ޚަބަރު / މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން

ފަންނީ މަސައްކަތުގައި އުޅޭ ރަސްމީ ސެޓްފިކެޓެއް ނެތް މީހުން ގައުމީ ފެންވަރުގައި ބަލައިގަންނާނެ އުސޫލެއް ހަދައިިފި

ަބަޔަކު، ކޮންސްޓްރަކްޝަން މަސައްކަތުގައި: ރަސްމީ ސެޓްފިކެޓެއް ނެތި މަސައްކަތްކުރާ މީހުން ގައުމީ ފެންވަރުގައި ބަލައިގަންނަން ފަށާފައިވޭ.-- ފައިލް ފޮޓޯ: މިހާރު

ފަންނީ މަސައްކަތުގައި ނުވަތަ ވަޒީފާއެއްގައި ދެމިތިބޭ މީހުންގެ ތެރެއިން ރަސްމީ ސެޓްފިކެޓެއް ނެތް މީހުންގެ އެސެސްމަންޓް ހަދައި ގައުމީ ފެންވަރުގައި އެ މީހުން ބަލައިގަންނަ ސެޓްފިކެޓް ދޭނެ އުސޫލެއް އިއްޔެ އާއްމުކޮށް އެ އަށް އަމަލުކުރަން ފަށައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ގެޒެޓުކުރި "ނޭޝަނަލް ޓްރޭޑް ޓެސްޓިން އެންޑް ސެޓްފިކޭޝަން" ގަވައިދުގެ ބޭނުމަކީ ރަސްމީ ނިޒާމެއްގެ ތެރެއިން ސެޓްފިކެޓެއް ނެތި، އެއް ބާވަތެއްގެ ފަންނީ މަސައްކަތުގައި ނުވަތަ އެއް ވަޒީފާއެއްގައި ދެމިތިބޭ ދިވެހިންގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރަން ބޭނުންވާ ފަންނީ ހުނަރު ހުރިތޯ ބަލައި، މަތީ ހަރުފަތަކަށް ދިއުމުގެ ފުރުސަތު ހޯދައިދީ އެފަދަ ފަންނީ މަސައްކަތްކުރާ މީހުންގެ މަސައްކަތް ރަސްމީ ސިފައެއްގައި ބަލައިގަތުމެވެ.

މަތީ ތައުލީމުގެ ގާނޫނުގެ ދަށުން މިނިސްޓްރީން އާއްމުކުރި ގަވައިދުގެ ކަންކަން ތަންފީޒު ކުރާނީ، އެ ގާނޫނުގެ ދަށުން މި ފަހުން އުފެއްދި ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީންނެވެ.

ގަވައިދުގައިވާ ގޮތުން، ޓްޜޭޑް ޓެސްޓިން ކުރިއަށް ގެންދަން ތަމްރީނުދޭ ފަރާތް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައި ރަޖިސްޓަރީވާން ޖެހެ އެވެ. އެ އަށް ފަހު، ޓްރޭޑް ޓެސްޓިންގައި ބައިވެރިވާ މީހުންގެ ހުނަރު "ނޭޝަނަލް ކޮމްޕީޓަންސީ ސްޓެންޑާޑް" ގައި ބަޔާންކޮށްފައިވާ ވަރަށް ހުރިތޯ ބަލައި އިތުރަށް ދަސްކުރަންޖެހޭ ހުނަރުތައް އެ މަރުކަޒަކުން ދަސްކޮށްދީ، "ޕްރީ އެސެސްމަންޓް" ކުރިއަށް ގެންދަން ޖެހޭނެ އެވެ.

ތަމްރީނު ޕްރޮގްރާމް ނިމުމުން ބައިވެރިންގެ "ޕްރީ އެސެސްމަންޓް" ހެދުމަށް ފަހު އެ ރިޕޯޓު ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އަށް ހުށަހަޅަން ޖެހެ އެވެ. އެ ޓެސްޓް ފުރިހަމަކުރުމަށް ފަހު، ދޮގު މައުލޫމާތު ހުށަހެޅިކަން ސާބިތުވެއްޖެ ނަމަ އެ މީހަކު 25،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

ޓްރޭޑް ޓެސްޓިންގައި ބައިވެރިވާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި ރަށު ފެންވަރުގައި ބަލައިގަންނަ ވަރަށް ފަންނީ ހުނަރުވެރި މަސައްކަތެއް ކުރާތާ މަދުވެެން ފަސް އަހަރު ވުން ނުވަތަ ފަންނީ މަސައްކަތްތެރިކަމުގެ ވަޒީފާގައި މަދުވެގެން ފަސް އަހަރުވުން ނުވަތަ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޒަމާނުއްސުރެ ކޮށް އުޅޭ ދިވެހީންގެ ހާއްސަ މަސައްކަތްތައް ދިރުވައި އާލާކުރުމުގެ ރޮނގުން އެފަދަ މަސައްކަތް ގައުމީ ފެންވަރުގައި ނުވަތަ ރަށު ފެންވަރުގައި ބަލައިގަންނަ ވަރަށް މަސައްކަތް ކުރާތާ ފަސް އަހަރު ވެފައި ވުން ވެސް ހިމެނެ އެވެ.

ޓްރޭޑް ޓެސްޓިން ގެންދާނެ ދާއިރާތައް ހަޔާ އެޑިއުކޭޝަނާއި ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓު އޮތޯރިޓީގެ ވެބްސައިޓުގައި އާއްމުކުރާނެ އެވެ.

އެ ޓެސްޓުން ފާސްވާ މީހުންނަށް ދޫކުރާނީ އެ މީހަކު ބައިވެރިވި ދާއިރާއެއްގެ ކޮމްޕިޓެންސީ ސްޓެންޑާޑުގައި ބަޔާންކޮށްފައިވާ ފެންވަރުގެ ގައުމީ ސެޓްފިކެޓެކެވެ.

1 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 20%
icon inlove icon inlove 20%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙިނި

15 July 2021

ދިވެހި މީހާ ސެޓިފިކެޓް ހިއްފައިގެން ހުއްޓަ ސަރުކާރުވުޒާރާއިން މަސައްކަތް ހަވާލުކުރާނީ ވައްގައެތެރެވެ ނުގަވައިދުން އުޅޭ ބަންގާޅީންނައް ވަޒީފާދީ މަސައްކަތް ކުރުވާ ކުންފުނިތަކައް. ކޮބާތަ ޗެކް އެންޑް ބަލެންސަސް، ތިކަން ވެސް ކުރުމެކޭ ނުކުރެުމެކޭ ހަމަ އެއްވަރު މިވަނީ. އާހިރުގަ މަސައްކަތް ލިބޭނީ ނޫނީ ވަޒީފާ ލިބޭނީ އަގުހެޔޮް ޓެކުސްނުދައްކާ ގަވައިދާހިލާފައް އުޅޭ ބަންގާޅީޔައް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454