އޭއޭއޭގައި ކިޔަވާ ދަރިވަރުންތަކެެއް ނައިބު ރައީސް ފައިސަލާއެކު: މައްސަލަ ހައްލުނުވުމުން ދަރިވަރުން ވަނީ ފްލައިން ސްކޫލު ގޮވައިގެން އެންމެ ފަހުން ކޯޓަށް ގޮސްފައި.- ފޮޓޯ: ރައީސް އޮފީސް
16 ޖުލައި 2021 - 12:23
ޕައިލެޓުން ތަމްރީނުކުރުމުގެ ނަމުގައި އެތައް ދަރިވަރުންގެ އަތުން ބޮޑު ފީއެއް ނަގައި، ކޯސް ދިގުލައިގެން ގޮސް، އެންމެ ފަހުން ކިޔެވުން ކުރިއަށްގެދެވޭނެ މަގު ބަންދުވުމުން އައްޑޫގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) ގެ އަތުން ބޮޑު ބަދަލެއް ނަގައިދިނުމަށް އެދި ދަރިވަރުންތަކެއް ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
ޕްރޯ ބޯނޯ އުސޫލުން 48 ދަރިވަރުންގެ ފަރާތުން ކޯޓަށް އެ މައްސަލަ ހުށަހަޅައި ތަމްސީލުކުރަނީ ޕްރިމިއާ ޗެމްބާސް އިންނެވެ. މިދިޔަ އަންގާރަ ދުވަހު ކޯޓަށް ހުށަހެޅި މައްސަލަ ވަނީ ބަލައިގެންފަ އެވެ.
އެ މައްސަލައިގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ދަރިވަރުންނާ ދެމެދު ވެފައިވާ އެއްބަސްވުމަށް ފްލައިން ސްކޫލުން ހިލާފުވެފައިވާ ކަމަށް ކަނޑައަޅައި އަދި ދަރިވަރުންނަށް ތަމްރީނު ދިނުމުގައި ހައްގު ނޫން ފައިސާތަކެއް ނަގާފައިވާތީ އެއީ ދަރިވަރުންނަށް އަނބުރާ ދޭންޖެހޭ ފައިސާތަކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.
އޭގެ އިތުރުން މި މައްސަލައިގައި ދައުވާކުރާ 48 ދަރިވަރުން ހިދުމަތް ހޯދުމަށް އޭއޭއޭ އަށް ދައްކާފައިވާ 1،835،090.12 ޑޮލަރަކީ ފްލައިން ސްކޫލުން އެއްބަސްވުމާ ހިލާފުވުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ދަރިވަރުންނަށް ދައްކަންޖެހޭ ފައިސާ ކަމަށް ކަނޑައަޅައިދެއްވައި ހަތް ދުވަހުގެ ތެރޭގައި ދަރިވަރުންނަށް އެ ފައިސާ އެކީ އެއްފަހަރާ ދިނުމަށް އަމުރުކޮށްދިނުމަށް އެދިފައިވެ އެވެ.
ފްލައިން ސްކޫލުން ދަރިވަރުންނާ އެކު ވެފައިވާ އިހުމާލުތަކަށް ބެލުމެއް ނެތި އޭއޭއޭގެ ވިޔަފާރި ވިއްކާލައި ނުވަތަ މުދާ ވިއްކާލައި ރާއްޖެ ދޫކޮށް ދިއުމުގެ ފުރުސަތު ފަހިވެގެން ދިއުމަކީ ދަރިވަރުންނަށް އިޔާދަ ނުކުރެވޭނެ ގެއްލުމާ ކުރިމަތިލާންޖެހޭނެ ފަދަ ހާލަތެއްކަން ސާބިތުވާ ކަމަށް ކަނޑައަޅައި ދަރިވަރުންނަށް ބަދަލު ލިބެންދެން އޭއޭއޭގެ ވިޔަފާރި ވިއްކާނުލެވޭނެ ކަމާއި އެ ފަރާތުގެ ވިޔަފާރީގެ ހައްގުތައް ބަދަލުކުރުމާއި އެކަންކަން ދައުލަތުގެ އިދާރާތަކުގެ ރަޖިސްޓްރީކުރުމުގެ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައިިދިނުމަށް ވެސް ދަރިވަރުން އެދިފައިވެ އެވެ.
ދައުވާގައި އެގޮތަށް އެެދުނުއިރު، މަތީ ތައުލީމު ފޯރުކޮށްދޭ އެވިޑު ކޮލެޖުން ވަނީ ފްލައިން ސްކޫލު ގަނެ އެ ތަން ހިންގުމުގެ މަސައްކަތާ މިދިޔަ މަހުގެ 24 ގައި ރަސްމީކޮށް ހަވާލުވެފަ އެވެ. ނަމަވެސް ފްލައިން ސްކޫލު ހިންގާނެ ހުއްދައެއް އަދި އެ ފަރާތަކަށް ނުލިބެ އެވެ.
ދައުވާގައި އެދުނު ގެއްލުމުގެ ބަދަލުގެ އިތުރުން ސީދާ އަދި ނުސީދާ ގެއްލުމުގެ ބަދަލު ހޯދުމަށް ކޮންމެ ދަރިވަރަކަށް، އޭއޭއޭގެ މައްޗަށް ވަކިން ދައުވާކުރުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައިދިނުމަށް ވެސް އެދިފައިވާނެ ކަމަށް ޕްރިމިއާ ޗެމްބާސް އިން ބުންޏެވެ.
އައްޑޫގައި ފްލައިން ސްކޫލް ހިންގަން އޭއޭއޭ އަށް ދިން މުއްދަތު މި މަހަށް ހަމަވާއިރު، ކިޔެވުން ފުރިހަމަނުކުރެވި 175 ދަރިވަރުން އެބަތިއްބެވެ. ނަމަވެސް ގަން އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ އެ އެއްބަސްވުން އިތުރުނުކުރާނެ ކަމަށް ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އއއކޯސް ނިންމަން ބޭނުންވާ ދަރިވަރެ އް
18 July 2021
ތިހެންބަލާ ކަމުގަ އިވާނަ ކޮބާ އަނެ އް 130 ކުދިންގެ ހަ އްގު ؟ އެކުދިން ބޭނުމީ ވީހާވެސް އަވަހަކަށް ކޯސް ނިންމަން އެހެން ވީ އިރު އެވިޑް އިން އެކަނި އަހަރުމެން އަތުގަ ހިފާ އެފުރުސަތުދޭން މަސަ އްކަތް ކުރަނީ .. އެހެންވީމަ އެފުރުސަތު ނުލިބޭގޮތަށް ތިމަ އްސަލަ ވެ އްދުމަކީ އަހަރެން ގަބޫލު ކުރާ ކަމެ އްނޫން ކޯސް ނިންމަން ހުރި ދަރިވަރެ އްގެ ހައިސި އްޔަތުން..މިކަމަށް ވިސްނާލުން މުހިންމު ?
ހިތަދޫ ހުސެން
17 July 2021
ބަދަލްވެސް ނަގައިދޭން ވާނެ، މިހާރު ޓްރެއިނިންގް ނިމި ވަޒީފާ އަދާކޮސް ވަގުތު ހަމަކޮށް ވަޒީފާގައި ކުރިއަރައި ދިއުމުގެ ފުރުސަތެވެސް ގެއްލިފަ ވަނީ، ޕައިލެޓިން ގަ އެންމެ މުހިއްމު އެއްކަމަކީ ފްލައިންގް އަވާސް، އިހުމާލުން ލިބުނު ގެއްލުން އަލުން އިޔާދަ ކުރެވޭނެތް؟
އޮނަރަބްލް އަފީފު ދީދީ
16 July 2021
ރަނގަޅު ނިންމުމެއް. މިފަދަ ކަންކަމުގައި ގޮތް ނިންމާ ކަޑައަޅާން ޝަރުއީ ކޯޓްތަކާއި ހަމައަށް ދިއުމުގެ ހިތްވަރު ދިވެހިންނަށް ލިބޭނީ ކޮންމެވެސް ބަޔަކު އިސްނަގައިގެން މިފަދަ ކަންކަން ކުރާން ފެއްޓުމުން. # އުއްމީދަކީ އޭއޭއޭ ގައި ކިޔަވަމުން އައި ކުދިންނަށް އެކަށީގެންވާ އަދުލު ވެރި ބަދަލެއްލިބުން. އަދި އޭއޭއޭ އިން ބަދަލު ނުދީގެން ދައުލަތުން ބަދަލު ދޭންޖެހިއްޖެ ހާލަތެއްގައި މިކަމުގައި ޒިންމާވާ ސިވިލްއޭވިއޭޝަން އަދި ޓްރާންސްޕޯޓް ވެރިންނަށް ދައުވާ ކުރާންޖެހޭ.
އެމެރިކާ
16 July 2021
އަސްލު އެމްޑީޕީ ވެރިކަމަ އަރާފަ ބެލީ ޖެއްސުން ކުރެވޭތޯ. އިންޑިޔާގެ ބަޔަކައް އެއާޕޯޓް ދެން ރާވާފަ އޮތީ
ރަދީފު ބިން ރަފައިދާ
16 July 2021
ތިކިޔާ އޭއޭއޭ އަތަކުން އެކައްޗެއްވެސް ނުލިބޭނެ. ލިބެންޏާ އެއްޗެއްލިބޭނީ ދައުލަތުން. މާނައަކީ މިކަމުގާ ވެނަށް ކެވޭންއޮތީ ހަމަ ވެންމަހޭ.
ހިތަދޫ ހުސެން
17 July 2021
އެވިޑް ނަގައިދެވޭނެ، މިވަރުގެ މައްސަލައެއް އޮތްކަން އެނގި ހިނގި ގޭސްގަނޑެ