ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ޝިހާބު (ކ) އަދި ޔޫތު މިނިސްޓްރީގެ އާ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް.
15 ޖުލައި 2021 - 19:11
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުސައިން އިސްމާއިލް އަދި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުހައްމަދު ޝިހާބު (ދަމާސް ޝިހާބު) މިއަދު އައްޔަން ކުރައްވައިފި އެވެ.
އެމްޑީޕީގެ ސަރުކާރުގައި ކުރިން ވެސް ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ހުސައިން އިސްމާއީލަކީ ބެލްޖިއަމްގެ އިކޮނިމިކްސް ސްޓަޑީ ބިއުރޯ ބާޖުން ޑިޕްލޮމާ އިން މާކެޓިން އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނިންގް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ހީޓް ހެލްތް އެންޑް ފިޓްނަސްގެ ޗެއާމަންގެ މަގާމުގައި ވެސް ހުންނެވި ހުސައިން އިސްމާއިލް ވަނީ ލ. ފޮނަދޫ ދާއިރާގެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރައީސްކަން ވެސް ކުރިން ކުރައްވައިފަ އެވެ.
ހުސައިން އިސްމާއިލަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ރައީސް އޮފީހުގެ ކުރީގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ، ހަސަން އިސްމާއިލްގެ ބޭބެ އެވެ.
ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި މ. ބާންސާގެ، ޝިހާބަކީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ބޯޑުގެ މެންބަރުކަމާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ޗައިލްޑް ރައިޓްސް އެމްބެސެޑަރުކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ޝިހާބު ކުރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި މަޖީދިއްޔާ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި އޭނާ ވަނީ ދަމާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމު ވެސް ކުރިން އަދާކުރައްވައިފަ އެވެ.
ޝިހާބަކީ އިންޑިއަގެ ނިއުދިއްލީގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަލް ޕްލޭނިން އެންޑް އެޑްމިނިސްޓްރޭޝަނުން، ޑިޕްލޮމާ އިން އެޑިއުކޭޝަނަލް ޕްލޭނިން އެންޑް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ހުސައިން އިސްމާއިލާއެކު، ޔޫތު މިނިސްޓްރީގައި މިހާރު ދެ ސްޓޭޓް މިނިސްޓަރަކު ތިއްބަވާނެ އެވެ. މިހާތަނަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ހަމައެކަނި ބޭފުޅާއަކީ އަަސްއަދު އަލީ އެވެ.
ޝިހާބާއެކު ޖެންޑާ މިނިސްޓްރީގައި ތިއްބަވާ ސްޓޭޓް މިނިސްޓަރުންގެ މިހާރުގެ އަދަދަކީ ހަތަރެކެވެ. ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި މިހާރު ތިއްބެވީ އިފްހާމް ހުސައިން، ފަޒްނާ ޝާކިރު އަދި ޒިފްލީނާ ހަސަނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުދުގުދާބެއްޔާ
17 July 2021
އެންމެ ރިސޯޓަކުންވެސް ދައުލަތް ހިންގޭނެ ކަމަށް ނަސީދު ބުނި! މިހާރު މިމީހުންދައްކާ ވާހަކަ ގަބޫލު ނުކުރާނެ ކުޑަ ކުއްޖަކުވެސް! ރައްޔިތުންގެ ބޯ އަބަދަކު ނުކެވޭނެ! 2023 އިންތިހާބައް އިންތިޒާރު ކޮއްލާ ތިޔަ ގޮތައްލާ ސީއީއޯ، އަދި ސްޓޭޓްމިނިސްޓަރުންގެ ވަޒީފާ އެދުވަހުންދާނެ!
ނާހިދު
17 July 2021
މިއީ ދެރަވަރު. ސިހާބު މެން ކުރާ ކަމަކީ ހަމައެކަނި އަނގަ ގެޅުން.
މަނަސް
16 July 2021
ޝިހާބު ނިކަން ހެޔޮއެދިގެން އުޅޭކަމަށް ހެދިގެން އުޅޭނީ ދަމާސްގަ އުޅުނުއިރު..20 25 އަހަރުވެފަ ތިބޭ މުއައްޒިފުން ކުއްލިގޮތަކަށް ވަކިކޮށްލާއިރު ދެނެހުރިކަމަކަހށް ނުހަދަ..ކަމެއް ބޭނުންވީމަ އޭނަ ވަރަށް ހެޔޮވާނެ...ނުލާހިކު "ދެއްތޮ" ވާނެ..
ބަޚަބަރުކޯ
16 July 2021
މަތިބަރުނުކޮށް ޖެންޑަރއަށް ކޭސް ވޯކަރުން ލާބަލަ! އާސާދީ! މިހާރުވެސް ކޭސް ލޯޑް 150 އިން މަތީގަ މިއުޅެނީ
ހާ މިދު ޝާހިދު ގެ ބައްޕާ
16 July 2021
މިތާ އެންމެްވެސް ޝިހާބަށް ބަވަނީ ބަވަންވެގެން. ކްލަބް ހައުސްގައި ބާއްޖްވެރިހެނދުނެއް ގެނެސްދީ ޖޯކުކިޔާ ސަރުކާރުގެ ސިޔާސަތައް ފާޑުކީ މާ ދިން ޖޮބެއް. އަނގަ ހައްޕު ޖަހަންވެގެން. ދެނެއް އަނގައެއް ނުތަޅާނެ މާއިނގޭ މީހަކަށް ވެގެން. އެ މްޑީޕީ މީހުން ރުޅިނައީއާ ދެރަ. ކޯލިޝަނާވެސް ނުވެސް ގުޅޭމީހަކަށް ޖޮބު އެދިނީ. ސޯލިހު ފެކްޝަން.
ދީމާހު
16 July 2021
ޖެންޑަރ މިނިސްޓރީގައި ހުރިި މައްސަލަތައް ހައްލެއް ނުވާނެ މަތި ބަރުކޮށްގެން. ތިޔަ ދާއިރާގެ ފަންނުވެރިން ތިބީ ގޭގައި ޖޮބްލެސް ވެފައި. ސިޔާސީ ވިސްނުމުގައި ބޮޑެތި މަގާމުތަކަށް މީހުންލުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތް. ވަރަށް ސަލާމް
ސްޓޭޓް މިނިސްޓަރ
16 July 2021
އެޑިއުކޭޝަން ދާއިރާއިން ޑިޕްލޮމާއެއް، އެޑިއުކޭޝަން މިނިސްޓްރީ އަދި މަޖީދިއްޔާ ސްކޫލުގައި މަސައްކަތް ކޮށްފައި، ދަމާސް ގައި ވިޔަފާރިކުރީމައި، ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސަޓަރުކަމަށް، އަދި އެފް.ޕީ.އޭ ބޯޑަަށް ޝިހާބު ކޮލިފައި ބީ ގޮތެއް ނޭނގުނު. ޢިޖުތިމާއީ ދާއިރާއޭ ކިޔައިގެން ހުސް އަގަތެޅުމަކީ އެ ދާއިރާއަށް ކޮލިފައި ވާންނީ ސަބަބެެއް ކަމުގައި ނުދެކެން.
see
16 July 2021
މުސާރަ ބޮޑުކުރަން ފިނޭންސްއިން ބުނީ ފައިސާ އެއްނެތޭ،،، ބޮޑެތި މުސާރަަަތަކުގއި މިއޮއްވއްދަނީ އދިވެސް! ?
ސުވެނިއަރު
16 July 2021
މުޅިން ޑިޕްލޮމާ ފެންވަރުގެ ބޭފުޅުން ދެއްތޯ؟ ޑިގްރީގަނޑެއްވެސް ނެތީތަ މިއިން ބޭފުޅެއްގެ؟
މިއަދު
16 July 2021
މީހަކަށް މަޤާމެއްދޭންވީމަ ހުދެއްކަޅެއް ބެލުމެއް ނެތްދޯޝިހާބަކީ ދިވެހިން ދަންނަ ވ ފަރިތަމޫނެއް ދަމާސް ޝިހާބު ވިޔަފާރީގެ ދާއިރާއިން ހެޑްމާސްޓަރ ޝިހާބު އެޑިއުކޭޝަންގެ ދާއިރާއިން މިއިންދާއިރާއަކުން ޝިހާބަށް ވަޒީފާއެއް ދިންނަމަ މޫނުމަތި ރީތިވީސް