އެސްޓީއޯ އިން މިރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައި ޑިރެކްޓަރުންނާއި ހިއްސާދާރުން ބައިވެރިވަނީ.-- ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު
04 ޖޫން 2016 - 22:22
އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އާއި ފައިދާ 2014 ވަނަ އަހަރާ އަޅާބަލާއިރު ދަށަށް ދިޔައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާ ގުޅިގެން ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ ދަށްވެގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ރާއްޖޭގައި އެންމެ ފުޅާދާއިރާގައި ތެލުގެ ވިޔަފާރިކުރާ ކުންފުނިން ބުނީ 2014 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ލިބުނު އާމްދަނީ 20 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 7.3 ބިލިއަން ރުފިޔާ އެވެ. ދެހާސް ސާދަ ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 9.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެސްޓީއޯއިން މިދިޔަ އަހަރު ވިއްކި ތެލުގެ ބާވަތްތަކުން އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 4.8 ބިލިއަން ރުފިޔާ އެވެ. މިއީ ޖުމްލަ އާމްދަނީގެ 66.4 ޕަސެންޓެވެ.
އެ ކުންފުނިން ނެރުނު ރިޕޯޓްގައި ބުނެފައި ވަނީ މިދިޔަ އަހަރު ލިބުނު ސާފު ފައިދާ 435 މިލިއަން ރުފިޔާ ނުވަތަ 2014 ވަނަ އަހަރާ އަޅާބަލާއިރު ނުވަ ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ. އެސްޓީއޯއަށް 2014 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 478.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ސަރުކާރުގެ 81 ޕަސެންޓް ހިއްސާވާ ކުންފުނިން ޓެކްސްގެ ގޮތުގައި 84.6 މިލިއަން ރުފިޔާ ދައުލަތަށް ދައްކާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުމްކުމް
05 June 2016
ކޮންމެ އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެކަން އެންމެންވެސް ޤަބޫލުކުރަންވާާނެ! ޒާތީވެގެން މިކަމަށް ހައްލެއް އެބައޮތްތޯ؟ ޤަބޫލުކުރަނީ ކުރިއަށްއޮތްތާ ރަނގަޅުވާނެކަމަށް .
ހަނު
05 June 2016
އެސްޓީއޯ މެނޭޖްމަންޓް ޓީމް އަދި އެމްޑީ ކުރައްވާ މަސައްކަތަށް ޝުކުރިއްޔާ!
އޯޕްލީޒް
05 June 2016
އެސްޓީއޯ އެމްޑީއާއި ޒާތީ ގޮތުން ޖައްސާލައިގެން އުޅޭހެން ހާދަ މިކޮމެންޓް ތަކުން އެބަ ހީވެއޭ! ހަޖަމް ޕްލީޒް
ތެޔޮހެޔޮ
05 June 2016
ތެލުން ލިބޭ ފައިދާ ބޮޑުކޮއްގެން އެހެން ވިޔަފާރިވެރިންނަށް ދަތިކުރުމެއް ނޫން މުހިއްމީ. އަގު ހެޔޮކޮށް ތެޔޮ ފޯރުކޮށްދީ ގައުމުގެ ތަރައްޤީއަށް އެހީތެރިވުން މުހިއްމީ. ތިކަމުގެ މައްސަލައެއް ނެތް. ތެންކްސް އެސްޓީއޯ
ރާތު
05 June 2016
ހެޔޮނުވާނެ މިއެމްޑީ އަކާއި ހެދި ލަދުން ބޯހަލާކު. ވަރަށް ޝޭމްފުލް ކޮމެންޓްތައް އަޑުއަހަން މިޖެހެނީ އެމްޑީ ދައްކާ ވާހަކަ ދެކޮޅު ނުޖެހޭތީ!
އުނބުށެން
05 June 2016
ދުނިޔޭގައި ތެލުގެ އަގު ހެޔޮވީމާ ފައިދާކުޑަވަނީ ކީއްވެބާ؟ ދުނިޔޭގައި އަގުދަށްވި ނިސްބަތުން ރާއްޖޭގައި އަގު ދަށްކޮށްގެން މާބޮޑު ބަދަލެއް އަންނަންވީ ގޮތެއް ނުވިސްނޭ. ވީއިރު ކުރީ އަހަރުގައި އަގު ހެޔޮވީ ނިސްބަތުން އަގުދަށް ނުކޮށް މިދިޔަ އަހަރުގައި އަގުހެޔޮވީސް ނިސްބަތަށްވުރެ ރާއްޖޭގައި މާބޮޑަށް އަގުދަށްކުރީނޫންބާ؟
ލޮލް
05 June 2016
ރޭގެ ޖަލްސާއިންވެސް އެނގުނީ އެމްޑީއަށް އެކައުންޓިންގްގެ އަލިފު ބާ ވެސް ނޭންގޭކަން. އެބޭފުޅާގެ ތިއަރީގަައި މުވަޒައްފުންގެ މުސާރައާއި އިނާޔަތްތައް ހިމެނެނީ ސޭލްސް އެންޑް މާކެޓިންގް ކޯސްޓްގައި. ދެން މަ ހީ ހީ ހަލާކު.
ޢަހްމަދު
05 June 2016
ރައްޔިތުން ގެ ހައްގަށްޓަކާ އެމްޑީ އިސްތިއުފާ ދިނުން އެދެން......!
ސިންގަޕޯރ
05 June 2016
ޢަޅުގަޑު ދަންނަން ތި އެމްޑީ......! ތީ ހަމަ މަދަރުސާގަ އުޅުނުއިރުވެސް އެބޭފުޅާގެ ފެންވަރު. ވީމާ އެޅިހާ ބަތަކަށް ރިހަ........! ހުރިހާ ގެއްލުމެއް ރައްޔިތުނަނަށް........!