އެކީ ގައުމައިގެން ކުރިއަށް!

The name is already taken The name is available. Register?

Maldives

25 November 2016

ދިވެހިން އަތުން ކީއްވެޔޯ ޑޮލަރުންނަގަންވީ..؟ ދިވެހިންގެންގުޅެނީ ރުފިޔާ..!! ގޭގޭ ކުލިވެސް މިހާރު ކިޔަނީ ޑޮަލަރުން!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454